Alhugandumen ekaku anekakah naseyhaiy dheyn jeheny kihineh?
ޢަރަބި ބަހުގައި “ވަޞިއްޔަތް” މި ބަހުގެ މާނައަކީ މީހަކު ދުނިޔެ ދޫކޮށްދާން ގާތްވެފައި ވަނިކޮށް ދޭ ނަޞޭޙަތެކެވެ. އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި އެކަކު އަނެކަކަށް ނަޞޭޙަތްތެރިވާން ޖެހެނީ ކިހިނެއްކަން ސިފަ ކުރެއްވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވި ބަސްފުޅަކީ އެ ބަހާއި ގުޅުން ހުރި ބަހެކެވެ (ތަވާޞައު). މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟
މިއިން އެނގެނީ އަޅުގަނޑުމެން އެކަކު އަނެކަކަށް ނަޞޭޙަތްތެރިވާން ޖެހޭނީ ލޯތްބާއި އެކީގައި ކަމެވެ. ނަޞޭޙަތްތައް ދޭންވާނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމެވެ. އަދި އަޑުއަހާ މީހަކަށްޓަކައިވާ އަޅާލުމަށްޓަކައި މެނުވީ އަޅުގަނޑުމެންގެ ދުލުން ބަހެއް ނުބުނެވޭނެ ކަމެވެ. އެހެނިހެން ކޮންމެވެސް އެއްދުވަހަކުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަރުމަތީގައި ވާ ހިނދު އަޅުގަނޑުމެން ބުނެލާ ބަހަކުން އަޑުއަހާ މީހަކު ދެރަވާން ނޭދޭނަމުއެވެ. އަދި ބުނާ ކޮންމެ ވާހަކައެއް ބުނާނީ އެވަގުތު ކައިރީގައި ތިބޭ މީހުންނާމެދު އަޅާލެވޭ މިންވަރުންނެވެ. މީގެ އިތުރުން އެވަގުތު ދެވޭ ނަޞޭޙަތެއް ދެވޭނީ ވެސް ދުނިޔޭގެ އެއްވެސް އެދުމެއް އޮވެގެނެއްނޫނެވެ. އެވަގުތު ނަޞޭޙަތެއް ދޭނީ ހަމައެކަނި އާޚިރަތަށް އެދިގެންނެވެ.
ޢާއްމު ދިރިއުޅުމުގައި އުޅޭއިރު އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނާއިމެދު މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ކަންތައް ކުރަންޖެހެނީ މިހެންނެވެ. ސުބްޙާނަ ﷲ!