ދާރިސް (ތެއްތިރީސްވަނަ ބައި)
ޔުނިފޯމުގައި ހުރި ހިބާ ބުރާސްފަތި ދުވަހެއްގައި ސްކޫލުން ގެއަށް ދިޔައީ އަވަސް ހިނގުމެއްގައެވެ. ސެޝަންގެ ތެރެއިން ބައްޕައާއި ދިމާވި ވަގުތު ބައްޕަ ދިން ޚަބަރަކުން ހިބާގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ގެއާއި ހަމަވުމާއިއެކު ހިބާ ބޫޓު ބައިލަމުން ގެއަށް ވަދެގެން ދިޔައީ މަޑުވެސް ކުރުމެއް ނެތިއެވެ. އަދި އެ ދިޔަ ގޮތަށް ގޮސް ހިބާ މަޑުކޮށްލީ އެމީހުންގެ ގެއިން ދާރިސްއަށް ދެވިފައިވާ އޭނަގެ ކޮޓަރީގެ ދޮރު ކައިރީގައެވެ. ކުޑަކޮށް ހުޅުވިފައިވި ދޮރު ކޮއްޕައިލުމާއެކު އެނދުމަތީގައި އޮތް ހެދުން ފޮށްޓަށް ހެދުން އަޅަން ހުރި ދާރިސް ހިބާއަށް ފެނުނެވެ. ދޮރު ހުޅުވުނު އަޑަށް ދާރިސް އެ ދިމާލަށް ބަލައިލުމާއެކު، ހިބާ ފެނިފައި އަތުން ހިފަހައްޓައިގެން ހުރި ފަތްޖެހިފައި އޮތް ގަމީސް ފޮށްޓަށް އަޅައިލަން ނޭނގިފައި ހުރެވުނެވެ.
“ދަނީތަ؟” އަމިއްލަ ނޭވާ ކުރުވެފައިވި މިންވަރު ހިބާއަށް އެނގުންވީ އެ ސުވާލު ކޮށްލެވުނު ހިނދެވެ. ދާރިސް އަމިއްލަ ރަށަށް ދިޔުމާއިމެދު އޭނަ މިހާ ހާސްވެ ކަންބޮޑުވަމުން ދިޔަ ގޮތާއިމެދު ޚުދު ހިބާވެސް ޙައިރާންވާހާވިއެވެ.
ހިބާގެ ސުވާލުގެ ޖަވާބަކަށް ދާރިސް ހިބާއަށް ބަލަމުން ނުބަލަމުން ދުރަށް ނަޒަރު ހުއްޓައިގެން ހުރެ ބޯޖަހައިލިއެވެ.
“ކީއްވެ އެހާ ކުއްލި ގޮތަކަށް ދަނީ؟ މީގެ 3 މަންތްސް ކުރިން ބުނީމެއްނު ދެން ތިމަންނަ ދާކަށް ނުއުޅެމޭ…” ހިބާ ބުންޏެވެ. އެވަގުތު އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ 3 މަސް ކުރިން ވެސް ދާރިސް ފުރަން ކިޔާފައި ފަހު ވަގުތު ނުދެވުނު ގޮތް ހަނދާންކުރަމުންނެވެ. އޭގެ ފަހަތުގައިވި ސަބަބު ދާރިސްވެސް އަދި ބައްޕަ ވެސް އޭނައަށް ކިޔައިދީފައެއް ނުވެއެވެ.
“މިފަހަރު ޔަޤީނޭ….މިފަހަރު ސޭފްކޮށް އެކޮޅަށް ދެވޭ ގޮތް ޝަހީދުބެ ހަމަޖައްސައިދީފި…”
“ސޭފްކަން ކިހިނެއް ޔަޤީންވަނީ؟ އެނީވޭ ކީއްކުރަން ދާރިސް މާލެދަނީ؟ މިކޮޅުން ވެސް ދާރިސް ކިޔަވާ ވަރަކަށް އެބަ ކިޔަވަމެއްނު؟” ހިބާއަށް ޝަކުވާގެ ރާގަކަށް ބުނެވުނެވެ. އޭނައަށް ޝަކުވާކުރެވެނީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ދޭހައެއް ނުކުރެވުނެވެ. ހިބާ ނުރުހުންވަމުން ދިޔަ ވަރު ދާރިސްއަށް ވެސް އެނގުންވި ފަދައެވެ. ހިބާ ވާހަކަ ދައްކަމުން ދިޔަ ހިނދު ދާރިސްގެ ކަޅި ދެ ފަރާތަށް އަވަސްއަވަހަށް ހިންގެމުން ދިޔަ ގޮތުން އެކަން ފާހަގަވިއެވެ.
“މަންމަ ކައިރިއަށް ދާން ބޭނުންވާތީ ދަނީ…” ދާރިސް ހިބާއަށް ބެލުމެއްވެސް ނެތި އެހެން ބުނެލީ، ހިބާ އޭނަގެ އެ ބަސްތަކަށް ވެސް ނުރުހުންވެފައިވާ ރައްދެއް ދީފާނެތީ ނުތަނަވަސްވެގެން އުޅޭ ފަދައަކުންނެވެ.
ދާރިސްއަށްވަމުން ދިޔަ ގޮތް ފެނި ހިބާ ކުރު ނޭވައެއް ދޫކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތީ އޭނަ ބޭނުންވާ ގޮތަށް ނުވުމުން ހިތްހަމަނުޖެހިފައިވާ ޙާލުގައެވެ. އަދި ދާދި ދެންމެއަކު ދާރިސް ނުތަނަވަސް ކުރެވުނީތީ އަމިއްލަ ނަފްސަށް ނުރުހުންވާ ޙާލުގައިވެސް މެއެވެ.
ހިބާ އެ ވަގުތު އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަންގޮތަށް ކޮޓަރިން ނުވެސް ނިކުމެއެވެ. ކޮޓަރީގެ ބޭރުން ބައްޕައާއި ދާރިސް ވާހަކަ ދައްކާ އަޑު އިވިފައި ބޭރަށް ދާން ބޭނުންވިއެއްކަމަކު ހިބާ ނުނިކުންނަން ނިންމިއެވެ. އަނެއްކާވެސް ދާރިސް ފެނިއްޖެނަމަ އޭނައަށް ޝަކުވާ ކުރެވިދާނެތީވެއެވެ. އޭނަގެ ހިތުގައި ދާރިސްއަށް ދެވިފައިވަނީ ކޮން މަޤާމެއްކަން ހިބާއަށް އެނގުންވީ ކޮޓަރީގައި ހޭދަ ކުރެވުނު އެ ވަގުތުކޮޅުތަކުގައި ކުރެވުނު އިޙްސާސްތަކުންނެވެ.
ދާރިސްއަކީ އޭނަގެ ގާތް އެކުވެރިއެކެވެ. އޭނައަށް ހެޔޮ ވިސްނައިދޭނެ ޙިލްމުގެ ވެރިއެކެވެ. އޭނައަށް ނޭނގޭ ކަންތައް ދަސްކޮށްދޭނެ ޢިލްމު އުނގެނޭ ކުއްޖެކެވެ. އޭނަގެ އެކަނިވެރިކަން ފިލުވައިދޭނެ ބައިވެރިއެކެވެ.
ކޮޓަރީގައި އެހެން އިނދެވުނުހެން ދާރިސް އޭނައަށްޓަކައި ކޮށްދިންހާ ކަންތައްތަކާއިމެދު ހިބާއަށް ވިސްނުނެވެ. އޭނަ ދާރިސްއާއިމެދު ގޯސްކޮށް ހިތުމުން ވެސް ދާރިސް އޭނައަށް ރަނގަޅަށް ކަންތައް ކޮށްދިން ގޮތެވެ. ރުޅިވެރިކަމާއިއެކީ ދާރިސްއާއި މުޚާތަބު ކުރުމުން ވެސް ދާރިސް އޯގާތެރިކަން އިސްކުރި ގޮތެވެ. ދާރިސްގެ ލޯބި އޭނަ ޤަބޫލު ނުކުރުމުން ވެސް ހިތް ބުރަ ނުކުރި ގޮތެވެ. ދާރިސްގެ ހިތް އޭނައަށް ސާފުކަން ހިބާއަށް ޔަޤީންވެގެން ދިޔައީ، އެދުވަހު ހަވީރު ދާރިސް ފުރުމަށްޓަކައި ގެއިން ނިކުންނަމުން ދިޔަ ވަގުތެވެ. ބޭރުން އިވުނު ވާހަކަތަކުން ދާރިސް ދަނީ އޭނައާއި ކިހާ ދުރަށްކަން އެނގުންވީ ހިނދު، ހިބާއަށް ނުހުރެވިގެން ކޮޓަރިން ނިކުމެވުނެވެ.
“ދާރިސް!”
ކޮޓަރިން ނިކުމެވުމާއިއެކު ހިބާ ގޮވައިލުމުން ގޭގެ މައިދޮރު ކައިރީގައި ފޮށި ހިފައިގެން ހުރި ދާރިސްއާއިއެކީ، ދޮރު ހުޅުވަން އުޅުނު ޝަހީދުވެސް ހިބާއަށް ބަލައިލިއެވެ. ހިބާ އެދެމީހުންނަށް ވަކިވަކިން ބެލުމަށްފަހު ވަކި އެއްޗެކޭ ނުބުނެ ދިގު ފިޔަވަޅުތަކެއްގައި ގޮސް ދާރިސްގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ހަމަ ދަނީތަ؟” ހިބާއަށް އަހައިލެވުނީ ބޭއިޚްތިޔާރުގައެވެ. ނޭނގުމެއްގެ ތެރެއިން ވެސް، ކުރީ ފަހަރުހެން ކޮންމެވެސް މައްސަލައެއް ދިމާވެ، ދާރިސްއަށް ނުދެވޭނެ ގޮތްވުމަށް މި ހުރިހާއިރު އޭނަގެ ހިތް އުއްމީދު ކުރިކަން އެނގުންވީ އެވަގުތެވެ.
ހިބާގެ ސުވާލަށް ދާރިސް މަޑުމަޑުން ބޯޖަހައިލުން ނޫންކަމެއް ނުކުރިއެވެ. ދާރިސްގެ އެ ޙަރަކާތާއިއެކީ ހިބާގެ ހިތް މޭތެރޭގައި އޮވެ ގެނބުނު ކަހަލަ އިޙްސާސެއް ކުރެވުނެވެ.
“އައި ސީ….ދެން އަހަންނަށް ދުވަހަކުވެސް ދާރިސް ނުފެންނާނެތަ؟” ހިބާއަށް އަހައިލެވުނެވެ. އެހިނދު އެތާ ބައްޕަ ހުރިކަން އެނގި ހިސާބަކަށް ލަދުވެސް ގަންނަ ގޮތްވިއެވެ. އެހެނަސް ހުރިހާ ސަމާލުކަމެއް ދާރިސްއަށް ދެވިފައިވީ އޭނަ ކުރި ސުވާލުގެ ޖަވާބު އެނގެން ބޭނުންވި މިންވަރުންނެވެ.
“ހިއެއްނުވޭ އަވަސް މުއްދަތެއްގަ ދެން ދެ މީހުން ދިމާވާނެ ހެންނެއް. އެކަމަކު އަހަރެން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުނު ދުވަހަކުން ހިބާއާއި ޝަހީދުބެއާއި ބައްދަލުކުރަން އަނބުރައި އަންނަން ނިންމައިގެން މިހިރީ އިން ޝާ ﷲ….” ދާރިސް ހިބާއަށް ބަލަހައްޓައިގެން ހުންނަން މަސައްކަތް ކުރަމުން ބުންޏެވެ.
“އޮފްކޯސް ދާރިސް! ދާރިސް އަދި އަންނަން ވާނެ މޮޅު ޕްރޮގްރާމަރަކަށްވެގެން ޝަހީދުބެއާއި ބައްދަލުކުރަން.” ޝަހީދު ފުރިހަމަ ހިނިތުންވުމަކާއިއެކީ އެހެން ބުނެލީ ދާރިސްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުންނެވެ. ދާރިސް އެ ވާހަކައަށް ހީލަމުން ‘އިން ޝާ ﷲ’ އޭ ބުންޏެވެ.
“ވަރަށް މިސްވާނެ ދާރިސް މަތިން….ޔޫ ވާރ މައި ރެފިއުޖް ފްރޮމް އަ ލޮޓް އޮފް ތިންގްސް.” އެމީހުންނާއިއެކީ ހީލުމަށްފަހު ހިބާއަށް އެހެން ބުނެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހިބާ އެންމެ ފަހު ބަސްތައް ބުނެލީ، ދާރިސްގެ ސަބަބުން މަންމައާއި ބައްޕަގެ އަރައިރުންތައް ހިސާބަކަށް މަދުވެފައިވި ގޮތުންނާއި، މަންމަގެ ބަހުގެ ޙަމަލާތަކުން އޭނައާއި އޭނަގެ ކޮއްކޮ ވެސް ރައްކާތެރިވެފައިވި މިންވަރު ހަނދާނަށް ގެންނަމުންނެވެ. އެފަދަ ކަމެއް ދިމާވިޔަސް ދާރިސް އަބަދުވެސް އޭނަގެ ހިތްހަމަޖައްސައިދީފައިވި ގޮތްވެސް ހަނދާން ކުރަމުންނެވެ.
“އަހަރެން ވެސް މިސްވާނެ ހިބާ މަތިން….އެކަމަކު މާ ބޮޑަށް މިސް ނުވާން ޓްރާއި ކުރަމާ. އަމިއްލަ ލައިފްތައް ލިވް ކުރަން ހިނގާ. އަހަރެން ކޮންމެވެސް ވަޢުދެއް ކޮށްފަ ވިޔަސް ހިބާ އެކަމަށްޓަކައި މާ ބޮޑަށް އުއްމީދު ނުކުރައްޗޭ. ހަމަ ވެދާނެ ގޮތެއް އަހަންނަށް ވެސް ނޭނގޭ. ޙަޔާތަށް އަންނަ މީހުންނަށާއި ކަންތައްތަކަށް ޗާންސް ދޭތި. ބޭކާރު ގޮތުގަ އެންމެ މީހަކަށް އިމޯޝަނަލީ އިންވެސްޓް ނުކުރާތި….ޝަހީދުބެއާއި ނާދިރާ ދައްތަ ޕްރައުޑް ކުރުވާތި…” ދާރިސް އޭނަގެ ޢުމުރަށް ވުރެ ވެސް ދޮށީ މީހެއްގެ ޙިލްމާއިއެކީ ވާހަކަ ދެއްކި ގޮތުން އޭނަގެ ޙަޔާތުގައި ދާރިސް އަދާކުރީ ކިހާ ބޮޑު ދައުރެއްކަން ހިބާއަށް އިޙްސާސްވުން ނޫންކަމެއް ނުވިއެވެ. ހިބާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ދާރިސް އިތުރަށް ވާހަކަ ދެއްކިއެވެ.
“އެންމެ މޮޅު ރައްކާތެރިއަކީ ﷲ އޭ އެދުވަހު ޝަހީދުބެ ވެސް ބުންޏެއް ނޫންތަ؟ ހިބާއަށް އަހަރެންގެ ފަރާތުން ރެފިއުޖްއެއް ލިބިފައި ހުރިއްޔާ އެ ރެފިއުޖް ދެއްވި ފަރާތަކީ ވެސް ﷲ. އަހަރެން ދިޔުމުން ވެސް ހިބާ ތި ސިފަކުރާ ރެފިއުޖްއެއް ހިބާއަށް އެހެން ގޮތަކުން ވިޔަސް ދެއްވަން އިރާދަކުރައްވާނީ ހަމައެކަނި އެކަލާނގެ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓައްޗޭ!”
ދާރިސް އެދުވަހު ބުނެފައިވެއެވެ. ދާރިސް ދިޔުމަށްފަހު ބައްޕަ ޗުއްޓީ ދުވަސްތަކުގައި ބާއްވާ ދަރުސްތައް މެދުކެނޑުމުން ވެސް، އަމިއްލައަށް އެދިގެން ހިބާ ދީނާއިމެދު އުނގެނެން ފެށީ ދާރިސްގެ އެ ބަސްތަކުގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ ދީނާއިމެދު އުނގެނިގެން ދިޔަދިޔަހެން ﷲ އަކީ ހަމަ އެންމެ މޮޅު ރައްކާތެރިޔާކަން ހިބާއަށް ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ.
އެކަން ޤަބޫލުކުރެވުނަސް އޭނަގެ ޙަޔާތުގައި ދެން ޖެހިގެން އައީ ހިތާމަވެރި އަދި ބިރުވެރި ދުވަސްތަކެވެ. ދާރިސް ދިޔަތާ 2 ދުވަހެއްހާ ދުވަސްފަހުން ދާރިސް ފުރަން ދިޔަ ބޯޓުގައި ހުޅު ރޯވެ އޭގައި ތިބި އެންމެން ފިހިގެން ދިޔަ ޚަބަރު އިވިގެން ދިޔައެވެ. އެކަން ރޭވީ ޚުދު އޭނަގެ ބައްޕަކަމަށް މީހުން ބުނަން ފެށި އަޑު އިވުނެވެ. އެ މައްސަލައިގައި ފުލުހުން ބައްޕަ ބަލައި ގެއަށް އައި ރޭ ގޭގެ ދޮރުގައި ހަރު އަޑުން ޓަކި ދިނުމަށްފަހު، ގެއަށް ވަދެގެން މުޅި ގެ އެފުށްމިފުށަށް ޖަހަމުން ފާސްކުރިއެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން މަންމަވެސް ހުތުރު ބަހުން ބައްޕައާއި ވާހަކަ ދައްކައި ބައްޕަގެ ބޮލުގައި އިލްޒާމް އަޅުވަމުން ދިޔައެވެ. އެމީހުން ހަރު އަޑުން އަރައިރުންވުމުގެ ސަބަބުން ހިބާ އެތައް ރެއަކު ރޮމުން ދިޔަ ކޮއްކޮގެ ގައިގައި ހިފަހައްޓައިގެން ހުންނަން ޖެހުނެވެ. މަންމަ ބައްޕައާއި ވަރިވާން ބޭނުންވާ ވާހަކަ އިވިގެން ދިޔައީ އެފަދައިން ހަމްނާއާއި އެކީގައި ހިބާ ކޮޓަރީގެ ބިންމަތީގައި އިށީނދެގެން އިން ރެއެއްގައެވެ. އޭގެ މާ ގިނަދުވަހެއް ނުވެ ބައްޕަ ގެއެއްގެ މަސައްކަތުގައި ވަނިކޮށް ހޭނެތިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.
އެ ހުރިހާ ނޭދެވޭ މަންޒަރެއް އަވަސްއަވަހަށް ލޮލަށް ސިފަވަމުން ދިޔަ ހިބާއަށް، ހޮސްޕިޓަލެއްގެ އެނދުމަތީގައި އޮވެ ދެފަރާތަށް ދެފަރާތަށް ބޯހަލުވަމުން ގެންދެވުނެވެ. ދެލޯ މަރައި ތަގުޅިކޮށްގެން އޮވެ އެ ޙަރަކާތްތައް ގެންދެވެމުން ދިޔައިރު، އެ ބޮޑު ޕްރައިވޭޓް ރޫމްގެ އޭސީގެ ފިނިކަމުގެ ތެރެއިން ވެސް ހިބާ ދާހިއްލާފައިވިއެވެ.
މިފަދަ ޙާލަތެއްގައި ވަނިކޮށް ހިބާއަށް ކުއްލި ގޮތަކަށް ލޯ ހުޅުވައިލެވުނީ ‘ބައްޕާ’ އޭ ކިޔައި ގޮވައިލެވުނު ހަޅޭކަކާއިއެކީގައެވެ. އެހިނދު ހިތަށް ވެރިވެފައިވި ބިރުވެރިކަމާއި ހިތާމަވެރިކަން އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. ނޭވާ ހުއްޓިފައިވީއިރު އެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެހެނަސް އެ ކަރުނަތައް ލޮލުގެ ހިމަކޮޅުން ފައިބައިގެން އައި ހިނދު އެ މޫނުމައްޗަށް ވެރިވެފައިވީ ޙައިރާންކަމެވެ. ވަށައިގެން ފެންނަމުން ދިޔަ އާ މަންޒަރުތަކުގެ ސަބަބުންނެވެ. އޭނައަށް ލައިގެން އޮވެވުނު ބަލިމީހާގެ ހެދުމާއި، އަތަށް ގުޅައިލެވިފައިވި އައިވީގެ ސަބަބުންނެވެ.
އެތާ އޮންނަން ޖެހުނީ ކީއްވެގެންކަން ހަނދާން ކުރަން ހިބާގެ ސިކުނޑިއަށް ބާރުލީހެން ލޮލަށް ސިފަވެގެން ދިޔައީ ހަނދުވަރީ ހިތްގައިމު ރެއެކެވެ. އެރޭ ހަނދާންވުމުން ވެސް ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ ކީއްވެކަމެއް ޚުދު ހިބާއަށް ވެސް ނުވިސްނުނެވެ. އިސާހިތަކު އީތަން ސާރ މަތިން ހަނދާންވެ އީތަން ސާރ އޭނަގެ ކައިރީގައި ހުރުމުން އުފަލެއް ލިބުނު ގޮތް ހަނދާންވިއެވެ. އޭގެ މާ ގިނައިރެއްނުވެ އީތަން ސާރ އެންމެ ފަހުން އޭނަ ގާތު ބުނި ބަސްތައް ކަންފަތުގައި ގުގުމައިލުމުން ހިބާއަށް ހިރިލަން ވެސް ނުކެރިފައި އޮވެވުނެވެ. އެރެއާއި، އޭގެ ކުރިން ވެސް އޭނައަށް ހީވި ހީވުންތަކުގެ ހަނދާންތައް އާވެގެން ދިޔުމުން، ހިބާއަށް އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި އޮވެ، ގައިގެ މަތީގައި އޮތް ފޮތިގަނޑާއިއެކީ މުއްކަވައިލެވުނެވެ.
**
ހެނދުނުގެ އެ ވަގުތު ޕްރައިވޭޓް ރޫމްތަކުގެ ކޮރިޑޯގައި ބެހެއްޓިފައިވި ބެންޗުގައި ދާރިސް އިށީނދެގެން އިނީ ދެއަތުން މޫނު ފޮރުވައިގެންނެވެ. އޭނަ އެހެން އިންނަތާ މިހާރު ގަޑިއިރެއްހާއިރު ވެއްޖެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވަލީދާއި ޝަބީބާ އޭގެ އިރުކޮޅެއް ކުރިން ދާރިސްއަށް ވިސްނައިދޭން އުޅެއުޅެ ކާމިޔާބު ނުވުމުން ހަތިޔާރު ބަހައްޓައި ގެއަށް ގޮސްފައިވިއެވެ. ދާރިސްއަށް ތަކުރާރުކޮށް ބުނެވެމުން ދިޔައީ ހިބާގެ ޙާލަތު އެހާ ގޯސްވީ އޭނަގެ ސަބަބުން ކަމަށެވެ. ހިތުގެ އަޑިން އޭނައަށް ޤަބޫލުކުރެވިފައިވީ ވެސް އެހެންނެވެ.
އެރޭ ހިބާއާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިން ދާރިސްގެ ހިތަށް މާ ބޮޑަށް އަސަރުކުރީއެވެ. އޭނަ ހީކުރީ ވަލީދުބެގެ ޢާއިލާއާއި އޭނަގެ މަންމަ ފިޔަވައި އޭނަ ދުނިޔޭގައި ހުރިކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. އެހެނަސް ހިބާއަށް އޭނަ ފެނިފައި ނުވާ ޙާލުވެސް އޭނަ ދިރިހުރިކަމަށް ޤަބޫލުކުރިއެވެ. އަދި އޭނައާއި ބައްދަލުވާނެ ދުވަހަކަށް އުއްމީދު ކުރިއެވެ. އޭނައަކީ ކާކުކަން ހިބާއަށް އަންގަން ކެތްމަދުވީ، އޭނަ ދިޔުމުން ހިބާ ދެރަވީ ވާހަކަ ބުނުމުންނެވެ. އެހިނދުން އެހިނދަށް ހިބާއަށް ޙަޤީޤަތް އަންގަން ބޭނުންވީ އެހެންވެއެވެ. ލަސްކޮށްފިނަމަ އޭނަގެ ޚިޔާލު ބަދަލުވެ ހިބާ އިތުރަށް ހިތާމައިގައި ހުންނަތަން ދެކެން ބޭނުމެއް ނުވުމުންނެވެ.
ހިބާ އޭނައަށް ފަސްދީފައި ދާން ފެށި ވަގުތު ހުށަހެޅި ލޯބީގެ ތެރެއިން އޭނައަކީ ކާކުކަން އެންގުނީ އޭނަގެ އަމިއްލަ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހިނދު އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހިބާ އޭނައާއި ދިމާލަށް އެނބުރެން ފެށި ވަގުތު ނުތަނަވަސްވެގެން ދިޔަދިޔަހެން ކަޅިވެސް ދެ ފަރާތަށް ހިންގެން ފެށިއެވެ. އެހެނަސް އަވަސްއަވަހަށް ދާރިސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހިބާއަށް ނަޒަރު ހުއްޓައިލިއެވެ. ހަމަ އެހިނދު ހިބާ ވައި އަޑުން އޭނަގެ ނަން ކިޔައިލި ވަގުތު ހިބާގެ ލޯ މެރެން ފެށުމުން ހުރެވުނު ތަނެއްވެސް ދާރިސްއަށް ނޭނގުނެވެ. އިސާހިތަކު ހިބާގެ ނަމުން ބާރަށް ގޮވަމުން ދިގު ދެ ތިން ފިޔަވަޅެއް އެޅުމަށްފަހު ހިބާ ވެއްޓުމުގެ ކުރިން އެ ތުނި ހަށިގަނޑުގައި އަތް ވަށައިލިއެވެ.
ހިނދުކޮޅަކަށް ނަމަވެސް ހިބާ އޭނަގެ އަތުތެރޭގައިވުމުން ދާރިސްއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި ހިބާއާއިމެދު ކަންބޮޑުވެގެން ދިޔަ ހިތަކާއިއެކީ ހިބާ އަތްދަނޑިމައްޗަށް އުފުލައިލެވުނެވެ. ހިބާގެ ނަމުން ތަކުރާރުކޮށް ގޮވަމުން އަދި ހިތްވަރު އެލުވައި ނުލުމަށާއި، އޭނަ ދޫކޮށް ނުދިޔުމަށް ބުނެވެމުން ދިޔައީ، އެރޭ ހިބާ ވީ ތަނެއް ހޯދަން ދިޔަ ވަގުތު ހިތް ވަށާލާފައިވި ބިރުވެރިކަން އަނބުރައި އައުމުންނެވެ. އަވަސްއަވަހަށް ގޮސް ހިބާ އޭނަގެ ކާރަށް އަރުވައި، ބާރު ސްޕީޑެއްގައި ހޮސްޕިޓަލަށްދާން މިޞްރާބުޖެހީ، ހިބާގެ ރައްކާތެރިކަމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ހުވާކުރަމުންނެވެ.
ހޮސްޕިޓަލަށް ދެވެންދެން ދާރިސްއަށް ހެޔޮކޮށް ވިސްނެމުން ދިޔައެވެ. ހިބާ ހޭ އެރުމުން އޭނަ ފެނިފައި އުފާވާނެކަމަށް ހިތް ބުނަމުން ދިޔައެވެ. އޭނަ އެތައް ދުވަހެއް ވަންދެން ދެކުނު ހުވަފެންތައް ޙަޤީޤަތަކަށް ވާނެ ކަމަށް ހީކުރެވުނެވެ. އެހެނަސް ހިބާ ހޮސްޕިޓަލަށް ގެނެވުނުތާ ގަޑިއިރުތަކެއް ވީއިރުވެސް ހިބާ ހޭ ނޭރުމުން، އެ ހުރިހާ ރީތި ޚިޔާލުތައް އެފުށްމިފުށަށް ޖެހެން ފެށިއެވެ. ހިބާއަށް ޙަޤީޤަތް ހާމަކުރެވުނީތީ ހިތާމަކުރެވުނެވެ. ހިބާ އެ ޙާލަތަށް ދިޔައީ އެ ޙަޤީޤަތުގެ ސަބަބުން ކަމަށް ނިންމުނެވެ. އަދި އަމުދުން އޭނައަކީ މިއަދު ހިބާއަށް ކާކުތޯ ހިތަށްއެރިއެވެ. އޭނައަކީ ހިބާގެ ބައްޕަ ދުނިޔެ ދޫކޮށް ދިޔަ ސަބަބެވެ. އޭނަ ފެންނަ ކޮންމެ ފަހަރަކު ހިބާ އެ ހަނދާންތައް އާވާނެކަން ޔަޤީނޭ ހިތަށްއެރިއެވެ. ވީއިރު ހިބާއަށް ދުވަހަކުވެސް އޭނައަށް މަޢާފުކުރެވޭނެތޯ ވެސް އެތައް ހާސް ފަހަރަކު އަމިއްލަ ޒަމީރާއި ސުވާލުކުރެވެމުން ދިޔައެވެ.
“ހުރިހާ ކަމެއް ރަނގަޅުވާނެ ދާރިސް، އިން ޝާ ﷲ!” ދާރިސްއަށް އަމިއްލަ ޚިޔާލުތަކުގެ ޤަޢިދުން ނިކުމެވުނީ މީހަކު އޭނަގެ ކޮނޑުގައި އަތް އަޅައިލުމަށްފަހު އެ ބަސްތައް ބުނެލުމުންނެވެ. ދާރިސް މޫނުން އަތް ނަގައިލަމުން އިސްއުފުލައިލިއިރު އެތާ ހުރީ ފަރީދުބެއެވެ. އެ ހިނދު ފަރީދުބެ ފެނިފައި ދާރިސް ޝަހީދުބެ މަތިން ހަނދާންވީ މާ ބޮޑަށެވެ. ޝަހީދުބެގެ ޒާތުގައި ހުންނަ ހިތްވަރު ދޭ ގޮތެއް ފަރީދުބެގެ ކިބައިގައިވެސް އެބަ ހުއްޓެވެ. އެކަން އިތުރަށް އެނގުންވީ އެ ބޭބެ އިތުރަށް ދެއްކި ވާހަކައިންނެވެ.
“ދަރިފުޅު ތި ހެދީ އެންމެ ރަނގަޅަށްހެން ބޭބެއަށް ހީވަނީ. ހިބާއާއި ގުޅެން ދަރިފުޅު ބޭނުމިއްޔާ އެންމެ ރަނގަޅުވާނީ ތިއީ ދާރިސްކަން އަންގައިލުން. އޭރުން އެނގޭނެތާ ހިބާ ދާރިސްއާއި ގުޅުމާއިމެދު ދެކޭ ގޮތްވެސް. ހިބާއަށް މިވަގުތު އަސްލު ބޭނުންވޭ ހިބާއާއިމެދު އަޅާލައި ލޯބިވާނެ ބައިވެރިއެއް. ވަރަށް ގިނަ ދުވަސް ވަންދެން ވޭނާއި ކެކުޅުމުގަ އުޅެފި އެކުއްޖާ. ދާރިސް ހިބާއާއި ގުޅުމަކީ ހަމަ ގައިމުވެސް ބޭބެގެ ވަރަށް ބޮޑު އުއްމީދެއް….”
ފަރީދުބެގެ އެ ފަހު ބަސްތަކުން ދާރިސްއަށް ފަރީދުބެއާއި ދިމާލަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. އެއީ ހަމައެކަނި އޭނަ ހިބާއާއި ގުޅުމަށް އެ ބޭބެ ރުހޭ ކަން އެނގުމުންނެއް ނޫނެވެ. ‘ބޭބެ’ ގެ ވަރަށް ބޮޑު އުއްމީދެކޭ ބުނުމުން އޭނައާއި ހިބާގެ ގުޅުމަކީ ޝަހީދުބެގެ އުއްމީދެއްހެން ވެސް ހީވުމުންނެވެ.
ދާރިސް އެކަމާއިމެދު ސުވާލެއް ކުރަން އުޅުނު ވަގުތު ޑޮކްޓަރަކާއި ނަރުހެއް އެތަނުން ހިނގާފައި ދިޔަ މަންޒަރު ފެނި ދެމީހުންގެ ނަޒަރުވެސް އެދިމާލަށް ދިޔައެވެ.
“ހެނދުނުގެ ރައުންޑްދޯ މި މީހުން މި ޖައްސަނީ؟ ހިބާގެ ރޫމަށްދޯ އެ ދަނީ ވެސް؟” ފަރީދު އެ ފަހު ސުވާލުކޮށްލި ވަގުތު ޑޮކްޓަރު ގޮސް ހިބާގެ ރޫމުގެ ދޮރު ކަހައިލަނީއެވެ. ފަރީދު އެދިމާލަށް ދާން ފެށިތާ މާގިނައިރެއްނުވެ ޑޮކްޓަރުގެ ފަހަތު އެ ރޫމަށް ވަން ނަރުސްކުއްޖާ ދޮރުން ބޭރަށް ބޯދިއްކުރިއެވެ.
“ޕޭޝަންޓް ހޭއަރައިފި އިނގޭތޯ؟ ޕޭޝަންޓްގެ ބެލެނިވެރިޔާ ވަޑައިގަންނަވާ.” ނަރުސްކުއްޖާ އެހެން ބުނެލި އަޑަށް ދާރިސްއަށް ވެސް ތެދުވެލެވުނެވެ. އަދި ފަރީދުބެ އޭނައަށް ލުއި ގޮތަކަށް ބަލާފައި ހިނގަން ފެށުމުން ދާރިސްއަށް ވެސް ފަރީދުބެގެ ފަހަތުން ދެވުނެވެ. އެހެނަސް ވަކި ހިސާބަކުން ދާރިސްގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައީ، އޭނަގެ ހިތުގައި ވަކި ހިއްޕަމުން ދިޔަ ޚިޔާލުތަކެވެ. ހިބާއަށް އޭނަގެ ސަބަބުން އެތައް ހިތާމައެއް ލިބިފައިވާ ކަމުގެ ޚިޔާލެވެ. ހިބާ އޭނައަށް މަޢާފު ނުކުރާނެކަމުގެ ޚިޔާލެވެ. މިއަދުވެސް އޭނަގެ ސަބަބުން ހިބާ އެފަދަ ޙާލެއްގައިވި ކަމުގެ ޚިޔާލެވެ. ހިބާގެ ޙާލު މިހާރު ކިހިނެއްތޯ ބަލަން ވެސް އިންތިހާއަށް ބޭނުންވިއެވެ. އޭނަގެ ސަބަބުން ހިބާއަށް ލިބުނުހާ ގެއްލުންތަކަށް ތަކުރާރުކޮށް މަޢާފަށް އެދެން ވެސް ބޭނުންވިއެވެ. އެ ހުރިހާ ހިތާމައެއްގެ ބަދަލުގައި ލޯބިން ބައްދައިލަމުން ދެން ދުވަހަކުވެސް ހިބާއަށް އެފަދަ ދުވަސްތަކެއް ނުފެންނާނެ ކަމުގެ އުއްމީދު ދޭން ބޭނުންވިއެވެ. އެހެނަސް އެއީ ނުވާނެ ކަންތަކެއް ކަމަށް އޭނަގެ ސިކުނޑި ބުނިބުނިހެން ދާރިސްގެ ގައިގެ ވަރު ދެރަވިއެވެ.
ދާރިސްގެ ފިޔަވަޅުތައް މަޑުޖެހުނުކަން އެނގި، ދޮރާއި ހަމަވި ފަރީދުވެސް ފަހަތް ބެލިއެވެ. ދާރިސް ދެއަތް މުއްކަވައިގެން އިސްޖެހިފައި ހުރިގޮތަށް ހުންނަން ފެށުމުން ފަރީދު ވަކި އެއްޗެކޭ ނުބުނެ ފުން ނޭވައެއް ދޫކޮށްލަމުން ރޫމަށްވަނެވެ.
ފަރީދުބެ ވަނުމުން ދާރިސް މިނެޓްތަކެއް ވަންދެން އެ ހުރި ގޮތަށް ހުރެފައި އަނެއްކާވެސް ބެންޗުގައި އިށީނީ ހަދަންވީ ގޮތެއް ނުވިސްނުމުންނެވެ. ހިބާ ބަލަން ބޭނުންވިއިރު އޭނައަށް މިއަދު ހިބާ ނުފެންނާނެކަމަށް ސިކުނޑި ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ހައިޖާނެއްގެ ތެރޭގައި ދާރިސް ވަނިކޮށް ޑޮކްޓަރާއި ނަރުސް އެ ރޫމުން ނިކުތްތަން ފެނުނެވެ. އޭގެ މިނެޓެއްހާއިރު ފަހުން ފަރީދުބެ ދޮރުމައްޗަށް އަރައި ދާރިސްއަށް ގޮވައިލުމުން ދާރިސްއަށް އެދިމާލަށް ބަލައިލެވުނެވެ.
“އާދެބަލަ މިކޮޅަށް ދާރިސް. ހިބާ އެބަ ބޭނުންވޭ ދާރިސްއާއި ބައްދަލުކޮށްލަން…” ފަރީދުބެ ލުއި ހިނިތުންވުމަކާއިއެކީ ބުނެލި ބުނެލުމުން ދާރިސްގެ ހިތަށް އާ ދިރުމެއް އައިހެން ހީވިއެވެ. އިސާހިތަކު ކޮޅަށް ތެދުވެލަމުން ދާރިސް ކުރިއަށް ދާން އުޅުނެވެ. އެހެނަސް ކަމެއް އެނގުންވީ ފަދައަކުން ދާރިސް އޭނަގެ ކޯޓުގެ ޖީބުން ފޯނު ނަގައި ކެމެރާ ޖައްސައިލަމުން އޭނައަށް ހުރެވުނު ގޮތަށް ބަލައިލިއެވެ. ފުރަތަމަ ފަހަރަށް އާ ލޯބިވެރިޔާއާއި ބައްދަލުކުރަން އުޅޭ ފަދައަކުންނެވެ. އޭނަގެ ހިތުގައި އެ ވަގުތު ވީ ވެސް އެ ފަދަ ނުތަނަވަސްކަމެކެވެ. ފަރީދުބެ އޭނަގެ ޙަރަކާތް ފެނިފައި ހީލި ގޮތުން ހިސާބަކަށް ގަތް ލަދާއިއެކީ ނޫންކަމަށް ހަދައި ފޯނު ކޯޓުގެ ތެރެއަށް ލަމުން ހިނގައިގަނެވުނެވެ.
ނުނިމޭ
mish
October 13, 2021 @ 3:52 pm
so short
too short this episode is sis
but amazingg as usual maasha allah
cant waiiiiiitt ^_^ ^.^
I know sis busy veema kan nuliyevunee 🙂
keep up the good work!!
I cant wait sisss
Jana
October 20, 2021 @ 2:10 pm
Awwn! My readers are so understanding Ma Sha Allah! :’) Baarakallah lakum! Jazaakillah Khairan for the support sis! <3 <3 <3
Jana
October 13, 2021 @ 3:53 pm
Salaam hurihaa kiyuntherin! Mi bai mihaa lasvefa kuruvy jana mi week ga vvv busy veema. Genesdhevunythy ves ufaakuran Alhamdhulillah! Cancel kuran ulhefa mi genesdhiny ves.
Mi weekend ga ves Jana ah liyan time eh nuvaanethy anekkaaves Saturday skip kuran mi jeheny. In Sha Allah ehenveema anekkaaves WEDNESDAY ga genesdheynan. But will do my best post thah genesdheveytho. Post thah nuliyeveythy ves dheravefa mihunnany. In Sha Allah will catch up soon! <3
Much love dear readers! Stay safe! <3 <3 <3
mish
October 13, 2021 @ 4:01 pm
Yes
Good luck sis with writing and everything
Best of luck <3
stay safe<3<3
Jana
October 20, 2021 @ 2:11 pm
Thank you so much mish! You too stay safe! <3
Aalaa
October 13, 2021 @ 3:57 pm
Nice story
But egothah boy akaa girl eh friend vun ok tha?
Just want to know
Jana
October 20, 2021 @ 2:15 pm
Jana ge kureege vaahaka thakun ves ey acceptable kameh noon kan engeyne kanneynge dho Aala? ^_^
Mi vaahakaiga Dhaaris aa Hiba ekuverivy dhimaavi haalathegge sababun dho? kommehen dhekudhin vakin bahdhalu koggen ekuveri vee ehnoon. Hiba ge bappa ge haazireega dhemedhuga gina vaahaka thah dhekevuny. E dhemedhuga inappropriate vaahaka eh nudhekkeytho yageen kuri dho Hiba ge bappa abadhuves? Adhi Dhaaris ves amilla ah edhigen Shaheedhube govaigen gos Hiba gaathu vahaka eh bunan othiyya ves bunany. varah qavaaidhun ulhey kujjeh noon dho ey? 😉
Hope its clear Aala!
Aalaa
October 20, 2021 @ 2:41 pm
Yes. Dhaaris is so cool 😄
Alhugandu heekuree kuda koh friend vevidhaane kamah mibaithah kiyaafa
Thank you 😊
YUNA
October 13, 2021 @ 6:19 pm
Best Dhivehi Story I’ve ever read… Just a great masterpiece… MaashaAllah..💜💜
Jana
October 20, 2021 @ 2:16 pm
Okay this comment feels like an award I just received! 😀 Will gladly accept it Yuna! <3 Alhamdhulillah! Jazaakillah Khairan for the support!
Yuyu
October 13, 2021 @ 7:51 pm
Waiting for next part😍
Jana
October 20, 2021 @ 2:17 pm
Next part up vejje Yuyu! <3
Changing friend
October 14, 2021 @ 4:36 pm
Salaam
Jana sis I have an idea
How about u write funny Islamic stories sometimes
Reason: both to teach people that Islamic religion is also enjoyable, and to entertain people
For me, some people think that Islamic religion is very strict
Sooo…. If u do this, Insha Allah that might change people’s point of view for Islam
I mentioned the “funny Islamic stories” before, but I am recommending with reason
Hopefully u like this idea
Baarakallahu 💖
Much love 💟
^_^
Mish
October 15, 2021 @ 7:15 am
Yess
I recommend it too
Jana
October 20, 2021 @ 2:19 pm
Wa’alaikumussalaam Changing Friend! I think you shared this with me even before and I did reply to you ^_^ I too think that its a brilliant idea and will be keeping it in mind when I plan the next story In Sha Allah. Much love to you too <3 <3 <3
Muslimah
October 15, 2021 @ 6:23 pm
Salaam sissy
This part is also amazing as always.. Masha Allah❤
Sis… Is there anyway ill be able to talk to u private koh?? Plss let me know.. I want to talk to you about the difficulties im facing..
And I don’t comment usually but just know that I love you soo much sis
Jana
October 20, 2021 @ 2:23 pm
Wa’alaikumussalaam sis! Of course you can! Click contact on the corner of the website on desktop. Or hit the 3 bars on the right corner in mobile view and click contact from there. Fill the form and submit and your message will land in my personal mail. Will reach out to you from there In Sha Allah. Always happy to help! <3
IMPATIENT FRIEND TO READ STORIES
October 16, 2021 @ 9:01 am
janaaaaaa sssiiss.
i cannot wait that long.
i was not gonna read this stories before you finish writing every episodes.
BUT I COUDN’T……. .
wednesday…….i sooooooooooooooooooooo cant wait for the this wednesday.
sadly i have to.
GET A FREE TIME AND WRITE BEING ABLE TO RELAX .❤️
GOOD LUCK WITH YOUR WORKS..😍
GONNA WAIT FOR WEDNESDAY (FORCED…DUH🙄) {I AM NOT ANNOYED}
NICE STORY
MAASHAA ALLAH
MUCH LOVE
^_^
Jana
October 20, 2021 @ 2:26 pm
OMG THIS COMMENT GOT ME ALL EXCITED WITH THE CAPS! XD haha! Sorry for making you wait so long impatient friend. I have a few of my readers who do wait until the story is over. And I absolutely commend your patience till now! Thank you for the well wishes and support! Much love! <3 <3 <3
FAN OF YOUR STORIES
October 16, 2021 @ 9:07 am
JANA SIS.
CAN YOU PUT MALAAK AMD AYAAZ IN ONE OF YOUR STORIES AGAIN.
{VAUDHU} IS MY FAVOURITE STORY FROM YOU, AND THE FIRST ONE I READ FROM YOU.
SOO IF YOU CN PLEASE DO THAT.
HOPE YOU LIKE THIS IDEA
MUCH LOVE
DO A GOOD JOB
MAY ALLAH BLESS YOU, AND YOUR LOVED ONES WITH JANNAH. ÃMEEN
^_^
Jana
October 20, 2021 @ 2:28 pm
TELL ME ABOUT IT THEY ARE ONE OF MY FAVOURITES TOO *____* hehe…In Sha Allah I will bring them to another one of my stories since I miss them too. And I love the idea thank you for prompting it ^_^. May Allah bless you with the same. Ameen! <3
Ibaa
October 17, 2021 @ 2:07 pm
Sis I understand that sis busy veema kan nuliyeveyny..Sis migothah kuru koh viyas ep eh genesdhinyma aslu vrh happy vey..Masha Allah as always youre one of the best writer..I really love you and your stories soo much..Can’t wait for next part..Keep going sis..I’m always with you In Sha Allah 💕💖
Jana
October 20, 2021 @ 2:30 pm
Awwn! Another heartwarming comment! *teary* Jazaakillah Khairan for the support sis! Next part has been uploaded! Will stay with you too and other readers through my duas In Sha Allah <3 <3 <3
eunoia
October 20, 2021 @ 11:35 am
i rllyy enjoy eadin ur stories…comment nukuriyas baraabarah kiyan.i was hama speechless, it was so amaizin masha Allah… vrh kiyaa hithun kiyany vx..sometimes nuvx visnaa indha vx i feel like story ga ulheveny kanneynge ey…vrh ufaa vey aslu mikahala reethi story eh kiyaaleveythy…mifaharu vx varah lahun dhw m comment kureuny..vrh bodah sorry ingey iraadha kurevviyyaa dhn comment kuraanan time v varakun insha Allah.. by the way curiosly waitin for next part..🤍🥺✨
Jana
October 20, 2021 @ 2:35 pm
Comment nukurevunas ey evves massala eh nooney eunoia! I can completely understand. And this once in a while comment completely lifted up my spirit Alhamdhulillah! I do know that I have a lot to improve as of yet and these kind words mean a lot! Jazaakallah Khairan eunoia! Much love! <3 <3 <3
eunoia
October 20, 2021 @ 3:57 pm
oh hehe.. glad u understood sis..yeshuu dhw nd best of luck to improve…but honestly adhi i didn’t see any mistakes sis ge stories in..maybe maa bodah vadhevifa kanneynge dhw iny😅✨