ދާރިސް (ސަތުތިރީސްވަނަ ބައި)
“އެނގޭ ބޭބެ….އަހަންނަށް އަސްލު އޯކޭ ކިތަންމެ އަވަހަށް އިންނަން ވެސް. އެކަމަކު ހިބާއާއި މެދު ވިސްނާފަ ލަސްކުރާނީއޭ ހިތަށްއަރަނީ…ހިބާއަށް ވަގުތު ބޭނުންވާނެހެން ހީވަނީ…”
“އަހަންނަށް މިވަގުތު ވެސް ރަނގަޅު!”
ދާރިސްއާއި ފަރީދުގެ ވާހަކައަށް ހުއްޓުމެއް އައީ ފަހަތުން އިވިގެން ދިޔަ ހިބާގެ އަޑުންނެވެ. އެ ހިނދު ހިބާ ހުރީ ބެލްކަންޏަށް ނިކުމެވޭ ދޮރުމަތީގައި ހުއްޓިލައިގެންނެވެ.
ހިބާ ބުނެލި ވާހަކައިން ދާރިސްއާއި ފަރީދުބެ ވެސް ވަކި އެއްޗެކޭ ނުބުނެ ތިބެން ފެށުމުން ހިބާ ބެލްކަންޏަށް ނިކުންނަމުން އިތުރަށް ވާހަކަ ދެއްކިއެވެ.
“ކޮންމެހެން އެކޮޅުގަ ހުރި މީހަކަށް ޖެހިލުންވާތީވެއެއް ނޫން މިހެން މި ބުނީ. ދާރިސްއާއި ވީހާވެސް އަވަހަކަށް ގުޅެން ބޭނުންވާތީ ކައިވެނި އަވަސްކުރަން ބޭނުމީ….” އެ ފަހު ބަސްތައް ހިބާއަށް ދުލާއި ހަމައަށް ގެނެވުނު ގޮތުން ޚުދު ހިބާ ވެސް ލަދުގަންނަ ގޮތްވިއެވެ. އިސާހިތަކު އެ ކޯތާފަތް ރަތްވެގެން ދިޔަ ހިނދު އިސްޖަހައިލެވުނެވެ.
ހިބާ ބުނެލި ބަސްތަކުން ދާރިސްގެ ހިތަށް ވެރިވި އުފާވެރިކަމާއިއެކީ ހީލެވުނުއިރު ލަދުވެތިކަމެއް ވެސް އިޙްސާސް ކުރެވުނެވެ. ދެ އާ ލޯބިވެރިންނަށް ވަމުން ދިޔަ ގޮތް ބަލަން ހުރެފައި ފަރީދުބެ ވާހަކަ ދެއްކިއެވެ.
“ރަނގަޅު ޚިޔާލެއް ތިއީ ހިބާ….ބޭބެ ތިކުދިންގެ ދެމެދުގަ މިހެން ހުންނަން ޖެހިއްޖެއްޔާ ބޭބެވެސް ލަދުން ގޮސް މޮޔަވެދާނެހެން ހީވަނީ…ތަންކޮޅެއް ކުރިން ބުނިނަމަ ހަމަ އެރެއިން އެރެއަށް ވެސް ކައިވެނި ހަމަޖެހުނީހެއްނު؟” ފަރީދުބެ ބުންޏެވެ. އެހިނދު ދާރިސްއާއި ހިބާގެ ދެމެދުގައި ލުއި ހިނިތުންވުންތަކާއި ނަޒަރުތައް ބަދަލުވިއެވެ.
“ކުރިން ނުބުނީ ދާރިސްގެ ޚިޔާލު ތަފާތުވެދާނެއޭ ހިތާ…އަދި ދާރިސްގެ ޑެއިލީ ރޫޓީންއަށް ބަދަލު އައީމަ ދާރިސްއަށް ކިހާ ދަތިވާނެކަން ވެސް އެނގޭތީ….” ހިބާ ކަންބޮޑުވުން އެކުލެވިފައިވާ ގޮތަކަށް ބުންޏެވެ. ހިބާގެ އެ ބަސްތަކުން ވެސް ހިބާ އޭނައާއި މެދު އަޅާލާ މިންވަރު އެނގުންވުމުން ދާރިސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“ދަތިވާނެ….އެކަމަކު ހިބާއާއި އެކީގަ އުޅެން ބޭނުން މިންވަރު ވެސް ވަރަށް ބޮޑު. އެހެންވީމަ އެ ދަތިތައް މާ ބޮޑުވެގެން ނުދާނެހެން ހީވަނީ…އަދި އަހަރެން މިއީ ކުރީގެ ދާރިސްއެއް ނޫނޭ ހިބާ. އަހަރުތަކެއް ވެއްޖެ އަހަރެން ފަރުވާ ހޯދާތާ. އިން ޝާ ﷲ ހިބާ ނުޖެހޭނެ އަހަރެންގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާކަށް….” ދާރިސް ސީރިއަސްކަމާއިއެކީ ބުންޏެވެ. އެ ވާހަކައަށް ހިބާ ހިނިތުންވެލިއެވެ.
“އެކަހަލަ ކަމެއް ދިމާވިޔަސް އަހަރެން ދާރިސް ދެކެ ލޯބިވާނެކަން ޔަޤީން ކުރައްޗޭ….އޭރުވެސް ދާރިސް މާ ބޮޑަށް ރުޅިއައިސް، މާ ބޮޑަށް ދެރަވެ، ނިދަން ދަތިވީމަ އަހަރެން އެހީވި ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެހީވެދޭނަން އިން ޝާ ﷲ….ޤަބޫލުކުރަން ދަތިވިޔަސް އޭރުވެސް އަހަރެން އެ ކަންތައް ކޮށްދިނީ ވަރަށް ކޮށްދޭ ހިތުން…..” ހިބާ ނުފިލާ ހިނިތުންވުމަކާއިއެކީ އެ ވާހަކަތައް ދެއްކިއިރު ހިބާގެ ހިތުގައި އޭނައަށްޓަކައިވާ ލޯބި ދާރިސްއަށް އިޙްސާސް ކުރެވުނެވެ. އެވަގުތު ހިބާގެ ކައިރިއަށް ގޮސް ލޯބިވާ ވާހަކަ ބުނެ ހިބާގެ ގައިގައި ބައްދާލަން ބޭނުންވީ މާ ބޮޑަށެވެ. އެހެނަސް އޭރު އެތާ ފަރީދުބެ ހުރިކަން ހަނދާންވެ، އޭނަ ހިބާއާއި އަދި ނުގުޅޭކަން ހަނދާންވުމުން އެ ޚިޔާލުތަކުން ދުރުވުމަށް ދާރިސް މަޢުޟޫއު ބަދަލުކުރިއެވެ.
“އެހެންވީމަ ހިނގާދޯ ކައިވެންޏާއި ގުޅޭ އިތުރު ވާހަކަތައް މިއަދު ދައްކަމާ؟ ހަމްނާއަށް ވެސް އަދި ޚަބަރު ދޭންވާނެއެއްނު؟ ކައިވެންޏަށްފަހު ދެމީހުން އުޅޭނެ ތަނާއި މެދު ވެސް ނިންމުމެއް ނިންމަން ޖެހޭނެއެއްނު؟ މި ކަންތަކާއި އަދިވެސް ދެމީހުންގެ އެކްސްޕެކްޓޭޝަންތައް ޑިސްކަސްކުރަން ހިނގާ މިއަދު ކޮންމެވެސް އިރަކު އިށީންނަމާ؟” ދާރިސް ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކަށް ވެސް ހިބާ ހިނިތުންވުމަކާއިއެކީ އަވަސްއަވަހަށް ބޯޖަހައިލިއެވެ.
ދާރިސް އެ ބުނި ވާހަކަތައް ދައްކަން ދެމީހުން އިށީނީ އެދުވަހުގެ މެންދުރުގެ ކެއުމަށްފަހުގައެވެ. ދެކެވުނު ވާހަކަތަކުގެ ތެރެއިން ކައިވެނިކުރަން ނިންމުނީ އޭގެ އަނެއްދުވަހުގެ ރޭ ވިންޓޭޖް ޓެކްނޮލޮޖީސްއިން ރާއްޖޭގެ މުދައްރިސުންނަށް އަލްވަދާޢު ކިޔުމަށްޓަކައި ރާވާފައިވާ ރަސްމިއްޔާތު ނިންމުމަށްފަހު އެވެ. އެ ރަސްމިއްޔާތަށްޓަކައި ދާރިސްއާއި ހިބާ ވެސް އެކި ތައްޔާރީތަކެއް ވާންޖެހޭނެތީވެއެވެ. ކުރިއަށް އޮތް ހަފްތާއަކީ ރާއްޖޭއަށް، ގިނަ ދުވަސް ބަންދުވާ ހަފްތާއަކަށްވީތީ، ސަރުކާރުން ބާކީ ހުރި އެ ހަފްތާގެ ބާކީ ހުރި ދުވަސްތައް ވެސް ބަންދުކޮށްފައިވެއެވެ. އެހެންކަމުން ކައިވެންޏަށްފަހު އެ ހަފްތާގައި ހިބާ ސްވިޓްޒަލޭންޑުގައި މަޑުކުރުމަށް ނިންމުނެވެ. އެ ހަފްތާއަށްފަހު ދާރިސް އޮފީހުން އަހަރީ ޗުއްޓީ ނަގައިގެން އަނބުރައި ރާއްޖެއަށް ދިޔުމަށް މަޝްވަރާ ކުރެވުނެވެ. ޗުއްޓީ ނިމުމުން ވެސް އޮންލައިންކޮށް އޮފީހުގެ މަސައްކަތްތައްކޮށް، މުހިއްމު ބައްދަލުވުންތަކަށްޓަކައި ސްވިޓްޒަލޭންޑަށް ދާނީ ކަމަށް ދާރިސް ބުންޏެވެ.
“ހީވަނީ ސީއީއޯ އެގޮތަށް އެއްބަސްވާނެހެން. ޓެކް ކުންފުންޏެއްގެ ގޮތުގައި މޯބައިލްކޮށް ވޯކްކުރުމަކީ އެ ކުންފުނީގެ އެހެން މުވައްޒަފުން ވެސް ވަރަށް ޢާއްމުކޮށް ކުރާ ކަމެއް….އެހެންވީމަ އެގޮތަށް އަހަންނަށް ހަމަ ރާއްޖޭގަ އުޅެވިދާނެ ހިބާ ތި ބުނިހެން ހަމްނާގެ ކިޔެވުން ނިމެންދެން. އެއަށްފަހު ދެމީހުންނަށް ހަމްނާއާއެކީ އަނެއްކާވެސް މިކޮޅަށް އައިސް ހަމްނާ ވެސް ރަނގަޅު ޔުނިވާރސިޓީއަކަށް ފޮނުވޭނެތާ….” ދާރިސް ވާހަކަ ދެއްކިއެވެ. އެހިނދު ގޭގެ އެންމެން ވެސް އެ ވާހަކަ އަޑުއަހަން ސިޓިންގް ރޫމުގެ ސޯފާގައި ތިއްބެވެ. ދާރިސްގެ ވާހަކައަށް ހިބާ ވިސްނުމެއްގައި އިނދެ ބޯޖަހައިލިއެވެ. އޭގެ ފަހުން ސިކުންތުކޮޅެއްގެ ހިމޭންކަމަށްފަހު ވަލީދުބެ ވާހަކަ ދެއްކިއެވެ.
“ދާރިސް….އެނގޭ މިހެން ބުނީމަ ދާރިސް ނުރުހުންވެދާނެކަން އެކަމަކު، މާލެއަށް ބަދަލުވެ އަމިއްލަ ނަން އަނބުރައި ހޯދަން މަސައްކަތް ނުކުރާނަންތަ؟”
ވަލީދުބެ ކޮށްލި ސުވާލާއިއެކީ އިސާހިތަކު ދާރިސްގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ހިބާއަށް ވެސް އެކަން ފާހަގަވެ ދެންމެ އެ ކުރެވުނު ސުވާލާއިމެދު ވިސްނައިލެވުނެވެ. އެކޮޅަށް ގޮސްފައި ވެސް ދާރިސް އުޅެންޖެހޭނީ އީތަންގެ ގޮތުގައިކަން އެނގުންވީ އެ ވަގުތެވެ. އޭނަވެސް ދާރިސްއާއި މުޚާތަބުކުރަން ޖެހޭނީ އެހެންތޯ ހިތަށްއެރި ހިނދު ދާރިސް ވާހަކަ ދެއްކިއެވެ.
“ތިކަހަލަ ކަމެއް ކުރަން ޚިޔާލެއް ނުކުރަން ބޭބޭ…..އެކޮޅަށް ގޮއްސަވެސް ހިބާގެ ރަށުގައި އުޅެން މި ނިންމަނީ. މާ ގިނަ ދިވެހިންނަށް އަހަންނަކީ ކޮންތަނަކުން އައި މީހެއްކަން ވެސް އަންގަން ބޭނުމެއް ނުވާތީ…..ހިބާ، ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަން ޖެހޭތީ އެކަމަކު….ހިބާ ވެސް ގެއިން ބޭރުގަ އަހަންނަށް އީތަންގެ ނަމުން ގޮވިއްޔާ އަހަންނަށް ރަނގަޅީ. އެއީ ޙަޤީޤަތުގަ މިހާރު އަހަރެންގެ ނަމަކީ. މިކޮޅުން ކައިވެނި ރަޖިސްޓްރީވެގެންދާނީ ވެސް އެ ނަމުގަ. ވަލީދުބެ އެ ބުނި ކަންތައް ކުރަން އަދި އަހަރެންގެ ކިބައިގައި އަދި ހިތްވަރެއް ނެތް….އަސްލު މިހާރު ދެން ބޭނުމެއްވެސް ނުވަނީ އަހަރެންގެ ނަން ނެތިކޮށްލި ބަޔަކާއި ކުރިމަތިލާން….” ދާރިސް ހިބާއާއި ހަތަރުކަޅި ހަމަކުރަން ބޭނުމެއް ނުވެފައި އިނދެ ވާހަކަ ދެއްކިއެވެ.
“ކޮން ބައެއްތަ އެހެން ހެދީ ދާރިސް؟” ހިބާއަށް އަހައިލެވުނެވެ. އެ ސުވާލު އިވުމާއިއެކު ދާރިސް އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވާ ގޮތްވިއެވެ. އެ ހިނދު އެ ލޮލަށް ކަރުނަތައް ޖަމާވެ ކަޅި ދެ ފަރާތަށް ހިންގަން ފެށި ގޮތުން ހިބާގެ ހިތަށް ތަދުވިއެވެ.
ދާރިސްއަށް އެއްޗެކޭ ނުބުނެވުމުން ވަލީދުބެ ވާހަކަ ދެއްކިއެވެ.
“ތިކަން ސާފެއް ނުވޭ ހިބާ….ޝަހީދުބެ ދާރިސް ފުރުވަން 3 ދުވަހަށްވެފައި ވަނިކޮށް ބޭބެ މާލޭ ބަނދަރުގައި ހުއްޓާ، ދާރިސް ފުރަން އުޅޭ ބޯޓުގެ ފަޅުވެރިއަކު އެހެން މީހަކާއި ވާހަކަ ދައްކާ އަޑު އިވުނީ….އޭނަ ބުނީ ޖެހިގެން އަންނަ އަންގާރަ ދުވަހުގެ ރޭ އެއްވެސް މުދަލެއް އެއަށް ނާރުވާށޭ. އެހެންނޫނީ ވަރަށް ބަދުނަސީބުވާނެއޭ. ބޭބެ ފުރަތަމަ ހީކުރީ އެއީ ހަމަ އެމީހަކު ޤަބޫލުކުރާ ޤަބޫލުކުރުމަކަށް ބުނެލި ވާހަކައެއްކަމަށް….އެކަމަކު ދާރިސް ފުރަން އުޅުނު ދުވަހުގެ ރޭ ހަމަ ވަރަށް މަދު މީހުން އެ ބޯޓަށް އެރީ އަދި އެއްވެސް މުދަލެއް ވެސް ނާރުވާ. އަދި އެރޭ އެ ބޯޓަށް އެރީ ވެސް އެހެން ފަޅުވެރިއެއް…..އެހާ ހިސާބުން ޝައްކު އުފެދުނީމަ ބޭބެ ޝަހީދުބެއަށް ގުޅާފަ އެންގީ ދާރިސް އެހެން ބޯޓަކަށް އަރުވަން. ބޭބެ ބުނިން ފްލައިޓުން އެ ރަށާއި ކައިރި ރަށަކަށް އަންނާނަމޭ. އެ ރަށަށް ދާ ބޯޓަކަށް ދާރިސް އަރުވާށޭ. އެރޭ އެ ބޯޓަށް ދާރިސް އަރުވާފަ ޝަހީދުބެ ބޭބެއަށް ގުޅީ ވަރަށް ހާސްވެފަ ހުރެ. ކިހިނެއްވީތޯ އެހީމަ ބުނީ ދާރިސް ގޮވައިގެން ވީހާވެސް ދުރު ހިސާބަކަށްދާށޭ. ދާރިސްއަށް އެންމެ ރައްކާތެރި ގޮތަކީ އެއީއޭ. އެއީ ކީއްވެތޯ އަހާއަހާ ޝަހީދުބެ އެއަށް ޖަވާބެއް ނުދޭ. ބުނީ އެއްވެސް މީހެއް ކައިރި ނުބުނާށޭ ދާރިސް ބޭބެގެ ކައިރި ހުރި ވާހަކަ. ދާރިސްއަށް ހަރުދަނާ މުސްތަޤްބަލެއް ބިނާކޮށްދީފަ ނޫނީ އަނބުރައި ނާންނާށޭ ބުނެ ބޭބެ ލައްވާ އެކަމަށް ވަޢުދުކުރުވި….” ވަލީދުބެ ވާހަކަ ދެއްކިދެއްކިހެން ބައްޕަގެ ހަނދާންތައް އާވާން ފެށުމުން ހިބާގެ ލޯ ކަރުނުން ފުސްވިއެވެ. އެ ހިނދު ދާރިސްގެ ލޮލުން ވެސް ކަރުނަތައް ފައިބައިގެން އައެވެ.
“އޭރު ބޭބެ ނިންމައިގެން ހުރީ ޝަބީދައްތައާއިއެކީ ބޭރު ޤައުމަކަށް ބަދަލުވާން. ބޭބެވެސް ކުރިން އެ ވިޔަފާރީގެ ތެރޭގަ އުޅެފަ އެއިން ވަކިވީ ނާއިންސާފުން ވިޔަފާރީގަ ކަންތައް ވާން ފެށީމަ….ޝަހީދުބެ އެހެން ބުނީމަ ބޭބެ އެރެއިން އެރެއަށް ދާރިސް ގޮވައިގެން އިންޑިއާއަށް ދިޔައީ. އިންޑިއާއަށް ދިޔަފަހުން ޚަބަރު ލިބުނީ ދާރިސް ނިޔާވި ވާހަކަ މުޅި ރާއްޖެއަށް ފެތުރިގެން ދިޔަކަން…ޝަހީދުބެ ބުނި ބަސްތަކުގެ ތެދުކަން ބޭބެއަށް އިޙްސާސް ކުރެވުނީ އެ ވަގުތު. އެހެންވެ އިންޑިއާއަށްވުރެ ވެސް ދުރު ހިސާބަކަށް ދާން ނިންމީ….ދާރިސް ބޭނުންވީ ސްވިޓްޒަލޭންޑަށް އަންނަން. އެހެންވެ ދާރިސްއާއި އެކީ ކަނޑުމަގުން މި ޤައުމަށް އައިސް މި ޤައުމަށް ބަދަލުވާން ނިންމީ…އޭރު ބޭބެއާއި ޝަބީދައްތަގެ ދަރިއެއް ނެތީމަ ދާރިސް އަހަރުމެންގެ ދަރިއެއްގެ ގޮތުގަ ދެކިގެން ދާރިސްގެ ހުރިހާ އެދުމެއް ފުރިހަމަކޮށްދޭން ބޭނުންވީ…..އެ ފަހުން ކަންނޭނގެ ތި މައްސަލައިގެ ތަޙުޤީޤުތައް ހިނގައި ޝަހީދުބެގެ ބޮލުގަ ދާރިސްގެ މަރުގެ އިލްޒާމް އެޅުވިގެން ދިޔައީ. އެ ޚަބަރުތައް އަހަރުމެންނާއި ހަމައަށް ނުފޯރާ ހިބާ….ބޭބެވެސް އޭގެ އަހަރުތަކެއް ފަހުން ރާއްޖެއަށް ދިޔައީ. އޭރު އެ ވާހަކަ އެއްކޮށް ނެތިގެން ގޮސްފި. އަމިއްލަ ވަޒީފާއާއި ވިޔަފާރީގެ ކަންތަކުގަ ބުރަވެގެން ދިޔައީމަ ޝަހީދުބެއާއި ބައްދަލުކުރަން ނުދެވުނީ. އެކަމަށްޓަކައި ބޭބެވެސް ހިބާއަށް ވަރަށް ބޮޑަށް މަޢާފަށް އެދެން….” ވަލީދުބެ ތަފްޞީލުކޮށް ކިޔައިދިނުމަށްފަހު ބުންޏެވެ.
“ތިހެން ނުބުނޭ ބޭބޭ…..ބޭބެ ބައްޕަ ބުނިގޮތަށް ހަދައިގެން ދާރިސް ރައްކާތެރިކޮށްދިނީތީ ބޭބެއަށް ޝުކުރުވެރިވަން. ދާރިސް ވެސް ވެގެން ދިޔަ ހުރިހާ ކަމަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ނުކުރުން އެދެން. ބައްޕަ ދާރިސް ރައްކާތެރިކޮށްދިނީ ރަނގަޅު ނިޔަތެއްގަ. ބައްޕަގެ އެ ޢަމަލު ޤަބޫލުކުރެވި އޭގެ ސަބަބުން ބައްޕައާއި ކުރިމަތިވި ދަތިތަކަށް ވެސް ބައްޕައަށް ފުރިހަމަ ޘަވާބު ލިބެމުން ދާނެކަން އަހަންނަށް ޔަޤީން، އިން ޝާ ﷲ….އެހެންވީމަ ދެރަ ނުވައްޗޭ ދާރިސް. އަހަރެން އެންމެ ހިނދުކޮޅަކަށް ވެސް ބައްޕައަށް ދިމާވި ކަންތަކަށްޓަކައި ދާރިސް ކުށްވެރިއެއް ނުކުރާނަން….” ހިބާ ދާރިސްއަށް ޔަޤީންކަން ލައިދިނެވެ. އެހިނދު ދާރިސް ދެންވެސް އިސްޖެހިފައި އިނދެ ކަރުނަތައް ފޮހެމުން ވާހަކަ ދެއްކިއެވެ.
“ހިބާއަށް އަދި އެނގެންޖެހޭ މުހިއްމު ވާހަކައެއް އެބައޮތް…” ދާރިސް ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
“ކޮން ވާހަކައެއް؟”
“އަހަރެން….ގެ ބައްޕައަކީ ކާކުކަމެއް އަހަންނަށް ނޭނގޭ…އަހަރެން މިއީ…މަންމައަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަންމައަށް ލިބުނު ކުއްޖެއް….”
ދާރިސް އިއްވައިލި ވާހަކައިން ލިބުނު ޝޮކާއިއެކީ ހިބާގެ ދެލޯ ބޮޑުވިއެވެ. އެ ބުނި އެއްޗެއް ދޭހަކުރަން މަސައްކަތް ކުރިކުރިހެން ހުރެވުނު ތަން ވެސް ހިބާ ހަނދާން ނެތޭހާވިއެވެ.
ހިބާއަށް ވީގޮތް ފެނިފައި ދާރިސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“އަސްލު ހިތަށްއެރި ކައިވެނި ކުރެވެންދެން ހިބާގާތު މި ވާހަކަ ނުބުނާނީއޭ ވެސް….އެކަމަކު ހިބާ ބުނިހެން ޙަޤީޤަތް ފޮރުވުން ވެސް ހިމެނޭނީ ދޮގުތަކުގެ ތެރޭގަ ކަންނޭނގެ. ހިބާ އެއްގޮތަކަށް ވެސް އަނދިރީގަ ބަހައްޓަން ބޭނުމެއް ނުވާތީ އަހަރެން މި ވަގުތު މި ވާހަކަތައް މި ބުނެލީ….” ދާރިސް އެހެން ބުނުމަށްފަހު ހިބާއަށް ބަލަން އިނީ ހިބާ ބުނާނެ އެއްޗެއް އެނގެން ބޭޤަރާރުވެފައިވާ ޙާލުގައެވެ. އެހެން މީހުންނަށް ވެސް ހިބާއަށް ބަލަން ތިބެވުނީ ހިބާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
ހިބާ އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ދާރިސް އިތުރަށް ވާހަކަ ދެއްކިއެވެ.
“މި ވާހަކަތައް އެނގުމަށްފަހު ހިބާ މި ކައިވެންޏަށް ނޫނެކޭ ބުންޏަސް އަހަރެން ހިބާ ގޯހެއް ނުކުރާނަން. ހިބާއަކީ އެއްދުވަސްވަރެއްގައި އަހަންނަށް އެހީވެދީ، އަހަރެންދެކެ ލޯބިވި، އަދި އަހަރެންގެ ހިތުން ވެސް ޖާގައެއް ހޯދި އަންހެން ކުއްޖެއްގެ ގޮތުގައި ހިބާއަށް ޤަދަރުކުރާނަން. އެހެންވީމަ ހިބާ ކައިވެނިކުރަން ބޭނުމެއް ނޫނިއްޔާ އެ ވާހަކަ ބުނަން ޖެހިލުން ނުވައްޗޭ….އަހަރެން ދެރަވެދާނެތީ ވެސް ޖެހިލުންނުވާތި. ހިބާ އަހަރެންގެ ޙަޔާތުން ދިޔަޔަސް އިން ޝާ ﷲ އުފަލުގަ އުޅެވޭތޯ މަސައްކަތް ކުރާނަން. އޭގެ ބަދަލުގަ ހިބާ ހިތާއި ދެކޮޅަށް އަހަންނާއި ގުޅުނިއްޔާ އަހަރެން ބޮޑަށް ދެރަވާނީ….” ދާރިސް ތެދުތެދަށް އޭނަގެ އިޙްސާސްތައް ބަންޑުން ކުރިއެވެ. އޭނަ ޙަޤީޤަތުގައި ވެސް އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އެދެނީ ހިބާގެ އުފާވެރި ކަމަށެވެ. ހިބާ އޭނައާއި އެކުގައި ވިޔަސް އަދި އޭނައާއި ދުރުގައި ވިޔަސްމެއެވެ. ހިބާ އޭނައާއި ވަކިވާ ޚިޔާލުން މޭގައި ރިހުމެއް އުފެދުނު ކަމުގައި ވިޔަސްމެއެވެ.
ދާރިސްގެ އެ ވާހަކައަށްފަހު ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން މިފަހަރު ނެތިގެން ދިޔައީ ހިބާ ވާހަކަ ދެއްކުމުންނެވެ.
“ކުޑަކޮށް ޝޮކްވެއްޖެ ތި ވާހަކަތައް އިވިފަ….އޭރުވެސް ހިތަށްއަރާ ދާރިސްގެ ބައްޕަގެ ވާހަކަ ނުއިވެނީ ކީއްވެބާއޭ. ބައްޕަ ދުނިޔޭގަ ނެތީއޭ ހިތާ ދުވަހަކުވެސް ސުވާލެއް ނުކުރީ…ވަރަށް ދެރަވެއްޖެ ޙަޤީޤަތުގަ ތި ވާހަކަތައް އިވިފަ…” ހިބާ އެ ބަސްތައް ބުނެލިއިރު ދެރަވެފައި ހުރި މިންވަރު އެ ލޯމަތިން ފެންނަމުން ދިޔައެވެ.
ހިބާ ވާހަކަ ދެއްކި ރާގުން ދާރިސްގެ ހިތް މޭތެރޭގައި އޮވެ ގެނބިގެން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. ދެންމެ ދާދި ފަސޭހައިން ހިބާ އޭނައާއި ދުރުވިޔަސް އޭނައަށް އުފަލުގައި އުޅެވިދާނެ ކަމަށް ބުނެވުނެއްކަމަކު އެހެން ވެދާނެކަމަށް ހީވި ހީވުމާއިއެކީ ވެސް އޭނަގެ ގައިގައި މޮޅީގެ ސާލެއް އެޅުވިގެން ދިޔަހެން ހީވިއެވެ. އިސާހިތަކު އަމިއްލަ ނަފްސަށް ވެވެން ފެށި ޙަމްދަރުދީއިން އަރައިގަތުމަށްޓަކައި ދާރިސް ވާހަކަ ދެއްކިއެވެ.
“އެހެންވީމަ މާނައަކީ ހިބާއަށް އަހަންނާއި މެރީ ނުކުރެވޭނެއޭދޯ؟ އިޓްސް ކޮމްޕްލީޓްލީ އަންޑަސްޓޭންޑެބްލް….ހެހެ. ހަމަ އެއްވެސް މައްސަލައެއްނޫން އިނގޭ ހިބާ. ފަރީދުބެ އެހެންވީމަ މާދަމާގެ ރަސްމިއްޔާތު ނިންމާލާފަ ހިބާއާއި ބޭބެ ރަށަށް ދާން އަހަރެން ޓިކެޓް ނަގާލަދޭނަން…ރަސްމިއްޔާތަށްޓަކައި ބައިވަރު ތައްޔާރީތައްވާން ހުރީމަ ދެން ގޮސްލާނަން އިނގޭ. ހެހެ….” ދާރިސް ގަދަކަމުން ކަހަލަ ގޮތަކަށް ހެމުން ކޮޅަށް ތެދުވެލީ ހިތާމަވެރިކަން ފޮރުވަންކަން އެތާތިބި އެކަކަށް ވެސް ސިއްރެއް ނުވިއެވެ. އެހެނަސް ދާރިސް އޭގެއިން އެއްވެސް މީހަކަށް ބެލުމެއްނެތި އެންމެންނަށް ފަސްދީފައި ދާން ހިނގައިގަތީ އޭނަގެ ކަރުނަތައް ހިންދަން ގަދައަޅައި މަސައްކަތް ކުރަމުންނެވެ. މާ ދުރަށް ނުދެވެނީސް ދާރިސްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، ފަހަތުން ހިބާގެ އަޑު އިވިގެން ދިޔުމުންނެވެ.
“ދެރަވީ ދާރިސްއާއި މެރީ ނުކުރެވޭނެތީވެއެއްނޫން….ދެރަވީ އަހަރެން ފަދައިން ދާރިސްއަށް ވެސް ކުޑައިރު ދަތިތަކާއި ކުރިމަތިވެފަ ހުންނާނެ ވަރު އެނގުންވީމަ. ދާރިސްގެ ހިތާމަ އަހަންނަށް އަންދާޒާ ވެސް ނުކުރެވޭނެތީ…” ހިބާ އެ ވާހަކަތައް ދެއްކީ ކަރުނުން ވިދަމުން ދިޔަ ލޮލާއިއެކީ ލަސްލަހުން ސޯފާއިން ތެދުވެ ދާރިސް ހުރި ދިމާލަށް އެނބުރި ހުރެއެވެ. ހިބާ ދެއްކި ވާހަކަތަކުން ދާރިސްއަށް ހުއްޓުން އަރާފައި ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ.
“ދާރިސްގެ ބައްޕަ ދާރިސްއަށް ނޭނގުމަކީ އެއްގޮތަކަށް ވެސް ދާރިސްގެ ކުށެއް ނޫން. މަންމައަށް ލިބުނު އަނިޔާއެއްގެ ތެރެއިން ދާރިސް ދުނިޔެއަށް އައުމަކީ ވެސް ދާރިސްގެ ކުށެއްނޫން. އަހަރެން ދަންނަ ގޮތުގަ ދާރިސްއަކީ ދާރިސްގެ މަންމަދެކެ ވަރަށް ލޯބިވާ، އަދި މަންމައަށް އިޙްތިރާމްކުރާ ކުއްޖެއް. މަންމަ ކައިރީގައި ނެތަސް މަންމަމަތިން ހަނދާންވެ، މަންމައާއި ބައްދަލުކުރަން ބޭނުންވާ ކުއްޖެއް. މުސްތަޤްބަލުގަ ﷲ ގެ އިރާދަފުޅުން އަހަންނަށް ލިބޭނެ ކުއްޖަކަށް ދާރިސް ރަނގަޅު ނަމޫނާއަކަށް ވާނެކަމަށް ޤަބޫލުކުރެވޭ. އަދި ދާރިސް އެހާމެ ރަނގަޅު ބައްޕައަކަށްވާނެ ކަން ވެސް ޔަޤީން ކުރެވޭ. ވީއިރު ދާރިސްއާއި ނުއިންނަންވީ ސަބަބެއް ނުވިސްނޭ….”
ހިބާގެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ފަދަ ފުން ލޯތްބެއް ދާރިސްއަށް އިޙްސާސް ކުރެވުނެވެ. އެ ބަސްތަކުން އޭނަގެ މާޒީއިން ހިތަށް ލިބިފައިވި ހުރިހާ ޒަޚަމެއް އެއްފަހަރާ ނެތިދިޔައީހެން ހީވިއެވެ. ފުރަތަމަ ފަހަރަށް މީހަކު އޭނަގެ ހުރިހާ އައިބެއް އެނގިހުރެ ވެސް އޭނަގެ ގޮތުގައި މީހަކު އޭނަ ޤަބޫލުކުރިހެން ހީވިއެވެ. އެ ހީވި ހީވުމާއިއެކީ ދާރިސްގެ ލޮލަށް ކަރުނަތައް ޖަމާވެ ގިސްލެވެން ފެށީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެތައް އަހަރެއް ވަންދެން ހިތުގެ އަޑީގައިވި ހިތާމަތައް ބޭރުކުރަން އުޅުނު ފަދައަކުން މޭމަތީގައި އަތް އަޅައިގެން ހުރެ ގިސްލަމުން ގޮސް ބިމަށް ތިރިވެވުނެވެ. އެއާއިއެކު ވަލީދުބެ ދާރިސްއަށް ގޮވަމުން ދާރިސްގެ ކައިރިއަށް ދިޔަހިނދު ހިބާއަށް ވެސް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެހެނަސް ހިބާއަށް އެ ހުރިތާ ހުރެގެން ހިތާހިތުން ދާރިސްއަށް ހިތްވަރު ދިނުން ނޫންކަމެއް ނުކުރެވުނު ގޮތުން އޭނަގެ ލޮލުން ވެސް ކަރުނަތައް ފައިބައިގެން އައެވެ. އެހެނަސް ހިބާ އެ ކަރުނަތައް ފޮހެލަމުން ޙަމްދުކުރީ ދެމީހުން ގުޅެން ދެން އޮތީ މަދު ދުވަސްތަކެއްކަން ހަނދާންކުރަމުންނެވެ.
ނުނިމޭ
Jana
October 30, 2021 @ 2:55 pm
Salaam kiyuntherin! ^_^ kuru kuru baeh mirey mi genesdhevuny. In Sha Allah dhen oiy bai dhigu kolladheynan. Ebai genesdheven othy next Saturday ga In Sha Allah. Edhuvahaai jehendhen mi baithakaa gulhey post thah genesdheynan In Sha Allah.
Stay safe readers. Much love! <3 <3 <3
Jana
October 30, 2021 @ 2:57 pm
Two mature people sitting together and discussing openly about their lives and expectations = Successful marriage
ISHY
October 30, 2021 @ 10:04 pm
💜💜🥰
ISHY ☆
October 30, 2021 @ 10:17 pm
So interesting…🤍
Luv u’re stories sis…💜
Curiously waiting for the next part……
Be safe. 🥰
Jana
November 1, 2021 @ 3:12 pm
Alhamdhulillah! These words mean a lot! *feeling loved* Next part Saturday ga In Sha Allah. Stay safe! <3
Ibaa
October 31, 2021 @ 12:00 pm
sooo interesting..Cant wait for their marriage😅..sis ask hiba to invite me for her wedding..hehehe, as always this story is a source which gives a lot of life lessons..entertaining 💕💖…I have nothing to say for your writings..Just speechless..
Jana
November 1, 2021 @ 3:16 pm
hehe….of course vaahakaige hurihaa readers ah invitation libeyne 😉 varah cool vaane ingey wedding 😀 dhe talented meehun viyya dho?
Alhamdhulillah! Years ago I started writing Hijra with that goal in mind. Writing stories that are beneficial and entertaining at the same time. Your comment is just a glimpse that its only Allah Who helps us achieve our goals. Subhaanallah! <3 Jazaakillah Khairan for the support, sis! <3 <3 <3
Anonymous
November 1, 2021 @ 6:40 am
Fahu ge baithah ehaa interesting eh noon
Jana
November 1, 2021 @ 3:20 pm
Anonymous ge mi comment hithun ruhumun balaigathin ingey ^_^ Engey dhigu vaahaka eh migothah up vaairu throughout koh hurihaa readers ge interest eh level egga nuhunnaanekan.
Fahuge baithah aslu genesdhevifa hury Jana genesdheyn raavaigen huri varah noon. Ehenveema story pace thankolheh slow vefa hury. Interest dhahvaa sababaky ey kamahves vedhaane.
Anyhow will keep giving my best ingey Anonymous. Hope you will stay with us till the end of the story In Sha Allah ^_^
Anonymous
November 6, 2021 @ 3:40 am
Aslu ves kuru veema aa slow vefa hureema flow gellifa huree kuda koh
But hama ekani vaahaka liyumakah noon dhw Jana ge vaguthuthah hus kuranee
Ehen veema mihin ves vedhaane
All the best
janaa sis iam back
November 1, 2021 @ 7:52 pm
kokki
janaa sis i'm back after a long time
November 1, 2021 @ 7:53 pm
kokki
wow this is teuly unexpected
November 1, 2021 @ 7:54 pm
kokki
eunoia
November 3, 2021 @ 8:35 am
waaaww😩😩😩…vrh lahun dhw mi kiyaalevuny mifaharu😪… part kurakas vrh hiyhama jehey kiyaalan libeythy vx☺️☺️..in sha Allah Saturday ah wait kohlaanan.. 🤗❤️ehaa Gina dhuvaheh vx neh dhw hehe😅… anyways vrhh inthizaaru kureveyne ingey ✨🤍