ދާރިސް (ސަތިރީސްވަނަ ބައި)
“އަދިވެސް އެއްފަހަރު ހިބާއާއި މި ސުވާލުކޮށްލާ ހިތްވޭ….ހިބާއާއި އަޅާލާނެ މީހަކު ހިބާގެ ކައިރީގަ ނެތްތަ؟”
އެ ސުވާލު ހިބާއާއި ކޮށްލީ ޑޮކްޓަރ ޔުނާއެވެ. ޑޮކްޓަރ ޔުނާ ހިބާއާއި ވާހަކަ ދައްކަމުން ދިޔައީ ވީޑިއޯ ކޯލެއްގެ ތެރެއިންނެވެ. ދާރިސް ހިބާއަށްޓަކައި އެޕޮއިންޓްމެންޓް ހަދައިދިން ރޭގައެވެ.
ޑޮކްޓަރުގެ ފަރާތުން އިވުނު ސުވާލުން ހިބާއަށް ބުނަންވީ އެއްޗެއް ނޭނގިފައި އިނދެވުނެވެ. އެ ސުވާލު އެންމެ ފަހުން ކުރެވުނު ރޭ ފަދައިން އޭނަގެ ލޮލަށް ސިފަވާން ފެށީ ހަމަ އެންމެ ސޫރައެކެވެ. އެކަމާއިމެދު އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި ދެބުމަ ކައިރިކޮށްގެން އެނދުމަތީގައި ފޯނު ހިފަހައްޓައިގެން އިނުން ނޫންކަމެއް ހިބާއަށް ނުކުރެވުނެވެ.
ހިބާ އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ޔުނާ ލުއި ގޮތަކަށް ހީލިއެވެ. އެއާއިއެކު ހިބާގެ ސަމާލުކަން ޔުނާއަށް ހުއްޓުނެވެ.
“އަހަންނަށް ހީވަނީ ހިބާއާއިމެދު އަޅާލާ މީހަކު އަހަންނަށް ވެސް އެނގޭހެން. ޒިހާން ޑިއުޓީގަ ހުއްޓާ 20 ވަރަކަށް ފަހަރު މި ބުނާ މީހަކު ގުޅާފަ ހުރިކަމަށް ޒިހާން ބުނީ. ޑިއުޓީ ނިންމާލާފަ ގުޅައިލިއިރަށް އަވަސްއަވަހަށް ބުންޏޯ އޮންލައިންކޮށް ޑޮކްޓަރ ޔުނާއާއި ކޮންސަލްޓް ކުރެވިދާނެތޯ…..ކުއްޖަކު ވަރަށް ސަކަރާތްވެގެންނޯ މިއުޅެނީ. ޒިހާން ބުނީ ތިމަންނަ ސަމާސާއަކަށް ބުނީމޯ އައިސީޔޫއަށް ގެންދާވަރު ނުވަންޏާ އެޕޮއިންޓްމެންޓެއް ނެހެދޭނެޔޯ…އެހެން ބުނީމަ އާދޭސް ކުރިޔޯ. އާދައަށްވުރެ ގިނައިން ޕޭއިވެސް ކުރާނެ ކަމަށް ބުނެ….މިއީ އަޅައިލުމާއި ލޯތްބަށް ނުވަންޏާ ކޯޗެއްތަ ހިބާ؟ ހިބާ ބޭނުމެއްނުވޭތަ އެ ލޯތްބަށް ފުރުސަތެއްދޭން؟”
ޔުނާ ވާހަކަ ދެއްކުމަށްފަހު ސުވާލުތައް ކުރިއެވެ. އިވުނު ވާހަކަތަކުން ހިބާގެ ހިތަށް ކުރި އަސަރާއިއެކީ އެ ލޮލުން ކަރުނަތައް ނިރައިލިއެވެ. އެންމެފަހުން މީހަކު އޭނައާއިމެދު އެހާ ބޮޑަށް ކަންބޮޑުވެ އިސްނަގައިގެން ކަމެއް ކޮށްދޭން އުޅުނު ހަނދާނެއް ހިބާގެ ސިކުނޑިއަށް ނައީތީވެއެވެ. އެ ވާހަކަ ބުނަން ބޭނުންވިއެއްކަމަކު އެކަމަށް ދޫ ނުކުޅެދުނެވެ. ވާހަކަ ދައްކަން ފަށައިފިނަމަ ނުހަނު ފުން އިޙްސާސްތަކާއިއެކީ ރޮވެން ފަށާފާނެހެން ހީވުމުންނެވެ. އޭނަގެ އިޙްސާސްތައް އެއްވެސް މީހެއްގެ ކުރިމަތީގައި ފާޅުވިޔަ ނުދީ އެތައް އަހަރެއް ވޭތުވެފައިވުމުން، އެހެންވެއްޖެނަމަ އޭނަ ބަލިކަށިވެދާނެކަމުގެ ބިރު ހީވީތީވެސްމެއެވެ.
ހިބާ ދެންވެސް އެއްޗެކޭ ނުބުނުމުން ޔުނާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އިފް ޔޫ އާސްކް މީ…..އިސްމާޢީލް އީތަންއަކީ ހިބާއަށް ވަރަށް ރަނގަޅުވާނެ ހަރުދަނާ ޒުވާނެއް. ހީވާގޮތުން އީތަންއާއި ހިބާގެ ދެމެދުގަ ޢުމުރުގެ ވެސް މާ ބޮޑު ތަފާތެއް ނެތް. އަދި ތަފާތެއް ހުއްޓަސް ހިބާއާއި އީތަން އެތައް ގޮތަކުން އެބަ ގުޅޭ. ދެމީހުންގެ ވެސް ސިމިލާރ އިންޓްރެސްޓްސް ހުރެފަ، ދެމީހުން ވެސް އަމިއްލަ ޒާތުގަ ކާމިޔާބުވެފަ، އެއްކަހަލަ ވެލިއުސްތަކެއް ދެމީހުންވެސް ގެންގުޅެނީ…..ހިބާގެ މަޤާމުގަ އެހެން އެއްވެސް އަންހެން ކުއްޖެއް ހުރިނަމަ އަމިއްލައަށް އިސްނަގައިގެން ވެސް އީތަންއާއި ގުޅެން މަސައްކަތް ކުރާނެހެން ހީވަނީ. އީތަންއަކީ އެހާވެސް ރަނގަޅުވެފަ، ކާމިޔާބުވެފަ، ލާރި ހުރި ޒުވާނެއް….އަހަރެންގެ އޮޕީނިއަން މި ކިޔައިދިނީ އިނގޭ. އެއްގޮތަކަށް ވެސް ހިބާއަށް ފޯސްއެއް ނުކުރަން އީތަންއާއި ގުޅޭކަށް….އިފް އައިމް ނޮޓް ރޯންގް، އީތަންގެ ހުރި ބައްޔެއްގެ ސަބަބުންތަ ހިބާ-“
“ނޫން!”
ހިބާ ކުއްލި ގޮތަކަށް ދިން ޖަވާބުން ޔުނާގެ ވާހަކަ ހުއްޓުމަކަށްއައެވެ. އެއަށްފަހު ޔުނާ ހިބާ އިތުރަށް ވާހަކަ ދައްކާނެ އިރަކަށް މަޑުކުރިއެވެ.
“އަޅުގަނޑު އެއްގޮތަކަށް ވެސް ދާރް….އީތަން ދޫކޮށްނުލާނަން އީތަންގެ ހުރި ބައްޔެއްގެ ސަބަބުން…..އެއީ ބައްޔެއްވެސް ނޫން. އެއީ ޑިސްއޯޑާރއެއް. ތެރަޕީއާއި ވަށައިގެން ތިބި މީހުންގެ އެހީއާއިއެކީ އިމްޕްރޫވްވާނެ ކޮންޑިޝަންއެއް. އެ ޙާލަތުގެ ސަބަބުން ވަކި އީތަންއަކީ މީހަކަށް ކަމުނުދާނެ ޒުވާނަކަށް ނުވާނެ. އެއްވެސް އެހީއެއް ނުލިބުނު ދުވަހުވެސް އެއީ ނުލާހިކު ހެޔޮ ހިތެއްގެ ވެރިއެއް. އަޅުގަނޑަށް އެނގޭ އީތަން އަޅުގަނޑަށް ރަނގަޅުވާނެކަން. ޑޮކްޓާރއަށް ވުރެ ވެސް ރަނގަޅަށް އަޅުގަނޑަށް އީތަން އެނގޭ…އެކަމަކު…..މީހަކާއި އިންނަން ވާހަކަ ދެކެވުނު ކޮންމެ ފަހަރަކު ކަންތައް ވެފައިވާ ގޮތުން ޖެހިލުންވަނީ….ކޮންމެ ފަހަރަކު މީހަކާއި އިންނަން އިސްތިޚާރާ ކުރުމުން ނޭދެވޭ ޢިޝާރާތްތައް ފެންނަނީ. އެ ޢިޝާރާތްތަކުގެ ތެރެއިން އަހަންނަށް އަނިޔާއެއް ލިބެންވެސް ގާތްވި. އެހެންވީމަ….”
ހިބާ ވާހަކައިގެ ކުރީކޮޅު ސާބިތު އަޑަކުން ދާރިސްގެ އަބުރު ރައްކާތެރި ކުރިއެއްކަމަކު، ފަހު ކޮޅު އެ އަޑު ތުރުތުރު އަޅައި ވައި އަޑަކަށް ބަދަލުވެ، ގެއްލިގެން ދިޔައެވެ. އެހިނދު އެ ލޮލުން ކަރުނަތައް ވެސް ފައިބައިގެން އައެވެ.
“އެހެންދޯ ވަނީ ހިބާ؟ އަޅެ އިސްތިޚާރާ ކުރިންތަ އީތަންއާއި އިންނަން؟” ޔުނާ އެހިއެވެ.
“ނުކުރަން….”
“އައްދެ! އީތަންއަކީ އެހާވަރުގެ ފުރުސަތެއް ދޭ ވަރުގެ މީހަކަށް ވެސް ނުވޭތަ؟ ހިބާ ތިބުނީ ނިކަން ނުލަފާ މީހުންނާއި އިންނަން ވެސް އިސްތިޚާރާ ކުރި ވާހަކަ. އީތަންއަށް އެހާވަރު ޙައްޤެއް ނުވޭތަ؟”
ޔުނާ މިފަހަރު ކޮށްލި ސުވާލުތަކުން ހިބާ ހިމޭންވެ، ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
“އައި ތިންކް ހީ ޑިޒާވްސް އިޓް ހިބާ….އީތަންއަކީ ހިބާއަށް އަނިޔާއެއް ކުރާނެ ޒުވާނެއްނޫން ހަމަ ގައިމުވެސް. އެއީ އަހަންނަށް ވެސް ވަރަށް ރަނގަޅަށް އީތަން އެނގޭތީ މިހެން މި ބުނެލީ. އިސްތިޚާރާގެ ސަބަބުން ގެއްލުމެއް ލިބެން އުޅުނަސް އެކަމުން ރައްކާތެރިވާނެ އިން ޝާ ﷲ. ނޫންތަ ހިބާ؟ ހިބާ ތި ބުނާ އަނިޔާއަކުން ބޮޑު ގެއްލުމެއް ނުލިބެނީސް ހިބާ ރައްކާތެރި ނުވޭތަ؟”
އެ ސުވާލުތަކުން ވެސް ހިބާގެ ހަނދާނަށް ހުއްޓުމެއްނެތި އަންނަމުން ދިޔައީ ދާރިސްއެވެ. ޑޮކްޓަރު އެ ބުނާހެން އޭނައަށް އެ ލިބެން އުޅުނު އަނިޔާއިން ﷲ ރައްކާތެރި ކުރެއްވިއެވެ. އެ ރައްކާތެރިކަން ލިބެން މެދުވެރިއަކަށްވި މީހަކީ މިއަދު އޭނަ ކުޑަވެސް ފުރުސަތެއް ނުދޭން އުޅޭ އިންސާނާއެވެ. މިކަން އެނގުންވުމަކީ ވެސް ދާރިސްއަށް ފުރުސަތެއްދޭން ޢިޝަރާތެއްތޯ ހިބާއަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ.
އެރޭގެ އެ ސެޝަނަށްފަހު ހިބާ ޑޮކްޓަރ ޔުނާގެ ނަސޭޙަތުގައި ހިފައިގެން ދާރިސްއާއި އިންނަން އިސްތިޚާރާ ނަމާދު ކުރިއެވެ. އެ ނަމާދު ކުރަމުން ދިޔަ ވަގުތުވެސް ދާރިސްއާއި އެކީ އުޅުމުގެ ޚިޔާލުން އޭނައަށް ލިބެމުން ދިޔައީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އެ ހިތްހަމަޖެހުން އިތުރުވާން ފެށީ އޭގެ އަނެއް ދުވަހުން ފަށައިގެން ހިބާއަށް ފެންނަން ފެށި އިތުރު ޢިޝާރާތްތަކުންނެވެ.
އޭގެ އަނެއްދުވަހު ވިންޓޭޖް ޓެކްނޮލޮޖީސްގެ އޮފީހުގައި މަސައްކަތް ކުރަމުން ދިޔައިރު، އެތަނުގެ މުވައްޒަފުންގެ ފަރާތުން އޭނައަށް ދާރިސްއާއިމެދު ހިބާއަށް އިވުނެވެ. އެތާހުރި އާ މުވައްޒަފަކަށް ދެން ތިބި މުވައްޒަފުން އޮފީހުގެ ޗީފް ޑައިރެކްޓަރާއިމެދު ދެއްކި ވާހަކައިން، އެ ޑައިރެކްޓަރަކީ ހުރިހާ މުވައްޒަފުންނަށް ވެސް ކިހާ އޯގާތެރިކޮށް ހިތާ ވެރިއެއްކަން ހިބާއަށް އެނގުނެވެ. އޮފީހާއި ގުޅިގެން އުޅުނު ފުރަތަމަ ދުވަސްކޮޅު އެތައް މަލާމާތަކާއި ފުރައްސާރައެއް އަމާޒުވިއެއްކަމަކު، ހިތްވަރާއިއެކީ ކުރި އަރައިގެން ދިޔަ ވާހަކަ އިވިފައި ހިބާގެ ހިތް ދާރިސްއަށް އިހުނަށްވުރެ ބޮޑަށް ލެނބުނެވެ. އެހާ މަތީ މަޤާމެއް ލިބިފައި ވިޔަސް، އެ މަލާމާތް ކުރި މީހުންނާއި ވެސް ހިނިތުންވުމަކާއިއެކީ ކުރިމަތިލާ ވާހަކަ އިވިފައި ހިބާގެ ހިތުގައި ދާރިސްއަށްޓަކައި އިތުރު ޤަދަރެއް އުފެދުނެވެ.
އެ ޤަދަރު އުފުލިގެން ދާ ގޮތްވީ އެ ދުވަހު އޭނަ ސްކޫލުން ނިމުނު ގަޑީގައި ދާރިސް އޭނަ ބަލާ އައިސް ކަންތައް ކުރި ގޮތުންނެވެ. ކާރު ތެރޭގައި އޭނައަށް ބަލަން އިނދެފައި ވެސް އިސްޖަހައިލި ގޮތުންނެވެ. އޭނަ ކާރަށް އެރުމުން ވެސް އޭނައަށް ނުބަލަން ކުރި މަސައްކަތެވެ. އޭނަގެ މޫނު ކުޑަކޮށް ތެމިފައި ހުރިކަން ފާހަގަވެ، ރުމާލެއް ދިއްކޮށްލި ގޮތުންނެވެ.
އެދުވަހު ދާރިސްއަށް ނުފެނުނެއްކަމަކު ހިބާއަށް އެ ރުމާލުން މޫނު ފޮހެލުމަށްފަހު ވެސް ދާރިސްއަށް ބަލައިލަމުން ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭރު ދާރިސް ކަންތައް ކުރި ގޮތުންނާއި، ފަހަތުން ދާރިސް ފެންނަމުން ދިޔަ ގޮތުން ވެސް މިއީ ހަމަ އޭނަ ދަންނަ ދާރިސްކަމަށް ހިބާއަށް އަމިއްލަ އަމިއްލައަށް ބުނެވުނެވެ. ދާރިސް ފަހަތުން ފެންނަމުން ދިޔަ ގޮތް ވެސް ހާދަ ރީއްޗޭ ބުނެ އޭނަގެ މޮޔަ ހިތް ގޮވި ހިނދު ލަދުވެތިކަން އިޙްސާސް ކުރެވުނެވެ. އަނެއްކާވެސް ފުރާވަރުގެ އިޙްސާސްތަކުން އޭނަގެ ހިތް ފުރެން ފެށުމުން އެ ފުރާވަރުގެ ހިތި ހަނދާންތަކާއި ދުރުވެވުނުހެން ވެސް ހިބާއަށް ހީވިއެވެ. ދާރިސް އޭނަގެ ޙަޔާތުގައިވީ އޭނަގެ ޙަޔާތަށް އައި ޠޫފާން އައުމުގެ ކުރިން ވިއްޔާއެވެ. ދާރިސް ގެއިން ދިޔަ ދުވަހު އޭނައަށް ބުނެވުނު ފަދައިން ދާރިސްއަކީ ވަރަށް ގިނަ ގޮތްގޮތުން އޭނަގެ ‘ރެފިއުޖް’ ކަން އެވަގުތު އެނގުންވިއެވެ. އެދުވަހާއި ޖެހެންދެން ވެސް ދާރިސް އޭނަގެ ޙަޔާތުގައި ލައްވާފައިވަނީ އޭނަގެ ރައްކާތެރިކަމަށްޓަކައި ކަމަށް ހިބާއަށް އެ ވަގުތު ޤަބޫލުކުރެވުނެވެ.
އެނގުންވެގެން ދިޔަ އިޙްސާސްތަކާއި ހަނދާންވެގެން ދިޔަ މާޒީގެ އުފާވެރި ހަނދާންތަކާއި އެކީ ހިބާ ކާރުގެ ތެރެއިން ވެސް ދާރިސްއާއި އެކުވެރިވެ ވާހަކަ ދައްކަން ބޭނުންވެފައިވިއެވެ. އެހެނަސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެނގުންވެ، ޚުދު ދާރިސްވެސް އެކަމާއި ނުރުހޭނެކަން ޔަޤީންވީތީ ހިބާ ކެތްކޮށްލައިގެން އިނީއެވެ. ކާރުން ދުއްވާފައި ދިޔައިރު ހިބާގެ ހަނދާނަށް އަންނަން ފެށީ ސްވިޓްޒަލޭންޑާއި މެދު އޭނައާއި ދާރިސްއާއި ދެމެދު ދެކެވުނު ވާހަކައެވެ. ސްވިޓްޒަލޭންޑަކީ ވަރަށް މީރު ޗޮކްލެޓް އުފައްދާ ޤައުމެއްކަމަށް ދާރިސް ބުނި ހަނދާންވެފައި، އެ ހަނދާން ދާރިސްއަށް އާ ކޮށްދީ ތިމަންނައަށް އެ ބުނާ މީރު ޗޮކްލެޓް ގަނެދޭންވީނޫންތޯ ބުނަން ބޭނުންވިއެވެ. ބޭރުން ފެންނަމުން ދިޔަ ފެހި ވިނަތަކާއި ފަރުބަދަތަކުގެ ރީތި މަންޒަރު ފެނިފައި އޭނަ އެ ފަރުބަދަތަކަށް ގެންދިޔައިއްޔާ ވާނީ ކީއްތޯ، ކުޑައިރުގެ ހިބާ ފަދައިން ދާރިސްގާތު ބުނަން ބޭނުންވިއެވެ.
ކާރުގެ ކުޑަދޮރުން ފެންނަމުން ދިޔަ މަންޒަރެއް ހިބާ ފޮޓޯ ނަގައިލީ ދާރިސް އެކަމާއިމެދު ސުވާލެއް ކުރުމުން އޭނައަށް އެކުވެރިކަމާއިއެކީ ވާހަކަ ދައްކަން ފެށޭނެ ކަމުގެ އުއްމީދުގައެވެ. އިރަށްއިރަކަށް އޭނަގެ ހިތުގައި އެ އެދުން ބޮޑުވަމުން ދިޔަ ގޮތުންނެވެ. އެހެނަސް ކެމެރާގެ ފްލޭޝްގެ އަޑު އިވިފައިވެސް ދާރިސް ކަހާތަން ހިރުވައިވެސް ނުލީ ގޮތުން ހިބާއަށް ހިސާބަކަށް ތުންވެސް އޫކޮށްލެވުނީ ނޭނގުމެއްގެ ތެރެއިންނެވެ. އެކަން އެނގުންވީ ހިނދު އޭނައަށް މި ވަނީ ކީއްބާއޭ އަމިއްލަ ހިތާއި ސުވާލުކުރެވުނީ، އަމިއްލަ ނަފްސާއިމެދު ޚުދު އަމިއްލައަށް ވެސް ޙައިރާންވެފައިވާ ޙާލުގައެވެ. އެހެނަސް މިފަހަރު އެ ޙައިރާންކަމާއިއެކީ އިޙްސާސްތައް އޮއްބައިލުމުގެ ބަދަލުގައި ހިބާ ހިނިތުންވެލިއެވެ. ފުރަތަމަ ފަހަރަށް އޭނަގެ ހިތުގެ އަޑީގައިވި އިޙްސާސްތަކަށް ފުރިހަމަ ނޭވައެއް ލުމުގެ ފުރުސަތު ދޭން ހިބާ އެވަގުތު ނިންމިއެވެ.
އެދުވަހުގެ އެ ދަތުރު ނިމުމަކަށް އައުމާއިއެކު ހިބާ ވާހަކަ ދައްކަން އުޅުނެއްކަމަކު ދާރިސްގެ ހިމޭންކަމުން ފުރަތަމަ ހިނދުކޮޅުގައި އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެނަސް އެންމެ ބަހެއް ވެސް ބުނެލުމެއްނެތި ދާހިތެއް އެއްގޮތަކަށް ވެސް ނުވުމުން ހިބާ އެންމެ ފަހުން ދާރިސްގެ ނަމުން ގޮވައިލީ، ދައްކާނެ ވާހަކައެއްގެ މޮޅު ޚިޔާލެއް ސިކުނޑީގައި ރާވަމުންނެވެ. އޭނަ ގޮވައިލި ވަގުތު ދާރިސް ވެސް އޭނައަށް ގޮވައިލި އަޑު އިވުމުން ހިބާގެ ހިތް އުފަލުން ނަށައިގަތެވެ.
ދެމީހުން ހިމޭންވެގެން ދިޔަ ހިނދު އެންމެ ފުރަތަމަ ދާރިސް ބުނަން އުޅުނު ވާހަކައަކާއިމެދު ސުވާލު ކުރެވުނީ، އެ އަޑު އަހައިލަން ހިތް އެދުނު ވަރުންނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ދާރިސް އޭނަ ގާތު ފުރަތަމަ ވާހަކަ ދައްކަން އެދުނު ގޮތުން، ދާރިސް ވެސް އޭނަގެ އަޑު އަހާ ހިތްވީބާއޭ ހިތަށްއެރި ހިނދު ހިބާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އެހެނަސް ހިބާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހިބާ އެދިގެން ހުރި ކަންތައް ކިޔައިދިނެވެ. އެއަށްފަހު އަވަސްއަވަހަށް ދާރިސް ބުނަން އުޅުނީ ކީކޭތޯ އަހައިލީ އެކަން އެނގެން އިންތިހާއަށް ބޭނުންވުމުންނެވެ. އެހެނަސް އޭގެ ޖަވާބެއްގެ ގޮތުން އެއީ މާ މުހިއްމު ވާހަކައެއް ނޫންކަމަށް ދާރިސް ބުނެލި ގޮތުން ހިބާގެ ހިނިތުންވުން ފޭދި، ދެބުމަ ކައިރިވިއެވެ. އެހެން ނުބުނާށޭ ބުނަން ބޭނުންވިއެވެ. ދާރިސް ދައްކާނެ ކޮންމެ ވާހަކައަކީ އޭނައަށް މުހިއްމު ވާހަކައަކަށް ވާނެކަމަށް ހިތާހިތުން ބުނެވުނެވެ.
އެހެނަސް އެ ބަސްތައް އެ ވަގުތު ދުލާއި ހަމައަށް ނުގެނެވުނީ، އަނެކާއަށް ނޫނެކޭ ބުނެގެން އުޅޭ މީހަކީ ހަމަ އޭނަކަން ހަނދާންވުމުންނެވެ. އެދުވަހު އޭނައަށް ދާރިސްއާއި ވާހަކަ ދެކެވުނު ގޮތާއި، އޭގެ ސަބަބުން ދާރިސްގެ މޫނުމަތިން ފެނުނު ކުލަވަރު ހަނދާންވެފައި ހިބާއަށް އިސްޖަހައިލެވުނީ ކުށްވެރިއެއް ފަދައިންނެވެ. ސިކުންތުކޮޅެއް ވަންދެން އެހެން އިނުމަށްފަހު އެންމެ ރަނގަޅު ކަމަށް ބުނެ ހިބާ ކާރުގެ ދޮރު ހުޅުވައިލީ، ދެރަވެފައިވާ ހިތަކާއި އެކީގައެވެ. ހިބާ ކާރުން ފޭބުމަށްފަހު ދޮރު ލައްޕައިލީ މިހާރު ދާރިސް ވެސް ބޭނުންވަނީ އޭނައާއި ދުރުވާންތޯ އަމިއްލަ ނަފްސާއި ސުވާލުކުރެވޭ ޙާލުގައެވެ.
އެ ސުވާލުން ހިބާގެ ހިތަށް އުދަގޫވެގެން ދިޔައީ ޚުދު އޭނަ ވެސް ހީކުރި ވަރަށްވުރެ ބޮޑަށެވެ. ޢިމާރާތަށް ވަންނަން ހިނގާފައި ދިޔަ ވަގުތު ދާރިސް ކާރު ދުއްވައިލި އަޑަށް ހިބާއަށް ފަސްއެނބުރި ބަލައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެވަގުތު ކޮޅުގައި ވެސް ދާރިސް ދެރަކުރެވިފައިވާ ޙާލު، އޭނައާއި ދުރުވެގެން ދިޔުމުން ހިތްދަތިވާނަމަ، މުޅި ޢުމުރަށް ދާރިސްއާއި ވަކިވުމަކީ އޭނައަށް ބަރުދާސްތު ކުރެވޭނެ ކަމަކަށް ވާނެތޯ ހިބާއަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ.
އެ ވަގުތުކޮޅުގައި އެ ސުވާލުގެ ޖަވާބު ނުހަނު ސާފުކޮށް ލިބިގެން ދިޔުމުން ހިބާ ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. ދާރިސްއާއި އޭނަގެ ދެމެދުގައި އޮތް ގުޅުން މާޒީގައި އޮތް ގޮތަށް ބަދަލު ނުވަނީސް އެ މަސައްކަތް ހުއްޓައި ނުލުމަށެވެ. އެރޭ ސެޝަނެއް ބޭއްވުމަށް އޭނަ ދާރިސް ގާތު ބުނެލީ ޙަޤީޤަތުގައި އޭނައާއި ދާރިސްއާއި ދެމެދު ހަމައެކަނި ވާހަކަތައް ދައްކައި އެކުވެރިވުމަށް ލިބޭ ބާރެއްގެ ގޮތުންނެވެ. އެހެނަސް ސެޝަންގެ ތެރެއިން ހިބާއަށް އޭނަގެ އިޙްސާސްތައް ދާރިސްއަށް ފާޅުކޮށްދެވޭނެ އާ ޚިޔާލެއް ލިބިގެން ދިޔުމުން، ހިބާ އެ ވެސް އެ ރަސްމިއްޔާތުގެ ބައެއްގެ ގޮތުގައި ޣައިބުކޮށްގެން އެ ޚިޔާލާއިމެދު ސުވާލުކުރީއެވެ. އެފަދަ އެނިމޭޝަންތަކަކީ ދާރިސްއަށް ކިހާ ކަމުދާ ކަމެއްކަން ކުރީ ދުވަހެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ހިބާއަށް އެނގިފައިވީއެވެ. އެހެންކަމުން އެފަދަ ގޮތަކަށް އޭނަގެ އިޙްސާސްތައް ދާރިސްއަށް ކިޔައިދިނުން ރަނގަޅުވާނެކަމަށް ހިބާއަށް ނިންމުނެވެ. ހުރިހާ ވާހަކައެއް ދުލުން ކިޔައިދިނުމަކީ އޭނައަށް ފަސޭހަކަމަށް ވެސް ނުވާނެކަން އެނގުންވީތީވެއެވެ.
އެހެންކަމުން ހިބާ އެ އެނިމޭޝަންގެ މަސައްކަތް ކުރަން ފެށީ ނުހަނު ގަޔާވެގެންނެވެ. އޭގެއިން ކޮންމެ ތަންކޮޅެއް ހަދާ ކޮންމެ ފަހަރަކު ހިނިތުންވެވެމުން ދިޔައީ، އޭތި ފެނިފައި ދާރިސް އުފާވާނެކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ. އެ މަސައްކަތުގެ ތެރެއިން ވެސް ދޭތެރެދޭތެރެއިން ހިބާއަށް އެދުވަހު ދާރިސް އޭނައަށް ދިން ރުމާލުގައި ވަސް ބެލެމުން ދިޔައެވެ. އެ ރުމާލުގައި ދާރިސްގެ ގައިން ދުވާ މީރު ވަސް ހުރީތީވެއެވެ. އެއީ އެހާ ރަނގަޅު ކަމެއް ނޫންކަން ހިބާއަށް ވިސްނުނަސް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަން ހިބާއަށް ދަތިވިއެވެ. އެ ރުމާ ދާރިސްއަށް އަނބުރައި ދޭން ހިތަށް އެރުމުން ވެސް ދޭ ހިތެއް ނުވިއެވެ. އެންމެ ފަހުން އެއާއި ހެދި ކުރަމުން ދިޔަ މަސައްކަތަށް ވެސް ބުރޫ އަރަމުން ދިޔަހެން ހީވުމުން ގޮނޑިއެއްގެ މައްޗަށް އަރައި ހެދުން އަލަމާރީގެ އެންމެ މަތީ ބަޔަށް އެ ރުމާ ލިއެވެ. އެކަންކޮށް ނިމުމުން ހިބާއަށް އަމިއްލަ ނަފްސާއި ހީލެވުނެވެ. ދުވަހަކުވެސް އޭނަގެ ހިތަށް ނުކުރެވޭ ފުން އިޙްސާސްތައް އޭނައަށް ތަޖުރިބާ ކުރެވެމުން ދިޔަހެން ހީވުމުންނެވެ.
އެ ރުމާލުން ‘ވަކިވުމުގެ’ ސަބަބުން ދާރިސްއާއި ގާތްވުމަށް ހިތުގައި އޮތް އެދުން ބޮޑުވުމުން ކަންނޭނގެއެވެ. އޭގެ ފަހުން ހިބާއަށް އޭނަގެ ލޯބީގެ އެނިމޭޝަންގެ މަސައްކަތް ހީވެސް ނުކުރާހާ އަވަހަށެވެ. ރޭގަނޑު ހޭލާ އިނދެގެން ވެސް އެ މަސައްކަތް ކުރެވެމުން ދިޔައީ ލޮލުގައި ނިދީގެ ކުޑަވެސް އަސަރެއް ނެތި، އުފާވެރި އިޙްސާސްތަކާއި އެކީގައެވެ.
އެ އުފާވެރި އިޙްސާސްތަކަށް ކިރިޔާ ވެސް ލޮޅުމެއް އައީ އެއްދުވަހެއްގެ ހަވީރު ވަގުތު ހިބާ އެ އެނިމޭޝަން ނިމެމުން ދިޔަ ވަގުތެވެ. އޭނަގެ ހިތުގައި ވެސް ދާރިސްއަށްޓަކައި އިޙްސާސްތަކެއް ވާކަން އެނގޭ ހިސާބަށް ދިޔަދިޔަހެން އޭނަ ޖެހިލުންވާން ފެށިއެވެ. އިސާހިތަކު އޭނަގެ ޙަޔާތުގެ ބައިވެރިއަކަށް ވުމަށް އޭނައަށް އެއްވެސް މީހަކަށް އިތުބާރު ކުރެވިދާނެތޯ އޭނަގެ ހާސްވެފައިވި ސިކުނޑި ސުވާލުކޮށް ހިތްނުތަނަވަސް ވާގޮތްވިއެވެ. މާ ބޮޑަށް ވިސްނެން ފެށި ހިނދު ނޭވާ ވެސް ކުރުވެގެން ދިޔައެވެ. ކައިވެނީގެ ޚިޔާލުން އޭނަ ދުރުވާންޖެހޭ ކަމަށް ބުނެ ސިކުނޑި ތަކުރާރު ކުރަމުން ދިޔައެއްކަމަކު ދާރިސް މަތިން ހަނދާންވެ، ދާރިސްއާއި ދުރަށް ދާން ބޭނުންނުވާކަން ވެސް ހިބާއަށް ޔަޤީންވިއެވެ. އެރޭގެ ވަގުތެއްގައި އެނިމޭޝަން ނިމުމާއިއެކު އޭތި ދާރިސްއަށް ދައްކަން އެ ވަގުތުން ވަގުތަށް ހިބާ ދާން ބޭނުންވީ އެހެންވެއެވެ.
“އައި ލަވް ޔޫ، ދާރިސް…”
ދާރިސް އެ ވީޑިއޯ ބަލައި ނިމެންދެން ހޯލުން ބޭރުގައި ހުރުމަށްފަހު ހިބާ އެތެރެއަށް ވަދެފައި އެ ބަސްތައް ބުނެލީ ވެސް އެހެންވެއެވެ. އެ ހިނދު އޭނަގެ ހިތް ތެޅެން ފެށީ ޚުދު އޭނަވެސް ބިރުގަންނަހާ ބާރަށެވެ. ނުހަނު ކަތި ފިޔަވަޅެއް އެޅިއްޖެކަމަށް، ހާސްވެފައިވި އޭނަގެ ސިކުނޑި ބުނަމުން ދިޔަކަމަށް ބުންޏެއްކަމަކު، އެ ހިތް ފުރިފައިވީ އުފާވެރިކަމުންނެވެ. ޙަޔާތުގައި އެތައް އަހަރެއް ފަހުން ފުރަތަމަ ފަހަރަށް އަމިއްލަ އުފާވެރިކަމަށްޓަކައި ފިޔަވަޅެއް އެޅިއްޖެހެން ހީވުމުން ހިބާގެ ލޮލުން ކަރުނަ ހިލިފައިވިއެވެ.
ހިބާގެ ބަސްތައް އިވިފައި ހިބާއަށް ބަލައިލެވުނު ދާރިސްވެސް ވީ ހަމަ އެފަދަ ޙާލެއްގައެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކީ ދާރިސް ލަސްލަހުން ތެދުވެލީ ވަގުތު ދާރިސްގެ ލޮލަށް ވެސް ޖަމާވަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަތަކެވެ. އޭނައަށް ޢާއްމުގޮތެއްގައި މީހެއްގެ މޫނުމަތީގައިވި އަސަރު ދެނެގަންނަން ދަތިވިޔަސް، އެވަގުތު ދުރު ހިސާބަކުން ހިބާ ފެނިފައި ވެސް ހިބާގެ އިޙްސާސްތައް ދާރިސްއަށް އެނގުންވިއެވެ. އިސާހިތަކު ހިބާގެ ގާތަށް ދިޔުމަށް ދާރިސްއަށް ބޭއިޚްތިޔާރުގައި ހިނގައިގަނެވުނީ ވެސް އެހެންވެ ކަންނޭނގެއެވެ. އެހެންނޫނީ އެފަދަ ވަގުތުކޮޅެއްގައި އެ މޫނު ނުހަނު ގާތުން ދެކެން ބޭނުންވުމުން ކަންނޭނގެއެވެ.
އެ އިޙްސާސްތަކާއި އެކީ ދާރިސް ލަސް ފިޔަވަޅުތަކެއްގައި ގޮސް ހިބާގެ ކުރިމަތީގައި ހުއްޓިލިއެވެ. ވެފައިވި އުފަލާއިއެކީ އެއްފަހަރާ އެތައް ވާހަކައެއް ބުނަން ބޭނުންވި ހިތެއްގެ ސަބަބުން، ފުން ނޭވައެއް އެތެރެއަށް ލުމަށްފަހު ވެސް ހީލުން ނޫންކަމެއް ދާރިސްއަށް ނުކުރެވުނެވެ. އެހިނދު ހިބާ ވެސް ކަރުނައިން ވިދަމުން ދިޔަ ލޮލާއިއެކީ ހީލި ގޮތުން ދާރިސްއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ.
“މި ބަސްތައް މިއަށްވުރެ ކުރިން ދާރިސްގާތު ނުބުނެވުނު ކަމަށްޓަކައި މަޢާފަށް އެދެން. ދާރިސް ދެރަކޮށްލެވުނީތީ މަޢާފަށް އެދެން…” ހިބާ އިސްޖެހިފައިހުރެ އެ ބަސްތައް ބުނަމުން ދިޔަ ވަގުތު ވެސް ދާރިސް ބޯހޫރުވައިލިއެވެ.
“މަޢާފަށް އެދޭނެ ކަމެއް ނެތް ހިބާ….ހިބާ ކަނޑައްތުކޮށްފައި ހުރީ ކޮންކަހަލަ ދުވަސްތަކެއްކަމެއް އަހަންނަށް އަންދާޒާ ވެސް ނުކުރެވޭނެ. އެފަދަ ދުވަސްތަކަށް ފަހު ވެސް ތިފަދަ ފިޔަވަޅެއް އަޅަން ހިބާ ހިތްވަރު ކުރީތީ ހިބާއަށް ތަޢުރީފުކުރަން ބޭނުންވޭ….ހިބާ އަހަންނަށް ތި ކުރި އިތުބާރު ގެއްލުވައިނުލަން އަހަރެން ވަޢުދުވަން ހިބާ، އިން ޝާ ﷲ!”
“އަބަދުވެސް ދާރިސްއަށް އިތުބާރު ކުރަމޭ. އިތުބާރު ނުކުރެވޭނެއޭ ދުލުން ބުނެވުނު ދުވަހުވެސް ޙަޤީޤަތުގައި އިތުބާރު ކުރެވޭ. އެނގޭ ދާރިސް ދުވަހަކުވެސް އަހަރެން ހިތްދަތިވާފަދަ ގޮތަކަށް ކަމެއް ނުކުރާނެކަން. ކޮންމެ ނަމެއްގެ ވެރި ޝަޚްޞިއްޔަތެއްގެ ގޮތުގަ ހުއްޓަސް…”
ހިބާ ލުއި ހިނިތުންވުމަކާއިއެކީ ބުނެލި ފަހު ވާހަކައަށް ދާރިސް ހީލި ވަގުތު ލޮލުގެ ކައިރިން އިނގިއްޔެއް ހިންގައިލަން ޖެހުނެވެ. ލޮލަށް ޖަމާވަމުން ދިޔަ އުފާވެރިކަމުގެ ކަރުނަތަކުން އޭނަ ދުވަހަކުވެސް އުފާ ނުވާވަރަށް އުފާވެއްޖެކަން އެނގުންވިއެވެ. އެ އިޙްސާސާއިއެކީ ދާރިސް އެއްޗެކޭ ނުބުނެވިފައި ވަނިކޮށް ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ހީކުރަން އަހަރެން ދެންމެ މި ދިން ސަޕްރައިޒް ދާރިސްއަށް ކަމުދިޔަ ކަމަށް….” ހިބާ މޫޑު ބަދަލުކޮށްލުމުގެ ގޮތުން ފުރިހަމަ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“އޮފްކޯސް އިޓް ވޯޒް އޯސަމް! އެބްސޮލިއުޓްލީ އަމޭޒިންގް އަސްލު! މީހަކު ނުބުނާނެ މިއީ ކުޑަ ދުވަސްކޮޅެއް ވަންދެން ކޯޑުކުރަން ދަސްކުރި ކުއްޖަކު ހެދި އެނިމޭޝަނެކޭ…އަހަންނަށް ފެންނަނީ ހިބާ ޔޫޓިއުބް ޗެނަލެއް ހަދައިގެން މިކަހަލަ އެނިމޭޝަންތައް ލާން. އެހެންނޫނީ ބިޒްނަސްއެއް ފަށާ…މީހުންނަށް ލޯބި ހުށަހަޅަން ފަސޭހަ އަދި ރީތި ގޮތްތައް ދައްކައިދޭ ސާރވިސްދޭ ބިޒްނަސްއެއް. ހެހެ….” ދާރިސް ދެއްކި ވާހަކައިން ހިބާއަށް ވެސް ހީލެވުނެވެ.
“އަސްލު މިހެން ހެދީ ދާރިސް އިމްޕްރެސްވޭތޯ ބަލަން ވެގެން. މިހާ ދުވަސްވީއިރު ދާރިސް ހުންނާނީ އަހަންނަށް ވުރެ މޮޅެތި އަދި ރީތި އަންހެން ކުދިންނާއި ވެސް ދިމާވެފަކަން އެނގޭ. އެހެންވީމަ ހިތަށްއެރީ ދާރިސް އެންމެ ޝައުޤުވެރިވާނެ ގޮތެއް ޚިޔާރުކުރާނީއޭ….ޑޭޓް ނުކުރާތާ އެހާ ދުވަސްވެފަ ހުރީމަ އަހަރެންގެ ޑޭޓިންގް ސްކިލްސް ވެސް އެހާ ރަނގަޅެއް ނުވާނެ. އެހެންވީމަ ވަރަށް ނޭނގޭ އަސްލު…އައި ހޭވް އަ ލޯންގް ވޭއި ޓު ގޯ…ހެހެ…” ހިބާ އެހެން ބުނެލީ ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނަގެ ހިތަށް އުދަގޫކުރަމުން ދިޔަ ޚިޔާލުތަކުގެ މަތިން ހަނދާން ކުރަމުންނެވެ. ދާރިސް އޭނައާއި ދުރުގައި ވޭތުކުރި އަހަރުތަކުގައި އެހެން އަންހެން ކުދިންނާއި ދިމާވެފައިވާނެތާއޭ ބުނެ ހިތް ގޮވަމުން ދިޔައެވެ. އޭނަ ދާރިސްއާއި ގުޅުނަސް ދާރިސްއަށް އޭނައާއި އެ އަންހެން ކުދިން އަޅައި ކިޔެމުންދާނެތާއޭ ހިތަށް އަރަމުން ދިޔައެވެ.
ހިބާގެ އެ އިޙްސާސްތައް ދާރިސްއަށް ފަހުމްވި ފަދައެވެ. ހިބާގެ އެ ވާހަކަ ނިމުމާއިއެކު ދާރިސް ހިބާއާއި ދިމާލަށް އިތުރު ފިޔަވަޅެއް އަޅައި ދެމީހުންގެ ދެމެދުގައިވި ދާއިރާ އިހުނަށްވުރެ ހަނިކުރިއެވެ. ކައިރިވީ ގައިގައި ޖެހޭ ވަރަށް ނޫނަސް ދާރިސް އޭނައާއި ދިމާލަށް ފިޔަވަޅެއް އެޅިކަން އެނގި އިސްޖެހިފައި ހުރި ހިބާއަށް އިސްއުފުލައިލެވުނީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ.
“ހިބާ އެއްވެސް ކަމެއް ނުކުރިޔަސް އަހަރެން އިމްޕްރެސްވޭ. ހިބާދެކެ ލޯބިވޭ….ތިއީ ހިބާއަށްވީތީ…”
ދާރިސް މަޑުމައިތިރި އަޑަކުން ބުނެލި ބަސްތަކުން ދާދި ދެންމެއަކު އޭނަގެ ހިތުގައިވި ހުރިހާ ނޭދެވޭ އިޙްސާސެއް އެއްފަހަރާ ނެތިގެން ދިޔައެވެ. އަތްލުމެއްނެތި ދާރިސް އޭނަގެ ހިތުގައި ފިރުމައިލި ކަހަލަ އިޙްސާސެއް ހިބާއަށް ކުރެވުނެވެ.
“ތެދުތެދަށް ބުނަންޏާ އަހަރެން ވެސް މި ހުރިހާ ދުވަސް ވަންދެން ޑޭޓްއެއް ނުކުރަން. އެއީ ރަނގަޅުކަމެއް ނޫންކަން އެނގި ހަމަ ހިބާ ގޮތަށް ދިރިއުޅުމުގެ ކަންތަކާއި ބުރަކޮށް އަހަރެން ވެސް އުޅުނީ. ޒުވާން ޢުމުރު އެކަމުގައި ބޭކާރުކޮށްނުލީ ކުއްޖަކަށް ހިބާވީތީ ވެސް އިމްޕްރެސްވޭ. ވަރަށް މެޗުއާރ ކުއްޖަކަށް އެގޮތަށް އުޅެވޭނީ މާ ޝާ ﷲ…..ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ވެސް ތި ބުނާ ޑޭޓިންގް ސްކިލްސްއެއް ނެތް….ސޯ ލެޓްސް ގޯ ދެޓް ލޯންގް ވޭއި، ޓުގެދާރ! ރަނގަޅު ގޮތުގަ ގުޅިގެން ހިތް ބުނާ ގޮތަށް ކަންތައް ކުރީމަ ކުރިއަށްދާނީ ރަނގަޅަށް ކަމަށް ބަލަމާދޯ؟ އިން ޝާ ﷲ!” ދާރިސް ވާހަކަ ދެއްކިދެއްކިހެން ހިބާއަށް ހިނިތުންވުމެއްގައި ދާރިސްއަށް ބަލަން ހުރެ ބޯޖަހައިލިއެވެ.
އެއަށްފަހު ވޭތުވެގެން ދިޔައީ ދެމީހުންނަށް އެކަކު އަނެކަކަށް ބަލަން ތިބެވުނު ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. މި ހުރިހާ ދުވަސް ވަންދެން އެ މޫނަށް ބަލަން ޖެހިލުންވިއެއްކަމަކު ހިބާ އެ ވަގުތުކޮޅުގައި ދާރިސްގެ ލޮލުން ނަޒަރު ވަކިކުރަން ނުކުޅެދިފައިވިއެވެ. ދާރިސް ވެސް ހިބާގެ ރީތިކަމަށް ގެއްލިފައިވީ ޚުދު އޭނަ ވެސް ބިރުގަންނަހާ ދަރަޖައަށެވެ. އަނެއްކާވެސް އަމިއްލަ ހިތުގެ ތެޅުމުގެ އިޙްސާސް ކުރެވުމުން އެއީ ކީއްވެކަން ހަނދާންވި ހިނދު ދާރިސްއަށް ވާހަކަ ދެކެވުނެވެ.
“އައި ލަވް ޔޫ ސޯ މަޗް، ހިބާ…” ދާރިސް އެ ބަސްތައް ބުނެލި ހިނދު އެ ލޮލުން ފާޅުވަމުން ދިޔަ އަސަރުން އެ ބަސްތަކުގެ ތެދުކަން ހާމަވަމުން ދިޔައެވެ.
“އައި ލަވް ޔޫ ޓޫ ދާރިސް…” ހިބާ ވެސް ހަމަ އެފަދަ އަސަރަކާއި އެކީ ބުނެލިއެވެ.
ދެމީހުންގެ ހިތް ވެސް އެއްޒާތެއްގެ ޖަޒުބާތުތަކާއިއެކީ ކެތްތެރިކަން ކޮޅުންލާން އުޅުނުހެން ހީވި ވަގުތު، ހޯލުގެ ދޮރު ބޮޑުކޮށް ހުޅުވުނު އަޑަށް ދެމީހުން ވެސް ހިސާބަކަށް ސިހުންވެ އެދިމާލަށް ބަލައިލިއެވެ. އެ ހިނދު ފަރީދުބެ ފެނިފައި ދެމީހުންގެ ވެސް ކޯތާފަތް ރަތްވެ، އެކި ދިމަދިމާލަށް ބެލެން ފެށިއެވެ.
“އައި އޭމް ސޯ ސޮރީ މިހެން ހަދަން ޖެހޭތީ. މި ރޯލުގަ ބޭބެ ހުންނަން ޖެހޭތީ ދެރަވެސް އެބަވޭ….ދެންމެއަކު ހިތަށްއެރި ސިއްރުސިއްރުން ފޯނެއް އައީއޭ ބުނެ މިތަނުން ދާނީއޭ. އެކަމަކު އެހެން ހެދިއްޔާ ވެސް ނުރުހުންވާނީ ހަމަ ތި ދެކުދިން ވިއްޔާ….” ފަރީދުބެ އެހެން ބުނެ ފުން ނޭވައެއް ދޫކޮށްލި ގޮތުން ހިބާއާއި ދާރިސްއަށް އެކުއެކީގައި ހީލެވުނެވެ.
“ތިހެން ނުބުނޭ ބޭބެ…ހަމަ ރަނގަޅު ވަގުތުގަ ތި ވަދެގެން އައީ. އައިސްދިން ކަމަށްޓަކައި ޝުކުރުވެސް އަދާކުރަން!” ދާރިސް ބުންޏެވެ.
“ހަމަ ތެދެއް އެ ބުނީ….ބައްޕަ ހުރިނަމަ ބޭބެއަށްވުރެ ކުރިން ކަރުކެހިލީސް…” ހިބާއަށް ބުނެވުނެވެ. ހިބާގެ އެ ވާހަކައަށް އެންމެން އެކީގައި ލުއި ހީލުމެއް ހީލިއެއްކަމަކު، އެ ބަސްތައް ބުނި ވަގުތު ހިބާގެ ހިތް ދެރަވާނެކަން އެނގި ދާރިސްގެ ހިނިތުންވުން ފޭދުނެވެ. ހިބާއަށް ބަލަންހުރެ ހިތާހިތުން ހިބާއަށް ހިތްވަރު ދެވުނީ އެހެންވެއެވެ.
“ހިބާގެ ބައްޕަ ހުރިނަމަ މިއަދު ހާދަ އުފާވީހޭ….އެނގޭތަ؟ ބޭބެއާއި ހިބާގެ ބައްޕަ އެންމެ ފަހުން އެކީގައި ސައިބޯން ބޭރަށް ދިޔަ ދުވަހަކު ހިބާގެ ބައްޕަ ބުނީ ތިމަންނައަށް ހީވަނީ ހިބާއަށް އެކަށޭނެ ފިރިހެން ކުއްޖަކު ތިމަންނައަށް ފެނިއްޖެހެންނޭ….އޭރު ދާރިސް އެ ރަށުގަ ހުރީމަ ބޭބެ ހަމަ ހީވި ހީވުމަކަށް އަހައިލިން ކާކުހޭ….ދާރިސް ހެއްޔޭ. ބޭބެ ހީވެސް ނުކުރަން ހިބާގެ ބައްޕަ އެއަށް އާނބަސް ދޭނެ ކަމަށް. އެކަމަކު ބުނީ އާނއެކޭ. ބުނީ އެ ކުއްޖާއަކީ ހިބާ ރަނގަޅަށް ބަލައިދޭނެ ކުއްޖެއްކަން ތިމަންނައަށް ޔަޤީނޭ. ބޭބެ ބުނަންވެސް ބުނިން އެ ނުކުޅެދޭ ކުއްޖާއާއި އަމިއްލަ އަންހެން ދަރިފުޅު ދެވާ ވާހަކަ ހެއްޔޭ ތި ދައްކަނީ….ބުނީމަ ހިބާގެ ބައްޕަ ސާބިތު އަޑަކުން ބުނި އެއީ ނުކުޅެދޭ ކުއްޖެއް ނޫނޭ. އިރާދަކުރެއްވިއްޔާ އެކުއްޖާ މިއުޅޭ އާދައިގެ ކުދިންނަށް ވުރެ ވެސް މޮޅުވެގެން ދާނެއޭ….އެދުވަހަކުން ތިމަންނަ ދުނިޔޭގައި ނެތިއްޔާ ހިބާއާއި ދާރިސް ގުޅުވައިދިނުމުގެ ޒިންމާވެސް ބޭބެ ޙަވާލުކުރި. މި ދުވަސް ފެނިފަ ހިތަށްއަރާ ބޭބެއަށް މި ދުވަސް އަންނާނެކަން އެނގިފައި އޮތީބާއޭ ވެސް…”
ފަރީދުބެ އެ ވާހަކަތައް ދައްކައި ނިމުނުއިރު ލޮލުން ކަރުނަ ފޮހެލަން ޖެހުނެވެ. އެހިނދު ހިބާއާއި ދާރިސްއަށް ވެސް ހިސާބެއްގެ ޝޮކެއްގައި ތިބެ އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ. އެއަށްފަހު އަނެއްކާވެސް ފަރީދުބެއަށް ބަލައިލަމުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ހިބާއެވެ.
“ސުބްޙާނަ ﷲ! ކުރިން ވެސް އެނގޭ ދާރިސްއަކީ ބައްޕަ ރުހޭ ކުއްޖެއްކަން. އެކަމަކު އަހަންނާއި ދާރިސް ގުޅުވަން އަދި އޭރު ބައްޕަ ޚިޔާލުކޮށްފައިވާނެއޭ ހިތަކަށް ނާރާ….” ހިބާއަށް ބުނެވުނެވެ.
“ޝަހީދުބެއަށް މި ދުވަސް އަންނާނެކަން އެނގިފައި އޮތީއެއްނޫން. އެ ކަންތަކަށްޓަކައި ދުޢާކޮށްފަ އޮތީ ކަމަށްވާނީ. އަހަރެން މޮޅު މީހަކަށް ވެ ހިބާއާއި އަހަރެން ގުޅިގެން ދިޔުމަށް. ކަމަކަށްޓަކައި ދުޢާ ކުރުމަށްފަހު އެ ދެން ވާނެ ކަމެއްކަން ޔަޤީން ކުރުމަކީ ޝަހީދުބެގެ އާދައެއް….” ދާރިސް ކިޔައިދިނެވެ. އެއާއިއެކު އަނެއްކާވެސް ހިބާ ދާރިސްއަށް ބަލައިލި ހިނދު ދާރިސް އޭނަގެ ކަރުނަތައް ހުއްޓުވަން ލޯ މަރައިލަމުން އިސްޖަހައިލަން ޖެހުނެވެ. ޝަހީދުބެއަކީ އޭނައަށްޓަކައި ވެސް ދުޢާކުރާ ފަރާތެއްކަން ޚުދު ޝަހީދުބެގެ ދުލުން އިވިފައިވި ހަނދާން އާވުމުން ހިތަށް އަސަރު ކުރީއެވެ.
އެ ވާހަކައިގެ ތެރެއިން ދެމީހުންގެ ގުޅުމާއިމެދު ހިބާގެ ބައްޕަ ވެސް ރުހޭކަން އެނގުމުން ހިބާއާއި ދާރިސްގެ ހިތަށްވެސް އާދަޔާ ޚިލާފު އުފާވެރިކަމެއް ވެރިވެފައިވިއެވެ. ގެއަށް ދިޔަ ދަތުރުމަތިން ވެސް ދެމީހުން އެކަކު އަނެކަކަށް ނުފެނުނެއްކަމަކު ހިނިތުންވެވެމުން ދިޔައެވެ. ގެއަށް ގޮސް ވަދެވުމާއިއެކު ފަރީދުބެ އެންމެންނަށް ކަންތައް ވީ ގޮތް ކިޔައިދިނުމުން ވަލީދާއި ޝަބީބާ ވެސް އުފާ ފާޅުކުރިއެވެ. ފަރީދުގެ ފަރާތުން ޚަބަރު ލިބުމުން އޭނައަށް ސަމާލުކަން ނުދިނެއްކަމަކު ވަލީދުވެސް ފުރިހަމަ ހިނިތުންވުމަކާއިއެކީ ތެދެއްތޯ އަހައި ދާރިސްގެ ކައިރިއަށް ދިޔައެވެ. އެވަގުތު ޝަބީބާ ދާރިސްއާއި ހިބާ ލަދުގަންނަވާލާ ފަދަ ވާހަކަތައް ދެއްކިއެވެ. ހިބާ އަންނަން އުޅުނު ދުވަހުވެސް އެއީ ދާރިސް އިންނާނެ ކުއްޖާކަމަށް ތިމަންނަ ބުނީމެއްނޫންތޯ ބުނަމުންނެވެ. ކުރީކޮޅުވެސް ދެމީހުން އުޅުނު ގޮތުން ތިމަންނައަށް މާ ކުރިންވެސް އެނގޭކަމަށް ބުނަމުންނެވެ.
ޝަބީބާގެ އެ ވާހަކަތަކާއިއެކީ އެންމެންނަށް ވެސް ހެވުނެވެ. ދާރިސްއާއި ހިބާ ގުޅުމުގެ މުނާސަބަތުގައި އެރޭ ގޭގައި ޚާއްޞަ ކެއުމެއް ބޭއްވުނެވެ. އެ ކެއުމުގައި ފުރަތަމަ ފަހަރަށް ގޭގެ އެންމެން އެކީގައި އިށީނދެގެން ކެއުމުގައި ބައިވެރިވިއެވެ. އެ މޭޒުދޮށުގައި ދެކެވެމުން ދިޔައީ އުފާވެރި ވާހަކަތަކެވެ. އިވެމުން ދިޔައީ ހުނުންތަކުގެ އަޑުތަކެވެ. އެ ވާހަކަތަކާއި ހުނުމުގެ ތެރެއިން އެކަކު އަނެކެއްގެ ކުރިމައްޗަށްވާ ގޮތަށް ތިބި ދާރިސްއާއި ހިބާއަށް ދޭތެރެ ދޭތެރެއިން އެކަކު އަނެކަކަށް ބެލެމުން ދިޔައެވެ. އޭގެއިން ކޮންމެ ފަހަރަކު ދެމީހުންނަށް ވެސް ހިތާހިތުން ޙަމްދުކުރެވެމުން ދިޔައެވެ.
**
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ މާ ކުރިން ދާރިސްއަށް ހޭލެވުނެވެ. ހޭލެވުމާއިއެކު ވެސް އެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ. ހިނިތުންވުމުގެ ފަހަތުގައިވި ސަބަބާއިމެދު ވެސް ވިސްނުނީ އޭގެ ފަހުންނެވެ. ޙަޔާތަށް އައިސްފައިވި އުފާވެރިކަމަށް ޝުކުރުވެރިވާން ބޭނުންވީތީ ދާރިސް ހަމަ އެވަގުތު ދަމުނަމާދުކުރަން ތެދުވިއެވެ. ފަތިސް ނަމާދު ވަގުތު ޖެހެންދެން ދާރިސް ނަމާދުކުރީ އޭނަ ނިދަން އުޅުނަސް ނުނިދޭނެކަން ޔަޤީންވިތީވެއެވެ. އަދި އަމުދުން ހިބާއާއި އޭނަގެ ދެދުނިޔޭގެ މުސްތަޤްބަލަށްޓަކައި ދުޢާކުރަން ވެސް ހިތް އެދުނު ވަރުންނެވެ.
އެދުވަހުގެ ފަތިސް ނަމާދަށްފަހު ދާރިސް އާދައިގެ މަތިން ދުވަން ދިޔައެވެ. ދުވެ ނިންމައިލުމަށްފަހު ގެއަށް އައިސް ފެންވެރުމުގެ ކުރިން ދާރިސްއަށް އެދުވަހު ދެވުނީ ބެލްކަންޏަށެވެ. އޭނަގެ އެ ޙަރަކާތުން ޚުދު އޭނައަށް ވެސް ޙައިރާންކަމެއް ލިބުނެވެ. ކޮންމެ ދުވަހަކު ކަންކުރާ ގޮތާއި ޚިލާފަށް އޭނައަށް ކަމެއް ކުރެވުމުންނެވެ. އެކަން އެނގުންވުމުން އޭނަ ދާހިއްލައި ހިސާބަކަށް ސިކުނޑި ހާސްވާ ގޮތްވެސްވިއެވެ. އެހެނަސް ތެރަޕީއިން ދަސްކޮށްފައިވާ ފަދައިން ފުން ނޭވާތަކެއް ލައި ދާރިސް ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. އޭނައަށް ބެލްކަންޏަށް އާދެވުނީ ކީއްވެކަން ވިސްނިގެން ދިޔައީ އެހިނދެއެވެ. ދުވުމަށްފަހު އޭނަ ގެއަށް އަންނަ ވަގުތުތަކުގައި ހިބާ ބެލްކަނީގައި ހުންނަތަން އޭނައަށް ނުހަނު ގިނައިން ފެނިފައި ހުރީއެވެ. ޚުދު އޭނައަށް ވެސް ނޭނގި އޭނަގެ ހިތް އެދޭ ތަނަކަށް އެ ހިތް އޭނަ ގެންދިޔައީތާއޭ ހިތަށްއެރި ވަގުތު އަމިއްލަ ނަފްސާއި ހީލެވުނެވެ.
ހަމަ އެވަގުތު ފަހަތުން ފަރީދުބެ އޭނަގެ ނަމުން ގޮވައިލި އަޑު އިވުމުން ފަސްއެނބުރި ބަލައިލެވުނެވެ.
“ދުވެލާފަދޯ ތި އައީ ދާރިސް؟” ފަރީދުބެ އެހެން އަހައިލީ ދާރިސްއާއި ދިމާލަށް އަންނަމުންނެވެ.
“ހުމް…” ދާރިސް ހިނިތުންވުމަކާއިއެކީ ބުނެލީ ހަމައެކަނި އެހާވަރަށެވެ.
“ހިނިތުންނުވެ ނުވެސް ހުރެވޭދޯ ކުދިން ކުދިންނަށް ލޯބި ލިބިގެން އުޅޭތީ؟” ފަރީދުބެ ދާރިސްގެ ކައިރީގައި ހުއްޓި، ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ބަލަމުން ރާގަކަށް ބުންޏެވެ. އެއާއިއެކު ދާރިސްއަށް ހީލެވުނެވެ.
“ކޮން ދުވަހަކުތަ ހިބާއާއި އިންނަން ތި ރާވަނީ ދާރިސް؟” ފަރީދުބެ ސުވާލުކުރިއެވެ.
“ހަމަ އިންނަންވީ….ބޭބެ ބޭނުންވަނީ ކޮން ދުވަހަކަށް ސެޓްކުރަން؟” ދާރިސް އެހިއެވެ.
“ބޭބެއަށް ރަނގަޅީ ހަމަ ވީހާވެސް އަވަހަކަށް ކުރިއްޔާ….ބޭބެ މި ވާހަކަ ނުދެއްކިޔަސް އަސްލު އާސިފް ބޭބެއަށް ޤަވާޢިދުން ގުޅާފަ މިކޮޅުގެ ޚަބަރު ބަލާ. ބޭބެ ދޮގު ހަދައިގެން ހުރިހާ ކަމެއް ހަމަޖައްސަން އެބަ. އެކަމަކު އޭނައަށް ވެސް ބޭބެއަށް އިތުބާރު ކުރެވޭނީ ވަކި ވަރަކަށް ކަންނޭނގެ….ޙަޤީޤަތް އެނގިއްޖެއްޔާ އޭނަ ބޭބެއަށް ހަދާނެ ގޮތެއްވެސް އެނގެނީއެއްނޫން…” ފަރީދުބެ ސީރިއަސްކަމާއިއެކީ ބުނެލި ވާހަކައިން ދާރިސްގެ މޫނުމައްޗަށް ވެސް ސީރިއަސްކަން ވެރިވިއެވެ.
“އައި ޕްރޯމިސް ޔޫ ބޭބޭ….އެ އާސިފަކަށް ބޭބެއަށް އެއްވެސް ކަމެއް ކުރުވިޔަ ނުދޭނަން އަހަރެން އިން ޝާ ﷲ! ހުރިހާ ގޮތަކުން ވެސް އަހަރެން ބޭބެއާއި ހިބާވެސް ރައްކާތެރިކުރާނަން. އަހަންނަށް އިތުބާރުކުރޭ ބޭބޭ!” ދާރިސް ބުންޏެވެ.
“އިތުބާރު ކުރެވެއޭ ދަރިފުޅު. އެހެންވީމަ ހިބާ ދާރިސްއާއި މި ޙަވާލުކުރަނީ….އާސިފްއަށް ތި ދެކުދިންނާއި ބެހޭގޮތުން އެނގުމުގެ ކުރިން ދެކުދިން އިނިއްޔާ ބޭބެގެ ހިތަށް ހަމަޖެހުމެއް ލިބޭނީ…”
“އެނގޭ ބޭބެ….އަހަންނަށް އަސްލު އޯކޭ ކިތަންމެ އަވަހަށް އިންނަން ވެސް. އެކަމަކު ހިބާއާއި މެދު ވިސްނާފަ ލަސްކުރާނީއޭ ހިތަށްއަރަނީ…ހިބާއަށް ވަގުތު ބޭނުންވާނެހެން ހީވަނީ…”
“އަހަންނަށް މިވަގުތު ވެސް ރަނގަޅު!”
ދާރިސްއާއި ފަރީދުގެ ވާހަކައަށް ހުއްޓުމެއް އައީ ފަހަތުން އިވިގެން ދިޔަ ހިބާގެ އަޑުންނެވެ. އެ ހިނދު ހިބާ ހުރީ ބެލްކަންޏަށް ނިކުމެވޭ ދޮރުމަތީގައި ހުއްޓިލައިގެންނެވެ.
ނުނިމޭ
Jana
October 27, 2021 @ 3:22 pm
Someone who loves you for you being you *multiple green flags*
Mish
October 27, 2021 @ 4:12 pm
Wow…………
Sis……………
Alhugandu..
Nei…………..
Bunaane ….
Echeh………
Maasha……
Allah………..
Jana
October 30, 2021 @ 3:18 pm
Thi bunefa huri basthah hama fudhey Mish! 😀 Alhamdhulillah! ^_^
Mish
October 27, 2021 @ 4:15 pm
100 times like dhinas nufudheyne
💜
October 27, 2021 @ 5:52 pm
Ikr….🤍
Jana
October 30, 2021 @ 3:18 pm
Alhey!!! <3 <3 <3
eunoia
October 27, 2021 @ 5:09 pm
yayy!! I’m so happy :D…dhn ekm sis Hama curious kohlaafa ey dhw nimmaalany abadhu vxx😭😅.. srsly vrh happy vejje dhaaris nd hibaa ah happy life eh libeynehn heevaathy!!🥺 adhi vaane goiy neyngunas in sha Allah I hope vrh happy nd peaceful life eh 2 meehunnah vx libeyne kamah..💫🥰 anyways sis, komme Wednesday ga dhw up kohdheny? waitin for next ✨
Jana
October 30, 2021 @ 3:21 pm
Yes! Jana ves hama varah happy dhe meehunnah varah happy life eh libeyne kahala feel eh annaathy. Dhen oiy bai varah kurukoh up koffin Jana ingey. Kiyaalahchey ^_^
eunoia
November 3, 2021 @ 8:19 am
labba midhany kiyaalan…
Changing Friend
October 27, 2021 @ 5:47 pm
Me first yay 😉.
Jana sis this part is awesome as usual maashaa Allah 💝💖
May Allah bless your work 🙂.
Much love.
^_^
Jana
October 30, 2021 @ 3:22 pm
Changing friend first eh nooney ingey. Site ah comment thah appear nuve hury hehe….Alhamdhulillah! May Allah bless every good we do. Ameen!
𝓘.𝓼.𝓱.𝔂★
October 27, 2021 @ 5:50 pm
OMG…..🤍
This story is just sooo interesting….
Just wowwww… Curiously waiting for the next ..
Jazaakillah khairan Jana sis…💜
Jana
October 30, 2021 @ 3:23 pm
Alhamdhulillah! Next part varah kurukoh up koffin ingey. 😀 <3
No name
October 27, 2021 @ 6:37 pm
Jana sis, vaudhu story be background picture libuny kihineh this ahaalevidhaanetha, if you don’t mind?
Varah reethi foto eh, sun veema, if you can’t sorry to ask ?
Much love
^_^
Jana
October 30, 2021 @ 3:24 pm
Site ah hurihaa pics eh Jana hoadhaafa hunnaany pixabay innaa pexels site in. Ey free pics libey site thah veema ^_^ Much love! <3
Anonymous
November 1, 2021 @ 7:58 pm
wow this is teuly unexpected
i’ve been stocking up few episodes
so that it becomes interesting.
and mashah allah ive gotta say this is far more interesting than i expected.
well keep writing ✍🏿 sis
so what will be the next surprise 😃
yuh sis ge nimmun is the greatest power in ur stories
hama huvafenun gina rey rey dhen vaa goi fenna varu kollaaa viyya masha allah