ދާރިސް (ނުވަވަނަ ބައި)
“ދެން ފަރީދުބެއާ އެކީތަ ދޮންތަ މާލެ ދަނީ؟” ހޮނިހިރު ދުވަހު ހެނދުނުގެ ސައިބޮމުން ދިޔަ ވަގުތު ހަމްނާ ސުވާލުކުރިއެވެ.
“ހުމް….ފަރީދުބެ ހަމަ ކޮންމެ އަހަރަކު ދެ ތިން ފަހަރު ދެއެއްނު އެކޮޅަށް ބިޒްނަސްގެ ކަންތަކުގަ؟ ދޮންތަ އެދިގެން ފަރީދުބެ އަބަދުވެސް މިޑް-ޓާރމް ޗުއްޓީއާ ޓާރމް ޗުއްޓީއާ ދިމާކޮށް އެ ދަތުރު ހަދާފަ އޮންނަނީ. އެކަމަކު ގުޅައިލަންވާނެއޭ. ތޭންކްސް ހަނދާން ކޮށްދިނީތީ.” ހިބާ އެހެން ބުނުމަށްފަހު މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ފަރީދުގެ ނަންބަރު ހޯދާލުމަށްފަހު ގުޅައިލިއެވެ. ހަމަ އެ ހިނދު ހަމްނާ މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޓޫ ބޭޑް ދޯ؟ ހިތަށްއަރާ ބައްޕަ މިއަދު ދުނިޔޭގަ ހުރިނަމައޭ. ހުރިނަމަ ފަރީދުބެ ގޮތަށް ހީ ވުޑް ބީ ރިޗް، ދޯ؟” ހަމްނާ އިސްޖެހިފައި އިނދެ ދޯ ދިނެވެ. އެހިނދު ހިބާއަށް ވެސް ހިތާމަވެރި މޫނަކާއެކީ ހަމްނާއަށް ބަލައިލެވުނެވެ.
ފަރީދަކީ ހިބާމެންގެ ބައްޕަ ފަރާތުން ހުންނަ ހަމައެކަނި ބޮޑުބޭބެއެވެ. ފަރީދުބެއަކީ ވެސް ބައްޕައާއި މާލޭގެ ބައެއް އެކުވެރިންނާއި އެކީ ފެށި ވިޔަފާރީގެ ޙިއްސާދާރެކެވެ. މިއަދާއި ހަމައަށް އައިއިރު އެ ވިޔަފާރިއަކީ މުޅި މާލެއިން ވެސް ހޮވާލެވޭފަދަ ވިޔަފާރިއަކަށް ވުމުން، ފަރީދުބެ އުޅެނީ ނުހަނު ތަނަވަސް ދިރިއުޅުމެކެވެ. ބައްޕަ ނިޔާވުމުގެ ކުރިން ހިބާއަށް ވެސް ސާފުނުވާ ސަބަބުތަކާހެދި އެ ވިޔަފާރީގައި އޮތް ބައްޕަގެ ޙިއްސާ ގެއްލި، ބައްޕަ ބާކީ ކުރެވިގެން ދިޔައެވެ. ބައްޕަ ނިޔާވުމަށްފަހު ވެސް އެ ވިޔަފާރީގައި އޮތް ބައްޕަގެ ޙައްޤު ހޯދުމަށްޓަކައި ފަރީދުބެ ކުރި މަސައްކަތް ބޭކާރުވި ވާހަކަ އެ ބޭބެ ހިބާއަށް ކިޔައިދީފައިވަނީ ރޮމުންނެވެ. އެ ވިޔަފާރި ކުރި އެރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ވެސް ބައްޕަ ކަމަށް ބުނަމުންނެވެ.
އެ ވާހަކަތައް އިވިފައި ހިބާ ދެރަވިއެއްކަމަކު އެ ހިތާމައިގައި އުޅޭކަށް ޤަޞްދެއް ނުކުރިއެވެ. އޭގެ ބަދަލުގައި ބައްޕަގެ ނަޞޭޙަތުގައި ހިފަން ނިންމިއެވެ. ގެއްލިދާ ނިޢުމަތްތަކަށް ބެލުމެއްނެތި ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް ކުރިއަށް ދިޔުމަށެވެ. ބައްޕަގެ ވަކިވުމަށްފަހު ރަށުގައި ހުރި އެއްޗެއް ފިޔަވައި ބައްޕަގެ ވާރުތައިގެ ގޮތުގައި އެއްޗެއް ނުލިބުނަސް، ހިތްވަރާއެކީ ހިބާ މަސައްކަތް ކުރިއެވެ. ފަރީދުބެ ގެ ވެސް 6 ކުދިން އުޅޭތީ މާ ބޮޑު އެހީއެއް އެ ބޭބެގެ ފަރާތުން ނުލިބުނަސް، ލިބުނު އެހީއެއް ޤަބޫލުކޮށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވިއެވެ. މިއަދު އެ ވިޔަފާރީގައި ބައްޕަގެ ޙިއްސާއެއްވާނަމަ، އޭގެ އަޒާބު ލިބޭނީ އަނިޔާވެރިކަމާއެކީ އެ ޙިއްސާގައި ހިފަހައްޓައިގެން ތިބި ބަޔަކަށްކަން ޔަޤީން ކުރެވޭތީ، ހިބާގެ ހިތަށް ހަމަޖެހުމެއް ލިބިފައިވެއެވެ. އެމީހުންގެ ކިބައިން ބަދަލު ހިފަން މަސައްކަތް ނުކުރިޔަސް ﷲ ގެ ޙަޟްރަތުގައި އޭނައާއި އޭނަގެ ޢާއިލާއަށް އިންސާފު ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވެއެވެ.
އެ ޚިޔާލުތަކުގައި އިނދެފައި ހިބާ ހިނިތުންވުމަކާއެކީ ހަމްނާގެ އަތްމަތީގައި އަތް ބޭއްވިއެވެ.
“ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް، ހަމްނާ. އެ ވިޔަފާރީގެ ޙިއްސާ އޭރު އަހަރުމެންނަށް ލިބުމުގަ އެއްވެސް ފައިދާއެއް އޮތްނަމަ އެކަން އެގޮތަށްވީސް. ފަހަރެއްގަ ވެދާނެ އެއަށްވުރެ ބޮޑު ނިޢުމަތެއް އަހަރުމެންނަށް ލިބެން އޮތީމަ ކަމަށްވެސް އެ ނިޢުމަތް އަހަރުމެންނަށް ގެއްލިގެން ދިޔައީ. މިހާރު ވެސް ކިހާ ގިނަ ކަންތައް އަހަރުމެންނަށް ދަސްވެފަވަނީ އޭރު އެހެންވީމަ. ވީ އާރ ޓޫ ސްޓްރޯންގް އެންޑް އިންޑިޕެންޑެންޓް ލޭޑީސް، ނޫންތަ؟ ކުރީގަ ވެސް ދޮންތަ ބުނިހެން ﷲ އެއްގޮތަކަށް ވެސް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. އެހެންވީމަ އެކަލާނގެ އަހަރުމެންނަށްޓަކައި ނިންމަވާ ނިންމުންތަކާއިމެދު ޝައްކު ނުކުރައްޗޭ….” ހިބާ ނަޞޭޙަތްތެރިވިއެވެ. ހަމްނާ ހިބާއަށް ބަލަން އިނދެ ތުން ފިއްތައިލަމުން ބޯޖަހައިލިއެވެ.
ހަމަ އެ ހިނދު އެކޮޅުން ރިންގުވަމުން ދިޔަ ފޯނު ކެނޑިގެން ދިޔައެވެ. ހިބާ ފޯނު ކަންފަތުން ނަގައިލަމުން ސްކްރީނަށް ބަލައި ބޭބެ ބިޒީތޯ އަމިއްލައަށް ކިޔައިލި ތަނާހެން ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނުން ފަރީދުބެ ގެ ނަން ފެނިފައި ހިބާ ވަގުތުން ފޯނު ނެގިއެވެ.
“ސަލާމް ބޭބޭ….ކިހިނެއްތޯ ހުރިހާ ކަމެއް؟” ހިބާ ވާހަކަ ދެއްކިއެވެ.
“ވަޢަލައިކުމުއްސަލާމް….ރަނގަޅު އަލްޙަމްދުލި ﷲ! ދެންމެ ބޭބެ އެހެން ކޯލެއްގަ ހުރީތީ ފޯނު ނުނެގުނީ އިނގޭ. އެކޮއި އަނެއްކާ މާލެއަށް ދާންޖެހޭ ދުވަސް ކައިރިވަނީދޯ؟” ފަރީދުބެ އެކޮޅުން ހިތްހެޔޮ ރާގަކަށް އެހިއެވެ.
“ލައްބަ! ކޮން ދުވަހެއްގަތޯ ބޭބެ ފުރަނީ؟” ހިބާ އެހިއެވެ.
“ހަމަ މި އުޅޭ ކުދިންގެ ޗުއްޓީ ފެށޭ ދުވަހު ހެނދުނު ފުރަނީ. އޭރަށް ހިބާ ދާން ބޭނުންވާ ތަނަށް ދެވޭނެތަ؟”
“އާދެ ބޭބޭ….ދެވޭނެ. އެހެންވީމަ އަޅުގަނޑު އެދުވަހަށް ޓިކެޓް ނަގާނަން އިނގޭ. ކުރީ ފަހަރުހެން ހަމްނާއަށް ތިގޭގަ ހުރެވިދާނެތޯ އަޅުގަނޑު އަންނަންދެން؟”
“އާނ….ނިމްޝާ މިހާރު ހުންނަނީ ބޭރަށް ގޮސްފަ ވިއްޔާ. އެ ކޮޓަރި އެބަހުރި ހުހަށް….ހިބާ އެއްގޮތަކަށް ވެސް ހަމްނާއާއިމެދު ކަންބޮޑުވާނެ ކަމެއްނެތް އިނގޭ. ޖުވޭދައްތަ އަމިއްލަ ދަރިއެއްހެން ހަމްނާ ބަލާނެ…”
“ހެހެ….ތިކަން އެނގެއޭ ބޭބެ. ކުރީ ފަހަރުވެސް ދައްތަ އަހަންނަށްވުރެ ރަނގަޅަށް ހަމްނާ ބެލިވިއްޔާ…އެހެންވީމަ ދެން ބޭއްވީ އިނގޭ ބޭބެ. ބޭބެގެ މަސައްކަތްތަކަށް ހުރަސް އަޅާކަށް ނެތި-“
“ނޫނޭ ހިބާ މަޑުކޮށްލަބަލަ. ފަރީދުބެ ކުޑަ ވާހަކައެއް ބުނަންވެފަ އެބައޮތް. މިފަހަރު މާލެއަށް ގޮއްސަ….ދަރިފުޅަށް ބޭބެ ބުނާ ކުއްޖަކާ ބައްދަލު ކުރެވިދާނެތަ؟”
ފަރީދުބެ އެންމެ ފަހުން އެ ކޮށްލި ސުވާލުން ހިބާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފޭދިގެން ދިޔައެވެ. ހިބާ ހުރީ ފަޒީނާއި ބައްދަލު ކުރި ރެއަށްފަހު ކައިވެނީގެ ވާހަކަތަކުން ދުރުގައި ހުންނާށެވެ. ނޭނގޭ ސަބަބަކާހުރެ އެރޭގެ ފަހުން އޭނަ ކައިވެންޏަކަށް ތައްޔާރެއް ނޫންހެން ވެސް ހީވަމުން ދިޔައެވެ. ހަމްނާގާތު އޭނަ ދެން އެކަހަލަ ކަމަކާއި ނޫޅޭނެ ވާހަކަ ބުނީ ސީރިއަސް ވާހަކައެއްގެ ގޮތުގައެވެ.
އިސާހިތަކު ހިބާގެ މޫނުމަތި ބަނަވެގެން ދިޔަ ގޮތް ފާހަގަވުމުން ހަމްނާވެސް އަނގައިގެ ޙަރަކާތުން ކިހިނެއްވީތޯ އެހިއެވެ. އެހެނަސް ހިބާއަށް އެއްޗެކޭ ނުބުނެވުނެވެ. ހިބާ ޖަވާބެއް ނުދިނުމުން އަނެއްކާވެސް އެކޮޅުން ފަރީދުބެގެ އަޑު އިވުނެވެ.
“ބޭބެ އަޑުއެހިން ހިބާ ކޮންމެވެސް ކުއްޖަކާ އެކީ ރެސްޓޯރެންޓަކަށް ގޮއްސަ އެކުއްޖާއާއި އިންނަން އިންކާރު ކުރި ވާހަކަ. ރަށު ތެރޭގަ އެ ވާހަކަތައް އެބަ ދެކެވޭ. އެހެންވީމަ އަސްލު ބޭބެއަށް ނިންމުނީ ހިބާއަށް އެންމެ ރަނގަޅުވާނީ އެ އަޑުތަކާއި ދުރުގަ މާލޭ ކުއްޖަކާއި އިނީމައޭ. އެއީ ބޭބެވެސް ދަންނަ ވަރަށް ރަނގަޅު ކުއްޖެއް….ތެދުތެދަށް ބުނަންޏާ ހިބާ މި ކުއްޖާއާއި ގުޅުވަން ބޭބެ ބޮޑަށް ބޭނުންވާ ސަބަބަކީ…މި ކައިވެނީގެ ސަބަބުން ހިބާގެ ބައްޕައަށް އިންސާފު ލިބުން ގާތްހެން ހީވާތީ…” ފަރީދުބެ މިފަހަރު ބުނެލި ވާހަކައިން ހިބާގެ ދެބުމަ ކައިރިވިއެވެ.
“އެއީ ކިހިނެއްތޯ؟” ހިބާއަށް އަހައިލެވުނެވެ.
“ފޯނުން ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ބަދަލުގަ ހިބާއާއި ބައްދަލުކޮށްގެން މި ވާހަކަތައް ކިޔައިދޭން ބޭނުންވަނީ. އެ ވާހަކަތައް އަޑު އަހާފަ އެކުއްޖާއާއި ބައްދަލުވީމަ ހިބާ ކައިވެންޏަށް އެއްބަސްވާނެހެން ބޭބެއަށް ހީވަނީ…ދެން ބޭއްވީ އިނގޭ. ބޭބެ ތަނަކަށް ދާން ލަސްވެގެން މިއުޅެނީ. ވަރަށް ސަލާމް!”
ފަރީދުބެ އެހެން ބުނުމަށްފަހު ފޯނު ކަނޑައިލީ ހިބާ އެއްޗެކޭ ބުނަން އުޅެނިކޮށެވެ. ކުއްލިއަކަށް ފޯނު ކެނޑިގެން ދިޔުމުން ހިބާއަށް ސްކްރީނަށް ބަލައިލެވުނެވެ. ހަމްނާ އަނެއްކާވެސް ކިހިނެއްވީތޯ އެހިއެއްކަމަކު ހިބާއަށް ޖަވާބެއް ނުދެވުނެވެ. ބަދަލުގައި ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ފަރީދުބެގެ ނަމަށް ބަލަން އިނދެވުނީ ދެންމެ ދެކެވުނު ވާހަކަތަކާއިމެދު ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ހިތާއި ދެކޮޅަށް އޭނަ ކައިވެންޏެއް ކޮށްފިނަމަ ބައްޕައަށް އިންސާފު ލިބިދާނެތޯ ހިތަށްއެރިއެވެ. އެފަދައިން ކައިވެންޏެއް ކުރުން ވާނީ ރަނގަޅު ކަމަކަށްތޯ ހިތަށްއެރިއެވެ.
ހިބާ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް އެވަގުތުކޮޅަށް އަނބުރާ އާދެވުނީ ޕިކަޕެއްގެ އަޑު ގެއާއި ނުހަނު ކައިރިން އިވުމުންނެވެ.
“އޮހް! އެއީ މެޝިން އައީ ކަމަށްވާނީދޯ؟ ހިނގާބަލަ ބަލައިލަން!” ހަމްނާ އެހެން ބުނުމަށްފަހު ހިބާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ގޮނޑިން ތެދުވެގެން ދިޔައެވެ. ހިބާވެސް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ހަމްނާގެ ފަހަތުން ދިޔައެވެ.
ހަމްނާ ހީކުރި ފަދައިން އެއީ އެމީހުން އެންމެ ފަހުން ގަތް ދޮންނަ މެޝިން ހިފައިގެން އައި ޕިކަޕެވެ. އޭތި ގެނެސްދިން މީހުން ގޭގެ ބިއްދޮށުގައި ހިޔާކޮށްފައި ހުންނަ ބައިގައި މެޝިން ބަހައްޓައިދީ ކަރަންޓާއި ގުޅައިވެސް ދިނެވެ. މީގެ ދުވަސްކޮޅެއް ކުރިން ގޭގައި ހުރި ބާ މެޝިން ބޭނުންކުރާއިރު ދޭތެރެ ދޭތެރެއިން ކަރަންޓު މައްސަލަ ޖެހޭތީ، ހިބާ އާ މެޝިނެއް ގަތީއެވެ. މިފަހަރު ގަތީ އޮޓޯ މެޝިނަކަށް ވެފައި، އެއީ ގެއަށް އޮޓޯ މެޝިނެއް ގެނެވުނު ފުރަތަމަ ފަހަރަށް ވުމުން ދެމީހުން މެޝިން ކައިރީގައި ތިބެގެން ޝައުޤުވެރިކަމާއެކީ މެނުއަލް ކިޔަން ތިއްބެވެ.
“އެހެންވީމަ މިހިރަ ކުޑަ ތަންކޮޅަށްދޯ ސައިބޯނި އަޅާނީ؟ އަދި ނިމުނީމަ ރާގެއްވެސް ކިޔާނެ؟ ސޯ ކޫލް! މަނާލް މިކަހަލަ ވާހަކައެއް ބުނި އަޑު އެހީމޭ. ދޮންތާ އަހަރެން އެބަ އަންނަން އިނގޭ ހެދުންތަކެއް ހިފައިގެން ޓެސްޓްކޮށްލަން؟” ހަމްނާ ފޯރިއާއެކީ ބުންޏެވެ.
“ހުމް ދެން ދޮންތަގެ ހެދުންތައް ވެސް ދޭނީ ހަމްއަށޭ ތިހާވަރަށް ދޮންނަން ބޭނުމިއްޔާ…” ހިބާ ދެންވެސް މެނުއަލްއަށް ބަލަން ހުރެ ރާގަކަށް ބުންޏެވެ. ހަމްނާ ތުންއޫކޮށްފައި ދިގުކޮށް ދޮންތާއޭ ކިޔުމަށްފަހު އެބަ އަންނަމޭ ބުނެ ދުވެފައި ދިޔައެވެ. ހަމްނާގެ ޙަރަކާތްތަކުން ހީލެވުނު ހިބާގެ ހަނދާނަށް އެވަގުތު އަންނަން ފެށީ، ގޭގައި އިތުރު މީހެއްގެ ހެދުންތައް ދޮންނަން ޖެހޭތީ މަންމަ ޝަކުވާކުރި ދުވަހެވެ.
“މަ ކޮންމެހެން ނުޖެހޭނެ އެހެން މީހެއްގެ ދަރިއެއްގެ ބުރަ އުފުލާކަށް ޝަހީދު! މަ ކުރަންވީ ކަންތައް މަދީއެއްނޫން!” ހިބާއަށް މަންމަގެ އެ ވާހަކަ އިވުނީ، ސިޓިންގް ރޫމުގެ ގޮނޑިއެއްގައި ގޭމް ބޯއި އަކުން ކުޅެމުން ދިޔަ ގޭމަށް ގެއްލިފައި ވަނިކޮށެވެ. އެހެނަސް އިސްއުފުލައި މަންމައަށް ބަލައިލަން ވެސް ބޭނުމެއް ނުވީ، ގޭމުން ނުހަނު ދުރު ލެވެލްއަކަށް ދެވިފައިވުމުންނެވެ.
“މަށަށް ވާނެނަމަ މަ ކުރީމުސް ނާދިރާ. މި ދުވަސްކޮޅު މާ ބޮޑަށް ބުރަވީމަ ގޭގަ ހުރެވޭކަށް ނެތް. އެހެންނޫނަސް މަ ނުބުނަން ހެދުން ދޮންނާށެކޭ. އެކުއްޖާއަށް ދަސްކޮށްދީފިއްޔާ އެކުއްޖާ އަމިއްލައަށް އެކަން ކުރާނެ!” ބައްޕަ އެ ވާހަކަ ބުނި އަޑުވެސް ހިބާއަށް އިވުނެއްކަމަކު ހިބާ އަޅައެއް ނުލިއެވެ. ބަދަލުގައި އޭނަ އެވަގުތު ކުޅެމުން ދިޔަ ލެވެލް ނިންމޭތޯ ގަދައަޅައި މަސައްކަތް ކުރަމުން ދިޔައެވެ.
ހިބާ އެހެން އިންދާ މަންމަ ތިމަންނައަކަށް ނުވާނެއޭ ބުނެ ދިޔަކަން ވެސް ހިބާއަށް އެނގުނެވެ. ބައްޕަ ވެސް ސްކޫލަށް ދާން ގެއިން ނިކުތީ ކަމަށް ނިންމައިގެން އިންދާ ސިއްސައިގެން ދިޔައީ ނުހަނު ކައިރިން ބައްޕަ އޭނައަށް ގޮވައިލި އަޑު އިވުމުންނެވެ. އިސާހިތަކު ގޭމް ބޯއި އޭނަގެ އަތުން ދޫވިއެވެ. އޭގެ ދެވަނަ ސިކުންތުގައި މޭގަނޑު އަތަށް އައިހެން ހީވި އިޙްސާސާއެކު އޭތި ނަގައި ބަލައިލިއިރު ސްކްރީނަށް ‘ގޭމް އޯވާރ’ އަރާފައި އޮތްތަން ފެނިފައި މޫޑު ޚަރާބުވީ ވަގުތު ރުޅިވެސް އައެވެ.
“ބައްޕާ!” ހިބާއަށް ބައްޕައާއި ދިމާލަށް ބަލައިލަމުން ހިތްހަމަނުޖެހިފައި ދިގުކޮށް ގޮވައިލެވުނެވެ.
“ހިބާ ކަނބުލޮ….ބައްޕަ މިދަނީ ވަރަށް ލަސްވެގެން ސްކޫލްގަ އޮތް މީޓިންގްއަކަށް އިނގޭ. މަންމަ ވަރަށް މައްސަލަ އެބަ ޖައްސާ ދާރިސްގެ ހެދުންތަކުން ނުބައި ވަސް ދުވާތީ. ދޮންނަ މެޝިން ބޭނުންކުރަން ދާރިސްއަށް ދަސްކޮށްދީބަލަ ކަނބުލޮ. ބައްޕަގެ ހިބާ ވަރަށް މޮޅެއްނު ކަންތައް ބުނެދޭން ދޯ؟ އެހެންވީމަ މި ބުނި ކަންތައް ކޮށްދެއްޗޭ! ލަވް ޔޫ!” ބައްޕަ އެހެން ބުނެ ހިބާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ބުރުގާގެ މަތިން އޭނަގެ ބޮލުގައި ފިރުމައިލުމަށްފަހު ދާން ހިނގައިގަތެވެ.
ހިބާ ބަލަބަލާ އިންދާ ބައްޕަ އަވަސް ހިނގުމެއްގައި ގެއިން ނިކުމެގެން ދިޔައެވެ. ބައްޕަ ލޯމައްޗަށް ގެއްލުނު ވަގުތު އެއްފަރާތެއްގައި މީހަކު ހުއްޓިހުރިހެން ހީވުމުން ހިބާއަށް ބަލައިލެވުނެވެ. އެހިނދު އެތާ ހުއްޓިހުރީ، ބައްޕަގެ ބޮޑު ގަމީހަކާއި ފަޓުލޫނެއް ލައިގެން ހުރި ދާރިސް ނޫން ދެވަނަ މީހެއް ނޫނެވެ. ދާރިސްގެ ސަބަބުން އޭނަގެ ދިރިއުޅުން ‘ދަތިވެފައިވި’ މިންވަރު އެނގުންވުމުން ހިބާ ގޮނޑިން ތެދުވެލީ ދަތްކުނޑި ވިކަމުންނެވެ. އަދި ދާރިސް ފަހަނަޅައި އެތެރެއަށް ދާންފެށީ ފަހަތުން އައުމަށް ބުނަމުންނެވެ. ދާރިސް ބަސް އަހައިގެން ލަސް ހިނގުމެއްގައި ހިބާގެ ފަހަތުން ދިޔައެވެ.
“ޖަސްޓް ސޯ ވީ އާރ ކްލިއާރ…..އަހަރެން އެއްގޮތަކަށް ވެސް ނެތިން ދާރިސްގެ ހެދުންތައް ދޮވެދޭކަށް. ހަދަންވީ ގޮތް ދައްކަން ވެސް މި ބޭނުންކުރަނީ އަހަރެންގެ ބައެއް ހެދުންތައް. މި ހެދުންތައް ދޮވެ ނިމުނީމަ ދާރިސްގެ ހެދުންތައް އަޅާނީ. ބައްޕަ އައުމުގެ ކުރިން ދާރިސްގެ ހެދުންތައް ދޮވެ ނިންމަންވާނެ. ސާފުވެއްޖެ؟” ހިބާ އެހެން ބުނެލީ މެޝިންގެ ކައިރިއަށް ގޮސް އޭނަގެ ދާވަށިގަނޑު އެތާ ބަހައްޓަމުންނެވެ. ދާރިސް ވެސް އެތާ ހުއްޓިހުރެ އެ ވާހަކައަށް ބޯޖަހައިލިއެވެ.
“އޯކޭ…..އެންމެ ފުރަތަމަ ކަމަކަށް ނޯރމަލްއަށް ލާފަ މި ބަޔަށް ފެން އަޅާނީ. ފެން އެޅެމުން ދާ ވަގުތު ސައިބޯނި އަޅާނީ. ދެން އެއަށްފަހު ހެދުންތައް އަޅާފަ 15 މިނިޓްސްއަށް މިގޮތަށް ޖައްސާފަ ބަހައްޓާނީ. 15 މިނިޓްސް ހަމަވީމަ މެޝިން ހުއްޓޭނެ. ހުއްޓުނީމަ އަނެއްކާވެސް ދެވަނަ ފަހަރަށް ފެން އަޅާފަ ޑްރެއިން ކޮށްލާފަ ހެދުންތައް ހިއްކާ ބަޔަށް ލާނީ. 6 މިނިޓްސްއަށް ހިއްކާ ބައި އަނބުރައިލީމަ ރަނގަޅުވާނެ. ހުމް އަދި ހެދުންތައް ފެނަށް ލާއިރު ސޮފްނާ ލާން ހަނދާން ބަހައްޓައްޗޭ. އެހެރީ ސޮފްނާ ފުޅި…” ހިބާ އޭނަގެ ހެދުންތައް މެޝިނަށް އަޅަމުން އަވަސްއަވަހަށް އޮޅުން އަރުވާފައި ވާހަކަތައް ކިޔައިދިނީ ޤަޞްދުގައެވެ. ނޭނގި ނަމަވެސް ދާރިސްގެ ‘ގަމާރުކަން’ ބައްޕައަށް ސާބިތުކޮށްދޭން ބޭނުންވީތީވެއެވެ. އޭނަ އެހާ ރަނގަޅަށް ބުނެދިނީމަވެސް ދާރިސްއަށް ނޭނގުނުކަމަށް ބައްޕަ ގާތު ބުނަން ބޭނުންވިއެވެ. ބައްޕަ ދާރިސް އެހާ މޮޅުކޮށްގެން އުޅޭތީ ވާ ފޫއްސެގެ ބޮޑުކަމުންނެވެ.
ހިބާއަށް ނޭނގުނު ސަބަބަކާހުރެ އޭނަ އެ ވާހަކަތައް ކިޔައިދެމުން ދިޔަ ވަގުތު މިނެޓްތަކޭ ކިޔުނު ކޮންމެ ފަހަރަކު ދާރިސް ވަށައި ހޯދިއެވެ. އޭނަ ހުރިހާ ވާހަކައެއް ދައްކައި ނިމި ދެން ތިމަންނަ މި ހެދުންތައް ނަގަންޖެހޭނީ 15 މިނިޓް ފަހުންނޭ ބުނުމުން ވެސް ބޯޖަހައިލުމަށްފަހު އެ ޙަރަކާތް ގެނައެވެ. ހިބާ ވަކި އަޅާލުމެއް ނެތި އެތަނުން ދާން ހިނގައިގަތީ ހެދުންތައް އަނެއްކާ ނަގަންވާއިރަށް އެތަނަށް ދިޔުމަށެވެ. އޭނަ ހިނގައިގަތުމުން ނޭނގޭ ސަބަބަކާހުރެ ދާރިސް ވެސް އޭނަގެ ފަހަތުން އަންނަން ފެށިއެވެ.
ހިބާ ހީކުރީ ވަކި ހިސާބަކުން ދާރިސް ކޮޓަރިއަށް ވިޔަސް ވަދެދާނެ ކަމަށެވެ. އެހެނަސް ދާރިސް ހުއްޓުމެއްނެތި އޭނަގެ ފަހަތުން ސިޓިންގް ރޫމާއި ހަމައަށް ވެސް ދާން ފެށުމުން ވީ ނުރުހުމުގައި ފަސްއެނބުރި ބަލައިލެވުނެވެ.
“ކޮންމެހެން އަހަރެންގެ ފަހަތުން އަންނާނެ ކަމެއްނެތޭ!” ހިބާ ހަރުއަޑުން އެހެން ބުނެލުމާއެކު ދާރިސް އެ ހުރިތާ މަޑުކޮށްލިއެވެ. ހިބާ ރުޅިވެރި ނަޒަރެއް ދައްކައިލުމަށްފަހު ސިޓިންގް ރޫމަށް ގޮސް އަނެއްކާވެސް އޭނަ ކުރިން އިން ގޮނޑީގައި އިށީނދެ ގޭމް ބޯއި ނަގައި ކުޅެން ފެށިއެވެ.
ހިބާ އިށީންތާ މިނިޓްތަކެއްފަހުން ދާރިސް ސިޓިންގް ރޫމަށް އައިތަން ހިބާއަށް ފެނުނެވެ. ދާރިސް ދެންމެ އޭނަ ބުނި ހިސާބުގައި ހުއްޓިހުރެފައި އައީކަން ހިބާއަށް ޔަޤީންކުރެވުނެވެ. ހިބާ ބަލަބަލާ އިންދާ ދާރިސް އެ އައި ގޮތަށް އައިސް ފާރުގައި ހުރި ގަޑިއަށް ނަޒަރެއްދިނެވެ. އިރުކޮޅެއް ވަންދެން ގަޑި ބަލަން ހުރެފައި ދާރިސް ދާން ހިނގައިގަތުމުން، ދާރިސް އޭރު އައީ ވަކި އޭނަގެ ފަހަތުން އަންނާކަށް ނޫންކަން ހިބާއަށް އެނގުނެވެ. އެހިނދު ހިސާބަކަށް ލަދުގަތެއްކަމަކު ހިބާ ބޯހޫރުވައިލަމުން އޭނަގެ ގޭމަށް ސަމާލުކަން ދިނެވެ.
އެވަގުތު ގޭމަށް ގެއްލުނު ގޮތަށް ހިބާއަށް ހަމަހޭވެރިކަމެއް ލިބުނީ، އޭގެ ބައި ގަޑިއިރެއްހާއިރު ފަހުންނެވެ. ގަޑިއަށް ބަލައިލެވުމާއެކު ލުއްކެއްޖަހައި ސީދާވެލެވުނީ މެޝިންގައި ތިބި އޭނަގެ ހެދުންތަކުގެ މަތިން ހަނދާންވެފައެވެ. އިސާހިތަކު ހިބާ ގޮނޑިން ތެދުވެގެން ދިޔައީ ގޭގައި މެޝިން ހުންނަ ބަޔަށް ދިޔުމަށެވެ.
އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ގޮސް ބޭރަށް ދެވޭ ދޮރުމައްޗަށް އެރި ވަގުތު ހިބާ ހުއްޓުން އެރިއެވެ. އޭނަ ދޮންނަން އެޅި ދެ ޔުނިފޯމާއި 5 ވަރަކަށް ހެދުންތައް ކޮނޑުތަކުގައި އެޅުވި، ރޯނުގައި އެޅުވިފައިވި މަންޒަރު ފެނިފައެވެ. މުޅި ހިސާބުގައި ސޮފްނާގެ މީރު ވަސް ހަރުލާފައި ހުރުމުން އެ ހެދުންތައް ދޮވިފައިވަނީ ރަނގަޅަށްކަން ހިބާއަށް އެނގުންވިއެވެ.
އެ ހެދުންތައް މެޝިނުން ނެގީ މަންމަތޯ ހިނދުކޮޅަކަށް ނަމަވެސް ހިބާގެ ހިތަށްއެރިއެވެ. އެހެނަސް އެހެންނެއް ނުވާނެކަން ޔަޤީން ކުރެވުނީ، ހިބާ ގޭމް ކުޅެން އިންދާ މަންމަ ހައްވައްތަގެ ގެއަށް ދިޔަކަން ޔަޤީން ކުރެވުނީތީވެއެވެ. ވީއިރު އޭނަގެ ހެދުންތައް ދޮވުނީ ކާކުތޯ ހިތަށްއެރި ވަގުތު ފަހަތުން މީހަކު އަންނަމުން ދިޔަހެން ހީވިއެވެ. ފަހަތް ބަލައިލި ވަގުތު ދާވަށިގަނޑެއް ހިފައިގެން އައި ދާރިސް ނުހަނު ގާތުން ފެނުމުން ލިބިގެން ދިޔަ ސިހުމާއެކު ހިބާއަށް ހަޅޭއްލެވުނެވެ. ހަމަ އެ ހިނދު ސިހިގެން ދިޔަ ދާރިސްގެ އަތުން ވަށިގަނޑު ދޫވެ ދާރިސްގެ ފައިމަތީގައި ޖެހުމުން ދާރިސްގެ އާހުގެ އަޑުވެސް އިވިގެން ދިޔައެވެ.
އެހާ ހިސާބަށް ޚިޔާލު ދިޔުމާއެކު ހިބާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ހިބާއަށް ނޭނގި ހިބާގެ ކޯތާފަތް ރަތްވެފައިވިއެވެ. ދެން ކަންތައްވެގެން ދިޔަ ގޮތް ހަނދާނަށް ވެރިވަމުން ދިޔައީތީވެއެވެ. ދާރިސްގެ ފައިގައި ޖެހުނީ އަންނައުނުން ފުރިފައި ހުރި ދާރިސްގެ ވަށިގަނޑުކަން އެނގުމުން ހިބާއަށް ތަކުރާރުކޮށް ‘ސޮރީ’ އޭ ބުނެ ތަދުވިތޯ އަހަމުން އެ ވަށިގަނޑު ދާރިސްގެ ފަޔާއި ދުރުކުރެވުނެވެ. ދެމީހުން ހަމައަކަށް އެޅުމުން ހިނދުކޮޅަކަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ދާރިސް ބޭރަށް ދާން ދިމާކުރުމުން ބައްޕަ ކައިރި ނުބުނުމަށް ހިބާއަށް އެދެވުނެވެ. އެ ވާހަކަ ސާފުކޮށް ނުބުނެވުނެވުނީ ކީއްވެކަމެއް ހިބާއަށް ދޭހައެއް ނުކުރެވުނެވެ. އޭނަ ބުނި އެއްޗެއްގެ މާނަ ދާރިސްއަށް އެނގޭނެ ކަމާއިމެދު ވެސް ޝައްކެއްގެ މަތީގައި ހުރެ ހިބާ ފަސްއެނބުރި ބަލައިލިއެވެ. އެހިނދު ދާރިސް އޭނައަށް ބަލަން ހުރެފައި ބޯޖަހައިލީއެވެ. ހިބާ ވަކި އެއްޗެކޭ ބުނުމެއްނެތި ދާން ހިނގައިގަތެވެ.
އޭނަ ބުނި އެއްޗެއްގެ މާނަ ދާރިސްއަށް ނުހަނު ރަނގަޅަށް އެނގުނުކަން ހިބާއަށް އެނގުންވީ، އެރޭގެ ކެއުމަށްފަހު ބައްޕަ ނުހަނު ލޯތްބާއެކީ އޭނަގެ ފަހަތުން އައިސް މެގްނަމެއް ދިއްކޮށްލުމުންނެވެ. ބައްޕަ ބުނީ އެއީ ދާރިސްއަށް ނުހަނު މޮޅަށް ހެދުން ދޮންނަން ދަސްކޮށްދިނީތީ ދިން ހަދިޔާއެއް ކަމަށާއި، ހިބާ ވަރަށް ރަނގަޅަށް ބުނެދިންކަމަށް ދާރިސް ބުނި ވާހަކައެވެ. ބައްޕަ އެހެން ބުނުމުން އޭނައާއި ކުރިމައްޗަށް ވާގޮތަށް ކާމޭޒުދޮށުގައި އިން ދާރިސްއަށް ހިބާއަށް ބަލައިލެވުނެވެ. އެހިނދު ދާރިސް ވެސް އޭނައަށް ލިބުނު މެގްނަމް ކަނޑާލައިގެން ކާން އުޅުނީއެވެ. އެހެނަސް ހިބާ އޭނައަށް ބަލަން އިންތަން ފެނިފައި ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހިބާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުމުން ދާރިސްގެ މޫނުމަތިން ވެސް ލުއި ހިނިތުންވުމެއް ހިބާއަށް ފެނުނެވެ.
“ކާންޓް ބިލީވް ދިސް ދޮންތާ ޔޫ އާރ ސްމައިލިންގް އެގެއިން! ބުނެބަލަ ހަމް ކައިރި ކާކާއި ބެހޭގޮތުން ކަން ޑޭއިޑްރީމް ތި ކުރަނީ!!!”
ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ހިބާގެ އެއްފަރާތެއްގައި ހުއްޓުނު ހަމްނާ ވާހަކަ ދެއްކި އަޑަށް އަނެއްކާވެސް ހިބާއަށް ހަމަހޭވެރިކަމެއް ލިބުނެވެ.
“ޑޭއިޑްރީމްއެއް ނުކުރަމޭ. ދެން އަވަހަށް ތީތި އަޅާފަ މީތި ޓެސްޓުކުރަން އުޅޭ. ދޮންތަ މިދަނީ ތަށި ދޮންނަން.” ހިބާ ނޫންކަމަށް ހަދާފައި ސީރިއަސް މޫނެއް ދައްކައިލަމުން ދާން ހިނގައިގަތެވެ. އެހިނދު ހަމްނާ ނުރުހުންވާކަމަށް ހެދެމުން ފޮރުވޭނީ ވެސް ވަކި ދުވަހެއް ވަންދެން ކަމަށް ބުންޏެވެ. އެ ވާހަކަ އިވިފައި ހިބާއަށް ލުއި ގޮތަކަށް ހީލެވުނީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ނޭނގުނެވެ.
**
ރޭގަނޑުގެ ވަގުތެއްގައި ތަނަވަސް ބެލްކަންޏެއްގައި ބެހެއްޓިފައިވި ސޯފާގައި އިށީނދެގެން އިން އީތަންގެ މޫނުމަތީގައި ވެސް ހިނިތުންވުމެއްވިއެވެ. އޭގެ ފަހަތުގައިވީ އޭނަގެ އަތުގައި އޮތް ފޯނުން ފެންނަމުން ދިޔަ މެސެޖެއެވެ. ހިބާ ޝަހީދުގެ ފަރާތުން އޭނައަށް ޖަވާބެއް ލިބުނު އިއްޔެ ރޭގެ ވަގުތެއްގައެވެ. އެ ވަގުތުކޮޅުން ފެށިގެން އޭނައަށް އެ މެސެޖު ކިޔައިލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.
“އިސްމާޢީލް އީތަންއަށް،
އިސްމާޢީލް އީތަން އަޅުގަނޑުގެ އެޕްލިކޭޝަން އިތުރަށް ފުރިހަމަ ކުރުމަށް އެހީވެދިނީތީ ޝުކުރު އަދާކުރަން. ތި ދެއްވި އެހީއާއެކީ އަޅުގަނޑުވަނީ މިއަހަރުގައި ޓީޗާރސް ކޮންފަރެންސަށް ހޮވިފައިކަމަށް ދަންނަވަން. ކޮންފަރެންސްއިން ހޮވޭ އެންމެ މޮޅު ހުށަހެޅުންތެރިންނަށް ތި ކުންފުންޏާއެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ވާހަކަ އަޑު އެހިން. އިން ޝާ ﷲ އަޅުގަނޑަށް އެ ފުރުސަތު ލިބުނިއްޔާ ތި ކުންފުންޏާއެކީ މި އެޕްލިކޭޝަން ތައްޔާރުކުރަން ބޭނުން.
ހިބާ ޝަހީދު”
ރޭއްސުރެ ދިހަވަނަ ފަހަރަށް އެ މެސެޖު ކިޔައި ނިމުމުން ވެސް އީތަންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ކުރީ ދުވަހުއްސުރެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބު ނުވުމުން އީތަން ބަލި ޤަބޫލުކޮށްފައިވެއެވެ. އެހެނަސް އެވަގުތު އޭނަގެ އެ އުފާވެރި ޚިޔާލުތަކަށް ހުއްޓުމެއް އައީ، ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރުގެ އެއްފަރާތުގައި މީހަކު ޓަކި ދިން އަޑަށެވެ.
“ކާކު؟” އީތަން ބޯދިއްކުރަމުން އެހިއެވެ. އެއާއިއެކު ބެލްކަންޏަށް ނިކުމެގެން އައި ވަލީދު ފެނިފައި އީތަން ހިނިތުންވެލިއެވެ.
“ކީއްކުރަނީ މިތާ އެކަނިމާއެކަނި އިނދެ؟” ވަލީދު، އީތަންގެ ކައިރީގައި ވަކިން ހުރި ސޯފާގައި އިށީންނަމުން ބުންޏެވެ.
“ވީކެންޑްވީމަ ޗިލްކޮށްލަނީ.” އީތަން ފޯނު ލޮކްކޮށް، އުޑަށް ނަޒަރު ހިންގަމުން ބުންޏެވެ.
“ހުމް….ގާލްފްރެންޑުންނާ އެއްޗެހިވީމަ ތިކަހަލަ ޗިލްކުރާ ގަޑިތައް ވެސް ގިނަވާނެ. ވީ ކޭން އަންޑަސްޓޭންޑް.” ވަލީދު ސަމާސާ ރާގަކަށް ބުންޏެވެ.
“ގާލްފް….ޝަބީދައްތަ ރޫމާރ ފަތުރަން ފެށީދޯ؟ ވަރަށް ކްލިއާރކޮށް ބުނީމޭ ގާލްފްރެންޑެއް ނެތޭ…”
“ތިކަމެއް ނޭނގޭދޯ؟ އަދިވެސް އެއްކަލަ ކުއްޖާގެ ޚިޔާލުކުރާހެން ދޮންބެއަށް ހީވޭ ވިއްޔާ.”
“ރޯންގް! ދޮންބެއަށް އެނގެއެއްނު އަހަރެން ބޭކާރު ގޮތުގަ އިމޯޝަނަލީ އިންވެސްޓް ނުވާނެކަން؟”
“އަސްލުވެސްތަ؟ ހުމް ބަރާބަރު! ހެހެ…..ވަރަށް އުފާވޭ އީތަން އުފަލުގަ އުޅޭތަން ފެނުނީމަ. އެހެންވެ ކަންނޭނގެ ނުބައި ޚަބަރެއް ދޭން އައިސްފަވެސް ފަސްކުރެވެނީ…”
ވަލީދު އެންމެ ފަހުން ސީރިއަސް ރާގަކަށް ބުނެލި ވާހަކައިން އީތަން ހުއްޓުން އަރާ ގޮތްވިއެވެ. ދޮންބެއަށް ބަލައިލިއިރު ދޮންބެ އިނީ މާޔޫސީ ގޮތަކަށް އިސްޖެހިފައެވެ.
“ކޮން ޚަބަރެއްތަ ދޮންބޭ؟” އީތަންއަށް އަހައިލެވުނެވެ. އަހައިލިއިރު ވެސް އެ ވާނީ ކާކުގެ ވާހަކައެއްކަން އީތަންއަށް އެނގުނެވެ. އެވަގުތުން ފެށިގެން އެކަމަށްޓަކައި އަމިއްލަ ނަފްސު ތައްޔާރު ކުރެވެން ފެށީ އެހެންވެއެވެ.
ވަލީދު އީތަންއަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިލިއެވެ.
“ވަރަށް މަސައްކަތް ކުރިން އީތަންގާތު މި ވާހަކަ ނުބުނެ ވެވޭތޯ….އެކަމަކު އީތަން މިހާރު ރާއްޖެއަށް އަނބުރާ ދާ ކަހަލަ ޚިޔާލެއް ހުރީމައާއެކީ ދޮންބެ މި ބުނަނީ….އީތަންގެ މަންމަގެ ސިޓީތައް މިކޮޅަށް އައުން ހުއްޓުނީ ކީއްވެކަން ކިޔައިދޭން ބޭނުން. ތެދުތެދަށް ބުނަންޏާ….އީތަންގެ މަންމަ އީތަން މަތިން ހަނދާންކުރާހެން ދޮންބެއަށް ހިއެއްނުވޭ…”
ވަލީދު ބުނެލި ބަސްތަކުން އީތަންގެ ނޭވާ ހުއްޓުނު ވަގުތު މޭގައި ރިހުމެއް ހިފައިލިއެވެ. ކުރިންވެސް އެކަހަލަ ހީވުމެއް ހީވެފައި ވިއެއްކަމަކު ދޮންބެގެ ދުލުން އެ ބަސްތައް އިވުމުން އޭނަގެ ހިތުތެރޭގައިވި ޒަޚަމްތައް ފުންވިއެވެ.
އީތަން އެއްޗެކޭ ނުބުނެ އިންގޮތަށް އިންދާ ވަލީދު ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ސިޓީތައް ނުލިބުނު އަހަރު ދޮންބެ ދިޔައިން މަންމައާއެކީ އީތަން އުޅުނު ގެއަށް. އޭރު އެގެ ވަނީ އެހެން ބަޔަކަށް ވިއްކާލެވިފަ. ދޮންބެ ގޮއްސަ ބެލިއިރު އެގޭގަ ހުރި އީތަންގެ ހެދުންތަކާއި ފޮޓޯތަކާ ދެންވެސް އީތަންގެ ހުރި ހުރިހާ އެއްޗެއް. ޚަބަރު ބެލިއިރު އީތަންގެ މަންމަ އުޅެނީ މާލޭގެ މަހުޖަނަކާއި އިނދެގެން….އޭގެ އަހަރެއްހާ ދުވަސްފަހުން އީތަންގެ މަންމައަށް ދަރިއަކު ވެސް ލިބުނު. އަޑުއިވުނު ގޮތުގަ މިހާރު މަންމަ އުޅެނީ މަހުޖަނުގެ އެހީގަ ދަރިފުޅާއެކީ ބޭރު ޤައުމެއްގަ. އެ މަހުޖަނުގެ އެހެން ދެ އަނބިންވެސް އުޅޭ. އެކަމަކު ތުންތުންމަތިން އިވޭ ވާހަކަތަކުން އީތަންގެ މަންމަ އުޅެނީ އެ ކައިވެނީގަ އުފަލުގަ….”
ވަލީދު އެ ވާހަކަ ކިޔައި ދިންދިންހެން އީތަންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ މަންޒަރު ވަލީދަށް ވެސް ފެނިފައި ޙަމްދަރުދީވިއެވެ. ވަލީދު އެއްޗެކޭ ބުނަން އުޅެނިކޮށް އީތަން ވާހަކަ ދެއްކިއެވެ.
“އަހަރެންވެސް ހަނދާނެއް ނުވެއޭ…” އީތަން ކުރެހިފައިވާ އަޑަކުން ބުނެލި ވާހަކައިން ވަލީދުގެ އަނގަ ބަންދުވިއެވެ.
“ހަނދާނެއްނުވޭ….އަހަރެންވެސް އުޅުނީ ވަރަށް އުފަލުގަ. އަހަރެން ވެސް ބިނާކޮށްގެން މިއުޅެނީ ނުލާހިކު ރީތި ޙަޔާތެއް. ބޭނުމެއްވެސް ނޫން އަނބުރާ ދާކަށް…” އީތަން އެހެން ބުނެލި ވަގުތު އޭނަގެ އެއްލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެހެނަސް އަވަސްއަވަހަށް އެ ކަރުނަ ފޮހެލަމުން އީތަން ސޯފާއިން ތެދުވިއެވެ.
“އީތަން ޔޫ ކާންޓް ޑޫ ދެޓް! އީތަން އަނބުރާ ދާންޖެހޭކަން އީތަންއަށް ވެސް އެބަ އެނގެއެއްނޫންތަ؟ އެމީހުންނަށް ޙައްޤު އަދަބު ލިބެން އީތަން ބޭނުމެއް ނުވޭތަ؟” އީތަން ދާން ހިނގައިގަތުމުން ވަލީދު ވާހަކަ ދެއްކިއެވެ. އެހެނަސް އީތަން މަޑު ކުރުމެއްނެތި ކުރިއަށް ދިޔައީއެވެ.
“އީތަން…..ދޮންބެއަށް އެބަ އެނގޭ ދަރިފުޅު ހިތާއި ދެކޮޅަށްކަން ތިހެން ތިބުނަނީ……ދާރިސް!” އެންމެ ފަހުން ވަލީދު ކޮޅަށް ތެދުވެ ވާހަކަ ދައްކަމުން ގޮސް ގޮވައިލި ނަމުން، އީތަންގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
ނުނިމޭ
Mish
June 29, 2021 @ 11:54 am
Mish first dhwww sis
Maasha allah v v v v v reethi mibai ves❤❤❤
Mish buni hen eethan akee hama dhaaris 😁😁
Keep up the good work sis
And stay safe
Jana
July 1, 2021 @ 3:50 pm
Labba Misha first 😀 and yes Mish bunihen Ethan aky Dhaaris. <3 Jazaakillah Khairan for the support! Stay safe! <3 <3 <3
Twinkle
June 29, 2021 @ 7:15 pm
Ma shaa allah, v reethi mi bai vc. Eagerly, waiting for the next part🥰🥰🥰🥰
Jana
July 1, 2021 @ 3:51 pm
Alhamdhulillah! (All praise and thanks is for Allah) <3 Next part Saturday ga In Sha Allah ^_^
Healer
June 30, 2021 @ 3:32 am
Haadha reeche mi story Jana…love u🥰🥰🥰🥰 ekko story kiyalan libeyne nama..Ethan ge sibling akee kaakutha
Jana
July 1, 2021 @ 3:53 pm
story ekko adhi jana ah khiyaalu kurevifaeh ves neh. hehe….overall plan huttas fine details thah adhi blur koh hury. Ethan ge sibling dho? kaakubaa? kon qaumegga baa hury? In Sha Allah kuriah huri baithakun engeyne 🙂
Zaeyn..
June 30, 2021 @ 4:02 am
Omg.. eyruvx hyviyey eethan e dhaaris hen.. it’s really him dhww… Omg omg wowww… Waiting for next part curiously.. lysm sis.. be safe
Jana
July 1, 2021 @ 3:54 pm
Yesss its really him Zaeyn! 😀 Next part Saturday ga In Sha Allah. Love you too <3 Be safe!
Ibaa
June 30, 2021 @ 7:03 am
Woww vrh reethi mi bai, Masha Allah. Can’t wait to read the next part. Loved this beautiful story. Love you sis. Stay safe dear❤❤❤
Jana
July 1, 2021 @ 3:55 pm
Can’t wait to write the upcoming parts too hehe…. Part 10 liyan fashaafa hury Alhamdhulillah! ^_^ Love you too. Stay safe <3 <3 <3
Aayaa
June 30, 2021 @ 8:09 am
siiss. v v v salhi story ma sha Allah. bunaane ehcheh vx neygey..😍
Aayaa ah hyvany eethan and hiba meet vaane hn male’ in. And yess. eethan aky dhaaris😁
keep up the good work. stay safe sisss❤❤❤❤
Jana
July 1, 2021 @ 3:57 pm
adhi salhi bai kuriah othy ey Aaya 😉 hehe….Ethan hury Swiss gaehnu Aaya? kihineh baa meet vaany? *curious* And yess Ethan is Dhaaris!
Jazaakillah Khairan for the support! Stay safe you too! <3 <3 <3
kokko
July 1, 2021 @ 5:58 pm
sisge mi vaahkaves masha allah varah salhi.
sis thi liyaa vaahakathakaamedhu varah gina kudinaa meehun varah boadah happy vey. khaasakoh many of my friends varah bodah change v sisge storys kiyaafa its inspiring and enjoyful filled with advices of life. so keep up the good work.
shukuriyya sis
wating for the next ep eargerly
Jana
July 3, 2021 @ 8:00 am
Ma Sha Allah this made my day. Too often I think to myself that I’m not making much of an impact. varah bodu hiyvareh libey mi kahala comment thakun. And no doubt its only Allah Who guides and Who puts barakah in the good we do.
Jazaakillah Khairan for the support sis. May Allah bless you and your friends. Ameen!
Part 10 has been uploaded ^_^