ދާރިސް (އެކާޅީސްވަނަ ބައި)
ދާރިސް ފަހަތު ސީޓުގެ ދޮރު ހުޅުވައިލީ ވެސް ހިނިތުންވުމެއްގައި ހުރެއެވެ. ފަހަތު ސީޓު މަތީގައި އޮތް ރިންގުވަމުން ދިޔަ ފޯނު ދާރިސް ނެގީ، އެއަށް ގުޅަމުން ދާނީ ކޮންމެވެސް އަންހެން މުދައްރިސެއް ކަމަށް ނިންމަމުންނެވެ. އެހެނަސް ސްކްރީނުން ފެނުނު ނަމަކުން ދާރިސްގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. ‘މާޒިން’ ގެ ނަމުން ސޭވްކުރެވިފައިވާ އެ ނަންބަރަށް ބަލަން ދާރިސްއަށް ހުރެވުނީ ދެބުމަ ކައިރިކޮށްގެންނެވެ.
ދާރިސް އެ ސްކްރީނަށް ބަލަބަލާ އިންދާ ވައިބާރއިން އަންނަމުން ދިޔަ އެ ކޯލު ނިމުމަކަށް އައިސް ފޯނު ލޮކްވެގެން ދިޔައެވެ. އެ މަންޒަރު ފެނިފައި ދާރިސް އަމިއްލަ ޚިޔާލުތަކުގައި ހުރެ ފޯނު ތިރިކޮށްލުމަށްފަހު ކާރުގެ ދޮރު ލައްޕައިލިއެވެ.
ދާރިސް އަނބުރައި ގެއަށް ވަދެގެން އައިއިރު ވެސް ހިބާ ކާގޭގެ މޭޒުދޮށުގައި އިނެވެ. ދާރިސް ކާގެއަށް ވަދެގެން އައުމާއިއެކު ހިބާ ވާހަކަ ދެއްކިއެވެ.
“ބަލާބަލަ ދާރިސް….ދެންމެ އަހަރެން ފެން ހުރިތޯ ބަލަން އައިސްއަލަމާރި ހުޅުވައިލީމަ ފްރުޓްސް ވެސް ހުރި…..ބަލާބަލަ ވަރަށް ފްރެޝް!” ހިބާ އެހެން ބުނެލީ މޭޒުމަތީގައި ބެހެއްޓިފައި ހުރި ރަތްކުލަ ގަދަ ސްޓްރޯބެރީ ބޯތަށިން ސްޓްރޯބެރީއެއް ނަގައި ދާރިސްއަށް ދައްކަމުންނެވެ.
“ހުމް….މީރުދޯ؟” ހިބާގެ ސޫރަ ފެނި އެ ޖޯޝުން އެކުލެވިގެންވި އަޑު ފެނިފައި ދާރިސްއަށް ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
“އަދި ނުކަން….މިއީ އަހަރުމެން އެއްޗެއްތަ؟” ދާރިސް ގޮސް ކުޑަ ކާ މޭޒުދޮށުގައި އޭނަގެ ކައިރީގައި އިށީން ވަގުތު ހިބާ އެހިއެވެ.
“ބުނީމެއްނު އަމިއްލަ ގެއެއްގެ ގޮތުގަ މިގޭގަ އުޅޭށޭ؟ ގައިމު ކުއްޖަކު ބުނި ތިމަންނަ ދެން އެއްވެސް ކަމަކާއިމެދު ނުވިސްނާނަމޭ. މޮޔަ ކަމެއް ކުރެވުނަސް ޑޯންޓް މައިންޑް މީ އޭ!”
“އޮހް! ޔެސް ރައިޓް! އެހެންވީމަ ދާރިސް ވެސް ނިކަން ނުވިސްނާ އާ އޭ ކިޔާލަބަލަ…”
ހިބާ އެހެން ބުނުމުން ދާރިސް ހިބާ ބުނިގޮތަށް ހެދިއެވެ. އެއާއިއެކު ދާރިސް ނުވިސްނާ ހުއްޓާ ހިބާ އޭނަގެ އަތުގައި އޮތް ސްޓްރޯބެރީ ދާރިސްގެ އަނގައަށް ލެއްވިއެވެ. ހިބާގެ ކުއްލި ޙަރަކާތުން ދާރިސްގެ މޫނުމައްޗަށް ވެރިވި ކުލަވަރުންނާއި، ސްޓްރޯބެރީގައި އެއްބައި ދާރިސްގެ އަނގައިގެ ބޭރުން ފެންނަމުން ދިޔަ ގޮތުން ހިބާއަށް ހެވެން ފެށިއެވެ. ހުނުމުގެ ތެރެއިން ހިބާ ‘ސޯ ކިއުޓް’ އޭ ބުނެލި ގޮތުން ދާރިސްއަށް ވެސް ލަސްލަހުން ހެވެން ފެށިއެވެ.
“ދައްކަބަލަ އަހަރެން ވެސް ރަހަ ބަލައިލަން….ޝެއާރކޮށްގެން ކެއީމަ އިތުރަށް މީރުވާނެއޭ މީހުން ބުނެއުޅޭ. ހިނގާ ބަލަމާ!” ހިބާ އެހެން ބުނެލީ ދާރިސްގެ އަނގައިން ބޭރުގައި ހުރި ސްޓްރޯބެރީގެ ބައިގައި ހިފަމުންނެވެ. އެއާއިއެކު ދާރިސް އެބައި ދަތުން ވަކިކޮށްލުމުން ހިބާއަށް އެ ބައި ލިބުނެވެ. ހިބާ އެ ބައިން ތަންކޮޅެއް ކަމުން މީރުކަން ދައްކުވައިދޭ ފަދަ އަޑެއް ލެއްވުމުން ބޯޖަހަން ފެށި ގޮތުން ވެސް ދާރިސްއަށް ނުފިލާ ހިނިތުންވުމެއްގައި އިނދެވުނެވެ. އެހިނދު ދާދި ދެންމެއަކު ހިތަށް ވެރިވެފައިވި ހުރިހާ ނޭދެވޭ ޚިޔާލުތަކެއްގެ މަތިން ހަނދާން ނެތިފައިވިއެވެ.
އެހެނަސް އެ ހަނދާން އަލުން އާ ވެގެން ދިޔައީ އޭގެ މާ ގިނައިރެއް ނުވެ ހިބާ ވާހަކަ ދެއްކުމުންނެވެ.
“އަނހަ ފޯނު ވެސް އެބައޮތޭދޯ؟ އައި ސްވެއާރ ދާރިސްއާއިއެކީ ހުންނައިރު އަހަރެން ހުރިހާ ހާސްވާންޖެހޭ ކަމެއްގެ މަތިން ހަނދާން ނެތޭ….ހެހެ…އޯ ނޯ! މި ހުރިހާއިރު ވަންދެން ޑޭޓާ ޖައްސާފަތަ އަހަންނަށް މީތި ބޭއްވުނީ؟!” ފޯނު ހުޅުވައިލުމާއިއެކު އެކަން އެނގުންވުމުން ހިބާގެ ލޯ ބޮޑުވިއެވެ.
“ހުމް….” ދާރިސް އެހެން ބުނެ އިތުރު އެއްޗެކޭ ބުނަން އުޅުނެއްކަމަކު އެކަމަށް ނުކުޅެދުނެވެ. އެވަގުތު ހިބާ ފޯނުން ކުޅެމުން ގޮސް ދެންމެ އައި މިސް ކޯލު ފެނިފައި ހިބާއަށް ވާނެ ގޮތް ދަނެގަންނަން ބޭނުންވެފައިވި މިންވަރުންނެވެ.
“ކުލާސް ގްރޫޕްތަކުގެ މެސެޖުތައް ސަތޭކައަށް އެބައަރާ! މި ދެ ތިން ދުވަހަކު ނުވެސް ބަލަމޭ ވައިބާރއެއް. ނަސީބަކުން ޑިޒާސްޓާރއެއް އައިސްފަ ނެތްހެން ހީވަނީ….” ހިބާ އެހެން ބުނެލީ ވައިބާރ ހުޅުވައި އެކި ގްރޫޕްތަކުގެ މެސެޖުތައް ވަކިވަކިން ބަލަމުންނެވެ.
ވައިބާރ ހުޅުވުމާއިއެކު އެންމެ މަތިން ހިބާއަށް ފެނިގެން ދިޔައީ މާޒިންގެ ނަމުގެ ދަށުން އައިސްފައި އޮތް މެސެޖެކެވެ. އެ މެސެޖު ބެލުމުގެ ކުރިން ވެސް ޓީޗަރުންގެ ގްރޫޕާއި އޭނަގެ ކުލާސް ގްރޫޕް ބަލައިލީ ސްކޫލްގައި ހިނގަމުންދާ ކަންތައް ދެނެގަންނަން ބޭނުންވި މިންވަރުންނެވެ. އެ ގްރޫޕްތައް ބެލުމަށްފަހު މާޒިންގެ މަންމަގެ ޗެޓްލޮގް ހިބާ ހުޅުވިއެވެ. އެ ޗެޓް ލޮގުގައި އެންމެ ފަހުން އައިސްފައި އޮތް މެސެޖަކީ ‘އެއީ އޮޅުމެއް’ ކަމަށް ލިޔެވިފައި އޮތް މެސެޖެވެ. އޭގެ މަތިން ދާދި ދެންމެއަކު އައިސްފައި ހުރި މިސް ކޯލު ފެނިފައި ހިބާ އެންމެ ރަނގަޅުކަމަށް ބުނެ މެސެޖެއް ފޮނުވައިލިއެވެ.
“މިގޮތަށް ވައިބާރ ފެނުނީމަ ހީވަނީ ބޮޑު ޗުއްޓީ އައިސްގެން އުޅޭހެން. ހެހެ…..އެހެން ނޫންނަމަ ޕޭރެންޓުންގެ މެސެޖުތައް ވެސް ވަރަށް ގިނަވާނެ….” ހިބާ ކުލާސް ގްރޫޕްތައް ވަކިވަކިން ހުޅުވައި މެސެޖުތައް މަތިމަތިން ބަލަމުން ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“ޕޭރެންޓުން ވެސް ވަރަށް ގިނައިން ގުޅައި އުޅޭތަ؟” ދާރިސް އެހެން އަހައިލީ ދާދި ދެންމެއަކު ހިބާގެ ފޯނުން ފެނުނު ނަމުގެ މަތިން ހަނދާން ކުރަމުންނެވެ.
“ނޮޓް އޯލްވޭސް….އިވެންޓެއް ބާއްވަން އުޅެންޏާ ޢާއްމު ގޮތެއްގަ ކަންކަން އޮޅުން ފިލުވަން ގުޅައި އުޅޭނީ. ޒަމާން ބަދަލުވެފަ އޮތްވަރު މިއިން އެނގެނީ. އަހަރުމެން ސްކޫލަށް ދިޔަ ދުވަސްވަރު އަހަރުމެން އެއްފަހަރު ވެސް ޓީޗަރުންނަށް ގުޅައި ހެދި ހަނދާނެއް ނުވޭ….އޯ ގޯޑް އައިމް ޓޯކިންގް އެބައުޓް ވޯކް! ދާރިސް އަހަންނަށްޓަކައި ކަމެއް ކޮށްދެންޏާ ގޭގަ އުޅެމުން އަހަންނަށް ސްކޫލްގެ ވާހަކަ ނުދައްކަން ހަނދާން ކޮށްދެއްޗޭ. ފޯނު ޑު ނޮޓް ޑިސްޓާބްއަށް ލާންވީ….އޯރ ބެޓާރ ޔެޓް، ނިވާލަންވީ!” ހިބާ އެހެން ބުނެ ފޯނުގެ އެއްފަރާތެއްގައި ހުރި ބަޓަނަށް ގަދައަށް ފިތައިލުމަށްފަހު ނިވުނުކަން ޔަޤީންކޮށްލަމުން ފޯނު މޭޒުގެ ކަނެއްގައި ބަންޑުން ބޭއްވިއެވެ. އެއަށްފަހު ދާރިސްއަށް ބަލައިލުމަށްފަހު ހީލުމުން ދާރިސްއަށް ވެސް ހީލެވުނީ ހިތަށް ލިބުނު ހަމަޖެހުމަކާއި އެކީގައެވެ.
ދެންމެ އެ ގުޅީ ކޮންމެ މީހެއްކަމަށް ވިޔަސް ހިބާ އޭނަގެ ކައިރީގައި ހުންނަން ބޭނުންވާކަން ޔަޤީންވުމުންނެވެ. ދާދި ދެންމެއަކު ހިބާ އެ ބުނީ އޭނަ ވެސް ހިބާއާއި އޭނަގެ ދެމެދަށް އެހެން މީހަކު ގެންނަން ބޭނުންނުވާތީ ބުނި ބަސްތަކެއް ކަމަށްވާތީވެއެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ‘މާޒިން’ އަކީ ކާކުތޯ އަހަން ދާރިސްގެ ހިތް އެދުނެވެ. އެހެނަސް ދެންމެ ހިބާ ދެއްކި ވާހަކައިން އެ ވާނީ ކުއްޖެއްގެ ބެލެނިވެރިއަކަށް ކަމަށް ދާރިސްއަށް ނިންމުނެވެ. އެއީ ކުއްޖެއްގެ ބައްޕައަކަށް ވިޔަސް ހިބާ އެ މީހަކާއި ވާހަކަ ދައްކާނީ ވަކި އިންތަކެއްގެ ތެރެއިންކަން ދާރިސްއަށް ޔަޤީންކުރެވުނެވެ. އެ ނޫން ގޮތަކަށް ހިބާއާއިމެދު ވިސްނަން ވެސް ދާރިސްއަށް ދަތިވިއެވެ. މިހާތަނަށް އައިއިރު ހިބާގެ އަޚްލާޤު އޭނައަށް ފެނިފައިވާތީވެއެވެ. އަދި ހިބާއަކީ އޭނަގެ އަނބިމީހާއަށް ވެސް ވީތީވެއެވެ. އަނބިމީހާއަށް ޝައްކު ކުރުމަކީ އޭނަ ކުރަން ބޭނުންވާ ކަމަކަށް ނުވާތީވެއެވެ. ޙަޔާތުގެ ބައިވެރިޔާއާއި މެދު ކިރިޔާވެސް ހެޔޮކޮށް ވިސްނެން އޮތް ޙާލަތެއް ނަމަ އެގޮތަށް ވިސްނަން އޭނަ އަބަދުވެސް ކަނޑައަޅައިގެން ހުރީތީވެއެވެ.
ހިބާގެ ފަރާތުން ދެން ފެނިގެން ދިޔަ ކަންތައްތަކުން ވެސް ދާރިސްއަށް އޭނަގެ އެ ޢަޒުމުގައި ހިފަހައްޓަން ފަސޭހަވިއެވެ. ހިބާ އެ ފޯނު ނިވައިލި ފަހުން ފޯނުގެ މަތިން ހަނދާނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިބާގެ ހުރިހާ ސަމާލުކަމެއް ދެވިފައިވީ ދާރިސްއަށެވެ. ހިބާ ހިނިތުންވުންތަކާއިއެކީ ވާހަކަ ދައްކަން ފެށުމުން ދާރިސް އަނެއްކާވެސް އެ ރީތިކަމަށް މުޅިންހެން ގެއްލުނެވެ. އެދެމެދުގައިވި ލޯތްބާއި އެކުވެރިކަމުގެ އިޙްސާސުން ހިތް ފުރިގެން ދިޔައެވެ. ދެމީހުން ސައިބޯން އައީ، ހިބާ ކޮންމެވެސް ކަމަކަށް ޢިޝާރާތެއް ދިންފަހުން ކަން ދާރިސްގެ ހަނދާނަށް އައީ، ތަށިތައް ދޮންނަމުން ދިޔަ ވަގުތު ހިބާ ސަމާސާވެރި ގޮތަކަށް އޮޅުމެއް ކަމަށް ހަދައި ދާރިސްގެ ގައިގައި ޖެހެމުން ދިޔަ ގޮތުންނެވެ. ހިބާ ރާގަކަށް މަޢާފަށް އެދެމުން ދިޔަ ގޮތުންނާއި، އެ މޫނުމަތިން ފެންނަމުން ދިޔަ ލާނެތްކަމުން ދާރިސް ވެސް ހިބާގެ އެ ސަމާސާތަކުގެ ބަދަލުދޭން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ ދެމީހުން ވެސް ތަށިތައް ބަހައްޓަން ޖެހުނެވެ.
ހަފްތާއެއްހާ ދުވަސްވަންދެން ދެމަފިރިން އުޅެމުން ދިޔައީ މުޅިންވެސް އެފަދަ އުފާވެރި ވަގުތުކޮޅުތަކެއްގައެވެ. ހިބާ ދާރިސްއަށްޓަކައި ބުނި ފަދައިން މުޅިން ގޭގެ ތެރޭގައި ހޭދަކުރި ދުވަސްތަކާއި، ދާރިސް ހިބާއަށްޓަކައި ޚިޔާލު ފާޅު ކުރި ފަދައިން ދެމީހުން އެކީގައި ސްވިޓްޒަލޭންޑްގެ އެކި ތަންތަނަށް ވެސް ޒިޔާރަތް ކުރި ދުވަސްތައް ވެސް ދިޔައެވެ. ރީތި ކޯރުތަކަށާއި، ޕާކުތަކަށާއި، ކުދި އަދި ބޮޑެތި ރެސްޓޯރެންޓުތަކެއްގެ އިތުރުން ޗޮކްލެޓް ފެކްޓްރީއަކަށް ވެސް ދެމީހުން ދިޔައީ، ސްވިޓްޒަލޭންޑްގެ ވާހަކަ ދެމީހުން އެކީގައި ދެއްކި ފުރަތަމަ ދުވަސް މަތިން ހަނދާން ކުރަމުންނެވެ.
މިފަދަ ގޮތަކަށް ދުވަސްތައް ހޭދަކުރަމުން ގޮސް އެ ހަފްތާ ނިމުމަކަށް އަންނަމުން ދިޔަދިޔަހެން ދެމީހުންގެ ހިތްވެސް ދެރަވިއެވެ. އެ ހަފްތާ ތެރޭގައި ދެމީހުން އެކީގައި ވަގުތު ހޭދަކުރަން ލިބުނުފަދަ މިނިވަންކަން ގެއްލެން އުޅޭތީވެއެވެ. އެހެނަސް އުފާކޮށް ޙަމްދުކުރީ، ރަށަށް ވެސް ދަނީ ދެމީހުން އެކީގައި ކަމަށްވީތީވެއެވެ.
ކައިވެނި ޕާޓީ ބޭއްވުނު ދުވަހަށްފަހު ދާރިސް ހިބާ ގޮވައިގެން، ސްވިޓްޒަލޭންޑުގައި އޭނަ އުޅޭ އަވަށަށް އަނބުރައި ދިޔައީ، ދެމީހުން ރަށަށް ދާން އެއްދުވަސް ބާކީ އޮތްވައެވެ. ދެމީހުން ގެއަށް އައިއިރު ދެމީހުންގެ ވެސް ޙައިރާންކަމަށް ގޭގައި އެކަކު ވެސް ނެތެވެ. ވަލީދުބެމެންނާއި ފަރީދުބެ ވެސް އެ ދެމީހުންނަށް ވަކިން ވަގުތު ދިނުމަށްޓަކައި އެހެން ތަނަކަށް ދިޔައީކަން ދެމީހުންނަށް އެނގުނީ، ސިޓިންގް ރޫމުގެ މޭޒުމަތީގައި ބޭއްވިފައި އޮތް ނޯޓު ގަނޑަކުންނެވެ.
އެ ނޯޓު ފެނިފައި ދާރިސްއާއިއެކީ ހިބާއަށް ވެސް ހެވުނެވެ. އަދި ދެމީހުންނަށް އެ ލިބުނު ފުރުސަތުގެ ބޭނުންވެސް ހިފާނެ ގޮތްތައް ރޭވިއެވެ. އެހެނަސް އެދުވަހު ދެމީހުން ގިނަ ވަގުތު ހޭދަކުރަން ނިންމީ އަނެއް ދުވަހު ރަށަށް ދިޔުމަށްޓަކައި ޕެކް ކުރުމަށެވެ.
“އަގް…..މިސްވެއޭ މިގޮތަށް ދެ ކޮޓަރީގަ ތިބެންވީމަ..” ދާރިސް އެހެން ބުނެލީ، އަމިއްލަ ކޮޓަރީގައި ހުރެ، އެނދުމަތީގައި ހުރި ފޮށްޓަށް ހެދުން އަޅަމުންނެވެ. އެހިނދު ސްޕީކަރަށް ލެވިފައިވާ އޭނަގެ ފޯނު ކިޔަވާ މޭޒުމަތީގައި އޮތްއިރު، ހިބާގެ ނަން ސްކްރީނުން ފެންނަމުން ދިޔައެވެ.
“ހެހެ….ހަމްނާ ބަލާ ފިލްމުތަކުން ތި ކަހަލަ ޑައިލޮގް އިވިފަ ކުރިން ހިތަށްއަރާ އެހެންވާނެބާއޭ. އެކަމަކު ހަމަ އަސްލުވެސް މިސް އެބަވެއޭ. ހިނގާބަލަ އަވަހަށް ނިންމައިލަން….” ހިބާ އެހެން ބުނެލީ، އޭނައަށް އެ ގެއިން ދެވުނު ކޮޓަރީގައި ހުރި އޭނަގެ ހެދުންތައް ފޮށްޓަށް އަޅަމުންނެވެ.
“ހަނީމޫން ފޭޒް ވީމަ އެހެންވާނެތާ…..އެކަމަކު މި ފޭޒް ނިމުނަސް މި ގޮތަށް ވާހަކަ ދައްކަން ޓްރައި ކުރަމާދޯ؟ ދުވަހަކުވެސް މި ގުޅުން ހީނަރުވާކަށް ބޭނުމެއްނޫން. ކުޑަކޮށް ވެސް ހިބާއާއި ދުރުވާކަށް ބޭނުމެއްނޫން. ކޮންމެ ކަމެއް ދިމާވިޔަސް….އިން ޝާ ﷲ!” ދާރިސް ދެއްކި ވާހަކަތައް އިވިގެން ދިޔަދިޔަހެން ހިބާގެ ޙަރަކާތްތައް ލަސްވެ، ރީތިވާ މޭޒުމަތީގައި އޮތް ފޯނާއި ދިމާލަށް ބަލައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
“އަހަރެން ވެސް ބޭނުންވަނީ އެ ގޮތް، ދާރިސް. އަބަދުވެސް މަސައްކަތް ކުރާނަން މި ގުޅުން މިގޮތުގަ ދެމެހެއްޓޭތޯ….ގުޑް ޑޭއިސްގަ ވެސް، ބޭޑް ޑޭއިސްގަ ވެސް. ދެމީހުން ފައިޓް ކުރިޔަސް އަބަދުވެސް މައްސަލަތައް ޙައްލުކުރަން ޓްރައިކުރަމާ…އިން ޝާ ﷲ. އައި ލަވް ޔޫ….” ހިބާ ބުންޏެވެ.
“އޯންވް! އައި ލަވް ޔޫ ޓޫ….” ދާރިސް އެހެން ބުނުމަށްފަހު ބޮސްދޭ އަޑެއް ލައްވައިލުމުން ހިބާއަށް ހީލެވުނެވެ.
އެހިނދު ގޭގެ ބެލް އަޅުވައިލި އަޑު އިވުމުން ދާރިސް ތިމަންނަ ހުޅުވާނަމޭ ބުނެ ކޮޓަރިން ނިކުތެވެ. އެހިނދު އަލަމާރިން ހެދުން ނަގަން އުޅުނު ހިބާ، އަލަމާރީގެ މަތީ ބައިގައި ބޭއްވުނު ދާރިސްގެ ރުމާލުގެ މަތިން ހަނދާންވިއެވެ. އެ ރުމާލުގެ ވާހަކަ ދާރިސް ގާތު ނުބުނެވޭކަން ހަނދާންވެ، ހިބާ އުޑުން ކޮށްޓައިލަމުން އަތް ފޯރުވޭތޯ ބެލިއެވެ. އެހެނަސް އޭނަ އެދުވަހު އެ ރުމާ އެ ބައިގެ ތެރެއިން ދޫކޮށްލީ ތަންކޮޅެއް ބާރަށް ކަމަށްވުމުން، ރުމާ އެތެރެއަށް ވަދެފައިވިއެވެ. އެހެންކަމުން ހިބާ އުޅެއުޅެ ރުމާލުގައި އަތްޖެހޭ ގޮތެއް ނުވިއެވެ.
ހިބާ އެފަދަ ޙާލެއްގައި ވަނިކޮށް ސިހިގެން ދިޔައީ މީހަކު އޭނަގެ އުނަގަނޑުގައި އަތް ވަށައިލަމުން އުފުއްލައިލުމުންނެވެ. އިސާހިތަކު އެ މީހެއްގެ ސޫރަ ނުފެނުނަސް އެ އަތުގެ އިޙްސާސުން އެއީ ދާރިސްކަން އެނގި، ހިބާއަށް ހިނިތުންވެލެވުނެވެ.
“ކޯޗެއް ނުނެގިގެން މާ ވަރަކުން ތިއުޅެނީ؟” ހިބާގެ ގައިގައި ހިފަހައްޓައިގެން ހުރެ ދާރިސް ސުވާލުކުރިއެވެ.
“ސަޅި ބިޓަކު ދިން ރުމާލެއް…” ހިބާ ހިނިތުންވުމަކާއިއެކީ ހުދުކުލައާއި ނޫކުލައިގެ ރޮނގު އެޅިފައިވި ރުމާ ނަގަމުންނެވެ. ހިބާގެ ބަސްތަކުން ލިބުނު ޝޮކާއިއެކީ ދާރިސް ހިބާގެ އަތުގައި އޮތް ރުމާލަށް ބަލައި ލަސްލަހުން ހިބާ ތިރިކޮށްލިއެވެ. އެއާއިއެކު ހިބާ އަތުގައި އޮތް ރުމާ ދައްކައިލުމުން ދާރިސް ހީލިއެވެ.
“ތީތި ހިބާ އަތުގަދޯ އަދިވެސް އޮތީ. ހަނދާން ވެސް ހުއްޓޭ. އެކަމަކު ނުބުނީ. ކީއްވެ ނުދިނީ؟”
“ވަރަށް މީރު ވަސް ދުވާތީ….” ހިބާ އެހެން ބުނެ ލޯ މަރައިލަމުން ރުމާލުގެ ވަސް ބެލިއެވެ.
“ދެން ތި ވަސް ބަލަން ވަކި ރުމާލެއް ބޭނުމެއް ނުވާނެކަން އެނގެއެއްނު؟” ދާރިސް އެހެން ބުނެ އޭނަގެ ދެއަތް ދެ ފަރާތަށްލީ، އަތުގެ ތެރެއަށް އައުމަށް ހިބާއަށް ދިން ދަޢުވަތެއްގެ ގޮތުންނެވެ. ހިބާ އުފަލާއިއެކީ އެ ތަނަވަސް މޭމަތީގައި ބޯއަޅައި ދާރިސްގެ ގައިގައި ބައްދައިލިއެވެ. ދާރިސް ވެސް ހިބާގެ ހަށިގަނޑުގައި ބައްދައިލަމުން ލޯ މަރައިލިއެވެ.
ދެމީހުން އިރުކޮޅެއް ވަންދެން އެހެން ތިބެފައި ދުރުވެލީ ހިބާ ވާހަކަ ދެއްކުމުންނެވެ.
“ދެން މި ބުނީ ދާރިސްއާއި ދެ ތަނެއްގަ ނުހުރެވޭނެ! ހިނގާބަލަ އަހަރެން ވެސް ހެލްޕް ވާނަން ދާރިސްގެ އެއްޗެހި ޕެކްކުރަން. ދެން ފަހުން ދެމީހުން އެކީގަ އަހަރެންގެ އެއްޗެހި ޕެކްކުރާނީ….”
“ގުޑް އައިޑިއާ! އެހެންނޫނަސް އެ ކޮޓަރީގަ އެބަހުރި އަހަރެން ހިބާއަށް ދައްކަން ބޭނުންވާ އެއްޗެހި….ޔޫ ގޯ ދެއާރ. އަހަރެން އެބަ އަންނަން ދެމީހުންނަށް ދޭން ސޮޑާ ދަޅުތައް ހިފައިގެން. ހިބާއަށް ކަމުދޭދޯ އެ؟” ދާރިސް އެހިއެވެ. ހިބާ ބޯޖަހައިލުމުން ދާރިސް އެބަ އަންނަމޭ ބުނެ ކޮޓަރިން ނިކުތެވެ.
ހިބާ ވެސް ދާރިސްގެ ފަހަތުން ނިކުމެގެން ގޮސް ދާރިސްގެ ކޮޓަރިއަށް ދިޔައެވެ. އެ ހިނދު އެ ކޮޓަރިން ފެނިގެން ދިޔަ ތަރުތީބުކަމާއި ސާފުކަމުން ހިބާއަށް ހިނިތުންވެލެވުނެވެ. ޕެކްކުރަމުން ދިޔައިރުވެސް އެންމެ ގަމީހެއް ވެސް އެއްފަރާތަކަށް އެއްލިފައި ނެތް ގޮތުން ހިބާ ދާރިސްއާއިމެދު އިތުރަށް ހަމަޖެހުން ނޫންކަމެއް ނުވިއެވެ.
ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގަމުން ދަނިކޮށް ކިޔަވާ މޭޒުގެ ވަތްގަނޑު ހުޅުވިފައި ހުރިތަން ފެނިފައި ހިބާއަށް އެދިމާލަށް ދެވުނެވެ. އެ ހިނދު އެ މޭޒުމަތިން ކެސެޓެއް ފެނިފައި އެއީ ކޮން ކެސެޓެއްކަން އެނގުންވުމުން ހިބާއަށް ހިނިތުންވެލެވުނެވެ. ކެސެޓުގެ ކައިރީގައި އޭނަ ކުޑައިރު ގެންގުޅުނުފަދަ ވޯކްމެންއެއް ހުރި ގޮތުން މި ޒަމާނުގައި އެ އެއްޗެހި ހުރޭތޯ ވެސް ހިތާހިތުން އަހައިލެވުނެވެ. ވޯކްމެން ވެސް ކުޑަކޮށް ބެލުމަށްފަހު ހިބާ ވަތްގަނޑުގެ ތެރެއަށް ނަޒަރެއް ދިނެވެ. އެހިނދު ވަތްގަނޑުގެ ތެރެއިން ވެސް އޭނައާއި ދާރިސްގެ ކުޑައިރުގެ ހަނދާންތައް އާވާ ފޮތެއް ފެނުމުން ހިބާ އެ ފޮތް ނަގައި ބަލަން ފެށިއެވެ.
ފޮތް މަތި މަތިން ބެލުމަށްފަހު ހިބާ ދެންވެސް އެ ވަތްގަނޑަށް ބަލައިލީ އެފަދަ އިތުރު އެއްޗެއް ފެނޭތޯއެވެ. އެހެނަސް ވަތްގަނޑުން ދެން ފެނުނު އެއްޗަކުން ހިބާގެ ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. ލަސްލަހުން އަތުގައި އޮތް ފޮތް މޭޒުމަތީގައި ބޭއްވުމަށްފަހު ހިބާ ނެގީ، ވަތްގަނޑުގެ އެތެރޭގައި ތަރުތީބުން ބެހެއްޓިފައި ހުރި ސިޓީ އުރަތަކުގެ ތެރެއިން ސިޓީ އުރައެކެވެ. ސިޓީ އުރައިގެ ބޭރުގައި ތާނަ އަކުރުން ލިޔެވިފައިވީ ‘މަންމަ ފަރާތުން ދާރިސްއަށް’ މިހެންނެވެ.
ނުނިމޭ
LIYUNTHERIYAA
November 24, 2021 @ 4:31 pm
Thank you thank you thank you Jana sis.
I checked so much even when my notification is on.
I waited darling.
And I replied to your email.
Much love
^__^
Jana
November 29, 2021 @ 4:24 pm
hehe…welcome welcome welcome. Oh dear I kinda feel guilty for making you impatient 😛 hehe….I always check my mail, love. <3 Love you ^_^
Jana
November 24, 2021 @ 4:37 pm
Salaam kiyuntherin. Next part Monday ga In Sha Allah. Busy kamun gossa varah balives vaa dhuvaskolheh. Trying my best to rest and not to burn out.
Mifaharu mi story ge post thah gavaaidhun nugenesdhevunas Jana plan mikurany story nimigen viyas e post thah genesdheyn. So that it would even be like re-living moments from this story. Because we can’t get enough of Dhaaris and Hiba, can we? *sigh*
Ibaa
November 27, 2021 @ 4:03 am
Walaikums’salam sis. Alhe story vrh reethi. sis ehaa busy koh ulhemunves vaahaka gensdeythyve hama vrh bodah thank you.Jazakillahi khairan. But remember to take time for yourself or else hiba ah veegothah balivedhaanun dho sis. You should take care of yourself..Love you siss.. Missed you 💖💕💕❤
Jana
November 29, 2021 @ 4:27 pm
Haadha loabi comment thakey Ibaa. Its my pleasure to write the story. Its just the stress and workload currently thats making me feel otherwise. Yes Ibaa….Hiba gothah balivedhaanethy hama rest kuramun midhany. I’ve been through it before but now I know better how to handle it Alhamdhulillah!
Jazaakillah Khairan for the support sis! Means a lot to me <3
Ibaa
November 27, 2021 @ 11:58 am
Alhey story vrh reethi sis.ehaa busy koh ulhemunves vaahaka gensdeythyve hama vrh bodah thank you. Jazakillahi khairan. But remember to take time for yourself or else hiba gothah bali vedhaane eh nun dho sis. Love you lots. Miss you sissy .
eunoia
November 24, 2021 @ 4:45 pm
Waaaawwww!!!😲 So proud to know dhaaris trusts hibaa…☺ But adhivx maazin aky kaakukan saafeh nuvey dhw :(.. Dhaaris ahaali nama hibaa bunaane 💫 I’m so curious to read the letter!! Kn info eh baa eyga vaany.. 😣Vrh beynun ingen hehe.. 😆 When next? Honestly I can’t wait✨🤍
Jana
November 29, 2021 @ 4:28 pm
Yessss! Dhaaris trusts Hiba! The epitome of relationship goals! <3 ___ <3 Labba adhives Dhaaris naahaa. balamaa vaagotheh. adhi letter thakuga huri ehcheh ves. Next up vejje 😀
SHA
November 24, 2021 @ 4:47 pm
Wow.. Maasha’Allah..
Jana sisge storyy thah hama emme reethyy… 🥺🤍🤍
Jana
November 29, 2021 @ 4:29 pm
Awwwn! I will happily take this compliment. Alhamdhulillah! <3 <3 <3
danana
November 29, 2021 @ 2:54 pm
Jana sis ah ves dhaaris kahala guy eh libeyne nama dhw.. not only jana sis.. hehe.. mi vhk kiyaa hurihaa kudhinnah ves 😅.. vhk vrh reethi ingey masha allah.. it’s ok take ur time sis..
Jana
November 29, 2021 @ 4:31 pm
haha! Ameen to that danana! and lets not just wish. Lets make dua. and not doubt it 😀 Sounds like a better plan, doesn’t it? 😉 <3