ދާރިސް (އަށްވަނަ ބައި)
ހިބާ ގޮނޑި ހިފައިގެން ކޮޓަރިއާއި ގާތްވަމުން ދިޔަ ވަގުތުވެސް ދާރިސް އެ ހުރި ގޮތަށް ހުންނާނެ މަންޒަރު ސިފަކުރެވެމުން ދިޔައެވެ. އެހެނަސް މިފަހަރު ހަރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު މީހެއްގެ ގައިގައި ޖެހި ހިބާގެ އަތުގައި ހުރި ގޮނޑި އަތުން ދޫވެ އޭނަ އަރި އަޅައިލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އެ މީހަކު އޭނަގެ އުނަގަނޑުގައި އަތް އަޅުވައިލުމުން ނުވެއްޓި ސަލާމަތްވިއެވެ. ލޯ ހުޅުވައިލެވުނު ވަގުތު އޭނަގެ ކުރިމަތީގައި ހުރީ ދާރިސް ނޫން ދެވަނަ މީހެއް ނޫނެވެ. ދާރިސް އެއްއަތުން އޭނަ ގައިގައި ހިފަހައްޓައިގެން ހުރި ވަގުތު އަނެއް އަތުގައި އޮޅާލެވިފައި އޮތް ބޮކިފަތި އޮތެވެ.
އެ ހިނދު ކީއްވެކަމެއް ނޭނގެއެވެ. ހިބާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ހިނދު ދެންމެ އައި ރުޅީގެ މަތިން ހަނދާން ނެތިގެން ދިޔައެވެ. އޭގެ ބަދަލުގައި ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ގެއްލޭ ގޮތްވިއެވެ. އަނެއްކާވެސް ދާރިސްގެ މޫނުމަތިން ފެންނަމުން ދިޔަ ފިރިހެންވަންތަކަން ފާހަގަވެ، ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑު ކުޑަކޮށް ތެމިފައި ހުރި ގޮތް ރީތިވެގެން ދިޔައެވެ.
ހިބާގެ ޚިޔާލުތައް ނުރައްކާތެރި މިޞްރާބަކަށް ދާން ފެށުމުން އޭނަ ކުއްލި ގޮތަކަށް ދާރިސްގެ މޭގައި އަތް އަޅައި ކޮއްޕަމުން ދުރުވެލިއެވެ. އެ ހިނދު ދެންމެ އޭނަ އެހާ ރުޅި އައި މީހަކާއިމެދު އެފަދަ ގޮތަކަށް ޚިޔާލު ކުރެވުނީތީ އަމިއްލަ ނަފްސަށް ނުރުހުންވެސްވިއެވެ. ހިބާ ދާރިސްއަށް ބަލަން ނުކެރި އިސްޖެހިފައި ވަނިކޮށް ބައްޕަގެ އަޑު އިވުނެވެ.
“އެއީ ކޮން އަޑެއްތަ ހިބާ؟ ކުއްޖަކު ވެއްޓުނީއޭ ހިތާ މި އައީ…” ޝަހީދު ހިބާމެން ގާތަށް ދަމުން ސުވާލުކުރިއެވެ.
މީގެ އިރުކޮޅެއް ކުރިން ބާރަށް ދޮރު ލެއްޕުނު އަޑާއި، ހަމްނާގެ ރުއިމުގެ އަޑަށްފަހު މަންމައާއި ބައްޕަގެ އަޑުތައް ކެނޑިފައިވިއެވެ. އާދައިގެ މަތިން މަންމަ ގޮސް ކޮޓަރިއަށް ވަނުމުން މަންމައާއި ބައްޕަގެ ތޮޅުން ނިމުމަކަށް އައީކަން ހިބާއަށް އެނގުންވިއެވެ.
“އެއީ….ހިބާގެ އަތުން ގޮނޑި ވެއްޓުނީ.” ހިބާ އަވަސްއަވަހަށް ކުރު ގޮތަކަށް ބުންޏެވެ.
“ގޮނޑި؟ ގޮނޑި ކީ……ބޮކިފަތި ނަގަންދޯ؟ ދާރިސް އެހީ އެބަވޭދޯ ހިބާގެ އެއްޗެހި ކޮޓަރިން ނެރެން؟ މިހެން ހުއްޓަސް މިއީ ވަރަށް ހިތްހެޔޮ ކުއްޖެކޭ ހިބާ. ދޯ ދާރިސް؟” ޝަހީދު ހިނިތުންވުމަކާއެކީ ގޮސް ދާރިސްގެ ކޮނޑުގައި އަތް އަޅައިލަމުން ބުންޏެވެ. ދާރިސް ވަކި ހިނިތުންވުމެއް ނެތި ބައްޕައަށް ބަލައިލި ގޮތުން ދެބުމަ ކައިރި ކޮށްގެން ދާރިސްއަށް ބަލަން ހުރެވުނީ އަނެއްކާވެސް ނުރުހުންވެފައި ހުރެއެވެ. ނުރުހުންވީ ބައްޕައަށް ދާރިސް ‘ހިތްހެޔޮ’ ވީ ގޮތުންނެވެ. ހިތްހެޔޮނަމަ އޭނަގެ ކޮޓަރި އަތުނުލީހޭ ކިޔައި ހިބާގެ ހިތް ހަޅޭއްލެވިއެވެ. ބައްޕަ އެ ބުނި ބަސްތަކުގެ ތެދުކަން ދެންމެ ދާރިސްގެ ފަރާތުން ފެނިގެން ދިޔަ ޢަމަލުތަކުން ކޮންމެވެސް ވަރަކަށް އެއްބަސް ވެވުނަސް، ހިބާ ރުޅިވެރިކަން އިސްކުރިއެވެ. އަދި ދަތްކުނޑި ވިކަމުން ކުއްލި ގޮތަކަށް ދާރިސްގެ އަތުގައި އޮތް ބޮކިފަތި ޖަހައިގަންނަމުން ދާން ހިނގައިގަތެވެ. ޖަހައިގަތް ގޮތުން ދާރިސްގެ އަތަށް ތަދުވާނެކަން އެނގުނު ހިނދު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެހެނަސް ފަހަތް ނުބެލީ، އޭނަ ކިރިޔާވެސް ދާރިސްއާއި މެދު ކަންބޮޑުވާ ކަމުގެ ޢިޝާރާތެއް ނުދެއްކުމަށެވެ.
“އަޅާނުލައްޗޭ ދާރިސް. ހިބާ ބައެއްފަހަރު ރުޅިގަދަ ވިޔަސް ވަރަށް ރަނގަޅު ކުއްޖެއް އެއީ. ހިބާއަށް މި ޙާލަތު ކިޔައިދިނީމަ ރުޅި އިސް ނުކުރާނެ. ބައްޕަ ވާހަކަ ދައްކާނަން ހިބާއާ…” ޝަހީދު ދާރިސްގެ ބޮލުގައި ފިރުމަމުން ބުނެލި ވާހަކަ ދުރަށް ހިނގާފައި ދިޔަ ހިބާއަށް ވެސް އިވުނެވެ. ހިތާހިތުން ކޮން ޙާލަތެއްތޯ ކިޔައި ހަޅޭއްލެވުނެއްކަމަކު ހިބާ ދެންވެސް ފަހަތް ބެލުމެއްނެތި ގޮސް ކޮޓަރިއަށް ވަނެވެ.
“ދޮންތާ…..ދޮންތާ! އާރ ޔޫ ހިއާރ؟”
ހިބާ ޖަވާބެއްނުދީ ގިނައިރު ވާން ފެށުމުން ކަބަޑު ކައިރީގައި ހުއްޓިހުރި ހަމްނާ އަޑުހަރުކޮށް ގޮވިއެވެ. އެއާއިއެކު ހިބާއަށް މާޒީގެ ޚިޔާލުތަކުން ނިކުމެވި އެ ކޮޓަރި ތެރެއަށް ނަޒަރެއް ދެވުނެވެ.
“އަ…އާނ ހަމްނާ ބޭނުން ގޮތެއް ހަދާ…” ހިބާ އަވަސްއަވަހަށް ބުންޏެވެ.
“ވަޓް އިން ދަ ވޯލްޑް؟ ދޮންތަ ދެންމެ ސްޕޭސް އައުޓްވީތަ؟ ކާކުގެ ޚިޔާލެއްގަތަ؟” ހަމްނާ ދެލޯ ހަނިކޮށްފައި ލާނެތް ހިނިތުންވުމަކާއެކީ ދިމާކުރިއެވެ.
“އެއްވެސް ސްޕޭސް އައުޓެއް ނޫން….ތި ކަބަޑު ބޭރުކޮށްލާފަ އަދި ހެދުން އަލަމާރިވެސް ސާފުކޮށްލަން ވާނެދޯ؟” ހިބާ ކޮޓަރީގެ ތެރެއަށް ވަދެ އަލަމާރި ހުޅުވައިލީ ހަމްނާގެ އެ ވާހަކަ ކުރިއަށް ނުގެންދިޔުމަށެވެ.
“އަހަރެން އޯލްރެޑީ އަލަމާރި ސާފުކޮށްފީމޭ ދޮންތާ….ދެން ބުނެބަލަ. ކާކުގެ ޚިޔާލެއް ދެންމެ ކުރީ؟ އެއްކަލަ ފަޒީންތަ؟ އޯރ….މި ކޮޓަރީގަ އުޅުނު އެއްކަލަ ސްމާޓް ފިރިހެން ކުއްޖާތަ؟” ހަމްނާ ހުއްޓުމެއްނެތި ސުވާލު ކުރިއެވެ. އެ ހިނދު ހިބާއަށް ފުން ނޭވައެއް ދޫކޮށްލަމުން ހަމްނާއަށް ބަލައިލެވުނެވެ.
ހަމްނާއަށް ދާރިސްއާއި ގުޅޭ ގޮތުން މާ ގިނަ ވާހަކައެއް ނޭނގޭނެއެވެ. ހިބާ ހަމްނާއަށް އެ ގޭގައި އުޅުނު ފިރިހެން ކުއްޖާގެ ވާހަކަ ކިޔައިދީފައިވަނީ ބައްޕަގެ ހަނދާނެއްގެ ގޮތުންނެވެ. އަދި އަމުދުން ބައްޕަގެ ބޮލުގައި އެޅުވިގެން ދިޔަ އިލްޒާމަކީ ވެސް ދާރިސްއާއި ގުޅިގެން އެޅުވުނު އިލްޒާމަކަށް ވީތީވެއެވެ. އެ ވާހަކަތައް ސާފުކޮށް ހަމްނާއަށް ކިޔައިދިނީ ބައްޕަގެ މައުސޫމްކަން ކިޔައިދިނުމަށެވެ. އެހެނަސް ފިލްމުތަކަށް ގޮސް ހުސްވެފައި ހުރި ހަމްނާއަށް އެއިން ފާހަގަވެގެން ދިޔައީ ހިބާގެ ‘ފުރަތަމަ ލޯބީގެ’ ވާހަކައެވެ.
“ދެން ތި ވާހަކަ ނުދައްކަމާ ހިނގާ ދޯ ހަމްނާ؟ ދޮންތަގެ ލަވް ލައިފްއަށް ގިވް އަޕް ކުރި ވާހަކަ ބުނެވުނު ހަނދާން އެބަވޭ އެރޭ ޑޭޓްއަށް ދިޔަ ފަހުން. ތި ހީކުރާ ފިރިހެން ކުއްޖާއަކީ ދޮންތަގެ ފަސްޓް ލަވްއެއް ނުވެސް ނޫން….. އެނީވޭސް، ހަމްނާ އެއްކަލަ އިސްތިޚާރާ ކުރިންތަ؟” ހިބާ ނޫންކަމަށް ހަދާފައި ދެންވެސް ސުވާލެއްކޮށްލީ މަޢުޟޫ ބަދަލު ކުރެވޭތޯއެވެ. މިފަހަރު އެކަން ކާމިޔާބުވިއެވެ. އޭނަ ކޮށްލި ސުވާލާއެކީ ހަމްނާ ހުއްޓުންއެރިއެވެ.
“އަ…އަދިއެއް ނުކުރަން..” ހަމްނާ މިފަހަރު އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ބުންޏެވެ.
“ޔުއާރ ވިޝް. ދޮންތަ ފޯސްއެއް ނުކުރާނަން ހަމްއަށް ދީނުގެ އެއްވެސް ކަމެއް ކުރާކަށް. އެކަމަކު އިސްތިޚާރާ ކުރީމަ ހަމްއަށް ޝައްކުވާ ނިންމުންތަކާއިމެދު ޔަޤީންވެގެން ދާނެ ވާހަކަ އަދިވެސް އެއްފަހަރު ބުނެލަން…” ހިބާ ބުންޏެވެ.
“އައި ނޯ…އެކަމަކު އެ…..ފްރެންޑްއާ ދުރުވެދާނެތީ ބިރުގަންނަނީ…” ހަމްނާ އިސްޖަހައިލަމުން ބުންޏެވެ.
“އިސްތިޚާރާގެ ސަބަބުން ފްރެންޑެއް ގެއްލުނިއްޔާ އެއަށްވުރެ މާ ރަނގަޅު އެކުވެރިއެއް ލިބިގެންދާނެ އިން ޝާ ﷲ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަކާއިމެދު ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. ޔޫ ޖަސްޓް ނީޑް ޓު ޓްރަސްޓް ހިމް…” ހިބާ ޔަޤީންކަމާއެކީ ބުންޏެވެ. ހަމްނާ ދެންވެސް ސީރިއަސް ވިސްނުމެއްގައި ހުރެ ބޯޖަހައިލިއެވެ.
އެ ވާހަކައަށްފަހު ހިބާ ކޮޓަރިން ނިކުންނަން އުޅުމުން އަނެއްކާވެސް ހަމްނާ، ހިބާ މަޑުކުރުވިއެވެ. އަދި އެދުވަހު ހަވީރު ގްރޫޕް ވޯކަކަށްޓަކައި އޭނަގެ އެކުވެރިންތަކެއް އަންނާނެ ވާހަކަ ބުންޏެވެ. މުދައްރިސް ގްރޫޕް ހަދާފައިވި ގޮތުން އޭނަގެ ދެ އެކުވެރިންނާއި ފިރިހެން ކުއްޖަކު ވެސް އޭނަގެ ގްރޫޕްގައި ހުރި ވާހަކަ ހަމްނާ ބުންޏެވެ. ހިބާ އެއްބަސްވީ، އޭނަ ދޭތެރެދޭތެރެއިން މަސައްކަތް ދާ ގޮތް ބަލާނެ ވާހަކަ ބުނުމަށްފަހުއެވެ. އެއަށްފަހު ހިބާ ވެސް އަވަސްވެގަތީ ގޭތެރެ ސާފުކުރުމަށްފަހު މެންދުރުގެ ކެއުން ތައްޔާރުކުރުމަށް ބަދިގެއަށް ވަނުމަށެވެ.
**
ސްވިޓްޒަލޭންޑަށް ރޭގަނޑުގެ ވަގުތެއްގައި އީތަން އޮފީހުން ގެއަށް އައިފަހުން ވަލީދު އޭނަގެ ޢާއިލާއާއެކީ އެގެއަށް އައިސްފައިވިއެވެ. އީތަންގެ އެދުމުގެ މަތިން ދުވަސްކޮޅެއް ވަންދެން އެގޭގައި އުޅެން އެމީހުން އައީއެވެ. އީތަން މީގެ އަހަރުތަކެއް ކުރިން ގަނެފައިވަނީ 5 ކޮޓަރީގެ ޕެންޓްހައުސްއަކަށް ވުމުން އެ ޢާއިލާއަށް ފަސޭހަކަމާއެކީ އެ ގޭގައި ހަމަޖެހިލެވުނެވެ. ވަލީދުގެ ދޮށީ ދަރިފުޅު ކަމަށްވާ 7 އަހަރުގެ ރާނިޔާ ވެސް ވަކިން ކޮޓަރިއެއްގައި އޮންނަން ބޭނުންވުމުން އީތަން ވަކި ދެކޮޅު ހެދުމެއްނެތި ހުއްދަދިނެވެ. މިއަދު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭ އޭނަގެ ހަމައެކަނި ޢާއިލާއަކީ އެއީ ކަމަށްވާތީވެއެވެ. ދޮންބެ އޭނައަށް ކޮށްދިންހާ ކަމެއްގެ ހެޔޮ ބަދަލު ދޮންބެއަށް ދޭން ހިތުގައި އޮތް އެދުމެއްގެ ބޮޑުކަމުންނެވެ.
އެ ހުރިހާ ހިނިތުންވުންތަކެއްގެ ތެރެއިން ވެސް އީތަންއަށް ބޭއިޚްތިޔާރުގައި ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބެލެމުން ދިޔައެވެ. މުޅި ދުވަސް ތެރޭގައި މެއިލް އެހާ ގިނައިން ބެލެމުން ދިޔައީ ކީއްވެކަމެއް ކުރީކޮޅު ޚުދު އީތަންއަށް ވެސް ދޭހައެއް ނުކުރެވުނެވެ. އެހެނަސް އޭނައަށް އިންތިޒާރު ކުރެވެމުން ދިޔައީ ހިބާ ޝަހީދުގެ ޖަވާބަކަށެވެ. އެކަން އެނގުންވުމުން އޭނަ މޮޔަވީތޯ ބުނެ އީތަންގެ ހިތް ގޮވިއެވެ. އެ ކުއްޖާއަކީ އެހެން މީހަކާއެކީ ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭ ކުއްޖަކަށް ވެސް ވެދާނެއެވެ. އެ ކުއްޖާއަކީ އެހެން މީހެއްގެ ޙައްޤަކަށް ވެސް ވެދާނެއެވެ. ވީއިރު އޭނަ ވަކި އެކުއްޖާގެ ޖަވާބަކަށް އިންތިޒާރު ކުރާކަށް ނުޖެހޭނެކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ. އެހެނަސް އެރޭގެ މަޣްރިބް ނަމާދަށްފަހު ސިޓިންގް ރޫމުގައި އިން ވަގުތު ވެސް އީތަންއަށް ފޯނަށް ބެލެމުން ދިޔައެވެ.
“ކާކުގެ ކޯލަކަށްބާ އަހަރުމެންގެ އީތަން މި އިންތިޒާރު ކުރަނީ؟ އަހަރުމެންނަށް ނާންގާ ގާލްފްރެންޑެއް ހޯދީތަ؟” ޝަބީބާ އީތަންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސޯފާގައި އިށީނީ މަދު ތަށްޓެއް ހިފައިގެންނެވެ. އޭރު ރާނިޔާ ސިޓިންގް ރޫމުގެ ސޯފާތަކާއި ދުރުގައި ޑޯޑޯ ޓައިލްސް މަތީގައި ބަހައްޓައިގެން ޑޯޑޯ ލައްވާ އެކި ކަންތައް ކުރުވަމުން ދިޔައެވެ.
“ނޫނޭ….ނުހޯދަން..” އީތަން ފޯނު ލޮކްކޮށްލަމުން ބުންޏެވެ.
“ހޫނ…..ތި އުޅޭ ގޮތުން ހީވަނީ އެހެންހެން. އީތަން ތިއީ އެހެން ނޫންނަމަ މާ ގިނައިން ފޯނަށް ބަލާ ކުއްޖެއް ނޫންވިއްޔާ. އެނީވޭސް، ޝަބީދައްތަ ކުއްޖަކު ހޯދައިދެންތަ އީތަންއާ އިންނަން؟ ގާލްފްރެންޑެއް ނެތިއްޔާ؟” ޝަބީބާ އެހިއެވެ.
“އަމް….އަދި ހޯދާކަށް ބޭނުމެއްނޫން….ކޮޓަރިއަށް ގޮސްލާނަން އިނގޭ ދައްތާ؟” އީތަން ވާހަކަ ދައްކަމުން ކުއްލިއަކަށް ސޯފާއިން ތެދުވެގެން ދާން ހިނގައިގަތީ ޝަބީބާއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީއެވެ. އެކަން އެގޮތަށް ކުރެވުނު ގޮތާއިމެދު ޚުދު އީތަން ވެސް ޙައިރާންވިއެވެ. އެވަގުތު އޭނަގެ ހިތުގައި އުފެދުނު އިޙްސާސްތައް ދޭހަކުރަން އޭނައަށް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ އޭނަ ވީހާވެސް އަވަހަކަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަންޖެހޭ ކަމެވެ.
**
ހަމްނާ ބުނިހެން އެދުވަހު ހަވީރު އޭނަގެ ގާތް ދެއެކުވެރިން ކަމަށްވާ މަނާލްއާއި ލައިޝާގެ އިތުރުން އެމީހުންގެ ކުލާހުގައި އުޅޭ ނަބީހްވެސް ހަމްނާގެ ގެއަށް އައެވެ. ނަބީހަކީ އެމީހުންނާއި އެއް ކުލާހެއްގައި އުޅޭ ކުއްޖަކަށް ވިޔަސް އެއީ އެމީހުންނާއި އެހާ އެކުވެރިކޮށް އުޅޭ ކުއްޖެއް ނޫނެވެ. އަދި އަމުދުން އެއީ ހަމްނާއާއި އޭނަގެ އެކުވެރިން ވެސް އެހާ ގަޔާވާ ޒާތުގެ ކުއްޖެއް ނޫނެވެ. އެމީހުން ނައުފަލްއާއި އެއް ގްރޫޕެއްގައި ޖެހެން އުއްމީދު ކޮށްގެން ތިއްބާ ނަބީހާއި އެއްކޮށް މަސައްކަތް ކުރަން ޖެހުމުން އެންމެން ވެސް ތިބީ މޫޑު ޚަރާބުވެފައެވެ.
ނަބީހްގެ ބުޅި އިސްތަށިގަނޑާއި ހިކި އަނަރޫފަކޮށް ހުންނަ ހަށިގަނޑު ހަމްނާއަށް ވެސް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ. ހަމްނާއަށް ބޮޑަށް ރަނގަޅީ ވެސް ނަބީހާއި ކައިރި ހިސާބެއްގައި ހުންނަން ނުޖެހުނިއްޔާއެވެ. ނަބީހްގެ ފަރާތުން އޭނައަށް ލިބޭ ސަމާލުކަން ހަމްނާއަށް ފާހަގަވެފައިވެއެވެ. އެހެނަސް އެއީ ނުވާކަމަކަށް ހަދަނީ ނަބީހަށް ވެސް އޭނަގެ އިޙްސާސްތައް ސާފުކޮށް އަންގައި ދިނުމަށެވެ. އެހެނަސް މިއަދު ވެސް ގެއަށް އައިސް އޭނަގެ ދޮންތަ ފެނުމާއެކު ‘ހައި ހަމްނާ ދޮންތާ’ އޭ ކިޔައި ނުތަނަވަސްކަމާއެކީ ގޮވައިލި ގޮތުން މޭނުބައި ކުރިއެވެ. ވަގުތުން ދޮންތައަށް ބަލައިލިއިރު ދޮންތަ ވެސް ނުހަނު ގަޔާވެފައި ‘ހައި’އޭ ބުނެލި ގޮތުން ހަމްނާއަށް ދެދަތްޕިލަ ޖައްސަމުން ނިތުގައި އެއްއަތް އަޅައިލެވުނެވެ. ދޮންތަ ނުހަނު އަވަހަށް އޭނައާއި ނަބީހްގެ ވާހަކަ ދައްކާނެހެން ހީވުމުންނެވެ. އެހެން ނުވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ހިތާހިތުން ހަމްނާއަށް ދުޢާކުރެވުނެވެ.
ހަމްނާއާއި އޭނަގެ އެކުވެރިން ސިޓިންގް ރޫމުގައި އިށީނދެ މަސައްކަތް ފެށުމުން ހިބާ ދިޔައީ ބޭރުގައި އަޅުވާފައި ހުރި އޭނަގެ އަންނައުނުތައް ނެގުމަށެވެ. ހިބާ ދިޔަ މަންޒަރު ބަލަން ހުރެފައި ހަމްނާގެ އެކުވެރި ލައިޝާ ވާހަކަ ދެއްކިއެވެ.
“އޭ ހަމްނާ ކޮބާ ނައުފްގެ އެއްވެސް ޚަބަރެއްވިތަ؟” ހަމްނާ ވެސް މަސައްކަތަށް ސަމާލުކަން ދީގެން އިންދާ ލައިޝާ ވާހަކަ ދެއްކިއެވެ. އެހިނދު އަންހެން ކުދިންނާއި ވަކިން ހުރި ސޯފާގައި އަމިއްލަ ލެޕްޓޮޕުން މަސައްކަތް ކުރަން އިން ނަބީހް ވެސް ހަމްނާއަށް ބެލިއެވެ.
“ނުވެއޭ…އަހަރެންވެސް މި ހުންނަނީ އޭނަ ކޮންފެސް ނުކޮށްގެން. އައި ސީރިއަސްލީ ކާންޓް ވެއިޓް ފޯ ދެޓް ޑޭ! އަހަރެން އަމިއްލައަށް ކޮންފެސް ކުރަންވީތަ؟” ހަމްނާ، ހިބާގެ ލެޕްޓޮޕުން ކުރަން ހުރި މަސައްކަތް ހުއްޓައި ލައިޝާއަށް ބަލައިލަމުން ބުންޏެވެ. ހަމްނާ އެދުވަހު ވަނީ ދޮންތަގެ ނަޞޭޙަތުގައި ހިފައިގެން ނައުފަލްއާއި އެކީގައިވުމަށް އިސްތިޚާރާ ނަމާދުވެސް ކޮށްފައެވެ. އޭނަ އެކުވެރިން ކައިރިން އެ ސުވާލުކޮށްލީ ނައުފަލްއާއި އެކީގައި ވުމަށް ރަނގަޅު ޢިޝާރާތެއް ފެނޭތޯ ބެލުމަށެވެ.
“އުނހު…އެހެން ކަމަކު ނުދާނެ. މިއުޗުއަލް ކޮންފެޝަންއެއް އައިމަ ސަޅިވާނީ. މަށަށް ހީވަނީ ނައުފްގެ ޓިކްޓޮކްތަކުން ވެސް އެބަ ފެނޭހެން އޭނަ ކުއްޖެއްދެކެ ލޯބިވެގެން އުޅޭ ކަމުގެ ސައިންސްތައް. ދޯ މަނާލް؟” ލައިޝާ ބުންޏެވެ. އެއާއިއެކު ހަމްނާ ވެސް ބޮޑުވެގެން ދިޔަ ދެލޮލާއެކީ އަސްލުވެސްހޭ އަހައި މަނާލްއަށް ބެލުމުން މަނާލްވެސް އާނއެކޭ ބުންޏެވެ.
“ނޮންސެންސް! ހަމްނާ ޓިކްޓޮކްގަ ނުއުޅޭކަން އެނގޭއިރު އޭނަ ކީއްކުރަން ޓިކްޓޮކްގަ ތި ބުނާ ސައިންތައް ދައްކަންވީ؟ މަށަށް ހީވަނީ އެހެން ކުއްޖަކާ ހިތާވެގެންހެން އޭނަ އެހެން ހަދާނީ!” ނަބީހް ނުހުރެވިގެން ކަހަލަ ގޮތަކަށް ނުރުހުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“އޭ ނަބީހް! މި ވާހަކައިގެ ތެރެއަށް އަނގަ ނުބާނާ ތި ދީފަ ހުރި މަސައްކަތް ނިންމަންވީ. މީހެއްގެ ހިތުގަ އިޙްސާސްތައް ހުރިއްޔާ އެކަން ކޮންމެ ތަނެއްގަ ވެސް ފާޅުކުރެވޭނެއެއްނު؟ ޖޭ ވިޔަސް ތި ދެން ބޮޑުވަރު!” ލައިޝާ ވެސް ރުޅިވެރިކަމާއެކީ ބުންޏެވެ. ނަބީހް އެއަށްވެސް ރައްދެއް ދޭން އުޅުނެއްކަމަކު އެވަގުތު ހަމްނާއާއި ދިމާލަށް ބަލައިލެވުނެވެ.
ހަމްނާ އޭނައަށް ނުރުހުމުގެ ނަޒަރެއް ދީގެން އިންތަން ފެނިފައި ނަބީހްގެ އަނގަ ބަންދުވާ ގޮތްވިއެވެ. އެވަގުތު އޭނައަށް ބަލައިލި މީހަކަށް އެ ލޯމަތިން ހިތާމަވެރިކަމާއި ކަންބޮޑުވުމެއް ފެނުނީހެވެ. ހަމްނާއަށްޓަކައިވި ކަންބޮޑުވުމެވެ. އެކުވެރިންގެ ސަބަބުން ވިސްނުން ތަޣައްޔަރުވެ ޙަޤީޤަތަށް ހަމްނާގެ ލޯ އަނދިރިވެފައި ނުވިނަމަ ހަމްނާއަށް ވެސް ފެނުނީހެވެ. އެހެނަސް އޭނަ އެ ވަގުތުވެސް ނަބީހަށް ސަމާލުކަން ދިނުމެއްނެތި ލައިޝާ ފޯނުން ދައްކަން ފެށި ޓިކްޓޮކަށް ނަޒަރެއް ދިނީއެވެ. ނަބީހް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލަމުން އަމިއްލަ ލެޕްޓޮޕަށް ނަޒަރެއް ދިނެވެ. ހަމަ އެވަގުތު ސިޓިންގް ރޫމުގެ އެއްފަރާތުން އައި ހަމްނާއަށް ގޮވައިލެވުނު އަޑަށް ޓިކްޓޮކް ބަލަން ތިބި ތިން އަންހެން ކުދިން ސިހިގެން ދިޔައެވެ.
“މާރކެޓް ރިސާޗްއެއް ކަންނޭނގެދޯ ތިކުދިން ތި ހަދަނީ؟ އެއީ ޓިކްޓޮކާއި ގުޅުން ހުރި އެއްޗެއް ނޫން ކަންނޭނގެ. އައި ހޭޓް ޓު ޑޫ ދިސް ބަޓް، ލައިޝާ ދަރިފުޅުގެ ފޯނު ހަމްނާގެ ކޮޓަރީގަ ބާއްވާ ލެވިދާނެތަ؟ އެންމެ ޕްރޮޑަކްޓިވްކޮށް މަސައްކަތް ކުރެވޭނީ މަސައްކަތް ކުރާ ގަޑީގަ ދޭތެރެ ދޭތެރެއިން ފޯނު ނުބެލީމަ ކަންނޭނގެދޯ؟ މަޖާ ނުކުރާށެކޭ ނުބުނަން އިނގޭ. ވަކި ވަރަކަށް މަސައްކަތް ކޮށްފަ ބްރޭކްއެއް ނަގަން ދޭތެރެއަކުން ސޯޝަލް މީޑިއާ ބަލައިލިޔަސް ހެޔޮ. އަދި މަސައްކަތް ނިމިގެން ޕްލޭއި ސްޓޭޝަނުން ބިލިއާޑް ކަހަލަ ގޭމްތައް ކުޅުނަސް މައްސަލައެއް ނެތް. އެ ގަޑިއަށް ދޮންތަ ސައި ހަދައިދޭނަން ތި ކުދިންނަށްދޭން. ސައުންޑްސް ލައިކް އަ ގުޑް ޕްލޭން؟”
ހިބާ އެއްއަތް މަތީގައި އަންނައުނުތައް ބަހައްޓައިގެން ވާހަކަ ދެއްކުމަށްފަހު އެހިއެވެ. އެއާއިއެކު ހަމްނާ ގަދަކަމުން ހިނިތުންވަމުން އެކުވެރިންނާއެކީ ބޯޖަހައިލި ވަގުތު ނަބީހް ‘ޔެސް’ އޭ ބުނެ ‘ތެންކިއު ހަމްނާ ދޮންތަ’އޭ ވެސް ބުންޏެވެ. އެ ވާހަކައަށް ހިބާ ހިނިތުންވެލީ ވަގުތު ހަމްނާ އިތުރަށް ނުރުހުންވުން ނޫންކަމެއް ނުވިއެވެ. ހިބާ ހަމްނާއަށް ބަލަން ހުރެފައި ދެންވެސް ލައިޝާއަށް ގޮވައިލީ އޭނަ ބުނާ ގޮތަށް ހެދުމަށް ހަނދާންކޮށް ދިނުމަށެވެ.
ލައިޝާ މޫނު ހަދަމުން ސޯފާއިން ތެދުވެގެން ގޮސް ހިބާއަށް ވުރެ ވެސް ކުރިން ހަމްނާގެ ކޮޓަރިއަށް ވަދެގެން ދިޔައެވެ. ހިބާ ގޮސް ބަލައިލިއިރު ލައިޝާ އެ ފޯނު ހަމްނާގެ ކިޔަވާ މޭޒުމަތީގައި ބޭއްވުމަށްފަހު ކޮޓަރިން ނިކުމެގެން ދަނީއެވެ. ހިބާގެ ކައިރިން ލާފައި ލައިޝާ ދިޔަ ވަގުތު ހިބާ ޝުކުރު އަދާ ކުރިއެއްކަމަކު ލައިޝާ ބެލުމެއް ވެސް ނެތި ދިޔައީއެވެ. އެކުއްޖާގެ ހުރި އަދަބު ކުޑަވުމުން އެކުއްޖާ ލޯމައްޗަށް ގެއްލެންދެން ބަލަން ހުރެފައި ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
ހަމްނާ ގްރޭޑް 11 އަށް އެރިފަހުން ކައިރި ކޮށްގެން އެއުޅޭ އެކުވެރިންނަކީ ރަނގަޅު އެކުވެރިންނެއް ނޫންހެން ކުރިން ވެސް ހިބާއަށް ހީވެފައިވިއެވެ. އެހެނަސް އެކަން ޔަޤީން މިވީ އެ އެކުވެރިން ގާތުން ފެނުމުންނެވެ. ހަމްނާ އެއްކަލަ ކުއްޖަކާއި ގުޅެން އިތުރު ހިތްވަރެއް އެ ދެނީ ވެސް އެ އެކުވެރިންތާއެވެ. އަދި އަމުދުން އެތާ އެންމެ އަދަބުވެރިކޮށް އަދި ވިސްނުންތެރިކޮށް ވާހަކަ ދެއްކި ކުއްޖާ ދަށްކުރީ ވެސް ހަމްނާގެ ކައިރީގައި ތިބި އެ ދެ އެކުވެރިންތާއެވެ.
އެ މީހުންނާއިމެދު ހަމްނާއާއި ވާހަކަ ދައްކަން ނިންމަމުން ހިބާ އޭނަގެ އަތް މަތީގައި ހުރި ހަމްނާގެ ހެދުންތައް އަލަމާރިއަށްލުމަށް ކުރިއަށް ދާން ފެށިއެވެ. އެހެނަސް އެހިނދު ކިޔަވާ މޭޒުމަތިން ފެނުނު އަކުރެއް ލޮލުގައި އެޅުމުން ހިބާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ވަރުނީސްކޮށް އޮމާން ކުރެވިފައިވި އާދައިގެ މިނެއްގެ އެ ވަކަރު މޭޒުގެ ކަނެއްގައި ނަގާ ކަނޑައިގެން އިނގިރޭސި ބަހުން ލިޔެވިފައިވީ ހިބާގެ ނަމެވެ.
އެ ނަމުގެ މަތީގައި އަތް އެޅި ވަގުތު އަނެއްކާވެސް ހިބާގެ ހަނދާނަށް އާ ވާން ފެށީ މާޒީގެ ހަނދާންތަކެވެ. އަދި އަމުދުން ބޭރުން ދެންމެ ފެނުނު މަންޒަރުތަކުން އެ ހަނދާންތަކަށް އިތުރު ބާރެއް ދިނެވެ. ހަމްނާގެ ކައިރީގައި ރަނގަޅު ފިރިހެން ކުއްޖަކު ހުއްޓާ ވެސް ފާހަގަނުވި ގޮތުން، ހިބާގެ ހަނދާނަށް އަންނަން ފެށީ އޭނައަށް ވެސް ކުރީކޮޅު ދާރިސްގެ ހެޔޮކަން ނުފެނުނު ގޮތެވެ. ޚުދު އޭނަ ވެސް އުޅުނީ ބައްޕައަށް ސިއްރުން ސްކޫލްގެ ނުހަނު ‘ގަދަ’ ފިރިހެން ކުއްޖަކާއި ރައްޓެހިވެގެން ވިއްޔާއެވެ. އަޑުހަރު ނުކޮށް މަޑުމައިތިރިކަން އިސްކުރާ ދާރިސް، ކަޓު ކުއްޖެއްގެ ގޮތުގައި ހިބާއަށް ސިފަވި އެއް ސަބަބަކީ އެއީއެވެ. އަދި އަމުދުން ދާރިސް އެ ރަށަށް އައިތާ ހަފްތާއެއްހާ ދުވަސްވީއިރު ވެސް، ބައްޕަ ދާރިސް ސްކޫލަށް ނުފޮނުވާ ހުރީ އަދި ދާރިސް ތައްޔާރު ނޫންކަމަށް ބުނަމުންނެވެ. އެކަމުން ވެސް ދާރިސްއަކީ އޭނައަށް ކަމުދާ ޒާތެއްގެ ކުއްޖަކަށް ނުވާނެކަމަށް ހިބާއަށް ނިންމިފައިވިއެވެ.
އެހެނަސް ލަސްލަހުން ވިޔަސް މާ ގިނަ ދުވަހެއްނުވެ ދާރިސްގެ ހިތްހެޔޮކަން ހިބާއަށް ފާހަގަވާން ފެށިއެވެ. ދާރިސް ރަށަށް އައި ހަފްތާ ތެރޭގައި އޭނަ ބައްޕައާއެކީ ކިޔަވާ މޭޒެއް ޖަހަން ފެށިއެވެ. ދާރިސް ނުހަނު ބުރަކޮށް އެ މަސައްކަތުގައި ހުންނަ ވަގުތުތައް ފެނިފައި، އޭނަ އަމިއްލައަށް އަމިއްލަ ދިރިއުޅުމެއް ހޯދައިގަންނަނީތާއޭ ހިބާގެ ހިތަށް އަރަމުންދިޔައެވެ. ދާރިސް ބަލާނެ މީހަކު ނެތް ވާހަކައާއި، ދާރިސް އެހެން ކުދިންނާއި ތަފާތު ވާހަކަ ބައްޕަ ކިޔައިދިން އިރު ހިބާ ހޫންލައްވަމުން ދިޔައެއްކަމަކު ދާރިސްއަށްޓަކައި ހިތުގައި އޮތް ނަފްރަތަކަށް ބަދަލެއް ނާދެއެވެ. އޭނައަށް އޭރު ސަމާލުކަން ދެވެމުން ދިޔަހާ ވެސް ކަމަކީ ބައްޕަ ދާރިސްއާއިއެކީ މާ ގިނަ ވަގުތު ހޭދަކުރާ ކަމާއި، އޭނައަށް ދެވިފައިވި ކޮޓަރި ދާރިސްގެ މިލްކަކަށްވެފައިވިކަމެވެ. އެކަމާއިމެދު އޭނަ ޝަކުވާކުރާ އަޑު އިވުމަށްފަހު ވެސް ދާރިސް އެއްޗެކޭ ނުބުނާނީ އަމިއްލަ އެދުން ބޮޑުވީމަތާއޭ ހިތް ބުންޏެވެ. ދާރިސް ވާހަކަ ދައްކާކަން ހިބާއަށް އެނގުނީ ވެސް ބައްޕަ ބުނުމުންނެވެ. ހަމައެކަނި ބައްޕައާއި ވާހަކަ ދައްކާފައި އެހެން މީހުންނާއި ވާހަކަ ނުދައްކާނީ ވެސް ކިބުރުވެރިކަން ބޮޑުވުމުން ނޫންތޯ އޭނަގެ ހިތް ބުންޏެވެ.
ހިބާގެ މި ނަޒަރިއްޔާތު ބަދަލުވެގެން ދިޔައީ އެއްދުވަހު ހަވީރު ނެޓްބޯޅަ ޕްރެކްޓިސްއަށްފަހު ގެއަށް އައިއިރު ފެނުނު މަންޒަރުންނެވެ. މަންމަގެ ފަހާފޮށި ހުންނަ ކޮޓަރިއަށް ގޮސް ވަންއިރު އެއީ ކޮޓަރި ނޫންހެން އޭނައަށް ހީވާހާވީ އެ ކޮޓަރިއަށް އައިސްފައިވި ބަދަލުތަކުންނެވެ. އެހެންޏާ ކޮޓަރީގެ ކަނެއްގައި ހުންނަ މަންމަގެ ފަހާފޮށި ހުންނަ މޭޒު ކައިރިން ބިންމަތީގައި އެތައް ފޮއްޗެއް ހުންނަ އެކޮޓަރިން އެންމެ ފޮތިކޮޅެއްވެސް ފެންނާކަށް ނެތެވެ. އެ ހުރިހާ ފޮއްޗެއް އެޅިފައިވަނީ ފަހާފޮށީގެ މޭޒު ކައިރީގައި ބެހެއްޓިފައިވި ބޮޑު ފޮށްޓެއްގެ ތެރެއަށްކަން ބެލުމެއްވެސް ނެތި ހިބާއަށް އެނގުނެވެ. ތަރުފާލު މަތިން އޮމާން އިޙްސާސެއް ކުރެވެމުން ދިޔަ ގޮތުންނާއި، މީރު ވަހެއް ކޮޓަރީގައި ހުރި ގޮތުން ރަނގަޅަށް ސާފުކުރެވި މޮޕް އެޅިފައިވާކަން ހިބާއަށް ޔަޤީންކުރެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ ކުޑަދޮރުގެ ކުރިމައްޗަށް ވާގޮތަށް ޖެހިފައިހުރި ދަގަނޑުކޮޅުތަކުގައި އޭނަގެ ބޮކިފަތި އޮޅާލެވިފައިވިތަން ފެނުނެވެ. ވީ އުފަލާއެކީ ލުއި ގޮތަކަށް ހެމުން ހިބާ އެދިމާލަށް ދިޔަ ވަގުތު ކޮޓަރީގެ އެނދުގެ ކުރިމައްޗަށް ވާ ގޮތަށް ބެހެއްޓިފައިވި ކިޔަވާ މޭޒުވެސް އޭނަގެ ލޮލުގައި އެޅިއެވެ. އެއަށް ރަނގަޅަށް ބަލައިލިއިރު އެއީ ވޭތުވި 4 ދުވަސް ވަންދެން ބައްޕައާއި ދާރިސްވެގެން ޖެހި މޭޒުކަން ހިބާއަށް އެނގުނެވެ. މޭޒުގެ ކައިރިއަށް ގޮސް ބަލައިލިއިރު ކަނުގައި އޭނަގެ ނަންވެސް ލިޔެވިފައިވި ގޮތުން ހިބާގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.
“ކޮބާ ކަމުދޭތަ؟” އެއްފަރާތަކުން ބައްޕަގެ އަޑު އައުމުން ހިބާއަށް ބަލައިލެވުނެވެ. ބައްޕަ ހިނިތުންވުމަކާއެކީ ކޮޓަރީގެ ދޮރުމަތީގައި ހުރިތަން ފެނިފައި ހިބާއަށް ދެންވެސް ހީލެވުނެވެ.
“ލައްބަ ބައްޕާ! ތެންކިއު ސޯ މަޗް އައި ލަވް ޔޫ!” ދޮރުމަތީގައި ހުރި ބައްޕައާއި ދިމާލަށް ދަމުން ހިބާއަށް ބުނެލެވުނެވެ.
“ބައްޕައަކަށް ނޫނޭ ތެންކިއު ބުނަން ޖެހެނީ…” ބައްޕަ އެހެން ބުނުމުން ހިބާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ ހިނދު ބައްޕަ ލަސްލަހުން އެއްފަރާތަކަށް ޖެހުމުން އެތާ ހުއްޓިހުރި ދާރިސް ފެނުނެވެ. އެ ހިނދު ހިބާގެ ދެބުމަ ކައިރިވިއެވެ.
“ޝުކުރު އަދާކުރަން ޖެހެނީ ދާރިސްއަށް. ދާރިސް މި ކޮޓަރި ރީތި ކުރުމުގަ އެންމެ ބޮޑު ރޯލެއް އަދާކުރީ….އަސްލު ދާރިސް ބޭނުންވީ ވެސް ހިބާއަށް އަނެއް ކޮޓަރި ދޭން. ހިބާއަށް ވުރެ ވެސް ގިނައިން ދާރިސް ބައްޕަ ކައިރި އެހެން ބުނެފަ ކަންނޭނގެ ހުންނާނީ…ދާރިސް ވެސް ހުރީ ވަރަށް ދެރަވެފަ ހިބާ އެކަމާމެދު ޝަކުވާކުރީމަ. އެކަމަކު ދާރިސްއަށް ވީހާވެސް ފަސޭހަ މާޙައުލެއް ދިނުން މުހިއްމުވާތީ ބައްޕަ އެ ނިންމުން ބަދަލު ނުކުރީ. އެންމެ ފުރަތަމަ މި ކިޔަވާ މޭޒު ޖަހަން ފެށީވެސް ދާރިސްއަށްޓަކައި. މީތި ހިބާއަށް ދޭން ފަހު ވަގުތު ނިންމީވެސް ދާރިސް. ހިބާ މި ބަދަލުވި ކޮޓަރި ވީހާވެސް ވަރަކަށް ކުރީގެ ކޮޓަރި ގޮތަށް ހަދަންވާނެ ނޫންތޯ ބުނެ ސާފުކުރީ ވެސް ދާރިސް. އަދިވެސް ދާރިސް އެބަބުނޭ މި ކޮޓަރީގަ ބަހައްޓަން ތަންކޮޅެއް ބޮޑު ކަބަޑެއް ޖަހަންވާނެއޭ. ކުރިން ކޮޓަރީގަ ހުރި ކަބަޑުގެ މަތީގަ ވެސް ހިބާގެ ފޮތްތައް ބަހައްޓާފަ ހުއްޓޭ. މިހާވަރަށް ކަންނޭނގެ މީހަކާއިމެދު އަޅާލެވޭނީދޯ؟” ބައްޕަ ހިނިތުންވުމަކާއެކީ ކިޔައިދިން ވާހަކަތަކުން ހިބާއަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އޭނަ ލައްވާ ދާރިސްއަށް ހިތްހެޔޮ ކުރުވަން ބައްޕަ ދޮގު ހަދަނީތޯ ހިތަށްއެރިއެވެ. އެހެނަސް ބައްޕަ އެހެން ހަދަންވީ ސަބަބެއް ނެތެވެ. ދުވަހެއްގެ ކޮޅުން ވެސް ބައްޕަ އޭނައަށް ދޮގު ނަހަދާނެކަން ހިބާއަށް އެނގެއެވެ. ދާރިސްއަށް ބަލައިލި ވަގުތު އެންމެ ފުރަތަމަ އޭނަ އެއްޗެހި ކިޔުނު ދުވަސް ފަދައިން އޭނައަށް ބަލަމުން ނުބަލަމުން ދެފަރާތަށް ކަޅި ހިންގަމުން ދިޔަގޮތުން ދާރިސް ނުތަނަވަސްވަމުން ދިޔައީހެން ހިބާއަށް ހީވިއެވެ. އެހިނދު މުޅި އެ ޙާލަތް ޤަބޫލުކުރަން ބޭނުންނުވެފައިވި ހިބާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ.
މިފަހަރު ހިބާއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ އޭނަ އެވަގުތު ލައިގެން ހުރި ދިގު ހެދުމުގެ އެއްފަރާތުގައިވި ޖީބުގައި އޮތް ފޯނު ވައިބްރޭޓްވުމުންނެވެ. ހިބާ ފޯނު ނަގައި ބަލައިލިއިރު އޭނައަށް އައިސްފައިވީ މެއިލް ނޮޓިފިކޭޝަނެކެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އައިސްފައިވި އެ މެއިލް ހިބާއަށް ހުޅުވައިލެވުނީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ. އޭގައި އޮންނާނީ އޭނަ ކޮންފަރެންސަށް ހޮވުނުތޯ ނުވަތަ ނޫންކަމުގެ މެސެޖުކަން ޔަޤީންވީތީވެއެވެ.
މެސެޖު ހުޅުވައިލި ވަގުތު ދެލޯ މަރައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެއަށްފަހު ލަސްލަހުން ހުޅުވައިލި ލޮލުގެ ދޭތެރެއިން ރަސްމީ ދިވެހި ސިޓީއެއް ހިބާއަށް ފެނިގެން ދިޔައެވެ. އެ ސިޓީގައި ލިޔެވިފައިވީ އެ އަހަރު ބާއްވަން ހަމަޖެހިފައިވާ ޓީޗާރސް ކޮންފަރެންސަށް އައިޝަތު ހިބާ ޝަހީދު ހޮވިފައިވާ ވާހަކައެވެ. އެތަންކޮޅު ކިޔައިލެވުމާއެކު ހިބާއަށް އަނގަމަތީގައި އެއްއަތް އަޅައިލެވުނު ހިނދު އެ ލޮލުން އުފާވެރިކަމުގެ ވިދުމެއް ފެންނަމުން ދިޔައެވެ. ޤަބޫލުކުރަން ދަތިވުމުން އެ ސިޓީގެ ފުރަތަމަ ބަސްތައް ދެ ފަހަރަކު ކިޔައިލެވުނެވެ. ސިޓީގައި ކޮންފަރެންސާއި ގުޅޭ ގޮތުން ދެން ހުރި ތަފްޞީލުތައް ކިޔުމެއްވެސް ހިބާގެ ދުލުން ނިކުތީ ޙަމްދުގެ ބަސްތަކެވެ. އެ އުފާވެރި ވަގުތުކޮޅާއި ހަމައަށް އޭނަ ގެނެސްދެއްވީ ހަމައެކަނި ﷲ ކަން ހަނދާންވި ވަގުތު ލޮލުން ކަރުނަ ހިލުނެވެ. އޭގެ ދެވަނަ ސިކުންތުގައި ހަމްނާގާތު އެ ވާހަކަ ބުނަން ހިތަށް އެރި ވަގުތު ބައްޕަ ހުރިނަމަ ބައްޕަވެސް ފަޚުރުވެރިވާނެ މިންވަރު ހިތަށްއެރިއެވެ.
އެ ހުރިހާ ޚިޔާލުތަކަށް ފަހު އޭނަގެ ހިތަށް އިސްމާޢީލް އީތަންގެ ނަން ވެސް ހިތަށް ވެރިވި ގޮތުން ޚުދު އޭނަ ވެސް ޙައިރާންވާ ގޮތްވިއެވެ. ލޯބިވާ އެންމެންގެ މަތިން ހަނދާންވި އެ ވަގުތު އެ ބީރައްޓެހިޔާގެ ނަން ހިތަށްއައީ ކީއްވެތޯ ބުނެ އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ.
ނުނިމޭ
Noora
June 25, 2021 @ 2:13 pm
Eethan aky dhaaris dho. Mihaaru eba yageenvey….
Story is going really interestingly… waiting for the next part❤❤❤
Lysm sis❤
Anonymous
June 25, 2021 @ 3:06 pm
Feshuneessure ves it was kinda obvious
Jana
June 26, 2021 @ 3:22 pm
Hehe….cover photo ah visnaigen vaahaka kiyuniyyaa varah gina sirruthah engeyne dho Anonymous? 😉 😀
Jana
June 26, 2021 @ 3:20 pm
Jana ah ves heevany ehen, Noora 😀 Alhamdhulillah! (All praise and thanks belong to Allah)
Next part Wednesday ga In Sha Allah.
Mish
June 25, 2021 @ 3:05 pm
Wowwwww maasha allah sis.. this part is amazing too
Eethan and Hiba meet vaane irakah mihaaru mi inthizaaru kurevenee
Keep up the good work sis
Lots of love <3
Jana
June 26, 2021 @ 3:24 pm
Mish Jana ahves hureveny eh nooney e dhemeehun meet vaane iregge inthizaaruga. hehe…..Jazaakillah Khairan for the support. Lots of love to you too <3 <3 <3
Mish
June 25, 2021 @ 3:13 pm
And also sis cant wait Hamna ge life change vegen dhaa goi balan. I am so excitedd:))))
Jana
June 26, 2021 @ 3:25 pm
Saaame! Mihaaru Hamna ves istikhaara koffi dho? dhen balamaa vaagotheh In Sha Allah
Aayaa
June 25, 2021 @ 4:16 pm
wowww. ma sha Allah. v interest vefa indhegen mi kiyaaly. finally story kiyalan libunyma v v ufa vejje. dhen hama kuryge schedule aa ehgotha vhk kiyalan libeyne dhw? gaih gandakah kithah part innane mi story ga?
stay safe siss.. lysm..❤💖✨🥰
Jana
June 26, 2021 @ 3:27 pm
Labba Aaya dhen kureege schedule aa ehgothah up vaane. Next part Wednesday ga In Sha Allah. Around 50-60 parts hunnaane In Sha Allah ^_^ Stay safe! Love you too <3 <3 <3
Ibaa
June 25, 2021 @ 4:31 pm
Finally !! Alhamdulilah soo happy to read the new part, sis vrh reethi story. Keep going ..Masha Allah😊. Your stories always remember us to thank Allah for his blessing. May Allah bless you.. lysm>3 stat safe, eagerly waiting for the next episode..
Aalaa
June 26, 2021 @ 2:47 pm
Ibaa stories liyaa kan lastbpart ge comment section in engigen alhugandu ves Ibaa ge stories kiyaalaa hih vejje
Bunedhevi dhaane tha Ibaa ge stories kiyeyne site
😊
Jana
June 26, 2021 @ 3:29 pm
Yes Ibaa…I like to highlight that because at the end of the day, whatever good we have is only from Allah. We must never forget that and use those blessings for the sake of Allah. Love you too sis. May Allah bless you too. Ameen!
Thedheh Ibaa, Aala bunihen Ibaage stories kiyaalan libeynetha?
Ibaa
June 26, 2021 @ 4:53 pm
Yess you can read my stories at esfiya, here is the linkhttps://www.esfiya.com/author/ibaa-2/
Zaeyn...
June 26, 2021 @ 9:27 am
woww.. mi part vx hama v salhi engey sis.. woww e table hadhaidhiny dhaaris dhw.. haadha rangalheyy masha allah.. waiting for next part curiosly..lysm sis.. be safe
Jana
June 26, 2021 @ 3:30 pm
aan ekey. so considerate dho? <3 Next part wednesday ga In Sha Allah. Love you too <3 Stay safe!