ދާރިސް (އަށުތިރީސްވަނަ ބައި)
ދާރިސްއާއި ހިބާ އެކީގައި ތިބެގެން ވާހަކަ ދެއްކި އެ ފުރަތަމަ ފަހަރަށްފަހު ވެސް، އެދެމެދުގައި އެފަދަ ބައްދަލުވުމެއް އެދުވަހުގެ މެންދުރުގެ ވަގުތުގައި ބޭއްވުނެވެ. ދާރިސް އެވަގުތު ވެސް އިނީ އެދުވަހު ހެނދުނު ހިބާ ބުނެލި ބަސްތަކުން ޖަޒުބާތުގައި ޖެހިފައެވެ. އެހެނަސް ހިބާ އަދި ހުރިހާ ވާހަކައެއް ނުދެކެވެއެއްނޫންތޯ ބުނެ، އަދިވެސް ތިމަންނަ ނޫނެކޭ ބުނަން ޖެހިދާނެ ސަބަބެއް އޮވެދާނެއޭ ސަމާސާ ރާގަކަށް ބުނެލި ގޮތުން، އެންމެންނާއި އެކީ ދާރިސްއަށް ވެސް ހީލެވުނެވެ.
އެ ބައްދަލުވުމުގެ ތެރެއިން ދެމެދުގައި މުހިއްމު އެހެނިހެން ވާހަކަތަކާއިމެދު މަޝްވަރާ ކުރެވުނެވެ. ދެމީހުންގެ ޒިންމާތަކާއި އެ ޒިންމާތައް އެކަކު އަނެކަކާއި ޙިއްސާކުރަން ދެމީހުން އުއްމީދު ކުރަނީ ކިހާ ވަރަކަށް ކަމާއިމެދުގައެވެ. ދީނާއި އެއްގޮތަށް އުޅެން މަސައްކަތް ކުރަނީ ކިހާ ވަރަކަށް ކަމާއި ދީނާއިމެދު އުނގެނެން ދެމީހުން އެކީގައި މަސައްކަތް ކުރާނީ ކިހިނެއް ކަމާއިމެދުގައެވެ. ދަރިން ހޯދައި އެ ދަރިން ތަރުބިއްޔަތު ކުރުމާއިމެދު ދެމީހުން ގެންގުޅޭ ނަޒަރިއްޔާތުތަކާއި މެދުގައެވެ.
ގިނަ ކަންތަކުގައި ދެމީހުންގެ ނަޒަރިއްޔާތު އެއްގޮތްވިއެވެ. ދެބަސްވީ ކަންތަކުގައި ވެސް އެކަމާއިމެދު ވާހަކަ ދެއްކި ދެއްކިހެން އަނެކާއަށް އެކަކު ދިން ސަބަބުތައް ވިސްނިގެން ދިޔައެވެ. އަދި އެކަކު އަނެކެއްގެ ނަޒަރިއްޔާތަށް އިޙްތިރާމްކޮށް އެންމެ ރަނގަޅުވާނެ ގޮތަކަށް ނިންމިއެވެ.
މެންދުރު ދެމީހުންނަށް ގަޑިއިރެއްހާއިރު ވަންދެން ވާހަކައިގައި ތިބެވުނެވެ. އެ ވާހަކައަށް ނިމުމެއް އައީ ފަރީދުބެ ދެމީހުންނަށް ހަމްނާގެ މަތިން ހަނދާންކޮށް ދިނުމުންނެވެ. އެއާއިއެކު ހަމްނާއަށް އެންމެ ފުރަތަމަ ދެމީހުންގެ ކައިވެނީގެ ވާހަކަ އެންގުމަށްޓަކައި ދާރިސް އޭނަގެ ލެޕްޓޮޕް ސިޓިންގް ރޫމަށް ގެނެސް ހިބާގެ ވައިބާރ ނަންބަރުން ހަމްނާއަށް ވީޑިއޯ ކޯލެއް ކުރިއެވެ. ހަމްނާ އެކޮޅުން ކޯލު ނެގިއިރު ހިބާއާއި ދާރިސް ދިގު ސޯފާއެއްގައި އެއްކޮށް ތިއްބަސް، ފުރަތަމަ ސްކްރީނުން ހަމައެކަނި ފެންނަން ހުރީ ހިބާއެވެ. އެއީ ދެމީހުން ރާވައިގެން ތިބި ގޮތެވެ.
“ޕާރފެކްޓް ޓައިމިންގް ދޮންތާ! ހަމަ ދެންމެ ސްކޫލުން ގެއަށް އައިސް ކޮޓަރިއަށް މި ވަނީ…ވަޓްސް އަޕް؟” ހަމްނާ އެހެން ބުނެލިއިރު، ޔުނިފޯމް ލައިގެން ހުރި ހަމްނާ ފޯނަށް ބަލަން ހުރެ ގޮސް އެނދުގައި އިށީންތަން ހިބާއަށް ފެނުނެވެ.
“ދެޓްސް ގްރޭޓް! ނޭނގިވެސް މި ގުޅައިލެވުނީ ރަނގަޅު ގަޑިއެއްގަދޯ؟ ހެހެ….ވަޓްސް ރޯންގް، ހަމް؟ ލޯ ދުޅަވެފަ ތިހިރީ ކީއްވެ؟” ހިބާ ވާހަކަ ފެށީ ހިނިތުންވުމަކާއިއެކީ ކަމަށްވިޔަސް، ހަމްނާގެ ލޯ ހުރިގޮތް ފާހަގަވުމުން ހިނިތުންވުން ފޭދުނެވެ.
“އޮހް! އެއީ….ރޭގަ ހޭލާ އިނދެގެން ކޮންމެވެސް ޑްރާމާއެއް ބިންޖް ވޮޗް ކުރީއޭ…ނިދި އައިސްގެން މިއުޅެނީ…”
“ހޫނ….ދޮންތަ ދިޔައިމަ އޭގެ ފައިދާއާއި ގެއްލުން ބަރާބަރަށް ނަގައިގެން ދޯ ތިއުޅެނީ؟ ބަލައްޗޭ އެބަ އަންނަން ވަރަށް އަވަހަށް…”
“އާނދޯ؟ މާދަން ނޫން އަނެއްދުވަހުދޯ ދޮންތަ އަންނަނީ؟”
“އެގޮތަށް ފުރަތަމަ އޮތީ….އެކަމަކު މިހާރު ޕްލޭންސް ޗޭންޖްވެއްޖެ. އަދި ވީކެއްހާ ދުވަސް ފަހުން ދޮންތަ އަންނާނީ….”
“އެއީ ކީއްވެ ދޮންތާ؟”
ހަމްނާ ޙައިރާންކަމާއިއެކީ އަހައިލުމުން ހިބާގެ މޫނުމައްޗަށް ވެރިވީ ލަދުވެތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމާއިއެކީ ހިބާ ދާރިސްއަށް ބަލައިލުމުން ދާރިސް ވެސް ހިނިތުންވުމަކާއިއެކީ ބޯޖަހައިލީ ހަމްނާ ގާތު ބުނެލުމަށް ދިން ޢިޝާރާތެއްގެ ގޮތުންނެވެ. އެއާއިއެކު ހިބާ އަނެއްކާވެސް ހަމްނާއަށް ބަލައިލިއެވެ.
“ދޮންތަ މިއުޅެނީ މެރީކުރަން، ހަމް…” ހިބާ ބުނެލިއެވެ. އެއާއިއެކު އިސާހިތަކު ހަމްނާގެ ދެލޯ ބޮޑުވެ ހުޅުވިގެން ދިޔަ އަނގައިގެ މަތީގައި އެއްއަތް އެޅުނެވެ.
“ކް…ކީކޭ؟ ކޮންތާކު؟ ކިހިނެއް؟ ކާކާ؟ ކޮން އިރަކު؟ ޓެލް މީ ޓެލް މީ ޓެލް މީ!!!!” ހަމްނާ އެއްނޭވާއަކުން ހުރިހާ ސުވާލެއްކޮށް ތެޅިގަތް ގޮތުން ހިބާއާއެކީ އެ އަޑު އިވުނު ދާރިސްއަށް ވެސް ލުއި ގޮތަކަށް ހީލެވުނެވެ.
“ފަހަރަކު ސުވާލަކަށް ޖަވާބު ދޭނަން އިނގޭ ހަމް….ހަމަ މެރީކުރަން މިއުޅެނީ. މިކޮޅުގަ. މިކޮޅުން ދިމާވި ކުއްޖަކާ. އެއްކަލަ ދުވަހު ޓީވީއިން އިވުނެއްނު އިސްމާޢީލް އީތަންގެ ވާހަކަ؟”
“އިސްމާ….އޮހް އެއްކަލަ ސްވިސްއަށް ގޮއްސަވެސް ދިވެހި އެޕް ހަދާ މީހާގެ ވާހަކަދޯ؟ އޯއެމްޖީ! އެއީ އެއްކަލަ ވިންޓޭޖް ޓެކްނޮލޮޖީސްގެ ޗީފް ޑައިރެކްޓާރތަ؟ އެންޑް ހީ އިޒް މެރީންގް ޔޫ؟؟!”
“ހެހެ….އާނ. އަލްޙަމްދުލި ﷲ! މިކޮޅަށް އައިއްސަ ދޮންތަ މެރީ ކުރާނީއޭ އެއްގޮތަކަށް ވެސް ހިތަށްނާރާ….ހަމަ ކަން ދިމާވި ގޮތް މީ؟ މީޓްކޮށްލަން ބޭނުންތަ ހަމްގެ ބްރަދާ-އިން-ލޯ އާ؟”
“ޔެސް ޔެސް ދޮންތާ! އަޅެ މިހާރު ދައްކާލަދެވިދާނެތަ؟”
“ހުމް….ތިހާ ބަލާ ހިތުން އުޅެންޏާ ހަމަ މި ދައްކައިލީ….”
ހިބާ އެހެން ބުނުމަށްފަހު މޭޒުމަތީގައި ހުރި ލެޕްޓޮޕް ދާރިސްއާއި ދިމާލަށް އަނބުރައިލިއެވެ. ދާރިސް ލެޕްޓޮޕް ނަގައި އޭނަ ހިފަހައްޓައިގެން އިން ކުޝަންގެ މަތީގައި ބެހެއްޓީ ހިނިތުންވުމަކާއި އެކީގައެވެ.
“އޮހް! ޔޫ އާރ ދެއާރ….ދޮންތަ ކައިރި އަސްލު ބުނީ ފޮޓޯ ފޮނުވާށޭ….” ދާރިސް ފެނިފައި ގަތް ލަދާއެކީ ދުރު ހޯދަމުން، އަނގަ ރަނގަޅަށް ނުހުޅުވައި އެހެން ބުނި ގޮތުން ދާރިސްއާއެކީ ހިބާއަށް ވެސް ހެވުނެވެ.
“ފޮޓޯއަކުން ނުފުދޭނެއެއްނު؟ މި ބައްދަލުކޮށްލީ ލިބެން އުޅޭ ސިސް-އިން-ލޯގެ ރުހުން މި ކައިވެންޏަށް ލިބޭތޯ ބަލަންވެގެން. ތިއީ ވިއްޔާ ހިބާގެ އިމީޑިއޭޓް ފެމިލީއަކަށް ހުރި ހަމައެކަނި ކުއްޖަކީ…” ދާރިސް ރާގަކަށް ބުންޏެވެ. ހަމްނާ ދެންވެސް ޖެހިލުންވުމަކާއި އެކީ ހީލުމުން ދާރިސް އިތުރަށް ވާހަކަ ދެއްކިއެވެ.
“ބުނެބަލަ ހަމްނާ….ހަމްނާ އޯކޭތަ މި ބޭބެއާއި ހަމްނާގެ ދޮންތަ މެރީކުރަން؟” ދާރިސް އެހިއެވެ.
“އޯކޭދޯ ދެން؟ ދޮންތަ އެތައް ދުވަހެއްފަހުން މެރީކުރަން އެއްބަސްވާނީ ތި ބޭބެ ސްޕެޝަލްވީމަކަން ޔަޤީން….” ހަމްނާ ބުންޏެވެ.
“ހީ އިޒް ސްޕެޝަލް، ހަމް. ހަމަ ވަރަށް ޚާއްޞަވީމަ ނޫނެކޭ ނުބުނެވުނީ. ހެހެ….ހަމް މި ބޭބެއަށް ކިޔަންވީ ނަމެއް ވެސް ނިންމައިލަންވާނެއެއްނު؟ އީތަންބެ ކިހިނެއްވާނީ؟” ހިބާ ސްކްރީނުން ދުރުގައި އިނދެ ވާހަކަ ދެއްކިއެވެ. އެ ވާހަކަ ބުނި ހިނދު ހިބާގެ މޫނުމަތިން ހިސާބެއްގެ ހިތާމަވެރިކަމެއް ފާޅުވިއެވެ. ހަމްނާއަށް ޙަޤީޤަތް ފާޅުކުރުމާއިމެދު ދާރިސް އެއްގޮތަކަށް ވެސް އެއްބަސް ނުވިކަން ހަނދާންވުމުންނެވެ. ހިބާ ވާހަކަ ދެއްކުމުން އޭނައަށް ބަލަން އިން ދާރިސްއަށް އެކަން ފާހަގަވިއެވެ.
“އީތަންބެ…..ސައުންޑްސް ގުޑް!” ހަމްނާ ބުންޏެވެ. އޭގެ ދެވަނަ ސިކުންތުގައި ދާރިސް ވާހަކަ ދެއްކިއެވެ.
“އީތަންބެ ނޫން….ދާރިސްބެ ކިޔާ…” އީތަން ބުނެލި އެ ބަސްތަކާއިއެކީ ހިބާއަށް ދެލޯ ބޮޑުކޮށްލަމުން އޭނައަށް ބަލައިލެވުނެވެ. އަދި ވައި އަޑުން ދާރިސްއޭ ކިޔައި ގޮވައިލެވުނެވެ.
“ދާރިސް….އަޑުއިވުނު ނަމެއްހެން ހީވޭ…އޯ އެމް ޖީ ތިއީ އެއްކަލަ ބައްޕަ ހުރިއިރު އަހަރުމެން ގޭގައި އުޅުނު ސްމާޓް ކުއްޖާތަ؟ ދަ ވަން ދޮންތާ ހޭޑް އަ ކްރަޝް އޮން؟؟!” ހަމްނާ ކުއްލި ގޮތަކަށް ބުނެލި ބަސްތަކުން ލިބިފައިވާ ޝޮކާއި އެކީ ވެސް ހިބާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ދާރިސް އެއްފަހަރު ހިބާއަށް އަނެއްފަހަރު ހަމްނާއަށް ބަލައިލަމުން ހީލިއެވެ.
“އައްދެ! ތިއީ އަދި ނޭނގޭ ވާހަކައެއް….ދޮންތަ ވަރަށް ދައްކާތަ ދާރިސްގެ ވާހަކަ؟”
“އާނއެކޭ. އަބަދު ފިރިހެނެއްގެ ވާހަކައެއް ދައްކާއިރަށް ބުނާނެ ދާރިސް މާ މެޗުއާރވާނެއޭ. ދާރިސް ވަރަށް ހޭންޑްސަމް ވެސް ވާނެއޭ. ދާރިސް-“
“ހަމްނާ ޝްޝްޝްޝްޝް!”
ހިބާ ކުއްލި ގޮތަކަށް އެ އަޑު ލައްވައިލުމުން ދާރިސްއާއިއެކީ ކާގޭގައި ހުރެފައި ސިޓިންގް ރޫމަށް ނިކުތް ފަރީދަށް ވެސް ހެވުނެވެ.
“މި ގަޑީގައި ތި ވާހަކަ ނުދެއްކޭނެހެން ހީވަނީ ހަމްނާ. އެކަމަކު ކޮންމެވެސް ދުވަހަކުން ތި ސްޓޯރީ ކުރިއަށް ގެންގޮސްދޭންވާނެ އިނގޭ؟”
“އޮފްކޯސް! ސްޓޯރީ ކިޔައިދޭ ކޮންމެ ފަހަރަކު ޓްރީޓެއް ލިބޭ ގޮތަށް ވިއްޔާ އޯކޭ!” ހަމްނާ ފުރިހަމަ ހިނިތުންވުމަކާއިއެކީ އެހެން ބުނެލި އަޑަށް ހިބާ އޭނަގެ މޫނުގައި ދެއަތް އަޅައިލިއެވެ.
“ހެހެ….މިއީ ކުރިން އަހަންނަށް ފެނިފައި ހުރި ހަމްއެއް ނޫން ހިބާ! އައި ރިމެމްބާރ ވެން ޔޫ ވާރ 4 ހަމްނާ….މާ ބޮޑަށް ވެސް ވިސްނޭވަރުވެފަ ތިހިރީ. ވިސްނޭތީ މި ވާހަކަ ބުނެލާނަން އިނގޭ ހަމް. މި ބޭބެ މިއީ ދާރިސް ރަށުގެ އެއްވެސް މީހެއް ކައިރި ނުބުނައްޗޭ. ފްރެންޑެއްގެ ކައިރިވެސް ނުބުނާތި…” ދާރިސް ހިނިތުންވުމަކާއިއެކީ ފެށި ވާހަކައަށް ސީރިއަސް ރާގެއް އެޅުވިއެވެ.
“އެއީ ކީވް….އޮހް އެއްކަލަ ރޫމާރސް ގެ ސަބަބުންދޯ؟”
“ޔެސް…މިހާރު މި ބޭބެގެ އަސްލު ނަމަކީ ވެސް އީތަން. އެހެންވީމަ ބޭރު ތެރޭގަ ނުދައްކައްޗޭ ދާރިސްބެގެ ވާހަކަ.”
“އޮފްކޯސް ބޭބޭ! އައި އަންޑަސްޓޭންޑް….އެހެންވެއްޖެއްޔާ ދާރިސްބެގެ ބަދަލުގަ ދޮންތަބެއޭ ކިޔުނީމަ މާ ސަޅިވާނެދޯ؟ ފްރެންޑުން ކައިރި އޮޅިގެންވެސް ތި ބޭބެގެ ކޫލް ވާހަކަ ދެއްކެން އުޅުނަސް އޭރުން ނަން ނުބުނެވޭނެތާ…”
“ގުޑް އައިޑިއާ ހަމް! ވަރަށް އުފާވެއްޖެ ހަމް ސިއްރުކޮށްދޭނެކަން އެނގުނީމަ….”
އެއަށްފަހު ވެސް އެ ތިން މީހުންގެ މެދުގައި އެކިއެކި ވާހަކަތައް ދެކެވުނެވެ. ހަމްނާ ކައިވެނި ބޭއްވޭނެ ދުވަހަކާއިމެދު ސުވާލުކޮށް، އޭނައަށް ޕާޓީގައި ބައިވެރި ނުވެވޭތީ ހިތާމަ ފާޅުކުރިއެވެ. ކައިވެނި އޮތް ދުވަހުގެ ފަހު ދުވަހު ހަމްނާމެން ސްކޫލްގެ ޓެސްޓެއް އޮތުމާއި އެކީގައެވެ. އެއާއިއެކު ހަމްނާއަށް ކޮންމެވެސް ގޮތަކުން ބައިވެރި ވެވޭނެ ގޮތް ހަދައިދޭނެ ކަމަށް ދާރިސް ބުންޏެވެ. އެއިން ވެސް ދާރިސްއާއި ހަމްނާގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
އެ ކޯލު ނިމިގެން ދިޔުމާއިއެކު ދާރިސްއަށް ހިބާގެ ސުވާލެއް އަމާޒުވެގެން ދިޔައެވެ.
“ދާރިސް ކީއްވެ ހަމް ކައިރި ބުނީ؟ އަސްލު ހަމްއަށް ނޭނގުނަސް އަހަންނަށް އޯކޭ އޭ. އެނގޭ ކިހާ ސީރިއަސް ސަބަބުތައް ހުރެގެންކަން ދާރިސް ސިއްރުކުރަން ބޭނުންވާނީ. އަދި އަމުދުން އެ ރަށުގަ ގޮއްސަ އުޅެން މި ރާވަނީވެސް. ހަމްނާއަށް އޮޅިގެން ބުނެވިއްޖެއްޔާ ވެސް ރަށު މީހުންނަށް ވާނެ ގޮތް އަހަންނަށް އަންދާޒާ ކުރެ-“
“ހަމް އެ ބުނީއެއްނު ސިއްރުކޮށްދޭނަމޭ؟” ދާރިސް ހިބާގެ ވާހަކަ މެދުކަނޑައިލަމުން މަޑުމައިތިރި އަޑަކުން ބުންޏެވެ. އެއާއިއެކު ހިބާ ހިމޭންވާ ގޮތްވިއެވެ.
“އެކަމަކުވެސް…” ހިބާއަށް ހަމައެކަނި އެހާވަރަށް ބުނެލަމުން އިސްޖަހައިލިއެވެ. އެއާއިއެކު ދާރިސްވެސް އިސްޖަހައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ހަމްނާއަކީ ޢާއިލާއެއް ނޫންތަ ހިބާ؟ ހިބާއާއެކީ އެއްވެސް މީހަކު ނެތް ދުވަހުވެސް ހަމްނާ ހިބާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުއްޓެއްނު؟ އެހެންވީމަ އަސްލު ހަމްނާއަށް އެއްވެސް ކަމެއް ފޮރުވަން ބޭނުމެއް ނުވީ. އެއްގޮތަކަށް ވެސް ބޭނުމެއްނޫން އަހަރެންގެ ސަބަބުން ހިބާއާއި ހިބާގެ ކޮއްކޮގެ ގުޅުން ހީނަރުވެގެންދާކަށް. ކޮންމެ ގޮތެއްވިޔަސް އަހަރެން ވެސް ޙަޤީޤަތުގައި ބޭނުންވޭ ކައިރީގައި ތިބޭ މީހުންނަށް ޝައްކުނުކޮށް ޢާއިލާއެއްގެ ގޮތުގައި މީހުން ބަލައިގަންނަން. އެއީ އަހަރެން ދަސްކުރަން ޖެހިފައިވާ ކަމެއްހެން ހީވޭ…..” ދާރިސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން ހިބާއަށް އެއްޗެކޭ ނުބުނެ ބަލަން އިނދެވުނެވެ.
“ހަމަ ތެދެއް ދާރިސް އެ ބުނީ….ބޭބެއަށް ވެސް ހީވަނީ ދާރިސް އެހެދީ އެންމެ ރަނގަޅަށްހެން.” ވާހަކަ އަޑުއަހަން ދުރުގައި ހުއްޓިހުރި ވަލީދުވެސް ބުންޏެވެ. ދާރިސް އެ ވާހަކައަށް ހިނިތުންވެލިއެވެ. އެހެނަސް ހިބާގެ މޫނުމަތިން ދެންވެސް ފެންނަމުން ދިޔައީ ސީރިއަސްކަމެކެވެ. ހަމްނާއަށް ޙަޤީޤަތް އެނގުމާއިމެދު އޭނަގެ ހިތް ވަށާލާފައިވާ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.
**
ދޮންތަމެންގެ ކޯލު ނިމުމަކަށް އައުމުން ހަމްނާ ފޯނު ހިފަހައްޓައިގެން އިނދެފައި ތިރިކޮށްލީ، ފުން ނޭވައެއް ދޫކޮށްލަމުންނެވެ. އިސާހިތަކު އޭނަ ދެންމެ ދައްކައިގެން ހުރި އުޖާލާވި މޫނު މިލައިގެން ގޮސް، އެ ލޯމަތިން އޭނަ ވަރުބަލިވެފައިވި މިންވަރު ފާޅުވެގެން ދިޔައެވެ.
ހަމްނާ އެހެން އިނދެފައި އަނެއްކާވެސް އޭނަގެ ފޯނު ހިއްލައިލަމުން ވަޓްސްއެޕް ހުޅުވައިލިއެވެ. އަދި އޭގައި ހުރި ޗެޓް ލޮގްތަކުގެ ތެރެއިން އެންމެ މަތީގައި ހުރި ޗެޓް ލޮގަށް ފިތައިލިއެވެ. އޭގެ ނަމަކަށް އޮތީ ނައުފަލް ނޫން ދެވަނަ މީހެއްގެ ނަމެއް ނޫނެވެ. އެ ނަމުގެ ފަހަތުގައި ރަތްކުލައިގެ ހިތެއް ޖަހާފައިވި ގޮތުން ހަމްނާއާއި ނައުފަލްއާއި ދެމެދު އޮތީ އާދައިގެ ގުޅުމެއް ނޫންކަން އެނގިގެންދެއެވެ.
އާނއެކެވެ. ހަމްނާ ވަނީ މީގެ ހަފްތާތަކެއް ކުރިން ނައުފަލް އޭނައަށް އެދުނު އެދުން ޤަބޫލުކޮށްފައެވެ. ނައުފަލްއާއި ރައްޓެހިވެފައެވެ. އެހާ ގާތުން އުޅޭ ދޮންތައަށް ވެސް ސިއްރުކޮށްގެންނެވެ. އޭރު ކުރި އިސްތިޚާރާއިން ފެނުނު ގިނަގުނަ ޢިޝާރާތްތަކަށް ވެސް ފަހުގައެވެ. އެ ޢިޝާރާތްތަކަކީ ﷲ އޭނަ ރައްކާތެރިކުރައްވަން ދެއްކެވި ކަންތަކެއްކަން ޤަބޫލުކުރަން ހަމްނާގެ ހިތް ނޭދުނެވެ. އެހެންނޫނީ ނައުފަލްއާއި ގުޅިގެން އޭނައަށް ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކުރަން ވެސް ބޭނުމެއް ނުވީއެވެ. ނުހަނު ވަރުގަދަ ޖަޒުބާތުތަކެއްގެ ސަބަބުން ﷲ އަށްވުރެ ވެސް ބޮޑަށް އޭނަގެ ހިތް ލެނބިފައިވީ ނައުފަލްއަށެވެ. އެފަދައިން ފިރިހެން ކުއްޖަކާއި ރައްޓެހިވެ، އެކުއްޖާއާއި އެކަހެރިކޮށް ވާހަކަ ދައްކައި އުޅުމަކީ ﷲ ރުހިވޮޑިގެން ނުވާނެ ކަމެއްކަން އެނގިހުރެ ވެސް އެކަން ކުރެވެމުން ދިޔައީ އެހެންވެއެވެ.
އެވަގުތުކޮޅުގައި ވެސް އެކަން ހަނދާންވެގެން ދިޔުމުން ހަމްނާ ނުރުހުންވާ ގޮތްވީ ދޮންތައަށެވެ. އޭނައަށް އެ ވާހަކަ ކިޔައިދީފައިވަނީ ދޮންތަ ކަމަށްވާތީވެއެވެ. އަދި ދޮންތަ ނައުފަލްއަށް ވެސް ނުރުހޭކަން އެނގޭތީވެއެވެ. ދޮންތައާއި ހެދި ނޫންނަމަ އޭނައަށް ނައުފަލްއާއި އެކީ އުފަލުގައި އުޅެވޭނެކަމަށް ބުނެ ޝައިޠާނާ އެ ޚިޔާލު ޒީނަތްތެރިކުރިއެވެ.
ހަމްނާ ދޮންތައަށް ނުރުހުންވާ މި އިޙްސާސްތަކުގެ ފަހަތުގައިވަނީ، ޚުދު ނައުފަލް ވެސް އޭނައާއި ދައްކާފައިވާ ވާހަކަތަކެއްކަން ހަމްނާއަށް ރޭކާނުލައެވެ. ނައުފަލް ވެސް ހަމްނާގެ ދޮންތަގެ ދީނީ ޚިޔާލުތަކަށް ހަޖޫޖަހައި، ‘ކަޓު’ މީހެއްގެ ގޮތުގައި ސިފަކުރާތީވެކަން އެއްގޮތަކަށް ވެސް ދޭހަ ނުކުރެވެއެވެ. އެކަންތައް ފެންނާނެ ވަރަށްވުރެ ހަމްނާ ވަނީ ނައުފަލްގެ ލޯބީގައި އަނދިރިވެފައެވެ.
ފޯނުގެ ސްކްރީނަށް ބަލަން ހަމްނާއަށް އިނދެވުނީ ދެބުމަ ކައިރި ކޮށްގެނެވެ. ސްކްރީނުގައި އޭނަ އިއްޔެ ފޮނުވާފައި ހުރި މެސެޖުތަކަށް ނައުފަލް ޖަވާބު ނުފޮނުވައި ހުރި ގޮތުން އޭނަގެ ހިތް ދެރަވެފައިވިއެވެ. ނައުފަލްއާއި ރައްޓެހިވެއްޖެނަމަ އޭނަ ދެން ދުވަހަކުވެސް ހިތާމަކުރަން ނުޖެހޭނެ ކަމަށް އޭނައަށް މީގެ ދުވަސްތަކެއް ކުރިން ހާދަ ހީވެފައިވިއެވެ. ރައްޓެހިވެގެން އުޅުނު ފުރަތަމަ ދުވަސްކޮޅުގައި އޭނަ ދެކުނު އެ ހުވަފެން ޙަޤީޤަތަކަށްވިއެވެ. އެހެނަސް މާ ގިނަ ދުވަހެއް ނުވެ ނައުފަލް އޭނައަށް ދޭ ސަމާލުކަން ކުޑަވެގެން ދިޔަކަން ފާހަގަވިއެވެ. ސްކޫލް ތެރޭގައި ވެސް ނައުފަލް އެހެން އަންހެން ކުދިންނާއި އެކީ ހީ ސަމާސާކޮށް ހަދާތަން ފެންނަން ފެށިއެވެ. ހަމްނާއަށް ނޭނގޭ އަންހެން ކުދިންނާއި ވަޓްސްއެޕް މެދުވެރިކޮށް ވާހަކަ ދައްކާކަން ތުންތުންމަތިން އެނގެން ފެށިއެވެ. ހަމްނާ މި ކަންތަކާއިމެދު ނައުފަލްއާއި ސުވާލުކުރީ ވެސް ކެތްނުކުރެވޭ ހިސާބަށް ދިޔުމުންނެވެ. ސުވާލުކުރުމުން ވެސް ކުށްވެރިވީ ހަމްނާއެވެ. އޭނަގެ ބޮލުގައި އެޅުވިގެން ދިޔައީ އަމިއްލަ ލޯބިވެރިޔާއަށް ޝައްކުކުރުމުގެ އިލްޒާމެވެ. އެއިން ވެސް ހަމްނާއަށް ދުވަހަކުވެސް ނުލިބޭ ޒާތެއްގެ ހިތާމައެއް ލިބުނެވެ. އެހެނަސް އެ ވާހަކަ ދުލާއި ހަމައަށް ނުގެނެވުނީ ނައުފަލް ދެރަކުރަން ބޭނުމެއް ނުވުމުންނެވެ. ނައުފަލް އޭނައަށް ގެއްލެން ބޭނުމެއް ނުވުމުންނެވެ. އަނެއްކާވެސް އޭނަ ނައުފަލާއި ރައްޓެހިވުމުގެ ކުރިން އުޅުނު އެކަނިވެރިކަމަށް އަނބުރައި ދިޔުމުގެ ބިރު ހީވުމުންނެވެ.
އެ ބިރުވެރިކަމާއިއެކީ ހަމްނާއަށް އަވަސްއަވަހަށް އޭނައާއި ނައުފަލްއާއި ދެމެދުގައި ބަދަލު ކުރެވިފައިވި މެސެޖުތަކުގެ ތެރެއިން ސްކްރޯލްކޮށްލީ، ނައުފަލް ޝައުޤުވެރިވާނެ ވާހަކައެއް ގުޅުމުގެ ކުރީކޮޅުގައި ދެކެވިފައިވޭތޯ ބެލުމަށެވެ. ދެމީހުންގެ ގުޅުމަށް އަނެއްކާވެސް އިންޤިލާބެއް ގެނައުމަށްޓަކައި ކުރިން ކުރެވިފައިވި ސަމާސާތަކެއްގެ މަތިން ނައުފަލްއަށް ހަނދާންކޮށް ދިނުމުގެ ޚިޔާލު، އިންޓަނެޓުން އޭނައަށް ލިބިފައިވުމުންނެވެ.
މެސެޖުތަކުގެ ތެރެއިން ސްކްރޯލް ކުރަމުން ދަނިކޮށް ހަމްނާއަށް ހުއްޓައިލެވުނީ، ނައުފަލް ހަމްނާގެ ކުޑައިރުގެ ވާހަކަ ދައްކާފައިވާ މެސެޖުތައް ފެނުމުންނެވެ. ކުޑައިރު އެގޭގައި ކޮންމެވެސް މީހަކު އުޅުނެއްނޫންތޯ ބުނެ ނައުފަލް ސުވާލުކޮށްފައިވެއެވެ. އެ ކުއްޖާ މިހާރު އުޅެނީ ކޮންތާކުތޯ ވެސް ނައުފަލް އަހާފައިވެއެވެ.
އޭގެ ޖަވާބަކަށް އޭރު ހަމްނާ ބުނެފައިވަނީ ނޭނގޭކަމަށެވެ. އެހެނަސް އެކުއްޖާ ދުނިޔޭގައި ހުރިކަން ޤަބޫލުކުރާ ކަމަށާއި، ބައްޕަ އެރޭ އެކުއްޖާ ކޮންމެވެސް ތަނަކަށް ފުރުވި ވާހަކަ ވެސް ހަމްނާ ނައުފަލްއަށް ކިޔައިދީފައިވެއެވެ.
އެދުވަހު ނައުފަލް އެހާ ސީރިއަސްކޮށް ދާރިސްބެގެ ވާހަކަ އަހަންވީ ސަބަބެއް ހަމްނާއަށް ނުވިސްނުނެވެ. ދާރިސްބެ ހުންނަ ތަނެއް އޭރު އޭނައަށް ނޭނގުނަސް ދާދި ދެންމެއަކު އޭނައަށް އެނގިގެން ގޮސްފިކަން ހަމްނާއަށް އެނގުންވީ ވަގުތު މެއަށް ފިނިވެގެން ދިޔައެވެ.
އިސާހިތަކު ހަމްނާއަށް މެސެޖުތަކުގެ އެންމެ ތިރިއަށް ސްކްރޯލްކޮށްލެވުނީ، އެ ވާހަކަ ނައުފަލްގާތު ބުނަން ހިތް އެދުނު ވަރުންނެވެ. އޭނަ އެ ވާހަކަ ދައްކައިފިނަމަ ނައުފަލް ހަމަ ޔަޤީނުން ވެސް އޭނައަށް ސަމާލުކަން ދީ އޭނައަށް ފަހަރެއްގައި ޝުކުރު އަދާކޮށް ތަޢުރީފުކޮށްފާނެހެން ވެސް ހީވުމުންނެވެ. އެހެނަސް މެސެޖު ލިޔުމަށްޓަކައި ހަމްނާ އިނގިލިތައް ޙަރަކާތްކުރަން ފެށި ވަގުތު، ދެންމެ ދާރިސްބެ އޭނަ ގާތު ބުނެލި ވާހަކަތައް ވެސް ކަންފަތުގައި ގުގުމައިލިއެވެ. ދާރިސްބެގެ ޙަޤީޤަތް އެކުވެރިއަކަށް ވެސް ނޭންގުމަށް ބުނެ އެދުނު އެދުމެވެ.
އެއާއިއެކު ހަމްނާއަށް ދެ ޚިޔާލެއްގެ މަތީގައި ބުމަ ކައިރިކޮށް، ފޯނު ހިފަހައްޓައިގެން އިން ގޮތަށް އިނދެވުނެވެ.
**
ޖެހިގެން އައި ދުވަހަކީ ދާރިސްއާއި ހިބާ ވެސް ވަރަށް ބުރަކޮށް އުޅެން ޖެހުނު ދުވަހަކަށްވިއެވެ. ވިންޓޭޖް ޓެކްނޮލޮޖީސްއާއި ރާއްޖޭގެ މުދައްރިސުންވެގެން ބޭއްވި ބައްދަލުވުންތަކުގެ ނިމުން ފާހަގަކުރުމަށާއި، އެ ބައްދަލުވުންތަކުގެ ތެރެއިން އުފެދިގެން ދިޔަ އެޕްލިކޭޝަންތައް ހުށަހަޅަން ބާއްވާ ރަސްމިއްޔާތަށްޓަކައި ދެމީހުން ވެސް ތައްޔާރީތައް ވާންޖެހުނެވެ. ދާރިސް އެ ތައްޔާރީތަކަށްޓަކައި އޮފީހަށް ދިޔައިރު ހިބާ އޮންލައިން ސެޝަންތައް މެދުވެރިކޮށް އެހެން މުދައްރިސުންނާއި އޭނަ ހުށަހަޅަން ޖެހޭ ބައިތައް މަޝްވަރާކޮށް، އޭނަގެ ހުށަހެޅުމަށް ތައްޔާރުވިއެވެ.
މަސައްކަތުގެ ސަބަބުން އެރޭގެ ރަސްމިއްޔާތުގެ ގަޑި ޖެހުނުއިރު ވެސް ދާރިސް ފެންނަ ގޮތެއް ނުވުމުން ހިބާ ދެރަވާ ގޮތްވިއެވެ. ދާރިސްގެ މަސައްކަތް ނިމުނީ ރަސްމިއްޔާތު ފެށޭ ގަޑިއާއި ވަރަށް ކައިރިކޮށް ކަމަށްވުމުން، ރަސްމިއްޔާތަށްޓަކައި ތާޒާވެލުމަށްވެސް ދާރިސް ދިޔައީ އޮފީހުގެ ކައިރީގައި ހުރި ހޮޓެލަކަށްކަން ހިބާއަށް އެނގުނީ، ފަރީދުބެގެ ފަރާތުންނެވެ.
“ދެން ހުރި މެސެޖުތައް ހިބާ އަމިއްލައަށް ކިޔައިލީމަ ކަންނޭނގެ ރަނގަޅުވާނީ….ތި ދެމީހުން އަވަހަށް އިންނަން އުޅޭ. މަށަކަށް ނުވާނެ މިކަމެއް…” ފަރީދުބެ ސަމާސާވެރިކަމާއި ރުޅިވެރިކަން އެކުލެވޭ ރާގަކަށް އެހެން ބުނެލަމުން ކާރުތެރެއިން ހިބާގެ އަތަށް ފޯނު ދިއްކޮށްލިއެވެ.
ހިބާ އަވަސްއަވަހަށް ފޯނު ހޯދަމުން އެ މެސެޖުތައް ކިޔައިލިއެވެ. މެސެޖުތަކުގައި ވަނީ ބުރަކޮށް އުޅުނަސް ހިބާ މަތިން ވަރަށް ހަނދާންވާ ވާހަކަ ހިބާގާތު ބުނެދިނުމަށެވެ. އަދި މިރޭ ހިބާއަށް އޭނަ ފެންނާނެ ކަމަށް ވެސް ހިބާގާތު ބުނުމަށް އެދިފައިވި ގޮތުން، އޭނަގެ ހިތްހަމަޖައްސައިދޭން ދާރިސް ސަމާލުކަންދޭ މިންވަރު ހިބާއަށް އެނގުންވިއެވެ. އެއިން ވެސް ހިބާއަށް ދާރިސްގެ ލޯބި އިޙްސާސް ކުރެވުނެވެ. އެ ބަސްތައް މެސެޖުތަކުގައި ނެތްކަމަށް ވިޔަސްމެއެވެ.
ދާރިސް ބުނިހެން އެރޭ ހިބާއަށް ދާރިސް ނުހަނު ސާފުކޮށް ފެނިގެން ދިޔައެވެ. ހޮޓަލެއްގެ ހޯލުގައި ބޭއްވިގެން ދިޔަ ރަސްމިއްޔާތުގައި ރޭވިފައި ހުރި މޭޒުތަކުގެ ތެރެއިން ހިބާއަށް ދެވިފައިހުރީ ފުދޭވަރަކަށް ކުރީގައި ހުރި މޭޒަކަށް ވުމުންނެވެ. އެރޭ ވިންޓޭޖް ޓެކްނޮލޮޖީސްގެ ސީއީއޯއާއި، އައިޓީ ދާއިރާގައި ފުންނާބު އުސް، ސްވިޓްޒަލޭންޑްގެ ޢިއްޒަތްތެރި އެހެން ބޭފުޅުން ވެސް ވާހަކަ ދެއްކެވިއެވެ. އެހެނަސް އެ ހުރިހާ ވާހަކަތަކުގެ ތެރެއިން ހިބާއަށް އެންމެ ރީތިވެގެން ދިޔައީ ދާރިސްގެ ވާހަކައެވެ. ބުނެވުނު ކޮންމެ ބަހަކަށް ސަމާލުކަން ދީގެން އަޑު އެހުނީ ވެސް އެ ވާހަކަ އެކަންޏެވެ. އެ ހުރިހާ އެންމެންގެ ތެރެއިން އެންމެ ހައިބަތު ހުރިކަމަށް ހިބާއަށް ނިންމުނީ ވެސް ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި ދާރިސްއެވެ.
އެންމެފަހުން ޚުދު އޭނަ ވެސް އެ ޕޯޑިއަމަށް އަރައި ވާހަކަ ދައްކަން ޖެހުނު ހިނދު ހިބާގެ އަތްފައި ފިނިވެގެން ދިޔައީ އެހެންވެ ކަންނޭނގެއެވެ. އެތާނގައި ތިބި އެހެން އެއްވެސް ބަޔަކަށް ވުރެ ދާރިސް އެތާ ހުރީތީ ހިބާ ނުތަނަވަސްވާ ގޮތްވީއެވެ. އެހެނަސް އޭނަ ޕޯޑިއަމަށް އަރައި ފުން ނޭވައެއް އެތެރެއަށްލީ ހިނދު، އޭނައާއި އެތާ އިށީނދެގެން އިން ދާރިސްގެ ހަތަރުކަޅި ބައްދަލުވިއެވެ. ދާރިސް އޭނައަށް ބަލަން އިނދެ ބޯޖަހައިލި ގޮތުން ހިބާއަށް ނޭނގޭ އިޙްސާސްތަކެއް ކުރެވުނެވެ. މި ހުރިހާ ދުވަހު އަބަދުހެން ކޮންމެ ކަމަކަށްޓަކައި ވެސް އަމިއްލައަށް ހިތްވަރު އެއްކުރަން އާދަވެފައިވި ހިބާއަށް، އެހެން މީހަކު އޭނަގެ ގާތުގައިވި ކަހަލަ އިޙްސާސެއް ކުރެވުމުން ލޮލުން ކަރުނަވެސް ހިލުނެވެ.
އެހެނަސް ހިބާ އަވަސްއަވަހަށް އެ ކަރުނަތައް ހިންދައިލަމުން އޭނަގެ ވާހަކަ ފެށީ ވެސް ޙަމްދު ސަނާއިންނެވެ. ދާރިސް އޭނައަށް ނަސޭޙަތްދީފައިވާ ފަދައިންނެވެ. އަދި ދާރިސް ދާދި ދެންމެއަކު ކަންތައް ކުރި ފަދައިންވެސް މެއެވެ. ދާރިސް ބުނެފައިވެއެވެ. އޭގެ ތެރޭގައި އިސްލާމްދީނަށް ނަފްރަތު ކުރާ މީހުން ތިއްބަސް، އަހަރުމެން ދީނުގައި ހިފަހައްޓާ ގޮތުންނާއި، އަދި ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރާ ގޮތުން ވެސް އެމީހުން ދީނާއިމެދު އުނގެނެން ބޭނުންވެދާނެއެވެ. ހިބާއަށް ހިތުގެ އަޑިން އެ ވާހަކަތައް ޤަބޫލުކުރެވުނެވެ. ޚުދު އޭނަގެ ބައްޕަވެސް އެފަދަ ނަސޭޙަތެއް އޭނައަށް ދީފައިވުމުންނެވެ. އަދި އަމުދުން އޭނަގެ ޝުކުރުގެ ބަސްކޮޅު ނިމުމާއިއެކު އެންމެން އޭނައަށް ހޫނު ތަރުޙީބެއް ދިން ގޮތުން ވެސްމެއެވެ.
އެ ވާހަކަ ނިމި، ރަސްމިއްޔާތު ވެސް ނިމުމަކަށް އައުމުން ބައެއް އަންހެން މުވައްޒަފުން އޭނަގެ ކައިރިއަށް އައިސް، އޭނަގެ ޚިޔާލާއި އެއްގޮތަށް އުފައްދަމުން އަންނަ އެޕްލިކޭޝަނަކީ ކޮބައިތޯ އަހައި ސުވާލުތައް ކުރަން ފެށުމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އޭނައާއި ފޯނު ނަންބަރުތައް ވެސް ބަދަލުކުރަމުން ދިޔަ ގޮތުންނެވެ. އެ މީހުންގެ ތެރޭގައި ވަނިކޮށް ވެސް ހިބާއާއި ދާރިސްއަށް އެކަކު އަނެކަކަށް ބަލައިލެވޭ ގޮތްވިއެވެ. އެއާއިއެކު އެ ދެމެދުގައި އުފާވެރި ހިނިތުންވުންތައް ބަދަލުވެގެން ދިޔައެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު އާސިފް އިނީ އަމިއްލަ ހޮޓެލުގައި ހުރި އެންމެ ބޮޑު ކޮޓަރީގެ ސޯފާގައި އިށީނދެލައިގެންނެވެ. އެ ކޮޓަރިތަކަކީ އެ ތަންތާނގައި ސިނގިރޭޓި ބުއިން މަނާ ކޮޓަރިތަކަކަށް ވިޔަސް، އާސިފް ދޭތެރެއަކުން އަތުގައި އޮތް ސިނގިރޭޓަށް ދަމައި ދުންތައް ދޫކުރަމުން ދިޔައެވެ. އެއްއަތުން ސިނގިރޭޓީ ހިފަހައްޓައިގެން އިންއިރު އަނެއްއަތުގައި އޭނަގެ ފޯނު އޮތެވެ. ފޯނުން އޭނަ ސްކްރޯލް ކުރަމުން ދިޔައީ ރޭއްސުރެ ހުރިހާ ނޫސްތަކުގައި އެންމެ މަޤްބޫލުކަމަށް ދައްކަމުން ދިޔަ ޚަބަރުގެ ތެރެއިންނެވެ. އެއީ ރާއްޖޭގެ މުދައްރިސުންތައް ސްވިޓްޒަލޭންޑަށް ގޮސް ވިންޓޭޖް ޓެކްނޮލޮޖީސްއާއެކީ ދިވެހި އެޕްލިކޭޝަންތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ނިންމުމުގެ ރަސްމިއްޔާތު، ރޭ ސްވިޓްޒަލޭންޑްގެ ހޮޓަލެއްގައި ބޭއްވިގެން ދިޔަ ޚަބަރެވެ.
އާސިފް އެ ޚަބަރު ސްކްރޯލްކުރަމުން ދިޔަގޮތުން ޚަބަރު ކިޔަމުން ދިޔަހެން ހިއެއްނުވެއެވެ. އޭގެ ބަދަލުގައި އޭނަ ބަލަމުން ދިޔައީ ޚަބަރުގެ ދޭތެރެ ދޭތެރެއިން ލާފައި ހުރި ފޮޓޯތަކެވެ. ހުރިހާ ނޫސްތަކަށް ވެސް ލެވިފައިވަނީ ވިންޓޭޖް ޓެކްނޮލޮޖީސްއިން ނޫސްތަކަށް ފޮނުވާފައިވާ ފަސް ވަރަކަށް ފޮޓޯއެވެ. އޭގެ ތެރެއިން ދެ ތިން މުދައްރިސަކަށް ހަނދާނީ ފިލާ ޙަވާލުކުރެވޭ ފޮޓޯއާއި، އެޕްލިކޭޝަންތައް ތައްޔާރު ކުރުމުގައި އުޅުނު ވިންޓޭޖް ޓެކްނޮލޮޖީސްގެ މުވައްޒަފުންނާއި، ދިވެހި މުދައްރިސުންނާއި އެކީ ނަގާފައިވި ފޮޓޯއެއްވިއެވެ.
އެ ފޮޓޯއަށް އާސިފް ކުއްލި ގޮތަކަށް ފިތަން ފެށީ މޮޔައެއް ފަދައިންނެވެ. ލޮލުން ފެންނަމުން ދިޔަ ރަތްކަމުންނާއި އޭނަގެ ޙަރަކާތްތައް ހުރި ގޮތުން އޭނަ ހަމައެއް ނޫންހެން ހީވަމުން ދިޔައެވެ. ފޮޓޯއަށް ފިތާފިތާވެސް އޭތި ބޮޑުވެގެން ނުދިޔުމުން އައި ރުޅިއާއިއެކީ އާސިފްގެ ދަތްކުނޑި ވިކުނެވެ.
އެންމެ ފަހުން އާސިފް އެ ނޫސް ބަންދުކޮށްލުމަށްފަހު ހުޅުވައިލީ ފޭސްބުކެވެ. ރޭ އެހާ ބޮޑުކަމެއްވެގެން ދިޔުމުން ހިބާ ފޭސްބުކަށް އަމިއްލަ ފޮޓޯ ލާފައި ހުންނާނެއޭ ހިތާއެވެ. އޭނަ ހުރީ ހިބާ ދެކޭ ހިތުން ކެތްމަދުވެފައެވެ. ކިތަންމެ ނޫންކަމަށް ހެދިޔަސް އޭނަ ހިބާ ބޭނުންވެއެވެ. އެ ރީތިކަން ކައިރިން ދެކިލަން ބޭނުންވެއެވެ. އެ ނިޔަނެތިކަމުގެ ލައްޒަތު ލިބިގަންނަން ބޭނުންވެއެވެ. ހިބާގެ އެ ހުންނަ ހިތްވަރުގަދަ ގޮތްގަނޑު އަމިއްލަ ބާރުގެ ދަށަށް ގެނެސް އޭނަގެ ފިރިހެންވަންތަކަމާއި ބާރުވެރިކަން ހިބާއަށް ދައްކައިދޭން ބޭނުންވިއެވެ. އާސިފަށް ނޭނގުނަސް ކަމަކީ، ޙަޤީޤީ ފިރިހެންވަންތަކަމަކީ އަންހެނުން ނިކަމެތި ކުރުމުގެ ބަދަލުގައި ރައްކާތެރިކޮށްގެން ސާބިތުކޮށްދެވޭ ކަމެއްކަމެވެ.
ކޮންމެ ގޮތެއްވިޔަސް އާސިފް އެ ޚިޔާލުތަކުގައި އިނދެ އެކި ސޯޝަލް މީޑިއާތައް ހޭވުމުން ވެސް ހިބާގެ ފޮޓޯއެއް ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން ހަތިޔާރު ބަހައްޓަމުން އާސިފް ހުޅުވައިލީ އޭނަގެ ގެލަރީއެވެ. ގެލަރީ ހުޅުވައިލުމާއިއެކު ހިބާ ސްވިޓްޒަލޭންޑުގެ ސްކޫލްގެ އެކިއެކި ތަންތަނުގައި ހުރި ފޮޓޯތައް ފެނިގެން ދިޔައެވެ. އެ ފޮޓޯތަކަކީ މީގެ ހަފްތާތަކެއް ކުރިން އާސިފް ސްވިޓްޒަލޭންޑަށް ޒިޔާރަތް ކުރި އެކުވެރިއެއް ލައްވާ، ހިބާ އުޅޭ ސްކޫލެއް ހޯދައި އެ ސްކޫލްގެ އުޅޭ މުދައްރިސަކު ލައްވާ ނެގި ފޮޓޯތަކެވެ. އެ މުދައްރިސަކީ ހިބާއަށް އެއްކަލަ ދުވަހު ޕުޑިންގް ދިން ސްޓެލާ ނޫން ދެވަނަ މީހެއް ނޫނެވެ. އެ ޕުޑިންގް ކައިފައި ހިބާއަށް ބޮޑުވަރު ނުވީ، ހިބާ ޕުޑިންގްގެ މާ ކުޑަ އެތިކޮޅެއް ކާތީވެކަން އާސިފަށް އެނގުނީ އޭގެ އަނެއްދުވަހު ސްޓެލާ ބުނުމުންނެވެ. އެދުވަހު އެކަމާއިމެދު މޫޑު ޚަރާބުވެފައި ވަނިކޮށް، އާސިފްގެ މޫނުމަތި އިތުރަށް އަނދިރިވެގެން ދިޔައީ، ފަރީދު ގުޅާފައި ދެއްކި ވާހަކައިންނެވެ.
“އާސިފް….ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަން ޖެހޭތީ އެކަމަކު، އާސިފަށް ނުއިނދެވޭނެ ހިބާއާ…” ފޯނުގެ އަނެއްކޮޅުން އިވުނު ވާހަކައިން އާސިފަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ.
“ކަލެއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ކަލޭ މިކޮޅަށް އައިމަ ކަލެއަށް މަ ހަދާފާނެ ގޮތެއް އެނގޭތަ؟!!!” އާސިފް ހަރު އަޑުން އެހިއެވެ. އެހެނަސް މިފަހަރު ނޭނގޭ ސަބަބަކާއިހުރެ އޭނަގެ އަތްދަށުން އުޅޭ ފަރީދު ޖެހިލުމެއް ނުވިއެވެ.
“މައްސަލައެއް ނެތް ކޮންމެ ކަމެއް ކުރިޔަސް. މިއަދު މި ބުނެލީ އާސިފަށް ކޮންމެހެން އެނގެން ޖެހޭ ވާހަކައަކަށް ވާތީ މި ބުނެލީ. ހިބާ ދެން އާސިފާއި އިންނާނެހެން ހީ ނުވާތީ ސާފުކޮށް މި ވާހަކަ ބުނެލީ. ދެން ބޭއްވީ….”
ފަރީދު އެހެން ބުނެފައި އޭނައަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ވެސް ނުދީ ފޯނު ކަނޑައިލިއެވެ. އެއަށްފަހު އޭނަ ގުޅުމުން ވެސް ފަރީދު ކޯލު ބިޒީކުރުން ނޫންކަމެއް ނުކުރެއެވެ. އެއަށްފަހު ފަރީދަށް ވެސް އައި ރުޅީގައި ފަރީދަށް ދުވަހަކުވެސް ނުގުޅަން އާސިފް އަމިއްލަ ނަފްސާއި ހުވާކުރިއެވެ.
އެހެނަސް މިއަދު އޭނަ ވަނީ ހިބާގެ ޚަބަރެއް ނުލިބޭތާ އެތައް ދުވަހެއްވެފައިވުމުން ބޭޤަރާރުވެފައެވެ. ހިބާގެ ކުރީގެ ފޮޓޯތައް ބަލައިގެން ހިތްހަމަޖެހޭ ގޮތްނުވުމުން، އެ އަޑު ނަމަވެސް އަހައިލަން ބޭނުންވުމުން އާސިފް ފަރީދަށް ފޮނުވަން މެސެޖެއް ލިޔަން ފެށިއެވެ.
**
ފަރީދުގެ ފޯނަށް އާސިފްގެ މެސެޖު އައިއިރު އެ ފޯނު އޮތީ ޗޭންޖިންގް ރޫމެއްގެ ސޯފާ މަތީގައެވެ. ފޯނު ވައިބްރޭޓްވެގެން ދިޔުމުން އެތާ އިސްކޮޅާއި އެއްވަރަށް ހުރި މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ހުއްޓިހުރި ހިބާއަށް ފަހަތް ބަލައިލެވުނެވެ. އެ ހިނދު ހިބާ ހުރީ ހުދުކުލައާއި ފިޔާތޮށި ކުލައަށް އެއްވާ ގޮތަށް ހެދިފައިވާ ކައިވެނީގެ ހެދުމާއި ގުޅޭ ޝޯލްގެ ފަހު ޕިންތައް ހަރު ކުރާށެވެ.
ފޯނަށް ބެލުމަށްފަހު ފަރީދުބެއަށް އޭތި އެތާ ބާއްވާފައި ދެވުނިއްޔޭ ހިތައި ހިބާ އެއަށް ވަކި ސަމާލުކަމެއް ދިނުމެއްނެތި ލޯގަނޑަށް ނަޒަރެއް ދިނީ ހިނިތުންވުމަކާއިއެކީގައެވެ. މަޑު ރަތް ކުލައިގެ ލޭސްފޮތީގެ ބައިތަކުން ހެދިފައިވި ބޮޑު ފަސްބައެއް ހުރި ހެދުމާއި، ގަދަ ރަތް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ހިބާ ފެންނަމުން ދިޔައީ އާދައަށްވުރެ ރީތި ގޮތަކަށެވެ. އެހެނަސް ފަރާތް ފަރާތަށް މޫނު އަނބުރަމުން ބެލެމުން ދިޔައީ ދާރިސްއަށް އޭނަ ރީތިވާނެތޯ ހިތް ސުވާލުކުރުމުންނެވެ. އެއާއިއެކު އެދުވަހު ހެނދުނު އެމީހުން ފިހާރައަށް ދާން ނިކުތްއިރު ދާރިސް ދެއްކި ވާހަކަތައް ހަނދާންވެފައި ހިބާއަށް ހިނިތުންވެލެވުނެވެ.
“ހިބާގެ ހެދުން….ގަންނަންދޯ ތި ދަނީ؟ އާނ އެހެންވެއްޖެއްޔާ އަހަރެން ޑްރައިވްކޮށްދޭނަން މިއަދު!” ޝަބީދައްތަ އެމީހުން ދަނީ ކޮންތަނަކަށްކަން ކިޔައިދިނުމުން ދާރިސް އަވަސްއަވަހަށް ބުންޏެވެ.
“އުނހު ނޫނޭ….މައިކަލް ކައިރީގަ ބުނެފަ އަހަރުމެން އޮތީ.” ޝަބީދައްތަ ބުންޏެވެ.
“އެކަމަކު…މައިކަލް ޗުއްޓީކޮށްދޭންވާނެއެއްނު ބައެއް ދުވަސްދުވަހު. މި ދިޔަ ހަފްތާގަވެސް ނުލާހިކު ބިޒީކޮށް އޭނަ އުޅުނީ…”
“މައިކަލް ބުނީ މައްސަލައެއްނެތޭ އެކަމަކު..”
“އާނ ބަޓް ސްޓިލް އަހަރެން-“
“ކެތްމަދުވިޔަސް ތިއީ ބޮޑުވަރޭ ފިރިހެނާ! މިއަދު ހަވީރުގައެއްނު ކައިވެނި އޮތީ…އަހަރުމެންނާއެކީ ދިޔުމުގެ ބަދަލުގަ އަމިއްލަ ކޯޓު ގަނެ ހަވީރަށް ތައްޔާރުވިއްޔާ މާ ރަނގަޅުވާނެ!”
ޝަބީދައްތަ ހިނިތުންނުވާން މަސައްކަތް ކުރަމުން އެހެން ބުނެލުމުން ދާރިސް ހިސާބަކަށް ދެރަވެފައި ހުރެ އެންމެ ރަނގަޅޭ ބުނެލި ގޮތުން ހިބާ ވެސް ހިސާބަކަށް ދެރަވިއެވެ. އެހެނަސް ހެދުން ލައިގެން ހުރެ އެވަގުތުކޮޅު ހަނދާންވުމުން ހިބާއަށް ލުއި ގޮތަކަށް ހީލެވުނެވެ. ދެން ވަރަށް އަވަހަށް ދާރިސްގެ އިންތިޒާރު ނިމުމަކަށް އަންނާނެތާއޭ ހިތަށްއެރުމުންނެވެ.
“ކޮބައިތަ ހިބާ ނިމިއްޖެތަ؟” ޝަބީދައްތަ ދިން ޓަކީގެ އަޑާއިއެކީ ބޭރުން އަހައިލެވުނު އަޑު އިވުނެވެ.
“ލައްބަ ދައްތާ. ދެން ވަދެލިޔަސް އޯކޭ…” ހިބާ ބުންޏެވެ. އެއާއިއެކު ޝަބީދައްތަ ދޮރު ހުޅުވައިލަމުން ހިބާ ފެނުމާއިއެކު ހުއްޓުން އަރާފައި ހިބާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބެލިއެވެ. އެއާއިއެކު ‘އޯ މައި ގޯޑް’ އޭ ކިޔަމުން ހިބާއަށް ތަޢުރީފުގެ ބަސްތައް އޮއްސަން ފެށިއެވެ. ހަމަ އެވަގުތު ފަރީދުބެ ވެސް އެތަނަށް ވަދެގެން އައިސް ހިބާ ފެނިފައި ރީއްޗޭ ބުންޏެވެ. ހިބާ އެ ދެމީހުންނަށް ވެސް ޝުކުރު އަދާ ކުރުމަށްފަހު ފަރީދުބެ ގާތު ދެންމެ ފޯނަށް މެސެޖެއް އައި ވާހަކަ ބުންޏެވެ. ފަރީދުބެ އެހެންތޯ ބުނެ ފޯނު ނަގަން ދިޔުމުން ވެސް ޝަބީދައްތަ އިތުރަށް ވާހަކަ ދެއްކިއެވެ.
“ދާރިސް ހިބާ ފެނިފަ ހޭނުނެތުނިއްޔާ ރަނގަޅު! ނަސީބެއް ނުގެނެވުނުކަން ވެސް. މިއަދު ހަވީރު ސަޕްރައިޒެއް ދޭނީ. އަދި މަޑުކޮށްލަބަލަ….ސަމްތިންގް އިޒް މިސިންގް…ކުޑަ ލައިޓް މޭކަޕެއް ހިބާއާއި އެންމެ ގުޅޭނީ. އެންޑް އަ ރެޑް ލިޕްސްޓިކް!” ޝަބީދައްތަ ބުނެލި އެ ބަސްތަކުން ހިބާ ހިސާބަކަށް ޖެހިލުންވިއެވެ. އޭނަ ދުވަހަކުވެސް މޭކަޕްކޮށްފައި ނުވާތީވެއެވެ. އެހެނަސް ދާރިސްއަށްޓަކައި ރީތިވުމުގެ ޚިޔާލުން ހިތަށް ލިބުނު އުފަލުގެ ސަބަބުން ހިނިތުންވުމަކާއިއެކީ ބޯޖަހައިލެވުނެވެ.
“ހިބާ….ބަލާބަލަ ބޭބެއަށް ލިބިފައި އޮތް މެސެޖެއް…” ފަރީދުބެ ސީރިއަސް އަޑަކުން އެހެން ބުނެލީ ހިބާގެ އަތަށް ފޯނު ލައިދެމުންނެވެ.
ހިބާ ފޯނު ހޯދުމަށްފަހު އެ ފޯނަށް އައިސްފައިވި މެސެޖު ކިޔައިލުމާއިއެކު އެ މޫނުމަތިން ހިނިތުންވުން ފިލައިދިޔައެވެ. އާސިފް ފޮނުވާފައިވި މެސެޖުގައި ފަރީދުބެއާއި މުޚާތަބުކޮށް ބޭބެއޭ ކިޔައި އާދޭސްކޮށްފައިވެއެވެ. އަދި ހިބާއާއިމެދު ކަންތައް ކުރެވުނު ގޮތަށްޓަކައި މަޢާފަށް އެދިފައިވެއެވެ. އަދި ހިބާއަށް ވެސް މަޢާފަށް އެދުމަށްޓަކައި ހިބާއާއި ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުނެފައިވެއެވެ. އެ މެސެޖުތައް ފެނިފައި ވީ ފޫއްސާއިއެކީ ހިބާ ފަރީދުބެގެ އަތަށް އަނބުރައި ފޯނު ދިނެވެ.
“ބުނޭ އޭނަ ކައިރި އޭނައާއި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވެއޭ. މަޢާފަށް އެދުނަސް މަޢާފު ޤަބޫލު ނުކުރެވޭނެއޭ…” ހިބާއަށް ނުރުހުންތެރިކަމާއިއެކީ ބުނެވުނެވެ. އެއާއިއެކު ޝަބީދައްތަ ވެސް ކާކުތޯ އެހުމުން ފަރީދުބެ އާސިފޭ ބުންޏެވެ. ދާރިސްގެ ފަރާތުން އާސިފްގެ ވާހަކަ އިވިފައިވުމުން ޝަބީދައްތަ ވެސް އާސިފަށް ކުދި ކިޔައިލިއެވެ. އަދި ހިބާގާތު އެ މެސެޖުން މޫޑު ޚަރާބު ނުކުރުމަށް އެދި އަނެއްކާވެސް މޭކަޕް ކުރުމަށް ދާނެ ސެލޫންއަކާއިމެދު މަޝްވަރާކުރަން ފެށިއެވެ.
**
ފަރީދަށް މެސެޖު ފޮނުވިތާ 5 ވަރަކަށް މިނެޓްފަހުން ޖަވާބު އައުމުން އާސިފް އަވަސްއަވަހަށް އެ މެސެޖު ހުޅުވައި ބަލައިލިއެވެ. އެއާއިއެކު ހިބާ ބުނި ބަސްތައް ހުރި ގޮތަށް ފަރީދު ފޮނުވާފައި ހުއްޓެވެ. އެ ބަސްތައް ކިޔުނު ކިޔުނުހެން އާސިފްގެ ދަތްކުނޑި ވިކި، ފޯނު ހިފަހައްޓައިގެން ހުރި އަތަށް ބާރު ކޮށްލިއިރު އެ އަތް ތުރުތުރު އެޅިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާސިފް އެ ފޯނު އަތުގެ ކޮޅަށް ހޫރައިލުމުން ފޯނު ތަޅައިގެން ދިޔަ އަޑު ކޮޓަރީގައި ގުގުމައިލިއެވެ.
“މަ ބަލާނަން ކަލެއަށް ތިގޮތަށް އުޅެވޭނީ ކިހާ ދުވަހެއް ވަންދެންތޯ!” އާސިފް ރުޅިވެރިކަމާއިއެކީ އެހެން ބުނެ ހިބާއަށް އަމާޒުކޮށް ހުތުރު ބަސްތައް ކިޔައިލިއެވެ.
**
އަމިއްލަ ކައިވެނީގެ ދުވަހުގެ ވަގުތުތައް ގުނަމުން ދިޔަ ހިބާއާއި ދާރިސްއަށް އެހެން ބައެއްގެ ރުޅިވެރިކަމާއި ނަފްރަތެއް އިޙްސާސްވެސް ނުކުރެވޭ ފަދައެވެ. ދެމީހުން ވެސް އެދުވަހުގެ ކަންތައް ފިޔަވައި އެހެން އެއްވެސް ކަމަކާއިމެދު ވިސްނަން ވެސް ބޭނުމެއް ނުވެފައިވި ފަދައެވެ. ހަވީރު 4 ޖަހަން ގާތްވަމުން ދިޔަދިޔަހެން ދެމީހުން އަމިއްލަ ކޮޓަރިތަކުން ނިކުތް ވަގުތު އެކަކު އަނެކެއްގެ ކުރިމައްޗަށް މަޑުކުރެވުމުން ދެމީހުން ވެސް ހުއްޓުން އަރާ ގޮތްވިއެވެ. ހިބާ ދުވަހަކުވެސް ނުލާ ޒާތެއްގެ ރަތް ކުލައިގެ ހެދުމުގައި ހުރިތަން ފެނިފައި ދާރިސް އާޝޯޚުވީއިރު، ދާރިސް ގަދަ މުށިކުލައިގެ ކޯޓު ފަޓުލޫނަކާއި، ހުދުކުލައިގެ ގަމީހެއް ލައިގެން އިސްތަށިގަނޑު އާ ގޮތަކަށް އޮމާންކޮށްފައި ހުރި ގޮތުން ހިބާއަށް ވެސް އެހެން ދިމާލަކަށް ނަޒަރު ހިންގަން ދަތިވިއެވެ.
ދެމީހުންނަށް ހަމަހޭވެރިކަމެއް ލިބޭ ގޮތްވީ ޝަބީދައްތަ ދެމީހުންގެ ދެމެދަށް ވަދެ އަތް ހޫރައިލުމުންނެވެ. އަދި ގަޑި އެބަޖެހޭ ކަމަށް ބުނެ އަވަހަށް ހިނގާށޭ ބުނުމުންނެވެ.
4 ޖަހަންވާއިރަށް އެންމެން އެކީގައި ބޮޑު ކާރަށް އަރައިގެން ދިޔައީ ދާރިސް އުޅޭ ޢިމާރާތުގެ ކައިރީގައި ހުންނަ މިސްކިތަކަށެވެ. އެއީ ފުދޭވަރަކަށް ބޮޑު މިސްކިތަކަށްވުމުން، އެތާ ވަކި ބައެއްގައި އެމީހުންގެ ކައިވެންޏަށް ތައްޔާރުކޮށްފައި ހުރި މޭޒެއް ހުއްޓެވެ. މޭޒުދޮށުގައި ދާރިސްއާއި ހިބާ ޖެހިޖެހިގެން އިށީނދެ، ފަރީދުބެއާއި މިސްކިތުގެ އިމާމާއި ދެ ހެކިވެރިން އިށީންތަން ރަށުގައި ތިބި ހަމްނާއަށާއި ފަރީދުބެގެ ޢާއިލާއަށް ވެސް ފެންނަމުން ދިޔައެވެ. ދާރިސްގެ އެދުމުގެ މަތިން ޝަބީބާގެ ފޯނުން އެ މަންޒަރު ލައިވްކޮށް ހަމްނާއަށް ފޮނުވާފައި ހުރުމުންނެވެ. ހަމްނާގެ ފޯނު ޓީވީއާއި ގުޅައިގެން ޢާއިލާގެ އެންމެން އެ މަންޒަރު ބަލަން ތިބީ އުފާވެރި ހިނިތުންވުންތަކާއި އެކީ އިންނަން އުޅޭ ދެމީހުންނަށް ތަޢުރީފުކޮށް އެ ޒާތުގެ އެކިއެކި ވާހަކަތައް ދައްކަމުންނެވެ.
އެހެންކަމުން ދާރިސް ހިބާ އަނތްބެއްގެ ގޮތުގައި ޤަބޫލުކުރީ ދެމީހުންގެ ޢާއިލާއަކަށް ތިބި އެންމެންގެ ވެސް ހާޒިރީގައެވެ. އެވަގުތުކޮޅުގައި ދެމީހުންނަށް ވެސް ކުރެވިގެން ދިޔައީ އާދަޔާ ޚިލާފު އިޙްސާސްތަކެވެ. އެންމެން އެ މޭޒުދޮށުން ތެދުވެގެންދާން ފެށުމުން ވެސް ދެމީހުން ތިބި ގޮތަށް ތިބެ އެކަކު އަނެކަކަށް ބަލައިލަމުން އުފާވެރި ހިނިތުންވުންތައް ބަދަލުކުރިއެވެ.
ދެމީހުން އެތާނގައި ތިއްބާ ޝަބީދައްތަ ހިފަހައްޓައިގެން ހުރި ފޯނު އެމީހުންނާއި ހިސާބަށް އައުމުން އެންމެންގެ މަރުޙަބާގެ ބަސްތައް އިވެން ފެށިއެވެ. ދެމީހުން ހަމްނާއަށާއި އެކޮޅުގެ ޢާއިލާ އެންމެންނަށް ޝުކުރު އަދާކުރުމުން ޝަބީދައްތަ މާ ގިނައިރެއް ނުކޮށް ދެން ޕާޓީއިން ބައްދަލުކުރަން ފޯނު ބޭއްވުމަށް އެދުނެވެ. އަދި ދާރިސްއާއި ހިބާ ގާތު ވެސް ޕާޓީއަށް ދިޔުމުގެ ކުރިން ގެއަށް ގޮސް ކުޑަކޮށް ސައިބޯލަން ބުނެލީ އެތަނަށް ގޮއްސަ ވަގުތެއް ނުވެދާނެކަމަށް ބުނަމުންނެވެ. އެހެނަސް އޭގެ ކުރިން މިސްކިތުގައި ތިބެވުމުން ދެމީހުން އެކީގައި ނަމާދެއް ކޮށްލުމުގެ ޚިޔާލު ހިބާ ފާޅުކުރިއެވެ. ދާރިސް އެ ވާހަކައާއި އެއްބަސްވެ މިސްކިތުގައި ފޮރުވިފައި ހުރި ބަޔަށް ހިބާއާއި އެކީ ދިޔައެވެ. ނަމާދު ފަށަން އުޅެފައިވެސް ދާރިސް ހިބާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“ހިބާ އަހަންނާއި މެރީކުރީ ހިބާގެ ހަޒްބެންޑް ވަރަށް ރަނގަޅު އިމާމަކަށް ވާނެކަމަށް އުއްމީދުކޮށްގެން ކަންނޭނގެ. އެކަމަކު އަހަރެން އަދިވެސް ވަރަށް ގިނަ ކަންތައް ރަނގަޅުކުރަން ޖެހޭ ހިބާ. މި ނަމާދުގަ އަހަރެންގެ ކިޔެވުން ހިބާއަށް ނުއިވުނަސް ޙަޤީޤަތުގަ އަހަރެންގެ ކިޔެވުން ވެސް އެހާ ރީއްޗެއް ނޫން. ހާސްވެފަ ނޫނީ ނުތަނަވަސްވެފަ ހުންނަ ވަގުތު ވަރަށް ގިނައިން ރަކުޢަތްތައް ވެސް އޮޅޭ ގޮތްވޭ….ވަރަށް ބޮޑަށް މަޢާފަށް އެދެން މި ވާހަކަތައް ބުނަން ޖެހޭތީ….” ދާރިސް އިސްޖަހައިލަމުން ކިޔައިދިނެވެ.
“މަޢާފަށް އެދެންވީ ސަބަބެއް ނެތް ދާރިސް. ރީއްޗަށް ޤުރުއާން ކިޔެވުމަށްވުރެ މުހިއްމީ އެ ޤުރުއާނާއި އެއްގޮތަށް އުޅެން މަސައްކަތް ކުރުން. ދާރިސް އެފަދަ ދިރިއުޅުމެއް އުޅޭކަން އަހަންނަށް އެނގޭ. ރަކުޢަތްތަކާއިމެދު ޝައްކު އުފެދުމަކީ ހަމައެކަނި ދާރިސްއަށް ވާކަމެއް ނޫނޭ. އެއީ ކޮންމެ މީހަކަށް ވެސް ވެދާނެ ގޮތެއް. އެހެންވީމަ އަހަރެން ނަމާދެއް ކުރާއިރު ދާރިސްއަށް އެކަން ފާހަގަވެއްޖެއްޔާ ރަނގަޅުކޮށްދެއްޗޭ. އަހަރެން ވެސް ދާރިސްއަށް ގޯހެއް ހެދިއްޖެއްޔާ ރަނގަޅުކޮށްދޭނަން. އެންޑް ޓްރަސްޓް މީ، މި ވަގުތު ވެސް ދާރިސް މި ނަމާދުކުރާނީ ހަމަ އެންމެ ފުރިހަމައަށް، އިން ޝާ ﷲ.” ހިބާ ބުންޏެވެ. ހިބާގެ އެ ފަހު ބަސްތަކުން ދާރިސްގެ އަމިއްލަ ނަފްސާއިމެދު އޮތް އިތުބާރު އިތުރުވިއެވެ. ދާދި ދެންމެއަކު ހިތުގައި އުފެދުނު ނުތަނަވަސްކަން ފިލައި ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދާރިސްއަށް އެ ނަމާދު ކުރެވިގެން ދިޔައީ ހިބާ އެ ބުނި ގޮތަށް އެންމެ ފުރިހަމައަށެވެ.
ޝަބީދައްތަ ބުނިހެން ޕާޓީ ބާއްވަން ހަމަޖެހިފައި އޮތް ހޮޓެލަށް ދިޔުމުގެ ކުރިން އެމީހުން ގެއަށް ދިޔައީ ސައިބޯލާށެވެ. ޕާޓީ ފެށެން އަދި ބައިގަޑިއިރެއްހާއިރު އޮތުމާއި އެކީގައެވެ. ޕާޓީގެ ދަޢުވަތަށްޓަކައި ދާރިސް ވަނީ ލިންކެއް ހަދައި އެ ލިންކުން ޕާޓީގެ އެކިއެކި މަންޒަރުތައް ވަގުތުން ފެނޭގޮތަށް ހަދާފައެވެ. އަދި އެ ލިންކް ޝެއާރ ކުރެވޭއިރު ‘އީތަން’ އާއި ހިބާގެ ކައިވެނީގެ ދަޢުވަތު ކާޑު އަރާ ގޮތަށް ތައްޔާރުކޮށްފައެވެ. އެ ދަޢުވަތު ކާޑު ޑިޒައިން ކުރީ ދާރިސްއެވެ. ހިބާގެ ބައެއް ޚިޔާލުތަކާއިވެސް އެކީގައެވެ.
ދާރިސް އޭނަގެ އޮފީސް ގްރޫޕުގައި އެ ލިންކް ޝެއާރކޮށް، ޕާޓީގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަންވާ ގަޑިއާއި ތަން އަންގާފައިވިއެވެ. ހިބާ ވެސް އޭނަގެ ސްކޫލް ގްރޫޕަށާއި އަވަށްޓެރި ބައެއް ގޭގެ މީހުންނާއި ވެސް ލިންކް ޙިއްސާ ކުރިއެވެ. ދެމީހުން ކާމޭޒުދޮށުގައި ޖެހިޖެހިގެން ތިބެ ކެއުމެއް ނެތި އެކި މީހުންގެ ފަރާތުން އަންނަމުން ދިޔަ މަރުޙަބާގެ މެސެޖުތަކާއި، ލިންކާއިމެދު އަންނަމުން ދިޔަ އެކި ސުވާލުތަކަށް ޖަވާބު ދެމުން ދިޔައެވެ. އެމީހުން އެހެން ތިއްބާ ޝަބީދައްތަ ކުއްލި ގޮތަކަށް އައިސް ހިބާގެ ކުރިމަތީގައި ކިރުތަށްޓެއް ބެހެއްޓުމުން ދެމީހުންވެސް ކުޑަކޮށް ސިހުންވާ ގޮތްވިއެވެ.
“އެހެން އެއްޗެއް ނުކެޔަސް މި ބޯލާ! ސްކިން ކެއާރ ރޫޓީން ހިބާ، ސްކިން ކެއާރ!” ޝަބީދައްތަ އެ ފަހު ބަސްތައް ބުނެލީ މޫނުމަތިން އެއްއަތް ހިންގަމުންނެވެ. އެއާއިއެކު ޝަބީދައްތަ މީގެ ދުވަސްކޮޅެއް ކުރިން ހަންގަނޑު ރީއްޗަށް ބެހެއްޓޭނެ ގޮތްތައް ކިޔައިދިން ގޮތް ހަނދާންވެފައި ‘އޮހް’ އޭ ބުނެ ކިރުތަށި ނަގައި ކުޑަކޮށް ބޯލިއެވެ. ހަމަ އެ ވަގުތު ފޯނަށް އެހެން މެސެޖެއް އައުމުން ހިބާ އެ ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު އަނެއްކާވެސް މެސެޖަށް ޖަވާބެއް ލިޔަން އުޅުނެވެ. އެހެނަސް އެވަގުތު ކައިރީގައި ހުރި ދާރިސް އޭނަ ބެހެއްޓި ތަށި ނަގައި ހިބާ ތުންފަތް ޖެއްސި ތަނުގައި ތުންފަތް ޖައްސައި ކިރު ތަށިން ބުއެވެ. އެ މަންޒަރު ފެނިފައި ހިބާއަށް ނޭނގި އޭނަގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ހިބާ އޭނައަށް ބަލަން އިންކަން އެނގި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ދާރިސް ހިބާއަށް ބަލައިލިއެވެ. އަދި ދެންމެ ޝަބީދައްތަ ހެދިހެން މޫނުމަތިން އެއްއަތް ހިންގަމުން ދައްތަ ބުނި ރާގަށް ‘ސްކިން ކެއާރ’ އޭ ބުނެލުމުން، ގެންފައިވި ލަދާއި އެކީވެސް ހިބާއަށް ހެވުނެވެ. އެއާއިއެކު ދާރިސްވެސް ހިބާއަށް ބަލަން އިނދެ ހީލިއެވެ.
**
ހޮޓެލުގައި ދާރިސްއާއި ހިބާގެ ކައިވެނި ބޭއްވިގެން ދިޔައީ އަންހެނުންނާއި ފިރިހެނުން ވަކިންނެވެ. އެއީ ވެސް އޭނަގެ ކުންފުނީގެ މުވައްޒަފުންނަށް މިސާލެއް ދެއްކުމުގެ ގޮތުން ދާރިސްއާއި ހިބާ އެކީގައި ނިންމި ނިންމުމެކެވެ. އެހެނަސް އޭގެ ނަތީޖާއެއްގެ ގޮތުން ޕާޓީގެ ތެރެއިން ވެސް ދެމީހުންނަށް އެކަކު އަނެކަކަށް ފެންނަ ގޮތް ނުވުމުން ދެމީހުންގެ ހިތުގައި ވެސް ޝަކުވާ އުފެދުނެވެ. ރަށުން މީހުން ހިބާއަށް ގުޅާވަރުން ހިބާއަށް ދާރިސްއަށް ގުޅޭ ގޮތެއްވެސް ވީއެއްނޫނެވެ.
މިފަދަ ގޮތަކަށް ވަގުތުތައް ދަމުން ގޮސް އިރު އޮއްސެމުން ދިޔަ ވަގުތު ޕާޓީއަށް ހާޒިރުވި މެހުމާނުންގެ ޢަދަދުވެސް މަދުވިއެވެ. ބެލްކަނީގައި އިރުއޮއްސެމުން ދިޔަ މަންޒަރު ބަލަން ހުރެފައި ހިބާ އެ ފްލޯއިން ހިފާފައި ހުރި ރޫމަކަށްވަނީ މަޣްރިބް ނަމާދު ވަގުތުވުމުންނެވެ. ނަމާދުކުރުމަށްފަހު އޭނައާއި ދާރިސްގެ އުފާވެރި މުސްތަޤްބަލަށްޓަކައި ދުޢާތައް ކުރުމަށްފަހު ހިބާ ނިކުތްއިރު ހުއްޓުންއެރީ، ދާރިސް އޭނަ ދެންމެ ހުއްޓި ހުރި ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިގެން ހުރިތަން ފެނުމުންނެވެ. އެއާއިއެކު ވީ އުފަލާއިއެކީ ހިބާއަށް ބެލްކަންޏަށް ނިކުމެވުނީ ވެސް ދުވުމަކަށް ބަދަލުވަމުން ދިޔަ ހިނގުމެއްގައެވެ. ހިބާގެ ފިޔަވަޅުތަކުގެ އަޑު އިވިފައި ދާރިސްއަށް ފަހަތް ބަލައިލެވުނު ވަގުތު ހިބާއަށް ދާރިސްއާއި އެއްހަމަ ކުރެވުނީއެވެ.
“ނަމާދުކޮށްލާފަ ތިއައީ؟” ދާރިސް ސުވާލުކުރިއެވެ. ދާރިސް އެންމެ ފުރަތަމަ ވެސް ނަމާދުގެ ވާހަކަ އޭނައާއި ދެއްކުމުން ހިބާގެ ހިތަށް ލިބުނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. ސުވާލުގެ ޖަވާބަކަށް ހިބާ މަޑުމަޑުން ބޯޖަހައިލިއެވެ.
“އަހަރެން ވެސް މިއައީ ކޮށްލައިގެން. ތިރީގަ ވެސް މީހުން ވަރަށް މަދުވެއްޖެ. މިހާރު ގިނަ މީހުން އައިސް އަހަންނާއި ބައްދަލުނުކޮށް ކާންދަނީ…ހެހެ….އޭގެ މާނައަކީ ހުރިހާ ކްލޯޒް މީހުން އައިސް ނިމުނީއޭ.”
“ހުމް….މިކޮޅުގަ ވެސް ހަމަ އެހެން…”
“ޕާޓީ ނިމޭ ގަޑި ޖެހެން އަދި ބައިގަޑިއިރު އެބައޮތް….އެކަމަކު އެހާއިރު ވަންދެން ހުންނަން ވެއްޖެއްޔާ އަހަރެންގެ ބޯ ގޯސްވެދާނެހެން ހީވަނީ…”
“ސޭމް!”
“އެހެންވީމަ ހިނގާ! ލެޓްސް ރަންއަވޭއި!”
“ވަޓް؟ ވެއާރ؟”
“ސަމްވެއާރ…..ހިބާ ބުނީމެއްނު ތިމަންނަގެ ޑްރީމްއެކޭ އަމިއްލަ ވެޑިންއެއްގަ ހުރެފަ އެކަކަށްވެސް ނާންގާ ފިލައިގެން ދިޔުމަކީ؟”
“ވަޓް؟! ތިއީ އަހަރެން ކޮން ދުވަހަކު ބުނި ވާހަކައެއް؟”
“އެއްކަލަ….ކޮންމެވެސް ސޯޝަލް ސައިންސް ކްލަބްގެ ޕްރޮޖެކްޓެއް ހަދަމުން ދިޔަ ދުވަހު. އެކި ކަލްޗާރސްތަކުގެ ވެޑިންގްއާއި ބެހޭގޮތުން ހޯދަމުން ދިޔައިރު ހިބާ ބުނީ….ވަރަށް ތްރިލިންގްވާނެއޭ އެގޮތަށް އަމިއްލަ ވެޑިންގް އިން ގެޓްއަވޭވެއްޖެއްޔާ…”
ދާރިސް އެ ދެއްކި ވާހަކަތަކުން ހިބާގެ ބަސް ހުއްޓުނެވެ. އެހެނީ ދާރިސް އެ ހަނދާން ކޮށްދިނީ ޚުދު އޭނަ ވެސް ހަނދާން ނެތިފައިވާ އޭނަގެ އަމިއްލަ ބަސްތަކެވެ. ދާރިސް އެ ވާހަކަ އެ ބުނެލީ އޭނަ ހަމަ އެދުވަހު އެ ވާހަކަ އަތުރައިލި ގޮތަށްކަން ހިބާއަށް ޔަޤީން ކުރެވުނުއިރު އަޖާއިބުވާހާވިއެވެ. އޭނަ އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ދާރިސް އެހެންނޫންތޯ އެހުމުން ހިބާ ވާހަކަ ދެއްކިއެވެ.
“ޔެސް އައި ޑިޑް ސޭއި ދެޓް….އެކަމަކު، އެއީ ވަރަށް އިމެޗުއާރ ދުވަސްވަރެއްގަ ދެކެވުނު ވާހަކައެއް. އިޓްސް ޗައިލްޑިޝްދޯ ފެމިލީ މީހުން ކައިރި ނުބުނެ އެގޮތަށް ދިޔުން؟” ހިބާ އެހެން ބުނެލި ބުނެލިހެން ދާރިސްގެ ހިނިތުންވުން ފޭދިގެން ދިޔައެވެ.
“އެހެން….ދޯ ހިބާއަށް މިހާރު ފީލްވަނީ؟” ދާރިސް އެހެން ބުނެލީ ކުރިމައްޗަށް ނަޒަރު ހުއްޓައިލަމުންނެވެ. އޭގެ އިރުކޮޅެއްގެ ތެރެގައި ދާރިސް އަތުގެ އިނގިލިތަކުގެ ނިޔަފަތްތައް ހާކަން ފެށި ގޮތުން ދާރިސްއަށް އުދަގޫތަކެއް ވާންފެށީކަން ހިބާއަށް އެނގުންވިއެވެ. ކުޑައިރު ހިބާއަށް ދާރިސްގެ އެ ޙަރަކާތް ފެނިފައިވަނީ ދެ ތިން ފަހަރެވެ. އެއީ ދާރިސް ކަމެއް ރާވައި އެ ރޭވުމާއި އެއްގޮތަށް ކަމެއް ނުދަންޏާ ދާރިސްގެ ފަރާތުން ފެނިގެންދާ ޙަރަކާތެކެވެ. ދާރިސް ކިތަންމެ ނޫންކަމަށް ހަދައިގެން ހުރެ ދެންމެ އެ ވާހަކަތައް ދެއްކިޔަސް އެ ‘ގެޓްއަވޭ’އަށް ދާރިސް ހުރީ ގިނަ ރޭވުންތަކެއް ރާވާފައިކަން ހިބާއަށް އެވަގުތު އެނގުންވިއެވެ. އެއާއިއެކު ދާރިސްގެ ހިތްހަމަޖައްސައިދޭން ބޭނުންވިއެވެ. އެހެންނޫނަސް ދާރިސް އޭނައަށްޓަކައި ރާވާފައިވާ ރޭވުމަކުން އޭނައަށް އުފަލެއް ނޫނީ ނުލިބޭނެކަން ޔަޤީންކުރަމުންނެވެ.
ހިބާއަށް ނުބަލަން ނިންމައިގެން ހުރި ދާރިސް އެ ދިމާލަށް ބަލަން މަޖުބޫރުވީ، ލޮލުގެ ކޮޅުން ފެނުނު މަންޒަރުން ހިބާ ގުދުވަމުން ދިޔަހެން ހީވުމުންނެވެ. ދާރިސް ބަލައިލިއިރު ހިބާ ރެއިލިންގް ގައި ހިފަހައްޓައިގެން ހުރެ ހިބާ ލައިގެން ހުރި އުސް ބޫޓުގެ ދެ ކިބަ ވެސް ބައިލަމުން އެއްފަރާތުގައި ބެހެއްޓީއެވެ.
“އުސް އެއްޗެއް ލައިގެން ދުވަން އުދަގޫވާނެދޯ؟ އެކަމަކު ހުސް ފަޔާވެސް ނުދެވޭނެތާ….ހޮޓެލް ރޫމުގަ ހުރި ކަންނޭނގެދޯ ސްލިޕާރސްއެއް؟ ނަގައިގެން އަންނާނަން އިނގޭ؟” ހިބާ އެހެން ބުނެފައި ދާން އުޅުނު ވަގުތު ދާރިސް ހިބާގެ އަތުގައި ހިފައި އޭނަގެ ކައިރިއަށް ގެނައެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ހިބާ އޭނަގެ އަތްދަނޑިމައްޗަށް އުފުލައިލި ހިނދު ހިބާގެ ހިތުގެ ތެޅުން އަވަސްވިއެވެ.
“މި ގޮތް އެންމެ ރަނގަޅުތަ؟” ދާރިސް ހިބާގެ މޫނަށް ބަލަން ހުރެ ސުވާލުކުރިއެވެ.
“ހުމް….ހުވަފެންތަކަށްވުރެ ވެސް ސަޅިކޮށް މިދަނީ.” ހިބާއަށް އެހެން ބުނެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެއާއިއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
ނުނިމޭ
Jana
November 6, 2021 @ 3:56 pm
Salaam. Next part Wednesday ga In Sha Allah. E bai in bodethi kanthah vaan fashaane anekkaaves. Jana ah ves engey story kudakoh drag vamun dhaakan. Perhaps its because I love this couple so much that I don’t want to leave out any bit. Hehe…. But In Sha Allah will be fixing the pace soon.
Much love dear readers. Stay safe! <3 <3 <3
Ibaa
November 6, 2021 @ 4:21 pm
best story as always!!! 💕
Masha Allah.. Amazing..May Allah bless you sis.Ameen.. Much love..
Jana
November 11, 2021 @ 4:30 pm
Alhamdhulillah!! May Allah bless you more sis. Ameen! Much love! <3 <3 <3
mish
November 7, 2021 @ 2:01 am
they got together …at laaaaaasttt
<3 <3 <3
why Ham Nauf aa rattehi vee
I want to cry 🙁 🙁
and please dont tell about Dhaaris
Hiba and Dhaaris <3<3<3<3<3<3
Jana
November 11, 2021 @ 4:29 pm
Yaaaay!!!! I’m so happy about Hiba and Dhaaris too. Yes why dho Ham ehen hedhy? let’s see what she does with the secret.
Alhamdhulillah! Jazaakillah Khairan for the support! <3 <3 <3
Aalaa
November 7, 2021 @ 2:07 am
maasha allah sis
very interesting and beautiful story
sis ge kureege vaahaka thakaa varah thafaathu
i mean ehn faharu thakuge weddings ga black hedhumeh lanee ur characters
but this time a red and white dress
I wonder why you changed it this time
but….^.^ ^.^ ^_^
Jana
November 11, 2021 @ 4:37 pm
Alhamdhulillah! hehe…Aala thihen bunyma Jana ah notice vee ves. Ekamaku dhe vaahaka egga huri kanneyge dho black noon ehen wedding dress thah? Asr aai Hadhiyaa ga. Hadhiyaage Maasha menge wedding hury brown dress eh hen Jana ah heevany. Aneh hen kula huttas massala eh neh kanneynge dho Aala? 😀
Komme vaahaka egga ves e vaahakaige characters aa wedding ga characters ge mood hunna gothakah Jana vaahakaiga wedding ves raavany. Mi vaahaka mi varah thafaathuvany dhe meehun ves ekaku anekeh dheke varah loabive dhe meehunves varah emotionally stable veema hen. And that’s actually how marriages are supposed to be I guess. Took me this long to realize. hehe ^_^
aalaa
November 16, 2021 @ 9:49 am
yup massala eh noon eii…I just loved it
<3
LIYUNTHERIYAA
November 7, 2021 @ 4:17 am
Wow.. maashaa Allah 💝💖
Jana sis I will be waiting for you
Much love ❤️
^__^
Jana
November 11, 2021 @ 4:39 pm
This comment made me feel like I have an appointment with you LIYUNTHERIYAA 😀 hehe….Alhamdhulillah! Much love! <3 <3 <3
eunoia
November 7, 2021 @ 11:47 am
maasha Allah vrh gulhey couple eh haha..❤️kudakoh hevijje mi part kiyan in iru vx..💞 i can’t stop waitin for this..💘it’s jus Hama ranglhah vx story ah vadhevey hn heevany 💫😂 nd Jana sis hn eunoia also loves this couple soo muchhh!!😻 curiosity waitin for next✨🤍
Jana
November 11, 2021 @ 4:40 pm
Dhww? Varah gulhey e dhemeehun hama asluves <3 The chemistry and compatibility is just top-notch and I don't think other couples in my stories come close to these too <3 So in love with them. Alhamdhulillah! Next part uploaded 😉
I.S.H.Y.Y
November 7, 2021 @ 12:28 pm
💜🤍💜
Wowwww ….
Best story….🥺
Jana
November 11, 2021 @ 4:41 pm
Alhamdhulillah! <3 <3 <3
Jana
November 9, 2021 @ 3:17 pm
Salaam dear readers. This is to tell you that I don’t think I can upload part 39 of Dhaaris by tomorrow. Hence will be uploading that episode on THURSDAY In Sha Allah. Pretty busy weeks ahead but will try my best not to have too many delays In Sha Allah.
Thank you all for the lovely comments and support! 😀 <3 Will be replying to them after uploading the next episode In Sha Allah.
Much love dear readers! Stay safe! ❤ ❤ ❤