ދާރިސް (އަށާޅީސްވަނަ ބައި)
ނަބީހަށް ވެސް ރުޅިވެރިކަމާއިއެކީ ބުނެވުނު ބަސްތަކުން ނައުފަލްގެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ. ނައުފަލްގެ ކިބައިގައި ނަބީހް ފަދައިން ކެތްތެރިކަމެއްގެ ކަންފުޅެއްވެސް ނެތީތީ މާ ގިނައިރެއްނުވެ ނައުފަލްގެ ގޮށްމުށުގެ ހޫނު އެތިފަހަރެއް ނަބީހްގެ މޫނާއި އަމާޒުވެގެން ދިޔައެވެ. ނަބީހަކީ ޢާއްމު ގޮތެއްގައި އެފަދަ ތަޅައިލުންތަކުގައި ބައިވެރިވެފައިވާ ކުއްޖަކަށް ނުވުމުން ގަތް ބިރާއިއެކީ ދެލޯ މަރައިލުން ނޫންކަމެއް ނުކުރެވުނެވެ.
އެހެނަސް ނައުފަލްގެ އެ ގޮށްމުށް ނަބީހްގެ މޫނުގައި ޖެހުމުގެ ކުރިން ކޮންމެވެސް މީހަކު އައިސް ނައުފަލްގެ އަތުގައި ހިފިއެވެ. އެހިނދު ނައުފަލާއިއެކީ ލަސްލަހުން ލޯ ހުޅުވައިލި ނަބީހަށް ވެސް އެދިމާލަށް ބަލައިލެވުނެވެ. އެހިނދު އެތާހުރީ ދާރިސް ނޫން ދެވަނަ މީހެއް ނޫނެވެ.
“ކިތަންމެ ބޮޑަށް ރުޅި އަޔަސް ދިސް އިޒް ނޮޓް ކޫލް، ޑޯންޓް ޔޫ ތިންކް؟” ދާރިސް އެހެން ބުނެލީ އެއްފަހަރު އޭނަ ހިފަހައްޓައިގެން ހުރި ނައުފަލްގެ އަތަށް، އަނެއްފަހަރު ނައުފަލްގެ މޫނަށް ނަޒަރެއް ދެމުންނެވެ.
އެހިނދު ދަތްކުނޑި ވިކިގެން ދިޔަ ނައުފަލ އައި ރުޅީގައި ދާރިސްގެ އަތް ވެސް ފޮޅުވައި، ނަބީހަށް އޭނަ ދޭން ބޭނުންވި ޙަމަލާ ދޭން އުޅުނީ، އޭނަގެ ގޮތުގައި ހިފެހެއްޓުމަށެވެ. އެހެނަސް ދާރިސް އިހުނަށްވުރެ ބާރަށް އެ އަތުގައި ހިފެހެއްޓުމުން ނައުފަލް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނައުފަލް އޭނަގެ އަތް ތިރިކޮށްލުމަށްފަހު ދާރިސްއާއި ނަބީހަށް ވެސް އަމާޒުވާފަދަ ގޮތަކަށް ނުބައި ބަހެއް ކިޔައިލުމަށްފަހު، އޭނަ ނަބީހް އައުމުގެ ކުރިން ހުރި އަނދިރި ގޯޅިއާއި ދިމާލަށް ދާން ފެށިއެވެ. ނައުފަލް އަނދިރިގަނޑުގެ ތެރެއަށް ގެއްލި، އޭނަގެ ފިޔަވަޅުތަކުގެ ވެސް އަޑު ފޭދިގެން ދިޔުމުން ދާރިސް ނަބީހާއި ކުރިމަތިލިއެވެ.
“އާރ ޔޫ އޯކޭ؟” ދާރިސް ޔަޤީންކޮށްލުމުގެ ގޮތުން އަހައިލިއެވެ.
“ލައްބަ…އަޅުގަނޑު ރައްކާތެރިކޮށްދިނީތީ ތި ބޭބެއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ޖަޒާކަ ﷲ ޚައިރަން!” ނަބީހް ނުހަނު އަދަބުވެރިކަމާއިއެކީ ވާހަކަ ދެއްކި ގޮތުން ދާރިސްއަށް ހިނިތުންވެލެވުނެވެ.
“އެއީ އެއްވެސް ކަމެއްނޫން…ހިނގާ ބޭބެއާއިއެކީ ގެއަށް. މި ކޮޅުގަތަ ތި ކުއްޖާގެ ގެ ހުންނަނީ؟” ދާރިސް އޭނަ ދަމުން ދިޔަ ދިމާލަށް ޢިޝާރާތް ކުރަމުން އެހިއެވެ.
“ލައްބަ!” ނަބީހް ބޯޖަހައިލަމުން އެހެން ބުނެލުމުން ދާރިސް އެހެންވީމަ ހިނގާށޭ ބުންޏެވެ. އެއާއިއެކު ދެމީހުން އެކުއެކީގައި ހިނގަން ފެށިއެވެ.
ނަބީހާއި އެކީ ހިނގަމުން ދިޔައިރު ދާރިސް ހުރީ ނަބީހާއި ސުވާލުތަކެއް ކުރަން ބޭނުންވެފައެވެ. އެހެނީ އޭނައަށް އެ ދެ ފިރިހެން ކުދިން ފެނިގެން ދިޔައީ، އެ ރުޅިގަދަ ފިރިހެން ކުއްޖާ އަތް އިސްކުރި ހިސާބުންނެއް ނޫނެވެ. އޭނަ ޢާއްމު ގޮތެއްގައި ނުދާ މިސްކިތުން ފައިބައިގެން އައި ވަގުތު އެ ދެކުދިންނަށް ސަމާލުކަން ދެވުނީ، އެ ދެމެދުގައި ދެކެވުނު ވާހަކައިގެ ތެރެއިން ހަމްނާގެ ނަން އިވުމުންނެވެ. ދެ ކުދިންނަށް ބަލަން ހުރެފައި ދާރިސް ދެކުދިންނާއި ދިމާލަށް ދާން ފެށީ އެ ވާހަކަ މާ ހޫނުވާން ފެށިހެން ހީވުމުންނެވެ. ރަނގަޅު ވަގުތުގައި އޭނައަށް ގޮސް އެއްކަލަ ފިރިހެން ކުއްޖާގެ އަތުގައި ހިފައިލެވުނީ، ދެން ހުރި ކުއްޖާގެ ނަސީބު ރަނގަޅުކަމުންނެވެ.
“ސުވާލެއް ކޮށްލަންތަ ބޭބޭ؟” ނަބީހް އެ ސުވާލުކޮށްލުމުން ދާރިސްއަށް އަމިއްލަ ޚިޔާލުތަކުން ނިކުމެވުނެވެ.
“ހުމް…”
“ބޭބެ ކޮން ތަނަކުންތަ ދަސްކުރީ އެހާ ޝާޕްކޮށް ފޯކަސް ކޮށްގެން މީހަކު ޑިފެންޑްކުރަން؟ އެކަހަލަ ޓްރެއިނިންގްއެއް ހެދީތަ ބޭބެ؟ އަޅުގަނޑަށް ދައްކައި ދެވިދާތޯ އެކަހަލަ ތަމްރީންތައް ހިންގާ ތަނެއް؟”
“ހެހެ….އަނެއްހެން ޓްރެއިނިންގްއެއް ނަހަދަން ބޭބެ. އިޓްސް ޖަސްޓް….އެ މަންޒަރު ފެނިފަ ތި ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބެން ބޭނުންވީ. ކަމަކަށް ޢަޒުމް ކަނޑައަޅައިފިއްޔާ ބޭބެއަށް އެކަން އެގޮތަށް ކުރެވޭ….ސިކުނޑީގައި ރާވާކަމެއް ނުވިއްޔާ ބޭބެގެ ސިކުނޑި މާ ބޮޑަށް ހާސްވާތީ…ކިހިނެއްވީ؟ އެ ފިރިހެން ކުއްޖާ ތި ކުއްޖާއަށް އަނިޔާ ކުރަނީތަ؟”
“މިހާތަނަށް އައިއިރު އެގޮތަށް އަތް އިސް ނުކުރޭ. އެކަމަކު މިއަދުން ފެށިގެން އެކަހަލަ ޙަމަލާތައް އަމާޒުވާނެހެން ހީވޭ….ބޭނުމެއްނޫން އޭނަގެ އަތްދަށުވާކަށް. ވީހާވެސް ވަރަކުން މީހުންގެ އަތްދަށު ނުވެ އުޅެވޭތޯ މަސައްކަތްކުރަން ދީނުގައި ވެސް އޮވެއެއްނޫންތޯ؟”
“ހުމް…ރަނގަޅަށް ތިބުނީ. ބޭބެ ބަލައިލާނަން އިނގޭ އެކަހަލަ ތަމްރީންތައް ހިންގާ ތަނެއް ފެނޭތޯ؟ ބަލައިލާފަ އަންގައިލާނަން. ކޮން ނަމެއްތަ ކިޔަނީ ތި ކުއްޖާއަށް؟”
“އާދެ….ނަބީހް..”
“ނަބީހް ކައިރިން ބޭބެ ސުވާލެއް ކޮށްލަންތަ؟”
“ލައްބަ…”
“ނަބީހް އެ ކުއްޖާއާއި ވާހަކަ ދެއްކިއިރު، ކޮންމެވެސް ހަމްނާއެއްގެ ވާހަކަ ދެއްކި އަޑު އިވުނު….އެއީ އާމިނަތު ހަމްނާ ޝަހީދުގެ ވާހަކަތަ؟”
ދާރިސް އެ ކޮށްލި ސުވާލާއިއެކީ އިސާހިތަކު ނަބީހްގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައެވެ. އެއާއިއެކު ދާރިސް ވެސް ފިޔަވަޅުތައް މަޑުޖައްސައިލިއެވެ.
“ބް…ބޭބެއަށް އެ ވާހަކަ އިވުނީތޯ؟” ނަބީހް ދެލޯ ބޮޑުވެފައިހުރެ އެހެން އަހައިލީ ބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކީ ހިސާބަކަށް ލަދުވެސް ގަނެފައި ހުރެއެވެ. އޭނަގެ ހިތުގައި ހަމްނާއަށްޓަކައިވާ އިޙްސާސްތައް އެއްވެސް މީހަކާއި ޙިއްސާކޮށްފައި ނުވާއިރު މި ބީރައްޓެހި ބޭބެއަށް އެނގިދާނެހެން ހީވުމުންނެވެ.
“ވެލް….ކޮންމެހެން އަޑުއަހާކަށް ނޫން ބޭބެ ހުރީ. ހަމަ އަޑުއިވުނީ. ވަރަށް ހީރޮއިކްކޮށް ހަމްނާގެ ދިފާޢުގަ ވާހަކަ ދައްކާ އަޑު. އިޓް ވޯޒް ރޭދާރ ފޭސިނޭޓިންގް! ހެހެ….ހަމްނާއާއިއެކީ ކިޔަވާ ކުއްޖެއްތަ ތިއީ؟” ދާރިސް ހެވިފައިހުރެ ސުވާލުކުރިއެވެ.
“އާނ….ހަމްނާއަކީ އަޅުގަނޑުގެ ކްލާސްމޭޓެއް. ބޭބެއަށް ކިހިނެއްތޯ ހަމްނާ އެނގެނީ؟”
“ބޭބެއަކީ ހަމްނާގެ ދޮންތަބެ..”
“ދޮންތަބެ؟ މާނައަކީ ހަމްނާގެ ދޮންތަގެ ހަޒަބެންޑްއޭތަ؟ އިސްމާޢިލް އީތަން؟!”
“ހެހެ…ރަނގަޅަށް ތިބުނީ. ތިއީ ވެސް ވާޗުއަލްކޮށް ވެޑިންގް އެޓެންޑް ކުރި ކުއްޖެއްދޯ؟”
“އެ ވެޑިންގް އެޓެންޑް ނުކުރާ މީހެއް ހުރިހެން ހިއެއްނުވޭ…ކުޑަކުޑަ ރަށެއްވެފަ ވަރަށް އާ ކަމެއްވީމަ އެންމެން އެ ލިންކް ޝެއާރ ކުރަމުން އެ ވާހަކަ ދައްކަމުން ދިޔައީ. އަޅުގަނޑުގެ ފެމިލީއަށް އިންވިޓޭޝަން ނުލިބޭތީ އަޅުގަނޑުމެން ލިން ކް ނުއެއް ހުޅުވަން. އެކަމަކު ހަމްނާގެ ދޮންތަ ސްވިސް ކުންފުންޏެއްގެ ޗީފް ޑައިރެކްޓަރަކާއި މެރީ ކުރި ވާހަކަ ވަރަށް ހޫނު ޚަބަރެއްގެ ގޮތުގަ އިވިގެން ދިޔަ..”
“ސެލެބްރިޓީ ވެޑިންގްއެކޭ ތަފާތެއް ނެތްދޯ؟ ހެހެ….އިފް ޔޫ ޑޯންޓް މައިންޑް..އަހައިލެވިދާނެތަ ނަބީހާއި ދެންމެ އެ ފެނުނު ކުއްޖާއާއި އޮތީ ކޮން ގުޅުމެއްތޯ؟ އެއީ ވެސް ހަމްނާއާއި ނަބީހްގެ ކްލާސް މޭޓެއްތަ؟”ދެނ
“ކްލާސްމޭޓެއް ނޫން….ސްކޫލް މޭޓެއް.”
“ކީއްވެ އެ ކުއްޖާއާއި ނަބީހް ރުޅިވެގެން ތި އުޅެނީ؟”
“ވަރަށް ބައިވަރު ސަބަބުތަކާހުރެ ރުޅިވެގެން އުޅެނީ….އެކަމަކު މިރޭ އެހާ ބޮޑުވަރު ވީ ނައުފަލް އޭނަގެ ބޭބެއަކާއި ފޯނުން ދެއްކި ވާހަކައެއް އިވިފަ. ހީވަނީ ނައުފަލް ހަމްނާގެ އިޙްސާސްތަކުގެ ނާޖާއިޒު ފައިދާއެއް ނަގަން އުޅޭހެން. ބޭބެ ހަމްނާ ގާތު ބުނެދެއްޗޭ ނައުފަލްއާއިމެދު އިތުރަށް ކެއާރފުލްވާން. އަޅުގަނޑު ބުންޏަސް ހަމްނާ ޤަބޫލު ނުކޮށްފާނެ….
ނަބީހް ހިތާމަވެރި ގޮތަކަށް ބުނެލި އެ ފަހު ވާހަކައާއި އެކީ ދާރިސްގެ ދެ ބުމަ ކައިރިވިއެވެ.
**
“ނައުފަލްއޭ?!” ދާރިސް އެރޭ ގެއަށް ގޮސް ހެދުން ފަށްޖަހަން ހުރި ހިބާއަށް އެ ވާހަކަތައް ކިޔައިދިނުމާއި އެކު ހިބާއަށް ބުނެވުނެވެ.
“އާނ…އެ ކުއްޖެއްގެ ވާހަކަ ހަމްނާ ހިބާއަށް ކިޔައިދިންތަ?” ދާރިސް ވެސް ހިބާގެ މަސައްކަތުގައި ބައިވެރިވަމުން ވާހަކަ ދެއްކިއެވެ.
“އެހެންޏާ ނޫން? އެޕޭރެންޓްލީ އެއީ ހަމްނާގެ ފަސްޓް ކްރަޝް…އަހަރެން ހޯދި ހޯދުމުން އެނގުނީ އެއީ އެއްގޮތަކަށް ވެސް ކަމުދާ ޒާތުގެ ކުއްޖެއް ނޫންކަން. އެކަމަކު ހަމްނާ މާ ބޮޑަށް ދެރަވެ އަހަންނަށް ރުޅިވެދާނެތީ އަހަރެން ނުބުނެ ހުރީ. ހީވަނީ ދެން ކިޔައިދޭންވީހެން އެ ނައުފަލްގެ ޙަޤީޤަތް..”
“އާނއެކޭ…ނަބީހް ވެސް އެ ނައުފަލްއާ ވާހަކަ ދެއްކިއިރު ބުންޏޭ ތީނަގެ ޙަޤީޤަތް ހަމްނާއަށް އެނގެންޏާ ހަމްނާ އޭނަގެ ފަހަތުން ނުއުޅޭނެއޭ…ތެދުތެދަށް ބުނަންޏާ އެ ނަބީހަކީ ވަރަށް ރަނގަޅު ކުއްޖެއްހެން އަހަންނަށް ހީވަނީ..”
“އެއީ ރަނގަޅު ޢާއިލާއެއްގެ ރަނގަޅު ކުއްޖެކޭ…އެ ކުއްޖާއަށް ހަމްނާ ކަމުދާހެން ވެސް އަހަންނަށް ހީވޭ….އެކަމަކު ހަމްނާއަށް ނަބީހް ކަމަކު ނުދޭ….ނަބީހް ކަހަލަ ކުއްޖަކަށް ފަސްދީފަ ހަމްނާ ނައުފަލް ކަހަލަ ކުއްޖަކު ހޯދަން އުޅޭތީ ކަންބޮޑުވެފަ ފްރަސްޓްރޭޓް ވެސްވޭ…”
“ލުކް ހޫޒް ޓޯކިންގް…މިގޭގެ އަންހެން ކުއްޖަކު ރަނގަޅު ފިރިހެން ކުއްޖެއްގެ ލޯތްބަށް ފަސްދީފަ ގޯސް ފިރިހެން ކުއްޖެއްގެ ފަހަތުން ދާތަން އަހަންނަށް މި ފެންނަނީ ފުރަތަމަ ފަހަރަށް ނޫން ކަންނޭނގެ…”
ދާރިސް އެހެން ބުނުމުން ހިބާ ޙަރަކާތްތައް މަޑު ކުރުމަށްފަހު ދާރިސްއަށް ބަލައިލީ އޮޅުން އެރި ފަދައަކުންނެވެ. ދާރިސް ޖަވާބެއް ގޮތުން ހިބާއަށް ޢިޝާރާތް ކުރާ ގޮތަށް ބުމަ އަރުވައިލިއެވެ. އެއާއިއެކު ދާރިސް ބުނަން އުޅޭ އެއްޗެއް އެނގުންވުމުން ހިބާގެ ކޯތާފަތް ރަތްވީ ހިނދު އަނގަ ކުޑަކޮށް ހުޅުވައިލެވުނެވެ.
“އަންހެން ކުއްޖަކަށް ދެން ނުވިސްނެންޏާ އެކަހަލަ ގޮތެއް ވެސް ވެދާނެތާ!”
“އާނއެކޭ! ހަމްނާއަށް ވެސް އެ ވަނީ އެހެންނޭ މި ބުނަނީ…..ދޮންތަ ހެދި ގޮތަކަށްތާ ކޮއްކޮއަށް ވެސް ހެދޭނީ، ނޭނގުމެއްގެ ތެރެއިން ވެސް…” ދާރިސް ލާނެތް ހިނިތުންވުމަކާއި އެކީ ބުންޏެވެ.
“ހޫނ ދެން ހެވޭ….އަހަރުމެންގެ ޕޭރެންޓްސް އެހާ ވަރަށް ފައިޓް ކުރާތަން ފެނުނީތީ ކަންނޭނގެ ނޭނގުމެއްގެ ތެރެއިން ދެމީހުންނަށް ވެސް އަންހެލްދީ ރިލޭޝަންޝިޕްތަކަށް މި ދެވެނީ…”
“ހުމް ހަމަ ވެދާނެ ގޮތެއްތީ….އަހަރެން ވިއްޔާ އަހަރެން ކުއްޖެއްދެކެ ލޯބިވާއިރަށް ރިސާޗް ހަދައިގެން ހުރިހާ ކަމެއް ދަސްކުރީވިއްޔާ. އެންމެން އަހަރެންހާ ކޫލްވެސް ނުވާނެތާ! ހެހެ….ބާއި ދަ ވޭ މިހާރު ރައުފް ކޮބައިތަ؟ ނާހަން ހުރެފަ ވެސް ވަރަށް ކިއުރިއަސްވީމަ މި އަހައިލީ…” ދާރިސް އޭނަ ފަށްޖަހައި ނިންމި ފަޓުލޫނު ބަރި ގެންގޮސް އަލަމާރި ތެރޭގައި ބަހައްޓަމުން ފަސްއެނބުރި ހިބާއަށް ބަލައިލުމަށްފަހު އެހިއެވެ.
“ރައުފް….މީގެ ތިން ވަރަކަށް އަހަރު ކުރިން އަހަރުމެންނާ އެކީ ކިޔެވި އެހެން ކުއްޖަކާ މެރީކޮށްފަ އަހަރެއްހާ ދުވަސްފަހުން އެކުއްޖާ ޑިވޯސްކޮށްލައިފި. ކައިވެނީގެ ތެރެއިން ވެސް ޑްރަގް އެބިއުޒްގެ ކޭސްއެއްގަ ޖަލަށް ވެސް ލެވުނު. އެކުއްޖާއަށް ވެސް ވަރަށް އަނިޔާ ކުރި ކަމަށް ވަނީ. ދެން މި ފަހުން އަނެއްކާވެސް ރަނގަޅުވެގެން އެހެން ކުއްޖަކާ މެރީ ކުރަން އުޅޭ ވާހަކަ އެބަ އިވޭ. އެކަމަކު އެކަކަށް ވެސް ރައުފްއަކަށް އިތުބާރެއް ނުކުރެވޭ. އެންމެން ބުނަނީ އެހެން އަންހެން ކުއްޖެއްގެ ލާރިން މަސްތުވާތަކެތި ގަންނަންވެގެންނޭ އިންނަން އުޅެނީ…..އަލްޙަމްދުލި ﷲ ދެޓް އައި ވޯޒް ސޭވްޑް ފްރޮމް ހިމް. ދެޓް މެނިޕިއުލޭޓިވް ޖާކް! އަހަންނާއި ރައްޓެހިވެގެން އުޅުނުއިރު ވެސް ހަމަ އެހާ މެނިޕިއުލޭޓިވްއޭ….މިހާރު ވިސްނައިލީމަ އެނގެނީ…” ހިބާ އޭނަ ކޮނޑުތަކުގައި އަޅުވައިގެން ގެނައި ފަހު ހެދުންތައް އަލަމާރީގައި އެޅުވުމަށްފަހު ދާރިސްއާއި ކުރިމަތިލިއެވެ.
“ހުމް….ނަސީބެއްނު؟ ހިބާ އޭނަގެ ކިބައިން ސޭވްކޮށްދިނީ ކާކުބާ؟” ދާރިސް ނޭނގޭ ކަމަށް ހެދެމުން ރާގަކަށް އެހިއެވެ. އެއާއިއެކު ހިބާއަށް ހިނިތުންނުވާން ހުރެފައިވެސް ހިނިތުންވެލެވުނެވެ.
“އަހަރެންގެ ހީރޯއެއްނު؟ ހަމްނާ ބުނާހެން އަހަރެންގެ ސްޓޯރީގެ މޭލް ލީޑް….” ހިބާ އެހެން ބުނެލީ ދާރިސްގެ ކަރުގައި އަތް އަޅުވައިލަމުންނެވެ. ހިބާގެ އެ ބަސްތަކާއިއެކީ ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ. އެ ހުނުން މަޑުވެގެން ދިޔަދިޔަހެން ހިބާ ދާރިސްގެ ކޯތާފަތަށް ބޮސްދިނެވެ. އެއަށްފަހު ލޯބިވާ ވާހަކަ ބުންޏެވެ. ދާރިސް ވެސް އެ ބަސްތަކުގެ ޖަވާބު ދިނުމުން ދެމީހުންގެ މެދުގައި ހިނިތުންވުންތައް ބަދަލުވެ އިހުނަށްވުރެ ގާތްވެގެން ދިޔައެވެ.
**
އެރޭ ދާރިސްއާއި ދެކެވުނު ވާހަކައަށްފަހު ހިބާ ހުރީ ހަމްނާއާއި ވީހާވެސް އަވަހަކަށް ނައުފަލްގެ ވާހަކަ ދައްކާށެވެ. އޭނަ ރަށުގައި ނެތް ދުވަސްވަރު އޭނައަށް ނޭނގިނަމަވެސް ހަމްނާ ނައުފަލާއި ރައްޓެހިވެފައި ވެދާނެކަމުގެ ބިރު ހިތުގައި އުފެދިފައި ވީތީވެސްމެއެވެ. އެހެނަސް އޭގެ އަނެއްދުވަހުގެ ހެނދުނު ހިބާއަށް ހަމަޖެހިގެން ހަމްނާއާއި ވާހަކަ ދެއްކޭ ގޮތެއް ނުވީ އެދުވަހު ހަމްނާއަށް މާލަހުން ހޭލެވުނީތީވެއެވެ.
“އަނެއްކާވެސް ދަން ވަންދެން ކޮންމެވެސް ޑްރާމާއެއް ބަލަން އިނީތަ މާ ލަހުން ހޭލެވުނީ؟” ހިބާ، ހަމްނާ ލަސްވެގެން އުޅޭތީ ހަމްނާގެ ސައިތަށި ހަދައިގެން އައިސް މޭޒުމަތީގައި ބަހައްޓަމުން އެހިއެވެ.
“ނޫނޭ….ރޭ ދަމު ނަމާދުކުރަން ތަންކޮޅެއް އަވަހަށް ހޭލީމަވީ ގޮތް….އޫޕްސް…އެކަހަލަ ވާހަކަތައް ވީހާވެސް ސީކްރެޓްކޮށްދޯ ބާއްވަން ޖެހޭނީ؟ ސިންސިއާރވާން؟” ހަމްނާ ޕާންފޮތި ކަމުން ގޮސް ވަކި ހިސާބަކުން އަނގަމަތީގައި އަތް އަޅައިލިއެވެ. ހަމްނާ ބުނެލި ވާހަކަތަކުން ހިބާގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަން އެކުލެވޭ ހިނިތުންވުމެކެވެ. ހަމަ އެހިނދު ކާގެއަށް ވަދެގެން އައި ދާރިސް ވާހަކަ ދެއްކިއެވެ.
“އާނ ދެން ކިހިނެއް ހަދާނީ؟ އަޑު ނުއިވޭކަމަށް ހަދާނީ….ކޮން ވާހަކައެއް ދެންމެ ދެއްކީ؟ ސްކްރޭމްބްލްޑް އެގްސްގެ ވާހަކަތަ؟” ދާރިސް ސީރިއަސްކަމާއިއެކީ ވާހަކަ ދައްކަމުން ގޮސް އިސާހިތަކު ނޭނގޭ އަސަރެއް މޫނަށް ވެރިކުރުވަމުން، ސުވާލުތަކެއް ކޮށްލި ގޮތުން ހަމްނާއާއި ހިބާއަށް އެކުއެކީގައި ހެވުނެވެ. އެ ހިނދު ހަމްނާއަށް ނަޒަރު ހުއްޓައިގެން ހުރި ހިބާގެ ހިތަށް ފިނިކަމެއް ލިބިފައިވިއެވެ. އޭނަ އެތައް އަހަރެއް ވަންދެން ކުރި ދުޢާއާއި އެއްގޮތަށް ހަމްނާއަށް ހިދާޔަތް ލިބެމުން ދަނީކަން އެނގުންވުމުންނެވެ.
**
ހަމްނާ އެދުވަހު ސްކޫލަށް ދިޔައީ ނަބީހް އޭނައަށް ދިން ފޮތް ހިފައިގެންނެވެ. އެ ފޮތް ނަބީހް އޭނައަށް ދިންތާ އެތައް ދުވަހެއް ވެފައިވުމުން، އަނބުރައި ނުދީ ހުންނަން ބޭނުންނުވީއެވެ. އެ ފޮތުގެ ވެރިމީހާ އެއަށް ބޭނުންވެދާނެއޭ ހިތާއެވެ.
އެހެނަސް އެ ފޮތް ނަބީހާއި ޙަވާލުކުރުން ވެގެން ދިޔައީ ހަމްނާ އުއްމީދުކޮށްގެން ހުރި ވަރަށްވުރެ ދަތިކަމަކަށެވެ. ނޭނގޭ ސަބަބަކާއިހުރެ އޭނަ އިހުނާއި ޚިލާފަށް ނަބީހާއި ވާހަކަ ދެއްކުމުގެ ޚިޔާލުން ވެސް ލަދުގަންނަ ގޮތްވިއެވެ. އަދި އަމުދުން ނަބީހްގެ ކައިރިއަށް އޭނަ ދާކަން އޭނަގެ އެކުވެރިންނަށް އެނގިއްޖެނަމަ އެމީހުން ދައްކާނެ ޒާތުގެ ވާހަކައަށް ވެސް ޖެހިލުންވިއެވެ.
ކޮންމެއަކަސް އޭނަ ނަބީހްގެ ކައިރިއަށް ދަނީ ވަކި މަޤްޞަދަކުކަން ހަނދާން ކޮށްގެން، ހަމްނާ ނަބީހްގެ ކައިރިއަށް އެ ފޮތާއި އެކީ ދިޔައީ، އިންޓަވަލް ގަޑީގައި އޭނަގެ އެކުވެރިން ވެސް އެ ކުލާހުގައި ތިބި ގަޑިއެއްގައެވެ. ފިރިހެން ކުއްޖަކާއި ވަކިން ބައްދަލުކުރުމަކީ ގޯސްކަމެއްކަން އެނގި އެކަން އެގޮތަށް ކުރަން ބޭނުމެއްވެސް ނުވީތީވެއެވެ. ހަމްނާ އެމީހުން ކައިރިވެސް ވަކި އެއްޗެކޭ ބުނުމެއް ނެތި ކުލާހުން ކުދިން މަދުވި ވަގުތުގައި ނަބީހްގެ ކައިރިއަށް ދިޔަގޮތުން އޭނަގެ ދެ އެކުވެރިން ތި ދަނީ ކޮން ތަނަކަށްތޯ ކިޔައި ގޮވިއެވެ. އެހެނަސް ހަމްނާ ފަހަތް ބަލައިލުމެއްނެތި ދިޔައީއެވެ.
“ވަރަށް ގިނަ ދުވަސްވަންދެން އަހަންނަށް މި ފޮތް ގެންގުޅެވިއްޖެދޯ؟ އެހާ ގިނަ ދުވަސްވީމަ ގިލްޓީ ފީލްވެގެން އަނބުރައިދޭން މިއައީ.” ހަމްނާ ނަބީހްގެ މޭޒު ކައިރި ހުއްޓިލަމުން އެހެން ބުނެލި ހިނދު، ކޮޅަށްހުރެ ނަބީހް ދަބަހަށް ފޮތެއް އަޅައިލުމަށްފަހު އެދިމާލަށް ބަލައިލީއެވެ. ހަމްނާ އެހާ ކައިރިން ފެނުމުން ނަބީހްގެ މޫނުމައްޗަށް ވެރިވި ޝޮކު، ހަމްނާއަށް ވެސް ސާފުކޮށް ފާހަގަވިއެވެ.
“ތް…ތީތި އެއްކޮށް ކިޔައި ނިމިއްޖެތަ ހަމްނާ؟” ނަބީހް ލަދުން ކަހަލަ ގޮތަކަށް އެހިއެވެ.
“ނޫނޭ….ނުނިމޭ. އަސްލު މިހާ ދުވަސް ވަންދެން ނުކިޔާ ހުރެފަ މީގެ ދެ ހަފްތާ ވަރު ކުރިން ކިޔެން ފެށީ. ނަބީހް ވެސް މީތި ބޭނުންވެދާނެއޭ. އެހެންވީމަ މި ރިޓާން ކުރަނީ.”
“ނޫނޭ…ތިއީ އަހަރެންގެ ބޮޑުބޭބެ ހަދިޔާއަކަށް ދިން އެއްޗެއް. ތި ފޮތް ކިޔައި ނިމިގެން މިހާރު ލެކްޗާރ ސީރީސްއެއް އަހަރެން ފޮލޯ ކުރަނީ..” ނަބީހް އެހެން ބުނުމާއިއެކު ހަމްނާގެ އަނގަ ހުޅުވުނީ ލިބުނު ޙައިރާންކަމެއްގެ ބޮޑުކަމުންނެވެ.
“ވާވް! ދެޓްސް އަމޭޒިންގް! ކޮން ލެކްޗާރ ސީރީސްއެއްތަ ފޮލޯ ކުރަނީ?!” ހަމްނާ ނުހަނު ޖޯޝާއިއެކީ އެ ސުވާލު ކޮށްލުމާއިއެކު ފަހަތުން ލައިޝާގެ އަޑު އިވުނެވެ.
“އަހަރުމެން ހީކުރި ގޮތަށް ކަންތައްވެ ނިމިފަދޯ މިހިރީ? ނަބީހް ހަމްނާގެ ސިކުނޑި ދޮވުމުގަ ކާމިޔާބުވެގެން ހަމްނާގެ ހިތް ވެސް އަތުލައިފި!” ފަހަތުން އިވިގެން ދިޔަ އެ ބަސްތަކާއިއެކީ ހަމްނާގެ ގާތަށް އައީ ދުވަހަކުވެސް އޭނަގެ ގާތަށް ނާންނަ ޒާތެއްގެ ރުޅިވެރިކަމެކެވެ. ބޮޑަށް ރުޅިއައީ އޭނަގެ ހިތުގައި ދީނަށްޓަކައި އުފެދިފައިވާ ލޯބި ސިފަކުރި ގޮތުންނެވެ. އަދި ނަބީހް އޭނައަށް އެ ފޮތް ދިނުމުގެ ނިޔަތާއިމެދު ބުނެލި ބަސްތަކުން ވެސްމެއެވެ.
ލައިޝާ ބުނެލި ބަސްތަކުން ހަމްނާގެ މޫނުމައްޗަށް ވެރިވި އަސަރު ނަބީހަށް ފާހަގަވި ވަގުތު ހަމްނާ ކުއްލި ގޮތަކަށް އޭނައަށްފަސްދީ ލައިޝާމެންނާއި ކުރިމަތިލިއެވެ.
“މީހެއްގެ ހިތްތަކުގެ ތެރޭގަ ހިނގަމުންދާ ކަންތަކާއި މީހެއްގެ ނިޔަތްތައް ދެނެގަތުމުގެ ބާރެއް އެއްވެސް މީހަކަށް ލިބިގެންނުވޭ. އެކަންތައް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ. އެހެންވީމަ ޙަޤީޤަތް ނޭނގި އެހެން މީހުން ކުރާ ކަންތަކަށް ބަސް ނުބުނަންވީ. ވަކިން ޚާއްޞަކޮށް ދީނާއި މެދު އެހާ ބޮޑަށް ނޭނގި ހުރެ ދީނާއި އެއްގޮތަށް އުޅެން މަސައްކަތް ކުރާ މީހުންނަށް ފާޑު ނުކިޔުނިއްޔާ ކުރެވޭ ފާފަތައް މަދުވެގެންދާނެ!” ހަމްނާއަށް ފުރަތަމަ ފަހަރަށް ސާބިތު އަޑަކުން ޖެހިލުންވުމެއްނެތި އޭނަގެ އެކުވެރިންނާއި ވާހަކަ ދެކެވުނެވެ.
އެކަން އެނގުންވި އޭނަގެ ދެ އެކުވެރިންނާއި އެކީ ނަބީހް ވެސް ހުއްޓުން އަރާ ގޮތްވިއެވެ. ޚުދު ހަމްނާއަށް ވެސް ޙައިރާންކަމެއް ލިބުނު ހިނދު ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.
“އައްދެ! މިހާރު ހަމްނާއަށް ވެސް ދަރުސްދޭން ދަސްވީ ދޯ؟ ވާހަކަ ވެސް ވައްތަރީ ތުނބުޅި ލައިގެން ދިގު ހެދުން ލައިގެން ތިބޭ މީހުންގެ ވާހަކައާ! ދެން ފެންނާނީ މާ ގިނަ ދުވަހެއް ނުވެ ނަބީހާއި އިނދެގެން 7 ދަރިން ހޯދާތަ-“
“މަށަކަށް ނޭނގެ ތި މީހުން ތި ދައްކާ ވާހަކައެއް! ތިއީ ހަމްނާގެ އެކުވެރިން ކަމަށްވަންޏާ ތި މީހުންނަށް ވެސް އެނގޭނެ ކަންނޭނގެ ހަމްނާއަށް އަހަރެން ކަމުނުދާކަން. އަހަރެން ވެސް އެކަން ޤަބޫލުކޮށްގެން ހުއްޓާ ހަމްނާއާއި އަހަރެންގެ ނަން ގުޅުވައިގެން ވާހަކަ ދައްކަންވީ ސަބަބެއް ނުވިސްނޭ….ތި މީހުން ކުރާނެ ކަމެއް ނެތީމަ އެހެން މީހުންގެ ވާހަކަ ދެއްކުން ވަނީ މާ މަޖާ ކަމަކަށްދޯ؟ އެހެންނޫނީ ހަމްނާ ތި މީހުންނަށް ވުރެ މާ މޮޅުވީމަތަ އަބަދު ހަމްނާ ދަށްކޮށްލާފަ ހަމްނާއޭ ކިޔައި އެކި ތަންތާނގަ ޗުކުޗުކު ތަޅުވަނީ؟! ޔޫ އިންސެކިއުއާރ އެންޑް ޖެލަސް ޕީޕަލް!”
ހަމްނާ ހުރި ގޮތަށް ހުއްޓާ ނަބީހް އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއިއެކީ ދެއްކި ވާހަކައިން ހަމްނާގެ ދެ އެކުވެރިން އަނގައަށް އަތް ބޭނި، ބުނާނެ އެއްޗެއް ނޭނގިފައި ތިއްބެވެ. ނަބީހް ދެންމެ ބުނެލި ބަސްތަކުން ފުރަތަމަ ފަހަރަށް އޭނަގެ އެކުވެރިންގެ ޙަޤީޤަތް އެނގުންވެގެން ދިޔުމުން ހަމްނާގެ ދެބުމަ ކައިރިވިއެވެ. އެ ޙަޤީޤަތް ހަޖަމްކުރަން މަސައްކަތް ކުރަމުން ހަމްނާއަށް ވަކި އެއްޗެކޭ ނުބުނެ އެ އެކުވެރިންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށް ބަލަން ހުރެވުނެވެ. އޭނަ މިހާ ދުވަސްވަންދެން ނުހަނު ގާތުން ގެންގުޅުނީ އޭނައަށް ނަފްސާނީ ގޮތުން ކިހާ ބޮޑެތި ގެއްލުންތަކެއް ދިން ބައެއްކަން އެނގުންވި ހިނދު ހަމްނާގެ ލޮލުން ދިލަ ނެގިއެވެ.
ހަމްނާ ދެންވެސް ބުނާނެ އެއްޗެއް ނޭނގިފައިވަނިކޮށް ލައިޝާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އިސާހިތަކު ނަބީހަށް އަމާޒުވި ނުބައި ބަހެއް އެ ދުލުން ބޭރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ލައިޝާ ހަމްނާއަށް ބަލައިލިއެވެ.
“ހަމްނާ ހަމަ އެއްޗެކޭ ނުބުނަން ދޯ ތިހިރީ އަހަރުމެންގެ ދިފާޢުގަ؟ މި ވަގުތު އެއްޗެކޭ ނުބުނިއްޔާ އަހަރުމެންގެ ފްރެންޑްޝިޕް ނިމުމަކަށް އައީ ކަމަށް އަހަންނާއި މަނާލް ބަލާނީ. ޔޫ އަންގްރޭޓްފުލް ****! މިއަދު ކަލެއަށް ނައުފް ލިބިފަ ތިހިރީ ވެސް އަހަރުމެންގެ މަސައްކަތުންކަން ހަނދާން ނެތުނީތަ؟ އަދި އަންނާނެ އަހަރުމެން ކައިރިއަށް ރޮމުން-“
“ނާންނާނަން…” ހަމްނާ އެހެން ބުނެލިއިރު އެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އެހިނދު ނަބީހަށް ކަންބޮޑުވުމަކާއިއެކީ ހަމްނާއަށް ބަލައިލެވުނެވެ.
“ވަޓް ޑިޑް ޔޫ ޖަސްޓް ސޭ؟” ލައިޝާ ޢާއްމު ގޮތެއްގައި ހަމްނާ ދަށްކޮށްލަން ހަދާހެން ދެލޯ ހަނިކޮށްލުމަށްފަހު ރާގަކަށް އެހިއެވެ. އެ މަންޒަރު ފެނިފައި ވެސް ހަމްނާގެ ދެރަވާ ގޮތްވީ، މި ހުރިހާ ދުވަސްވަންދެން އޭނަ އެމީހުންގެ ފައިދަށުވެފައިވި މިންވަރު އެނގުންވުމުންނެވެ. އެހެންކަމުން ހަމްނާ އެވަގުތު އޭނަގެ އަމިއްލަ ނަފްސަށްޓަކައި ވާހަކަ ދެއްކިއެވެ.
“ބޭނުމެއް ނޫން ދެން ލައިޝާއާއި މަނާލްގެ އެކުވެރިކަމެއް. ވަރަށް ސަލާމް!” ރޫރޫއަޅަމުން ދިޔަ އަޑުން ހަމްނާ އެ ބަސްތައް ބުނެ ނިމުނުއިރު ލޮލުން ކަރުނަ ހިލިފައިވިއެވެ. ލައިޝާއާއި މަނާލް ވަކިވަކިން ކިބުރުވެރި ގޮތަކަށް ‘ފައިން’ އޭ ކިޔައިލުމަށްފަހު ކުލާހުން ނިކުމެގެން ދާން ފެށިއެވެ.
އެ މަންޒަރު ބަލަން ހުރި ހަމްނާއަށް އޭނަގެ އަތުގައި އޮތް ފޮތުގައި އިހުނަށްވުރެ ބާރަށް ހިފަހައްޓައިލެވުނީ، އެ އަތުން ވަރު ދޫވާން އުޅުނުހެން ހީވުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ހަމްނާ އެ ފޮތަށް ބެލުމަށްފަހު އިސްއުފުލައިލަމުން އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު ނަބީހާއި ދިމާލަށް އެނބުރިލިއެވެ.
“ނަބީހް….ގެ ފޮތްދޯ؟” ހަމްނާ އެހެން ބުނުމަށްފަހު ނަބީހަށް ބެލުމެއްވެސް ނެތި، ނަބީހްގެ މޭޒުމަތީގައި ފޮތް ބޭއްވުމަށްފަހު އަނެއްކާވެސް ނަބީހަށް ފަސްދިނެވެ. ނަބީހް އޭނައަށް ގޮވައިލި އަޑު އިވުނެއްކަމަކު ހަމްނާ މަޑު ނުކޮށް އެ ދިޔަ ގޮތަށް ގޮސް ކުލާހުން ނިކުތެވެ. އެއަށްފަހު ޢާއްމުކޮށް ދާން އުޅޭ މަގުން ހިނގަން އުޅުމަށްފަހު ވެސް ފިޔަވަޅުތައް މަޑުޖައްސައިލަމުން އަނެއް ދިމާލަށް ދިޔައީ، އޭނަގެ ‘އެކުވެރިން’ ދިޔަ މިޞްރާބަށް ވެސް ދާން ބޭނުންނުވާ ފަދައަކުންނެވެ. ހަމްނާ އެފަދައިން ކަންތައް ކުރި މަންޒަރަށް ބަލަން ހުރެފައި ނަބީހަށް ފުން ނޭވައެއް ދޫކޮށްލުމަށްފަހު މޭޒުމަތީގައި އޮތް ފޮތަށް ބަލައިލެވުނެވެ.
**
އެހެން ދުވަސްތަކަކާއި ޚިލާފަށް ހަމްނާ އެދުވަހު ފުރަތަމަ ފަހަރަށް އިންޓަވަލް ގަޑި އެކަނިމާއެކަނި ހޭދަކުރަން ޖެހުނެވެ. ލައިޝާއާއި މަނާލް އޭނަ ދޫކޮށް ދިޔުމުން އޭނަ ދެން އެހާ ކައިރިން ގެންގުޅޭ އެކުވެރިން ނެތުމުންނެވެ. އަދި އަމުދުން ލައިޝާމެންނާއި އެކީ އުޅޭއިރު އެމީހުން ކުލާހުގައި މަޑުމައިތިރިކޮށް އުޅޭ ކުދިންނަށް ވެސް މަލާމާތްކޮށް ހަދާފައިވާ ގޮތުން، އެމީހުންނަށް އަމާޒުވި ނަފްރަތު ހަމްނާއަށް ވެސް އެކުދިންގެ ފަރާތުން އަމާޒުވާނެކަން ހަމްނާއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އާ އެކުވެރިން ހޯދުމަކީ އޭނައަށް ފަސޭހަކަމަކަށް ވިޔަސް އެކަން އެގޮތަށް ކުރަން ޖެހިލުންވީ އެހެންވެއެވެ.
އެހެންކަމުން އިންޓަވަލް ގަޑީގައި ކެއުމެއްވެސް ނެތި ހަމްނާ އިށީނދެގެން އިނީ، ސްކޫލްގެ ގޯތިތެރޭގައި ހުންނަ ބޮޑު ގަހެއްގެ ވަށައިގެން ހެދިފައި ހުންނަ ގާގަނޑު މަތީގައެވެ. އެތާ އިނދެ ހަމްނާއަށް ހިތާހިތުން ޙަމްދު ކުރެވުނެވެ. ގޯސް ކަންތައް ކުރަން އޭނައަށް ހިތްވަރު ދޭ އެ އެކުވެރިންނާއި ދުރުވާން އޭނަ ޚިޔާލު ކުރަމުން ދަނިކޮށް މިއަދު އެ އެކުވެރިން އަމިއްލައަށް އޭނައާއި ދުރުވެގެން ދިޔަ ގޮތުންނެވެ.
އެހާ ދުވަސްވަންދެން އޭނައާއި އެހާ ގާތުން އުޅުނު އެކުވެރިން ދުރުވުމުން އެކަނިވެރިވިއެވެ. އެހެނަސް ހަމަ އެވަގުތު ހިތަށް ލިބިފައިވީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އޭނަގެ ވެރިރަސްކަލާނގެ އޭނަގެ ހިތުތެރޭގައިވި ‘ދުޢާ’އެއް ދުލާއި ހަމައަށް ވެސް ނުގެންނަނީސް އިޖާބަކޮށްދެއްވި ގޮތުންނެވެ. ހިތަށް ވެރިވި އެ ޚިޔާލާއިއެކީ ހަމްނާއަށް އުޑަށް ނަޒަރު ހިންގައިލަމުން ހިނިތުންވެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އޭނަ އިނީ އެކުވެރިން ގެއްލުނީތީ ނުހަނު ބޮޑު ހިތާމަވެރިކަމެއްގައިހެން ދުރުން ބަލާ މީހަކަށް ހީވެދާނެއެވެ. އެކަނި އެ ގާގަނޑު މަތީގައި ހަމްނާ އިންއިރު، ތުންތުން މަތިން ޚަބަރު އިވިފައިވި ކުދިން ވެސް ހަމްނާއަށް ދެމުން ދިޔައީ ޙަމްދަރުދީގެ ނަޒަރުތަކެވެ. އެހެނަސް އޭނައަށް ޙަމްދަރުދީއެއް ބޭނުންނުވާކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އޭނަގެ ވެރިރަސްކަލާނގެއެވެ.
**
އިންޓަވަލް ގަޑި ނިމެން ގާތްވަމުން ދިޔަ ވަގުތު ހަމްނާ ކުލާހަށް ދިޔައިރު އޭނަގެ މޭޒުމަތީގައި ފޮތެއް އޮތެވެ. އެއީ އޭނަ ނަބީހަށް އަނބުރައި ދިން ފޮތްކަން އެނގުންވީ ކައިރިއަށް ގޮސް ބެލުމުންނެވެ. ކުލާހުގެ ވަށައި ނަޒަރެއް ދިންއިރު ނބީހް ފެންނަން ނެތުމުން ހަމްނާ ގޮނޑީގައި އިށީނދެ އެ ފޮތް ހުޅުވައިލިއެވެ. އެއާއިއެކު އޭގެ ފުރަތަމަ ގަނޑުން ފެނިގެން ދިޔައީ އޭނައަށް އެ ފޮތް ލިބުނު ދުވަހުވެސް ހުރި ފަދަ ފެހި ކުލައިގެ ނޯޓު ކޮޅެކެވެ. އެ ނޯޓުކޮޅުގައި ލިޔެވިފައިވި ބަސްކޮޅު ހަމްނާއަށް ކިޔައިލެވުނެވެ.
“މި ފޮތް ހަމްނާ އަތުގަ ބޭއްވިޔަސް މައްސަލައެއްނެތް. އަދި…މިއަދު ކަންތައްވި ގޮތަށްޓަކައި މަޢާފަށް އެދެން.”
އިނގިރޭސި ބަހުން ލިޔެވިފައިވި ބަސްކޮޅުގައިވީ އެހެންނެވެ. އެއީ ނަބީހް އޭނައަށް ދިން މެސެޖެއްކަން ޔަޤީންވެ ހަމްނާ އިސްއުފުލައިލި ވަގުތު ނަބީހް ކުލާހަށް ވަދެގެން އަންނަނީއެވެ. އެ ހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން ދެމީހުންނަށް އެކުއެކީގައި ދުރު ބަލައިލެވުނެވެ.
ނަބީހް އޭނައަށް ދިން މެސެޖަށް ޖަވާބެއް ދޭނެ ގޮތެއް ނޭނިގަފައި ހަމްނާ ވަނިކޮށް އެ ފުރުސަތު ލިބިގެން ދިޔައީ ގެއަށް ދިޔަ ގަޑީގައެވެ. ދޮންތަ އޭނަ ބަލާ އައުން ލަސްވުމުން ހަމްނާ އޮފީހަށް ގޮސް ދޮންތައަށް ގުޅިއެވެ.
“ސޮރީ ހަމް…މިއަދު ހަމްގެ އެކްސްޓްރާނޯންނަކަން ދޮންތަ ހަނދާން ނެތުނީ. މި އަންނަނީ…” ދޮންތަ ބުނި އަޑު އިވުނެވެ.
ހަމްނާ ދޮންތަ ގާތު އެންމެ ރަނގަޅޭ ބުނުމަށްފަހު އޮފީހުން ނިކުމެގެން ދިޔައީ ސްކޫލްގެ ގޭޓާއި ދިމާލަށެވެ. އެ ދިޔަ މަގުމަތީގައި ފިޔަވަޅުތައް ލަސްވެގެން ދިޔައީ ހަމަ އެ ގޓުގެ ކައިރީގައި ނަބީހް ހުއްޓިގެން ހުރި މަންޒަރު ފެނުމުންނެވެ. އެތެރޭގައި މަޑުކޮށްލަން ޚިޔާލު ކުރުމަށްފަހު ވެސް ގޭޓު ކައިރިއަށް ދިޔައީ ދޮންތަ ބަލާ އައުމުން ވެސް ނޭނގިދާނެއޭ ހިތާއެވެ. އަދި އަމުދުން އޭނަ ކޮންމެހެން ވެސް ނަބީހްގާތު ބުނަން ބޭނުންވާ ވާހަކައެއް އޮތްކަން ހަނދާން ކުރަމުންނެވެ.
ގޭޓު ކައިރީގައި މަޑުކޮށްގެން ހުރި ނަބީހަށް ކަނާތް ފަރާތަށް ބަލައިލެވުނީ އެދިމާލުން ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. އުއްމީދު ކޮށްގެން ނެތް ވަގުތެއްގައި ހަމްނާ ފެނުމުން ނަބީހް ކުޑަކޮށް ސިހުންވާ ގޮތްވެ، ދެ ފަހަރަކު އެ ދިމާލަށް ބެލުނެވެ. އެހެނަސް ނަބީހް ހަމްނާ ބެލުމާއިއެކު ދުރަށް ނަޒަރު ހިންގައިލުމަށްފަހު އިސްޖަހައިލިއެވެ. ހަމްނާއަށް ވެސް ވީ އެކަހަލަ ގޮތެކެވެ.
ސިކުންތުކޮޅެއް ވަންދެން އެ ދެމެދަށް ވެރިވެފައިވި ހިމޭންކަން ނަގައިލީ ނަބީހެވެ.
“ދޮންތަ ނާންނަނީތަ ބަލާ؟” ނަބީހަށް އެހެން އަހައިލެވުނީ ނުހުރެވިގެންނެވެ.
“ހުމް….އެކްސްޓްރާ ކެންސަލްވީކަން ދޮންތަ ހަނދާން ނެތުނީ..” ހަމްނާ ވެސް ނަބީހް ހެދިހެން ކުރިމައްޗަށް ނަޒަރު ހުއްޓައިގެން ހުރެ ޖަވާބު ދިނެވެ.
“ސޭމް ހިއާރ…މާ ލަހުން ސާރ އެ މެސެޖު ކުރީމަ ނުފެނުނިއްޔޯ ދޮންބެ ބުނީ…” ނަބީހް ބުންޏެވެ. އެ ވާހަކައަށް ހަމްނާ ހޫންލައްވައިލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަމެއް ވެރިވާން އުޅުނު ހިނދު ހަމްނާ ވާހަކަ ދެއްކިއެވެ.
“ބާއި ދަ ވޭ، އެ ފޮތް އަނބުރައި ދިން ކަމަށްޓަކައި ވަރަށް ބޮޑަށް ތެންކިއު. އެންޑް….އިޓްސް އޯކޭ…” ހަމްނާ އެ ބުނެލި ބަސްތަކާއިއެކީ ނަބީހަށް ކުއްލި ގޮތަކަށް ހަމްނާއަށް ނަޒަރެއް ދެވުނެވެ. ހަމްނާ ދެންވެސް އެ ހުރި ގޮތަށް ހުރި ގޮތުން ހަމަ އަސްލުވެސް ‘އޯކޭ’ތޯ އަހައިލަން ބޭނުންވިއެވެ. އެދުވަހުގެ އިންޓަވަލް ގަޑި ހަމްނާ ހޭދަކުރީ އެކަނިކަން ހަނދާންކުރަމުން ވެސްމެއެވެ.
ނަބީހް ވަކި އެއްޗެކޭ ނުބުނެ ހުއްޓާ ހަމްނާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އެކަހަލަ އެކުވެރިންނަކީ ހަމަ ކޮންމެވެސް ދުވަހަކުން ގެއްލިދާ ޒާތުގެ އެކުވެރިންދޯ؟ އަވަހަށް އެކަން ނިމުނީމަ ހިތްހަމަޖެހިއްޖެ ޙަޤީޤަތުގަ…..އެހެންނޫނަސް ބޭނުމެއްނޫން ބްލެކްސްމިތްއެއްގެ ގެއަށް ދާކަށް. ބޭނުމީ ޕާރފިއުމް ޝޮޕްއަކަށްދާން…” ހަމްނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ އެ ފަހު ބަސްތައް ބުނެލީ ލުއި ހިނިތުންވުމަކާއި އެކީގައެވެ.
އޭނަ އެ ބުނެލި ބަސްތަކަކީ ނަބީހް ދިން ފޮތުގައި، އެކުވެރިންނާއި ގުޅޭ އާޔަތެއްގެ ތަފްސީރުގެ ދަށުން ގެނެވިފައިވާ ޙަދީޘަކާއި ގުޅޭ ބަސްތަކެވެ. ގޯސް އެކުވެރިންނާއި އެކީ އުޅުމުގެ މިސާލަކީ ކަނބުރުވެރިއެއްގެ ގެއަށް ވަނުމުގެ މިސާލުކަމާއި، ރަނގަޅު އެކުވެރިންނާއި އެކީ އުޅުމަކީ އަތަރު ފިހާރައަކަށް ވަނުން ކަހަލަ މިސާލެއްކަމަށް އޮތް ޙަދީޘެވެ. ނަބީހް އެ ފޮތް ކިޔާފައިވާނަމަ އެ ޙަދީޘް އެނގޭނެތާއޭ ހިތަށްއެރިއެވެ. އެހެނަސް ނަބީހް އޭތި ހަނދާން ނުހުރެދާނެއޭ ހިތައި ނަބީހް އޭނަ ދެންމެ ބުނީ ކީކޭތޯ ސުވާލުކުރާނެ ކަމަށް ހަމްނާއަށް ހީކުރެވުނެވެ. އެހެނަސް….
“ސްމާޓް ޗޮއިސް!” ނަބީހް އެ ބުނެލި ބަސްތަކާއި އެކީ ހަމްނާއަށް އޭނައާއި ދިމާލަށް ބަލައިލެވުނީ ދެ ބުމަ ކައިރިކޮށްލަމުންނެވެ. އެހިނދު ނަބީހްގެ މޫނުމަތިން ފެނުނު ހިނިތުންވުމުން އޭނަ ދެންމެ ބުނި ވާހަކަ ނަބީހަށް ދޭހަ ކުރެވި، އެއަށް ޖަވާބު ދިނީކަން ހަމްނާއަށް އެނގުންވިއެވެ. އެއާއިއެކު ހަމްނާއަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.
ހަމަ އެ ވަގުތު ލަސްލަހުން ދުއްވަމުން އައި ނޫކުލައިގެ ކާރެއް ގޭޓު ކުރިމައްޗަށް މަޑުކޮށްލުމުން ނަބީހް ހަމްނާއަށް ފަސް ދީފައި ގޮސް އެ ކާރުގެ ކުރީ ސީޓަށް އެރިއެވެ. ކާރު ހަމްނާގެ ލޯ މައްޗަށް ގެއްލުނުތާ މާ ގިނައިރެއްނުވެ ދޮންތަގެ ސައިކަލު ހަމްނާގެ ކުރިމަތީގައި މަޑުކުރިއެވެ.
“ހާދަ ވަރަކަށް ހެވިފަ ތިހިރީ؟” ހަމްނާ ހިނިތުންވުމަކާއިއެކީ ސައިކަލަށް އަރަމުން ދިޔަ ވަގުތު ހިބާ އެހިއެވެ.
“އާނ….އަހަރެން ވަރަށް ބޭނުންވެގެން ހުރި ފޮތެއް ރިޓާން ކުރީމަ ވެސް އަނބުރައި ލިބުނީމަ..” ހަމްނާ ސައިކަލަށް އަރަމުން ބުންޏެވެ.
“ކޮން ފޮތެއް؟” ހިބާ ސައިކަލު ދުއްވައިލަމުން އެހިއެވެ.
“ތަފްސީރު އިބްނު ކަޘީރުގެ އިންގްލިޝް ޓްރާންސްލޭޝަން..”
“އޮހް! އެ ފޮތްދޯ؟ ލައިބްރަރީއަށް ރިޓާން ކުރީމަ ވެސް އަނބުރައި ލިބުނީތަ؟”
“އެއީ ލައިބްރަރީގެ ފޮތެއް ނޫނޭ. ކުއްޖަކު ދިން ފޮތެއް…”
“ކޮން ކުއްޖެއް؟”
“ން…ނަބީހް.”
“އައި ސީ!”
ހިބާ އެހެން ބުނެލީ ވަގުތު އެ މޫނުމަތީގައި ޒާތެއްގެ ހިނިތުންވުމެއްވިއެވެ. ދޮންތަގެ މޫނު ނުފެނުނެއްކަމަކު އެ ހިނިތުންވުން ހަމްނާއަށް ސިފަވިއެވެ. އެއާއިއެކު ލަދުވެސް ގަންނަ ގޮތްވިއެވެ. ދޮންތަ އެ ހީކުރާ ކަހަލަ ގޮތެއް ނުވެއޭ ބުނަން ބޭނުންވިއެއްކަމަކު އެއްޗެކޭ ބުނިއްޔާ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެން ހަމްނާ ހިމޭންކަން ޚިޔާރު ކުރިއެވެ.
**
އެދުވަހު ހަމްނާ ގެއަށްލުމަށްފަހު މަޑު ކުރުމުގެ ބަދަލުގައި ހިބާ ސްކޫލަށް ދާންޖެހުނީ، ސްކޫލްގައި އެދުވަހު އޮތް ބައްދަލުވުމެއްގެ ސަބަބުންނެވެ. އެ ބައްދަލުވުމަކީ، މީގެ ދެ ހަފްތާ ފަހުން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ‘ސައިންސް ފެއާރ’ އާއި މެދު މުދައްރިސުންގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
“މިފަހަރު ކިހިނެއްތޯ ވާނީ ހަމައެކަނި ސައިންސް ފެއާރއެއްގެ ބަދަލުގަ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރއެއް ބޭއްވިއްޔާ؟ މިކަހަލަ ފެއާރއެއް އަޅުގަނޑުމެން މި ސްކޫލްގަ ކިޔެވިއިރު ވެސް ބޭއްވި ހަނދާނެއްވޭ. ކުދިން ވަރަށް ޝައުޤުވެރިވާނެހެން އަޅުގަނޑަށް ހީވަނީ…” ހިބާ އެ ޚިޔާލު ފާޅު ކުރިއިރު ނޭނގޭ ސަބަބަކާއިހުރެ އޭނަގެ ސިކުނޑީގައިވީ މާޒިންގެ ހަނދާނެކެވެ. މާޒިން ސައިންސް ގަޑީގައި ހަދާ އެކްސްޕެރިމެންޓުތަކުގައި ވެސް އެންމެ ޖޯޝާއިއެކީ ހަދާނީ ޓެކްނޮލޮޖީއާއި ގުޅުންހުރި އެކްސްޕްރިމެންޓްތަކަށް ވުމުންނެވެ.
“ހަމަ ރަނގަޅު ޚިޔާލެއް ހިބާ….އެހެން މުދައްރިސުން ވިދާޅުވާނީ ކީކޭތޯ؟” އެ ބައްދަލުވުމުން ކުރިއަށް ގެންދަމުން ދިޔަ ލީޑިންގް ޓީޗާރ ސުވާލުކުރެއްވިއެވެ.
“ސަޅިވެފަ ޔުނީކް ވެސް ވާނެދޯ؟ މިހާރުގެ ބޮޑެތި ކުދިންނަށް އެނގޭނެ ކަންނޭނގެ ކިޑްސް އެޕްލިކޭޝަން ބޭނުންކޮށްގެން ކުދިކުދި ޕްރޮގްރާމްތައް ހަދަން ވެސް. މަތީ ގްރޭޑްތަކަށް އެކަހަލަ އެއްޗެއް ދެވިދާނެ.” އެހެން މުދައްރިސަކު ވާހަކަ ދެއްކިއެވެ.
“ލައްބަ! އަދި ޕްލަސް ޕޮއިންޓެއްގެ ގޮތުން މިހާރު އަހަރުމެންނަށް ތިކަހަލަ ފެއާރއަކާއި ވަރަށް ގުޅޭނެ ޗީފް ގެސްޓެއް ވެސް ވަރަށް ކައިރިން ހޯދިދާނެ ދެއްތޯ؟” ނަޝާ ރާގަކަށް އެހެން ބުނެލީ ހިބާއަށް ނަޒަރެއް ދެމުންނެވެ. އެއާއިއެކު ނަޝާ އެ ބުނި އެއްޗެއް ނަގައިގަނެވުމުން، އެންމެން އެއްކޮށް ހީލިއެވެ.
“ހަމަ ތެދެއް އެ ބުނީ. ހިބާ ނިކަން އަވަހަށް ބުނެލައްޗޭ އިސްމާޢީލް އީތަން އަރިހުގަ!” އެހެން މުދައްރިސެއް ބުންޏެވެ.
“އެއީ ދޮގު ހިބާ މިސް. އަހަރުމެން ސްކޫލްގަ ވެސް ހައިބަތެއް ހުރިކަން ދައްކައިލަން ވާނެ. އަހަރުމެން އިންވިޓޭޝަން ކާޑެއް ހަދައި ނުފޮނުވަނީސް ނުބުނައްޗޭ މިސް!” ނަޝާ ބުންޏެވެ.
“ހެހެ…..އެންމެ ރަނގަޅު. ނަޝާ ބުނީތީ ނުބުނާނަން. އެހެންވީމަ ކުދިންނާއި ޕޭރެންޓްސް ވެސް އަންނާނެ ދެއްތޯ ފެއާރއަށް، ނީލާ މިސް؟” ހިބާ ލީޑިންގް ޓީޗާރގެ ކައިރިން ސުވާލުކުރިއެވެ.
“ހުމް….ކުދިން ޕްރޮޖެކްޓްތައް ދައްކާއިރު ޕޭރެންޓްސް ވެސް އަންނާނެ….މިފަހަރު ކިހިނެއްވާނެބާ ޗީފް ގެސްޓް ވެސް ކުޑަކޮށް ކުދިންގެ ޕްރޮޖެކްޓްތައް ބަލަމުން ކުޑަ ވޯކެއް ޖައްސާ ގޮތަށް ހެދިއްޔާ؟” ނީލާ މިސް ސުވާލުކުރިއެވެ.
“ރަނގަޅު…ވާނެ…” ހިބާއަށް ކެނޑިކެނޑިގެން އެ ބަސްތައް ބުނެލެވުނީ ވިސްނުމެއްގެ ތެރެއަށް ގެއްލުމުންނެވެ. މާޒިންއާއިއެކީ މާޒިންގެ މަންމަގެ ސޫރަ ލޮލަށް ސިފަވެ، ދާރިސް ވެސް އެތާނގައި ހުންނާނެކަން އެނގުންވުމުން މެއަށް ގޮތެއްވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ، ކުއްލިއަކަށް އެ ބާއްވަން އުޅޭ ފެއާރއަށްޓަކައި ކެތްމަދުވުމުންނެވެ.
ނުނިމޭ
Jana
December 29, 2021 @ 9:58 am
Salaam kiyuntherin! Dhen oiy bai Monday night ga In Sha Allah <3
Unknown
January 3, 2022 @ 10:14 am
Thafseer ibn kaseer ge dhivehi tharujamaa liben hunnaane tha?
Jana
January 3, 2022 @ 3:02 pm
Seedha tafseer ibn kaseer e foiy ekko dhivessah tharujama kurevifa hurikameh neyngey. Ekamaku Quranuge dhivehi tharujamaa hunna application eh hurey. Mee Sheikh Jaufar Faiz eki tafseer thakah ballavaigen liyuvvaafaivaa tafseer eh hen heevany. 🙂
https://play.google.com/store/apps/details?id=com.dhivehitafseer&hl=en&gl=US&showAllReviews=true
Look it up on google playstore. App store ga mi application hurihen hiyeh nuvey. mee Jana ah engey dhivehi tafseer huri source aky. Ehen kiyuntheriakah engenya alhe buneladhehchey ^_^
mish
December 29, 2021 @ 10:31 am
wowwww
which lecture series<3
mish ves beynun <3<3<3
Jana
January 3, 2022 @ 3:07 pm
Alhamdhulillah!
Hehe….Laisha mennaa hedhi kon lecture series eh kameh nuves engunu dho? Well this is the series I had in mind when I wrote the dialogue. ‘Angels in their presence’ by Sheikh Omar Suleiman. Look it up on youtube 😀 Its beautiful and inspiring!
mish
January 3, 2022 @ 3:18 pm
aslu ves laisha mennaa hedhi
yes that is very beautiful series <3
eunoia
December 29, 2021 @ 11:27 am
alhamdhulillah!!
Proud of you hamna! Nd hamna has the same feeling for nabeeh dhw? Vrh heevey kuriah onna part thah vx curious koh dhaane hn..
Maazin and maazin ge mamma aa dhaaris meet vaan ulheny dhw? I hope dhaaris will be okay!
Waitin for next 🤍
Tgc jana sis! ✨
Love by eunoia <33
Jana
January 3, 2022 @ 3:11 pm
I’m sooooo proud of her too! Its not an easy thing to turn your back on the friends who abuse you. But she got that strength from sincerely turning to Allah.
Hmm…Nabeeh aa Hamna ge dhemedhuga goiy goiy vaahen heevey dho? 😀 balamaa vaagotheh.
Yess! I’m looking forward to the grand meeting too. Next has been uploaded. Tgc. Love from me too <3
Ibaa
December 29, 2021 @ 3:16 pm
Masha Allah story kuriyah dhaa goiyh vrh vrh reethi. vrh kiyaahithun indha story nimuny. vrh curious vefa mihury dhen vaane gothaka medhu..this story was so interesting..love you sis.
Jana
January 3, 2022 @ 3:14 pm
Yes…Jana ves mihaaru varah interest aa eky liyamun mi dhany. Especially because of the msgs. Jazaakillah Khairan for the support sis. Love you too <3 <3 <3
Dhonthi
December 29, 2021 @ 3:41 pm
Assalaamu alaikum 😊 janaa dhahtha haalu kihineii??
Masha Allah..mi part ves varah reethi 😍😍
I am waiting for next part..varah reethi hisaabakun mi part nimunee..kiyaa hithun indha..
Hamna ahh ves rangalhu goii visnijje dho.. Alhamdhulillah..I am so happy..and e ulhenee dhaaris and maazin meet vaan dho..
Varah kiyaa hithun meenee aneii part..second dodo hadhaanee maazin kanneynge😊hehe..
I am waiting….stay safe Jana dhahthaa😊
Jana
January 3, 2022 @ 3:16 pm
Jana rangalhu Alhamdhulillah! Dhonthi ves rangalhu kamah ummeedhu kuran. Hamna ah heyo visnunyma Jana ves varah happy. Dhaaris aa Maazin meet vaan ulheythy ves.
Alhe Dhonthi haadha accurate guess ekey thi kury. dhen oiy bai kiyaileema engeyne. hehe…Stay safe you too. Love you <3 <3 <3
Friend
December 31, 2021 @ 6:11 pm
Jana sis… Hamna change vaathee varah ufaavey alhamdhulillahi
And I think nabeeh ah kanneyge emme fahun hamna libeynee
And dhaaris eynaage mamma as badhaluveytho varah inthizaaru ebakuran
Much love ingey Jana sis
^__^
Jana
January 3, 2022 @ 3:18 pm
Hmm….Hamna change veema emmen ves varah happy. aan dho? Nabeeh deserves Hamna. ekamaku Hamna ah kamaku nudhey dho Nabeeh? balamaa vaagotheh. Jana ves e bahdhaluvun liyaa hithun keh madhu vefa. Much love to you too, Friend 😀 <3